މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސިޙުރުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް |
|
|
| ސިއްޙަތު - އެހެނިހެން | |||
| 03 މެއި 2009، 18:52 އާދީއްތަ | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ސިޙުރު ޖެހުމުގެ ކުރިން އެއިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެ ކަންތައްތަކަކީ:1. މާތް ﷲ އަށް ވަކީލުކުރުން: އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފި މީހެއްގެ މައްޗަށް އެކަލާނގެ ޢިނާޔަތްތެރިކަމާއި ރައްކާތެރިކަން ލައްވާނެއެވެ. (وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ) (އައްޠަލާޤު: 3) މާނައީ، "އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ." 2. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިއުން. އެ ޒިކުރުތަކަކީ: o އިޚުލާޞް، ފަލަޤި، ނާސް ތިން ސޫރަތް: ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުގައި ވާރިދުވެފައިވަނީ، މިއިން ކޮންމެ ސޫރަތެއް، ހެނދުނު ތިންފަހަރު، ހަވީރު ތިންފަހަރު ކިޔެވުމަށެވެ. o ސިޙުރު ބާޠިލުކުރާ ޒިކުރު ކިއުން: އެ ޒިކުރަކީ، أَعُوذُ بِكَلِمات اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ މިއެވެ. ދަތުރުވެރިޔަކު، މަންޒިލަކަށް ފޭބުމަށްފަހު، މި ޒިކުރު ކިޔައިފިނަމަ، އޭނާ އެތަނުން ފުރައްޖައުމަށް ދާންދެން، އޭނާއަށް ގެއްލުމެއް ނުލިބޭނެ ކަމަށް ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ޞައްޙަ ސުންނަތުން ސާބިތުވެފައި ވެއެވެ. o ހެނދުނުގެ ދުޢާ ކިއުން: ހެނދުނުގެ ދުޢާއަކީ، أَصْـبَحْنا وَأَصْـبَحَ المُـلْكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذا اليوم وَخَـيرَ ما بَعْـدَه ، وَأَعـوذُ بِكَ مِنْ شَـرِّ هـذا اليوم وَشَرِّ ما بَعْـدَه، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر މިއެވެ. މިނޫން ދުޢާތައް ވެސް ވެއެވެ. o ހަވީރުގެ ދުޢާ ކިއުން: ހަވީރުގެ ދުޢާއަކީ، أَمْسَيْـنا وَأَمْسـى المـلكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ هـذهِ اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر މިއެވެ. މިނޫން ދުޢާތައް ވެސް ވެއެވެ. 3. ގޭގައި، ބަޤަރާ ސޫރަތް ކިޔެވުން: ބަޤަރާ ސޫރަތް ކިޔަވާ ގެއަކާ ޖިންނި ޝައިޠާނުން ގާތްނުވާނެ ކަމަށް ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައި ވެއެވެ. އަދި އެގޭގައި ދިރިއުޅޭ ބަޔަކަށް ސިޙުރުހެދުމުގެ ކުޅަދާނަކަން، ސިޙުރުވެރިންނަށް ލިބިގެން ނުވާކަމަށް ވެސް އެ ޙަދީޘްފުޅުގައި ވެއެވެ. 4. ފާޚާނާއަށް ވަންނައިރު ކިޔާ ދުޢާ ކިއުން: ފާޚާނާއަށް ވަންނައިރު ކިޔާނީ، بِسْمِ الله اللّهُـمَّ إِنِّـي أَعـوذُ بِـكَ مِـنَ الْخُـبْثِ وَالْخَبائِث މިފަދައިންނެވެ. (ފާޚާނާއަށް ވަންނަން ދާއިރު، ފެންނަ ހިސާބުގައި މި ދުޢާ ލިޔެފައި ބެހެއްޓުމަކީ، މި ދުޢާ ކިއުމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.) 5. ނިދުމުގެ ކުރިން އާޔަތުލްކުރުސިއްޔު ކިޔެވުން: މިކަންކުރުމަކީ، ޝައިޠާނުންގެ ކިބައިންނާއި ގެއްލުންދެނިވި ކޮންމެ ކަމަކުން ސަލާމަތްވާނެ ކަމެއް ކަމަށް، ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވެއެވެ. 6. ދުވާލާއި ރޭގަނޑުގައި އާޔަތުލްކުރުސިއްޔު ކިޔެވުން. 7. لا إلهَ إلاّ اللّهُ وحدَهُ لا شريكَ لهُ، لهُ المُـلْكُ ولهُ الحَمْد، وهوَ على كلّ شَيءٍ قَدير މި ތަސްބީޙަ، ކޮންމެ ދުވަހަކު ސަތޭކަފަހަރު ކިޔެވުންމަތީ ދެމިހުރުން. ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުން އެނގޭ ގޮތުގައި، މި ކަން ކޮށްފި މީހަކަށް ކޮންމެ ދުވަހަކު، ދިހަ އަޅުން މިނިވަން ކުރުމުގެ ދަރުމަ ދެއްވާނެއެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިއުއްވައި އޭނާގެ ކިބައިން ސަތޭކަ ފާފަ ނެތިކުރައްވާނެއެވެ. އަދި އެ ދުވަހުގެ ދުވާލުގައި ޝައިޠާނުންގެ ކިބައިން އޭނާ ސަލާމަތްކުރައްވާނެއެވެ. 8. ގެއިން ނުކުންނަމުން ކިޔާ ދުޢާ ކިއުން މަތީ ދެމިހުރުން: އެ ދުޢާ އަކީ، بِسْمِ اللهِ ، تَوَكَّلْـتُ عَلى اللهِ وَلا حَوْلَ وَلا قُـوَّةَ إِلاّ بِالله މިއެވެ. 9. ޖަމާޢަތުގައި ފަތިސް ނަމާދުކުރުމަށް ރައްކާތެރިވުން: ކޮންމެ ދުވަހަކު، ޖަމާޢަތުގައި ފަތިސް ނަމާދު ކޮށްފި މީހާ ވާނީ، މާތް ﷲ ގެ ރިޢާޔަތްތެރިކަމުގައި ކަމަށް، ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައި ވެއެވެ. މާތް ﷲ ގެ ޚާއްޞަ ރިޢާޔަތްތެރިކަމުގެ ދަށުގައިވާ މީހަކާ، ޝައިޠާނުންނަށް ކާރިއެއް ނުވެވޭނެއެވެ. އަދި ސިޙުރުވެރިން ހަދާ ސިޙުރެއް ވެސް ނުޖެހޭނެއެވެ. 10. ކޮންމެ ދުވަހަކު ހެނދުނު ހަތް އޮށް ކަދުރު ކެއުން: މޮޅުއިތުރުކަން ބޮޑީ މަދީނާގެ ކަދުރު ކެއުމެވެ. މަދީނާގެ ކަދުރު ނުލިބިއްޖެނަމަ، އެފަދަ އެހެން ކަދުރަކުން ފުއްދާލާނީއެވެ. މިކަމަށް އިރުޝާދުދެއްވާފައިވާ ޙަދީޘްފުޅުގައި، މަދީނާގެ ކަދުރު ފާހަގަކުރައްވާފައިވަނީ، އެހެން ރަށްރަށުގެ ކަދުރަށްވުރެ، މަދީނާގެ ކަދުރު މޮޅުކަމުން ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ނޯޓް: މިއީ، އައްޞާރިމް ވެބްސައިޓުން ތަރުޖަމާކޮށްފައިވާ ލިއުމެކެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ އަޙްމަދު ސަމީޢު29, 2009-05-03 16:34:59
ކުރިން ލިޔުއްވީ '' ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟'' މިފަހަރު ''ސިޙުރުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް'' ވީމާދެން ފަހަރަކުން ..... ؟
... ލިޔުނީ މއ, 2010-02-03 03:30:42
ސިހުރު ޖެހިފައިވާ މީހުން ސަލާމަތް ކުރާނެ ގޮތެއް ވިދާޅުވެދެއްވައިފާނަންތޯ؟ މީހަކަށް ސިހުރު ޖެހިފައިވާކަން ޔަގީން ކުރާނީ ކިހިނެއްތޯ؟ ވަރަށް ގިނައިން އަޅުގަނޑަށް ދެ ނަމާދު ދޭތެރޭ ނިދޭ، އެހެންވެ މަންމަ ބުނާނެ ޖިންނިއެއް އަވަލާފައޭ ތިހުރީ؟ މިކަން ޔަގީން ކުރާނެ ގޮތަކީ ކޮބައިތޯ؟، އަދި ދެނަމާދު ދޭތެރޭގައި ނިދުމަކީ ކޮންކަހަލަ ކަމެއްކަންވެސް ބުނެދެއްވުން އެދެމެވެ؟
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|