ފަންވަތް ސައިންސްޓެކް އައިޓީ އިންޓަރނެޓަކީ ކޮބާ؟
ބެލި ޢަދަދު: 986
 ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަންވަތުގެ އެންމެހާ ކިޔުންތެރިންނާއި ލިޔުން ތެރިންނަށް އަރިސްކުރަން...


"ހެލްޕް ޕާކިސްތާން" ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަށްވާ:

ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން
5   ރުފިޔާ ހަދިޔާ ކުރެއްވުމަށް 4511 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
10  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4512 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
50  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4513 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
100 ރުފިޔާ ހަދިޔާ ކުރެއްވުމަށް 4514 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން
HP  ޖައްސަވާފައި ހަދިޔާކުރަށްވަން ބޭނުންފުޅުވާ ފައިސާގެ ޢަދަދު (5، 20، 50، ނުވަތަ 100) ޖައްސަވާފައި 355 އަށް ފޮނުއްވާ.

BANK ACCOUNT DETAILS
PRIME MINISTER’S FLOOD RELIEF FUND 2010
HABIB BANK LTD., MALE’
ACCOUNT NO.: 2343‐56

އިންޓަރނެޓަކީ ކޮބާ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
01 ޖޫން 2009، 02:00 ހޯމަ

ޙުސައިން ޝަރީފު  އެސްޖެހިގެ ލ. ފޮނަދޫ

އިންޓަރނެޓަކީ މިހާރު އަހަރެމެންނަށް އައު އެއްޗެއް ނޫނެވެ. ނަމަވެސް ޙަޤީގަތުގައި އިންޓަރނެޓަކީ ކޮބައިކަމާއި މި މާސިންގާ ވިއުގައިގައި އެކުލެވިގެންވާ ޚިދުމަތްތަކަކީ ކޮބައިކަމާމެދު ވިސްނާލެވިފައިވަނީ ކިތައް ކުދިންނަށް ބާވައެވެ؟ ތިޔަކުދިން އިންޓަނެޓްގެ އެހީގައި މޮބައިލް ފޯނުންނާއި ކޮމްޕިއުޓަރުން 'ޗެޓް' ކުރަމުއެވެ. އަދި ބައެއްފަހަރަށް ބައެއްކަހަލަ 'ވެބް ސައިޓްތަކަށް' ވަދެ އެސައިޓުތަކުގައި ހުންނަ 'ފޮޓޯ' އާއި 'ވީޑިއޯ' ބަލައި 'އޯޑިއޯ' އަޑު އަހަމުއެވެ. އަދި ފަހުން ބަލައިލުމަށާއި ރައްޓެހިންނަށް ދައްކައިލުމަށް ޓަކައި މިތަކެތި 'ޑައުންލޯޑުކޮށް' 'ސޭވް' ކުރަމުއެވެ. އެހެންނޫން ހެއްޔެވެ؟

      
ނަމަވެސް، މަތީގައި އެވާ ޕެރެގްރާފްގައި ކޮމާކޯޅީގައި ވާ އިނގިރޭސި ބަސްތައް ވަރަށް ގިނައިން އަޑުއަހައި އެކަމަކު އިންޓަނެޓޭ މިކިޔާ އެއްޗެއްގައި ދުވަހަކު ބީހިނުލާ ކުދިންވެސް ތީގެތެރޭގައި ވަރަށް ގިނަ ވާނެކަން މުދައްރިސް ދެނެހުރީމެވެ. އަދި ތިޔަކުދިންގެ ތެރޭގައި މުދައްރިސަށްވުރެ މޮޅަށް އިންޓަނެޓް އެނގޭ ކުދިންވެސް ތިބޭނެކަމަށް ގަބޫލުކުރަމެވެ.

       
މިފުރުޞަތުގެ ބޭނުން މިފަހަރު މިހިފަނީ އިންޓަނެޓްގެ ކުޑަ ތަޢާރަފަކާއި އިންޓަނެޓް ބޭނުންކުރުމަށް ބޭނުންވާނޭ ތަކެއްޗާއި ބެހޭ މަޢުލޫމާތުކޮޅެއް ތިޔަކުދިންނަށް ގެނެސްދިނުމަށެވެ. އެންމެ ފުރަތަމަ އިންޓަނެޓްގެ ތަޢާރަފަށް ދަމާތޯއެވެ.

       
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުން އެކި މީސްމީހުން މުވާސަލާތުކުރުމުގެ ގޮތުން މަޢުލޫމާތު ލިޔެ ރައްކައުކުރަމުން ގެންދާތާ އެތައް އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް މިހުރިހާ މަޢުލޫމާތެއް ވަކި އިންތިޒާމެއްގެ މަތިން ތަރުތީބުކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް ގެނެސްދެވޭނެ ގޮތެއް 1960ގެ ފަހުކޮޅާ ޖެހެންދެންވެސް ހޯދިފައެއް ނުވެއެވެ. މިހެން މިކަން އޮއްވައި، އެމެރިކާގެ ނޫސްވެރިޔެއްކަމަށްވާ ޖޭ.ސީ.އާރު ލިކްލައިޑަރ ކިޔާ މީހަކު އިންޓަނެޓްގެ ޚިޔާލާތު އޭނާ ނެރުނު ނޫހެއްގައި ބަޔާންކުރިއެވެ. 1960 ވަނަ އަހަރު ޖެނުއަރިމަހު ނުކުތް ' Man-Computer_Symbiosis' ނަމަކަށް ކިޔާ މިނޫހުގައި އޭނާ ލިޔެފައިވާކަމަށް އިންޓަނެޓް އެންސައިކްލޮޕީޑިއާއެއް ކަމަށްވާ http://en.wikipedia.org ގައި ވަނީ މިފަދައިންނެވެ.

"A network of such [computers], connected to one another by wide-band communication lines [which provided] the functions of present-day libraries together with anticipated advances in information storage and retrieval and [other] symbiotic functions." -  J.C.R. Licklider,

އެދުވަސްވަރު އެމެރިކާގެ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ޚާއްޞަ ކަންތައްތަކެއް ހިނގަމުން ދިޔުމާއެކު އެމެރިކާ ސަރުކާރުން އޭނާގެ ޚިޔާލާތު ބޭނުންކުރަން ކޮންމެހެން ބޭނުންވިއެވެ. އެހެންކަމުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ރިސާރޗް ކުރާ ގޮފީގެ އެންމެ އިސްވެރިޔާކަން އޭނާއަށް ދީ އެހެނިހެން ރިސާރޗަރުންނާއި ގުޅިގެން ދުނިޔޭގެ ފުރަތަމަ އިންޓަނެޓް ވިއުގަ އެމެރިކާގެ ދިފާޢީ ކަންކަމުގައި ބޭނުންކުރުމަށް ޤާއިމްކުރިއެވެ. އޭގެފަހުން ތަފާތު މީސްމީހުން އެކިދުވަސްވަރުގައި އިންޓަނެޓް ފުޅާކޮށް ތަރައްޤި ކުރީއެވެ.

       
އެހެންކަމުން އިންޓަނެޓަކީ ނެޓްވާރކްތަކުގެ މައި ނެޓްވާރކެވެ. ނުވަތަ ހުރިހާ މުވާސަލާތި ވިއުގަތަކެއް ގުޅުވައިދޭ 'މަންމަ ވިއުގައެވެ.' އެންމެ އާދައިގެ ގޮތަށް ބުނާނަމަ ބުނެވޭނީ އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުން އެކި މީސްމީހުން މުވާސަލާތުކުރުމުގެ ގޮތުން މަޢުލޫމާތު ލިޔެ ރައްކައުކޮށްފައިވާ، ބޭނުންވެއްޖެ ހިނދެއްގައި، ޚާއްޞަ އާލާތްތަކެއްގެ އެހީގައި، އެތަނަކުން މަޢުލޫމާތު ނެގޭ އަދި އެތަނަކަށް މަޢުލުމާތު ފޮނުވޭ ތަނަށް ކިޔާ ނަމެކެވެ. ކޮންމެއަކަސް މިޒަމާނުގައި އިންޓަނެޓް ވެފައި މިވަނީ މަޢުލޫމާތު ހޯދައި ފެތުރުމުގެ 'ރަސްގެފާނު' ކަމުގައެވެ.

       
މިހާހިސާބުން އިންޓަނެޓްގެ ތަޢާރަފްގެ ތެރެއިން ނުކުމެ އިންޓަނެޓް ބޭނުންކުރުމަށް ބޭނުންވާ އާލާތްތަކަށް ބަލައިލާނަމެވެ. އިންޓަނެޓް ބޭނުންކުރުމަށް އާއްމުގޮތެއްގައި ބޭނުންވާނީ ތިރީގައިމިވާ ތަކެއްޗެވެ.

1.    ކޮމްޕިއުޓަރު ސިސްޓަމެއް

2.    މޮޑެމް އެއް

3.    ނެޓްވާރކްގެ ޚިދްމަތްދޭ ފަރާތެއް

4.    އިންޓަނެޓަށް ވަނުމަށް ބޭނުންކުރާ ޕްރޮގްރާމެއް


1.    ކޮމްޕިއުޓަރު ސިސްޓަމްގެ ބޭނުން


         އިންޓަނެޓްގައި ހުންނަ ތަކެތި (ލިޔުން، ފޮޓޯ، މަންޒަރު އަދި އަޑު) އަހަރެމެންނާއި ހަމައަށް ފޯރަނީ ކޮމްޕިއުޓަރު ސިސްޓަމަކުންނެވެ. ލިޔުމާއި ފޮޓޯ އަދި މަންޒަރު ފެންނަނީ މޮނީޓަރުންނެވެ. އަޑު އަންނަނީ ސްޕީކަރުންނެވެ. މޮޑެމް އެއްގެ އެހީގައި ނެޓްވާރކާއި އިންޓަނެޓާ ގުޅުވައިދެނީ ސީ.ޕީ.ޔޫ އާއި ސީ.ޕ.ޔޫ އެކުލެވޭ ފޮށިގަނޑުތެރޭގައި ވާ ޗިޕް ބޯޑުތަކުންނެވެ. ކޮމްޕިއުޓަރު ސިސްޓަމެއްގެ ބަދަލުގައި މޮބައިލް ފޯނަކުން ވެސް އިންޓަނެޓަށް ވަދެވިދާނެއެވެ. މިއީ ތިޔަކުދިންނަށް ވަރަށް އާދައިގެ މަޢުލޫމާތެވެ.


 

2.    މޮޑެމްގެ ބޭނުން


މޮޑެމަކީ ނެޓްވާރކް ކޭބަލާއި ކޮމްޕިއުޓަރު ސިސްޓަމް ގުޅުވައިދޭ އާލާތެވެ. މީގެ ބޭނުމަކީ ކޭބަލުން އަންނަ ސިގްނަލްތައް މީހުނަށް ދޭހަވާފަދަ ގޮތަށް ލިޔުމާއި، ފޮޓޯ، މަންޒަރު އަދި އަޑަށް ބަދަލުކޮށްދިނުމާއި މިތަކެތި ސިގްނަލްތަކަކަށް ބަދަލުކޮށް ފޮނުވުމެވެ. މިހާރަކަށް އައިސް ކޮމްޕިއުޓަރު ގަންނައިރު މޮޑެމް އެކުލެވިފައި ހުރެއެވެ. އަދި ލެޕްޓޮޕް ހުންނަނީ މުޅިންވެސް މިގޮތަށެވެ. ވަޔަރލެސް ނެޓްވާރކެއްގައި (ނަރު ބޭނުންނުކުރާ ވިއުގައެއްގައި) ސިގްނަލް ބަލައިގަތުމަށާއި ފޮނުވުމަށް ބޭނުންކުރަން ޖެހެނީ ވަޔަރލެސް މޮޑެމެކެވެ. ދިރާގު ވައި.ފައި އަކީ މިފަދަ ވިއުގައެކެވެ.




3.    ނެޓްވާރކްގެ ޚިދްމަތްދޭ ފަރާތުގެ ދައުރު

 މިހާހިސާބަށް އައިއިރު 'ސިގްނަލް' ގެ ވާހަކަ އަހަރެމެން ވާނި ދައްކާފައެވެ. ނެޓްވާރކް ޚިދްމަތްދޭ ފަރާތެއްގެ ދައުރަކީ އިންޓަނެޓް ހޯދުމަށް ބޭނުންވާ ސިގްނަލް މޮޑެމްގެ ޒަރީއާއިން ކޮމްޕިއުޓަރު ސިސްޓަމަށް ފޯރުވައިދިނުމެވެ. ރާއްޖޭގައި ވަނީ 3 އިންޓަނެޓް އޮޕަރޭޓަރުންނެވެ. އެއީ ދިރާގާއި ވަތަނިއްޔާ އަދި ފޯކަސް އިންފޮ ކޮމް އެވެ.
          


ދިރާގުން 'ދިވެހިނެޓް'ގެ ނަމުގައި ތަފާތުގޮތްގޮތަށް ޚިދްމަތް ދެމުން ގެންދެއެވެ. އެއީ ޑަޔަލް އަޕްކޮށްގެންނާއި (ފޯނު ކޭބަލް މެދުވެރިކޮށް)، ބްރޯޑްބޭންޑްކޮންނާއި (ޚާއްޞަ ވަކި ކޭބަލް މެދުވެރިކޮށް) އަދި ވަޔަ-ލެސް ކޮށް ދިރާގު ވައި.ފައި ގެ ނަމުގައެވެ.
 ވަތަނިއްޔާއިން ވެސް ފޯކަސް ގުރޫޕާއި ގުޅިގެން 'ރާއްޖެ އޮންލައިން' ގެ ނަމުގައި އިންޓަނެޓްގެ ޚިދްމަތް ދެއެވެ. ޑަޔަލް އަޕްކޮށްގެންނާއި ބްރޯޑްބޭންޑްކޮންނާއި އަދި ވަޔަ-ލެސް ކޮށްވެސް ޚިދްމަތް ފޯރުކޮށްދެއެވެ.

ދިރާގާއި ވަތަނިއްޔާއަކީ މުވާސަލާތީ ޚިދްމަތް ފުޅާ ދާއިރާއެއްގައި ދޭ ދެ ކުންފުނިކަމުން އިންޓަނެޓް ނެޓްވާރކް އޮޕަރޭޓަރުންގެ ޙައިޞިއްޔަތުގެ ބޭރުން، ކޮންމެ ކުންފުންޔަކުންވެސް މޮބައިލް ފޯނުން އިންޓަނެޓަށް ވަދެވޭނެ ވަކި ނިޒާމެއް ޤާއިމްކޮށްފައި ވެއެވެ.
          

4. އިންޓަނެޓަށް ވަނުމަށް ބޭނުންކުރާ ޕްރޮގްރާމެއްގެ ބޭނުން


މައިކްރޮސޮފްޓް ވާރޑް އަދި އެކްސެލްއަކީ ތިޔަކުދިން ބޭނުންކުރާ ދެ ޕްރޮގްރާމެވެ. މިއީ ކޮންކަމަކަށް ޚާއްޞަ ދެ ޕްރޮގްރާމް ހެއްޔެވެ؟ ވާރޑަކީ ލިޔުމަށް ޚާއްޞަ ޕްރޮގްރާމަކަށް ވީއިރު އެކްސެލްއަކީ ހިސާބު ހެދުމާއި ރައްކާކުރުމަށް ޚާއްޞަ ޕްރޮގްރާމެކެވެ. މިގޮތުން ބަލާއިރު އިންޓަނެޓަށް ވަދެ އޭގެ ތެރޭގައި ދަތުރުކުރުމަށް (ބްރައުޒް ކުރުމަށް) ވެސް ޚާއްޞަ ޕްރޮގްރާމް ހުރެއެވެ. އިންޓަނެޓް ބެލުމަށް ފަރުމާކޮށް އުފައްދާފައިވާ މި ޕްރޮގްރާމްތަކަށް 'ވެބް ބްރައުޒާސް' ގެ ނަން ދެވިފައިވެއެވެ. ދިވެހިރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ 'ވެބް ބްރައުޒާސް' ތަކަކީ 'އިންޓަރނެޓް އެކްސްޕްލޯރާ'، 'މޮޒިއްލާ ފަޔަރ ފޮކްސް' އަދި 'އޯޕެރާ' އެވެ.
          
  

ނިންމައިލަމުން


އިންޓަނެޓާ ބެހޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތު ކޮޅެއް ތިޔަކުދިންނާ ޙިއްޞާކޮށްލެވިއްޖެކަމަށް އުއްމީދުކުރަމެވެ. އަދި ބުނެލަނަ އޮތް ވަރަށް މުހިއްމު ވާހަކައެއް އެބައޮތެވެ. އެވާހަކައަކީ އިންޓަނެޓް ބޭނުންކުރުމަށްޓަކައި ކޮންމެހެން އިންޓަނެޓާބެހޭ މާގިނަ މަޢުލޫމާތުތަކެއް އެނގެން ނުޖެހޭ ވާހަކައެވެ. އަދި އިންޓަނެޓާއި ތޫނި ވަޅިފަދަ ތަކެއްޗާއި އަލިފާނަކީ ދާދި އެއްކަހަލަ އެއްޗެހިކަންވެސް ތިޔަކުދިންނަށް މުދައްރިސް ހަނދާނަކޮށްދެމެވެ! މިބުނި އެއްޗެއް ހުރިހާ ކުދިންނަށްވެސް އެނގޭނެ އެވެ. އެހެން ފުރުޞަތެއްގައި ތިޔަކުދިންނަށް ނޭގޭ ވަރަށް މުހިއްމު މަޢުލޫމާތު ތަކަކައިގެން އިރާދަކުރެއްވިއްޔާ ބައްދަލުކޮށްލާނަމަވެ. ދެން ގެނެސްދޭނީ އިންޓަނެޓުން މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން، މީހުން ލިޔެފައި ހުންނަ ތަކެއްޗާއި މެދު ތިޔަކުދިންގެ ޚިޔާލު ފާޅުކޮށް ފާޑުކިޔުމުގެ ގޮތުން އުފައްދާފައިވާ ޚިދްމަތެއް ކަމުގައިވާ 'ބްލޮގިންގ' އާ ބެހޭ މަޢުލޫމާތުކޮޅެކެވެ. ބްލޮގިންއަކީ ވަރަށް 'ސަޅި' ކަމެކެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ Ibrahim , 2009-06-03 09:29:02
Alhuganduge blog eh onnaane...Chemistry for Grade 8 ...http://www.chemistry-learner.blogspot.com
...
ލިޔުނީ އަހަރެން, 2009-07-12 05:45:23
މި އާރޓިކަލް ކިޔާލުމަކުން އަދި އިންޓަރނެޓްގެ ތަޢާރަފެއް ނުލިބުނު. އެއީ ކޮން އެއްޗެއްކަންވެސް ނޭގުނު. އިނގިރޭސި ބަހުންއޮންނަ internet is network of networks ދިވެހިން މާނަކޮށްފާ އޮތީ ނެޓްވާރކްތަކުގެ މައި ނެޓްވާރކްކަމަށް. އަޅުގަނޑު ޤަބޫލުކުރަނީ އެއީ ރަނގަޅުގޮތް ނޫންކަމަށް. މިއީ އިންޓަރނެޓަކީ ކޮންއެއްޗެއްކަން ނޭގޭ މީހުންނަށް އަމާޒުކޮށްގެން ލިޔެފައިވާ އާރޓިކަލް އެއްނަމަ މަޤްޞަދު ޙާޞިލެއްނުވެ.
...
ލިޔުނީ ނަސްރުﷲ ޖަމީލު, 2009-07-25 13:37:25
އަޅުގަނޑަށް މިލިޔުމުން އެންމެ އަޅައިގަތީ އެއްކޮށް އެއް ޕެރެގްރާފު އެކުގައި އިނގިރޭސިން އޮތްތަނެވެ. ވިކިޕީޑިއާއަށް ހަވާލާދެއްވާފައި އެބައިވެސް ދިވެއްސަށް ތަރުޖަމާކޮށްލެއްވިނަމަ މިއަށްވުރެ ފުރިހަމަވީހެވެ.
...
ލިޔުނީ someone, 2009-11-23 01:50:41
this is good

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 89 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 366
އާދަމް ނަޞީރު އިބްރާހީމް: 142
އެޑްމިނިސްޓްރޭޓަރ: 109
ޢަބްދުﷲ ފާރޫޤު ޙަސަން: 52
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 45
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
މުޙަންމަދު ޝާހިދު ޙަލީމް: 22
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 22
އިބްރާހީމް ނަޢީމު : 19
މުޙަންމަދު ވަޙީދު - މަޑުލު : 19
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 18
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1444050

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 986