ފަންވަތް ސައިންސްޓެކް އައިޓީ ބަޙުރު އީމަޖައްލާ: ލިޔުންތެރިންނަށް ޒަމާނީ ބާޒާރެއް
ބެލި ޢަދަދު: 833
ބަޙުރު އީމަޖައްލާ: ލިޔުންތެރިންނަށް ޒަމާނީ ބާޒާރެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
30 ޖުލައި 2009، 03:44 ބުރާސްފަތި

ޢަބްދުލްމުޢީދު ޙަސަން


ޢަރަބި ބަހުން ބަޙުރު ކިޔަނީ، ކަނޑަށެވެ. މި ނަމުން ދޭހަވާ މާނަތަކުގެ ތެރޭގައި ބިޔަކަމާއި ތަނަވަސްކަމާއި ފުންކަން ހިމެނެއެވެ. ބަޙުރު އީ މަޖައްލާ ތައްޔާރުކޮށްފައިވަނީ، މި މާނަތައް އެކުލެވޭ ގޮތަށެވެ. އެއީ މަޢުލޫމާތުގެ ބިޔަ ކަނޑެކެވެ. މަޒުމޫނާއި ޅެމާއި ފޮތާއި ވީޑިޔޯ ފަދަ ތަކެތި ރައްކާކުރެވިފައިވާ ތަނަވަސް ޚަޒާނާއެކެވެ. ނަމަވެސް އެ ބިޔަ ޚަޒާނާ، ތިޔަ ބޭފުޅުންގެ ޖީބުކޮޅުގައި ވެސް ގެންގުޅުއްވިދާނެއެވެ. އެހެނީ، އެއީ ސީޑީ ރޮމެކެވެ. ނުވަތަ ޑީވީޑީ ރޮމެކެވެ.

ބަޙުރު އީމަޖައްލާގެ އެންމެ މުހިންމު އެއް ސިފައަކީ، ލިޔުންތެރިންނަށް ފޮތް ވިއްކުމުގެ މަގު ތަނަވަސްކޮށްދީފައިވުމެވެ. މީގެ މާނައަކީ، ލިޔުންތެރިޔަކު ލިޔުއްވާ ފޮތްތައް، ޗާޕުކުރެއްވުމެއްނެތި، މި މަޖައްލާ މެދުވެރިކޮށް ވިއްކަވައި ވިޔަފާރިކުރެއްވިދާނެއެވެ. މިއީ، ފަންވަތް ފަދަ ވެބްސައިޓްތަކަށް ލިޔުއްވާ ހީވާގި ލިޔުންތެރިންނަށް އުފާވެރި ޚަބަރެއް ކަމުގައި ނޫނީ ނުވާނެއެވެ.

ފޮތެއް ކުލަކޮށް ޗާޕުކޮށްގެން ނެރުމަކީ، ބޮޑު ޚަރަދެއް ހިނގާނެ ކަމެކެވެ. އަދި އެ ފޮތުގެ ކޮޕީތައް ގުދަންކޮށް ރައްކާކުރާނެ ތަނެއް ވެސް ބޭނުންވާނެއެވެ. އަދި އެ ފޮތް ވިއްކާދޭ ފަރާތަކަށް އަގެއް ވެސް ދޭން ޖެހެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ފޮތް ވިއްކަންޖެހޭ އަގު ބޮޑުވެދެއެވެ. އެކަމަކީ، ފޮތް ހިނގުމަށް އެޅޭ ހުރަހަކަށް ވެސް ވެދެއެވެ.

"ބަޙުރު" ގައި ފޮތް ވިއްކަވާއިރު، މި ދެންނެވި ފަދަ އެއްވެސް ދަތިކަމެއް ކަމެއް ނޯންނާނެއެވެ. މިއީ، ލިޔުންތެރިންގެ އުފެއްދުންތައް ލުއި ފަސޭހަކަމާއެކު ވިއްކެވުމަށްޓަކައި، ހުޅުވާލެވިފައިވާ ޒަމާނީ ބާޒާރެއް ވެސް މެއެވެ.

ބަޙުރު އީމަޖައްލާއަށް ލިޔުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މި މަޖައްލާއަށް ލިޔުއްވާ ލިޔުންތެރިއެއްގެ ލިޔުންތައް ފޮތެއް ހެދޭވަރަށް ގިނަވުމުން، އެއިން އީފޮތް ހަދައިދިނުމުގެ ޚިދުމަތް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު، އެފޮތް ވިއްކައިގެން ލިބޭ ފައިސާގެ ޙައްޤުވެރިޔަކީ ފޮތް ލިޔުއްވި ބޭފުޅެކެވެ.

ބަޙުރު އީ މަޖައްލާ ވުޖޫދަށް އައީ، 26 ޖުލައި 2009 ގައެވެ. އަހަރަކު ނެރުމަށް ހަމަޖެހިފައިވަނީ މި މަޖައްލާގެ ދެ ޢަދަދެވެ. ދެން މި މަޖައްލާގެ އައު ޢަދަދެއް ނުކުންނާނެ ކަމަށް ބެލެވެނީ، ޖެނުއަރީ 2010 ގައެވެ. ނަމަވެސް އޭގެ ކުރިން، މިހާރު ނެރެފައިވާ ފުރަތަމަ ޢަދަދުގެ ދެވަނަ އިޞްދާރު ނުކުންނާނެއެވެ. ޢާއްމުކޮށް ނެރުމަށް ހަމަޖެހިފައިވަނީ، ދެވަނަ އިޞްދާރެވެ.

ބަޙުރުގައި ވިއްކަން ހުންނަ ފޮތްތައް ގަނެވޭނީ ފޮތް ލިޔުއްވި ބޭފުޅާއާ ނުވަތަ އޭނާ ކަނޑައަޅުއްވާފައިވާ ފަރާތަކާ ގުޅައިގެންނެވެ. ބަޙުރުން ކުރެވޭނީ ޑައުންލޯޑެވެ. ފޮތް ހުޅުވޭނީ ފޮތް ލިޔުއްވި ބޭފުޅާ ދެއްވާ ޕާސްވޯޑެއް ޖަހައިގެންނެވެ.

ބަޙުރު އީމަޖައްލާއާ ބެހޭ މަޢުލޫމާތު ލިބިވަޑައިގަންނަވާނީ، އާކިފެހިޗަރ އިންނެވެ. އެ ސައިޓަށް ވަޑައިގެންނެވުމަށްޓަކައި
މިތަނަށް
އެއްފަހަރު ކްލިކްކޮށްލައްވާށެވެ.

އެ ސައިޓުގައިވާ ބަޙުރުގެ ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި
މިތަނަށް
އެއްފަހަރު ކްލިކްކޮށްލައްވާށެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ZM, 2009-07-30 04:30:07
behurugai kudakudhinge foi hunnanetho? bahuru libenee konthakuntho?

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 27 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300597
free counters
ބެލި ޢަދަދު: 833