ފަންވަތް ސައިންސްޓެކް މޮބައިލްފޯން ސެމްސަންގ ގެލެކްސީ ނޯޓް Samsung Galaxy Note
ބެލި ޢަދަދު: 675
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ސެމްސަންގ ގެލެކްސީ ނޯޓް Samsung Galaxy Note ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން
30 ޑިސެމްބަރ 2011، 10:17 ހުކުރު

ޢަބްދުﷲ ފިރާޤް

ސެމްސަންގ (ނުވަތަ ސަމްސުންގ) ކުންފުނިން އުފައްދާފައިވާ ސްމާރޓް ފޯނުގެ އަދަދު ވަރަށްގިނައެވެ. ޓެބްލެޓްތަކުގެ ފެންވަރު ވަރަށް ރަނގަޅެވެ. ކަސްޓަމަރުންގެ ރުހުން ލިބިފައިވާ މި އުފެއްދުންތަކުގެ ސިލްސިލާއަށް އިތުރުވި އެއްބޮޅަކީ "ސެމްސަންގ ގެލެކްސީ ނޯޓް" އެވެ. މާރކެޓް ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މިފޯނަކަށް ސްމާރޓް ފޯނެކޭ ބުނާނެ ޖާގައެއް ނެތެވެ. އަދި މީ ޓެބްލެޓެކޭ ވެސް ބުނާނެ ޖާގައެއްނެތެވެ. އެހެންކަމުން މީ މި  ދެވައްތަރުގެ "ހައިބްރިޑް" އެކޭ ބުނުންމާ ރަނގަޅުވާނެކަމަށް ތަޖުރިބާކާރުން ދެކިލައްވައެވެ.

ސެމްސަންގ ގެ މި އުފެއްދުމަކީ "އެންޑްރޮއިޑް" ޓެކްނޮލޮޖީ ބޭނުން ކޮށްގެން އޮޕަރޭޓްކުރާ ފޯނެކެވެ. ގެންގުޅެލަން ލުއި،މިފޯނުގައި 5.3 އިންޗީގެ ބޮޑު ޑިސްޕްލޭއެއް ހިމެނޭކަމީ މިފޯނަށް ގެނުވާ އިތުރު ހިތްގައިމުކަމެކެވެ. ސައިޒުގެ ގޮތުން ބޮޑު ނަމަވެސް ސްޓޭންޑަޑް ޓެބްލެޓް ތަކަށްވުރެ މި ފޯނު މާ ލުއިވެފަ ގެން ގުޅެލަން ފަސޭހައެވެ.

ފާހަގަކޮށްލެވޭ އަނެއްކަމަކީ މިފޯނުގެ ތުނިކަމެވެ. ނަމަވެސް 8 މެގަޕިކްސެލް ކެމެރާއެއް މި ފޯނުގައި ހިމެނޭއިރު، ފޯނުގެ "ސްޓައިލަސް" ވެސް ފޯނާއި އެޓޭޗްކުރެވިފައިވެއެވެ. ސްޓައިލަސް އާއި އެކު ފޯނެއް ސަމުސެންގުން ނެރުމަކީ ގިނަބަޔަކަށް ހައިރާންކަމެއްވެސް ގެނުވި ކަމެކެވެ. ނަމަވެސް ބޭނުންކުރަން ފަސޭހަވުމާއިއެކު ސްޓައިލަސް ބޭނުންކުރަން ހިތްއެދޭ މީހުނަށް މީ ވަރަށްކަމުދާ ފޯނެކެވެ.

ކުރިން އިޝާރާތް ކުރެވުނުފަދައިން މީ ހަމައެކަނި ފޯނެއް ނޫނެވެ. ޓެބްލެޓެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ. އެހެންކަމުން ގެލެކްސީ އެސް ބޭނުންކުރުމަށް ކޮންމެހެން ސިމް ކާޑެއް ބޭނުމެއްނުވާނެއެވެ. 16 ޖީބީ އާއި 32 ޖީބީ އިންޓާރނަލް މެމޮރީ ހިމެނޭ އިރު އެސް.ޑީ ކާރޑް ބޭނުން ކުރެވުމަކީ ވެސް މި އުފެއްދުމަށް ލިބިގެންދާ އިތުރު ފުރިހަމަ ކަމެކެވެ.

ސެމްސަންގ ގެލެކްސީ ނޯޓަކީ 1.4 ގިގަހާރޓްސް ގެ ބާރުގަދަކަމެއް ލިބިގެންވާ، އެންޑްރޮއިޑް އާއިލާއިން އޮޕަރޭޓްކުރާ "ޕަވަރފުލް" ފޯނެކެވެ. ބްލޫޓޫތާއި، ވައިފައި ހިމެނޭއިރު ޑާޓާ ޓްރާންސްފަރ ކުރުމަކީ މާ އުންދަގޫ ކަމަކަށް ނުވާނެއެވެ. ހަމައެއާއި އެކު ސޯޝަލް ފީޑް އައިކޮން ތެރޭން ފަސޭހަކަމާއި އެކު ފޭސްބްކް، ޓްވިޓަރ ފަދަ ސޯޝަލް ނެޓްވޯކްތެރެއަށް ވަދެލުމަކީ ވަރަށް ފަސޭހަކަމެކެވެ. އެހެންކަމުން އަމިއްލަ އަދި ވިޔަފާރި ބޭނުންތަކުގައިވެސް ބޭނުންކޮށްލަން ވަރަށް ފަސޭހަވާނެއެވެ.  

ސެމްސަންގ ގެ މި އުފެއްދުމަކީ 2ޖީ، 3 ޖީ އަދި 4 ޖީ ނެޓްވޯކްގައި ވެސް މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފޯނެކެވެ. 2011 އޮކްޓޫބަރ މަހު ބާޒާރަށް ނެރުނު މި ފޯނުގެ ބަރުމިނުގައި ހުންނަނީ 178 ގްރާމެވެ. 8 މެގަޕިކްސެލް ކެމެރާއެއް މި ފޯނުގައި ވާއިރު ލެޑް ފްލޭޝްއެއް ހިމަނާފައިވެއެވެ. ފްރަންޓް ކެމެރާ އަކީ 2 މެގަޕިކްސެލް ކެމެރާއެކެވެ.

ގެލެކްސީ ނޯޓް ފޯނަކީ ޓަޗްއިސްކިރީން ފޯނަކަށްވިއަސް މި ފޯނުގައި ޕެން ސްޓައިލަސްވެސް ބޭނުންކުރެވޭނެއެވެ. އެހެންކަމުން މިއީ  ސްމާރޓް ފޯނުތަކުގެ އާ ޖީލުތަކުން ފެނުން ކައިރި ސިފައެކެވެ.

މިއީ އަގު ހެޔޮ ފޯނެއްނޫނެވެ. ފޯނުގެ ފެންވަރު ރަނގަޅުވި ވަރަކަށް އަގުވެސް ބޮޑުވާނެކަމަށް ޤަބޫލުކުރެވެއެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި 650 ޔޫރޯ އަށް ލިސްޓް ކުރެވިފައިވާއިރު، ރާއްޖޭގެ ފޯނުފިހާރަތަކުގައި ގާތްގަނޑަކަށް -/14،000 ދިވެހި ރުފިޔާއަށް ފޯނު އަގު ލިސްޓްކުރެވިފައިވެއެވެ. އަދި ޖީ.އެސް.ޓީއާއެކު މިއަށްވުރެ އަގުބޮޑުވާނެކަމަށް ލަފާކުރެވެއެވެ.

ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު ޖަހައިފައި އޮތްތޯ ބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދައި ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭ ގޮތް ހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތައިލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
-------------
(ނިމުނީ)

މި ލިޔުން
    ފޮނުވުން:              އަލްފާޟިލް ޢަބްދުﷲ ފިރާޤު
    އަލުން ބެލުމާއި ޝާއިޢުކުރުުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ އައްދު-00, 2012-01-10 04:23:54
މިހާރު އަހަރެން ގެންގުޅެނީ ގެލެކްސީ ނޯޓްއެއް. ވަރަށް ސަޅި އަސްލު ގެލެކްސީ ނޯޓް. ކުރިން ގެންގުޅުނު ގެލެކްސީ ޓެބް ވިއްކާލީ، ގެލެކްސީ ނޯޓްއެއް ގަތީ.
ސަމްސަންގ ވަރަށް ސަޅި.
...
ލިޔުނީ އަބޫބަކުރު, 2012-01-10 08:13:20
ކިހިނެއްތޯ ސީރިއަލް ނަންބަރު ބޭނުންކޮށްގެން ފޯނު ބޭނުން ނުކުރެވޭ ގޮތްހެދޭނީ؟؟ އެހީއެއް ބޭނުން.
...
ލިޔުނީ ައަހުމަދު, 2012-01-25 17:17:29
ކިހިނެއްތޯ ސީރިއަލް ނަންބަރު ބޭނުންކޮށްގެން ފޯނު ބޭނުން ނުކުރެވޭ ގޮތްހެދޭނީ؟؟ އެހީއެއް ބޭނުން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 675
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone