މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ނޮކިޔާ 5800 އެކްސްޕްރެސް މިޔުޒިކް |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |
| 09 މާރޗް 2009، 23:10 ހޯމަ | |
![]() ޢަބްދުﷲ ފިރާޤު ނޮކިއާގެ މި އުފެއްދުމަކީ މިއުޒިކަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ފަރުމާ ކުރެވިފައިވާ ފޯނެކެވެ. ވަންޓަޗް އޯޑިއޯ އަދި ވީޑިއޯ ފީޗާރސް ހިމެނިފައިވާއިރު ހައި ރިޒަލޫޝަން ވައިޑް ސްކްރީނަކާއި، ސްޕީރިއަރ ސަރައުންޑް ސައުންޑްވެސް ހިމެނެއެވެ. ފޯނުގެ ދިގުމިނުގައި ހުންނަނީ އެންމެ 111 މިލިމީޓަރެވެ. ފުޅާމިނުގައި 51.7 މިލިމީޓަރ ހުންނައިރު ފުޅާމިނުގައި ހުންނަނީ 15.5 މިލިމީޓަރެވެ. ބަރުދަނުގައި 109 ގްރާމްހުރެއެވެ. 3.2 އިންޗީގެ ހައި ޑެފިނިޝަން ވައިޑް ސްކްރީނެއްހުންނައިރު، މި ސްކްރީން ފަރުމާކުރެވިފައިވަނީ އެއް އަތުން ބޭނުންކުރެވޭ ޓަޗްސްކްރީން ސްކްރީނެއްގޮތަށެވެ. އަދި 360 × 640 ޕިކްސެލް ހައި ޑެފިނިޝަން ހިމެނޭނެއެވެ. މިފޯނުގެ ސްކްރީންގައި ސްޓައިލަސް އަދި އިނގިލި ވެސް ބޭނުންކުރެވޭނެއެވެ. މިފޯނުގައި 8 ބޭންޑްގެ ގްރެފިކްސް އިކްއިލޭޒަރ އަކާއި، ބޭސް ބޫސްޓަރ އެއްވެސް ހިމެނިފައިވެއެވެ. މިފޯނުގެ ސައުންޑް އަކީވެސް ވަރަށްފުރިހަމައަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ. ފޯނުގައިހިމެނޭ އިންޓަރގްރޭޓެޑް ސްޕީކަރުގައި ސަރައުންޑް ސައުންޑް ހިމެނޭނެއެވެ. އަދި ކްރިސްޓަލް ކްލިއަރ ހައި-ފައި ސައުންޑް ލިބޭނެއެވެ. ފޮޓޯނެގުމަށްޓަކައި 3.2 މެގަޕިކްސެލް ކެމެރާއެއް ހިމެނެއެވެ. އަދި ×3 ޑިޖިޓަލް ޒޫމްވެސް ކެމެރާގައި ހިމެނެއެވެ. ޑުއަލް ލެޑް ފްލޭޝް ހިމެނޭއިރު ފޮޓޯތައް ހުންނާނީ JPEG ފޯމެޓަށެވެ. 480 × 640 ޕިކްސެލްގައި ހައި ކުއަލިޓީ ވީޑިއޯކުރެވޭނެއެވެ. އަދި ×4 ވީޑިއޯ ޑިޖިޓަލް ޒޫމްވެސް ހިމެނޭނެއެވެ. ވީޑިއޯ ކޯލް ކުރުމަށްޓަކައި ފްރަންޓް ކެމެރާވެސް ހިމެނެއެވެ. މި ފޯނުގައި 81 މެގަބައިޓް އިންޓާރނަލް މެމޮރީ ހިމެނޭއިރު 8 ގިގަބައިޓްގެ މައިކްރޯ އެސް ޑީ ކާޑެއްވެސް ހިމެނެއެވެ. އަދި 16 ގިގަރބައިޓްގެ ކާޑްވެސް ބޭނުންކުރެވޭނެއެވެ. ޔޫ އެސް ބީ 2، ހައި ސްޕީޑް ގައި ކޮމްޕިއުޓަރާއި ގުޅާލެވޭނެއެވެ. އަދި ބްލޫޓޫތް ކަނެކްޝަންވެސް ހިމެނެއެވެ. ޓީ ވީ އާއި ގުޅާލުމަށްޓަކައި ޓީ ވީ އައުޓްވެސް ހިމެނޭނެއެވެ. ޑާޓާ ނެޓްވޯރކް މެދުވެރިކޮށް އަލްޓްރާ ފާސްޓް ކޮށް އިންޓަރނެޓް ބޭނުންކުރެވޭނެއެވެ. އަދި ވައިފައިކޮށްވެސް އިންޓަރނެޓް ބޭނުންކުރެވޭނެއެވެ. މި ފޯނުގައި ނޮކިއާ މެޕް އެޕްލިކޭޝަން އަދި ޖީ ޕީ އެސް ފަންކްޝަންވެސް ހިމެނެއެވެ. ބެޓެރީ ލައިފް އަކީވެސް މި ފޯނުގެ ހާއްސަ ސިފައެކެވެ. 1320 މިލިއެމްޕެއަރ ގެ ބެޓެރީއެއް ބޭނުންކޮށްފައިވާއިރު 8 ގަޑި އިރަށްވުރެ ގިނައިރު ވާހަކަދެއްކެއެވެ. ލަވަޖަހާނަމަވެސް 35 ގަޑިއިރު ބޭނުންކުރެވޭނެއެވެ. އަދި ސްޓެންޑްބައިގައި 400 ގަޑިއިރު ބޭނުންކުރެވޭނެއެވެ. މިފޯނާއިއެކު ތިރީގައިމިވާ ތަކެތި ހިމެނޭނެއެވެ. ފޯނު ގަންނައިރު ހުރިހާތަކެތި ފޯނުގެ ފޮށީގައި ހުރިތޯބަލަންވާނެއެވެ. ނޮކިއާ 5800 އެކްސްޕްރެސް މިއުޒިކް ފޯން، އަދި ޕެން ސްޓައިލަސް. ބެޓްރީ (BL-5J) ފޯން ޗާރޖަރ މިއުޒިކް ހެޑްސެޓް ވީޑިއޯ އައުޓް ކޭބަލް ކަނެކްޓިވިޓީ ކޭބަލް 8 ގީ ބީ މައިކްރޯ އެސްޑީ ކާރޑް ފޯނު ކަވަރ (ކެރީއިން ކޭސް) ސްޓޭންޑް އިތުރު ޕެން ސްޓައިލަސް ފޯނު ފޮތް (މެނުއަލް) މިނީ ޑީ ވީ ޑީ (ފޯނުގެ ރިސޯސް ޑީ ވީ ޑީ) ފޯނު ގަންނަވާއިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރ އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރ ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރ ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުންވެސް ފޯނުގެ ސީރިއަލް ނަމްބަރ ފޯނުގެ ސްކްރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|