މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
|
| ގޫގްލް އެންޑްރޮއިޑް ވައިޓް |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 11 މާރޗް 2009، 17:34 ބުދަ | |||
![]() ޢަބްދުﷲ ފިރާޤު ޓީ މޯބައިލްގެ "ނިއު ގޫގްލް އެންޑްރޮއިޑް އިން ވައިޓް" ފޯނަކީ ތަފާތު އާ ފަސޭހަތަކަކާއި އެކު އުފައްދާފައިވާ މޯބައިލް ފޯނެކެވެ. ހާއްސަކޮށް މި ފޯނަކީ މޯބައިލް ވެބް ބްރައުޒިންގ ގެ އާފަސޭހަތަކެއް ގެނުވައިދިން ފޯނެކެވެ. މި ފޯނުގެ ދިގުމިނުގައި ހުންނަނީ 118 މިލިމީޓަރެވެ. ފުޅާމިނުގައި 56 މިލިމީޓަރ ހުންނައިރު ބޯމިނުގައި ހުންނަނީ 17 މިލިމީޓަރެވެ. ފޯނުގެ ބަރުދަނަކީ 158 ގްރާމެވެ. ފޮޓޯ ނެގުމަށްޓަކައި، މި ފޯނުގައި 3.2 މެގަޕިކްސެލްގެ ކެމެރާއެއްވެއެވެ. މީ ތްރީޖީ ފޯނެކެވެ. ބްލޫޓޫތް މެދުވެރިކޮށް ބްލޫޓޫތް އެހެން ޑިވައިސްތަކާ ޕެއަރ ކުރެވޭނެއެވެ. އަދި ބްލޫޓޫތް މެދުވެރިކޮށް ހެޑްސެޓްވެސް ގުޅާލެވޭނެއެވެ. ފޯންގައިހިމެނޭ ސްޕީކަރގެ އެހީގައި އިންކަމިންގ، އަދި އައުޓްގޮއިންގ ކޯލްތަކުގެ އަޑުއެހޭނެއެވެ. އަދި މިއުޒިކް އަޑުއެހުމަށްވެސް މި ބިލްޓް-އިން ސްޕީކަރ ބޭނުން ކުރެވޭނެއެވެ. ފޯނުގައި ހިމެނޭ ޑޮކިއުމެންޓް ވިޔުގެ އެހީގައި ހުރިހާ ޑޮކިއުމެންޓް ތަކެއްވެސް ބަލާލެވޭނެއެވެ. މި ފޯނުގައި ހައިސްޕީޑް ޑާޓާ އެކްސެސް ކުރެވޭނެއެވެ. އީމެއިލް ފޮނުވުމާއި، ރިސީވްކުރުމުގެ ޤާބިލްކަންވެސް މި ފޯނުގައިވެއެވެ. އާންމުކޮށް ޕީސީ ތަކުގައި ހުންނަކަހަލަ ޓައިޕްރައިޓަރ ކީބޯޑެއްވެސް މި ފޯނުގައި ހިމެނެއެވެ. ޖީ.ޕީ.އާރ.އެސް ފަންކްޝަނަކީވެސް މި ފޯނުގައި ހިމެނޭ ފަންކްޝަން އެކެވެ. މި ފޯނުގައި ހިމިނޭ ޖީ.ޕީ.އެސް ސޮފްޓްވެއަރ ގެ އެހީގައި ސެޓެލައިޓް މެދުވެރިކޮށް ޕޮޒިޝަން އިންޑިކޭޓް ކުރުމުގެ ފުރިހަމަ ޤާބިލްކަންވެސް މިފޯނަށް ލިބިގެންވެއެވެ. މި ފޯނުގައި 2 ޖީ.ބީ އާ ހިސާބަށް މައިކްރޯ އެސް.ޑީ ކާރޑް ބޭނުންކުރެވޭނެއެވެ. ލަވަޖެހުމަށާއި އެކިކަހަލަ މިއުޒިކް އަޑުއެހުމަށްޓައި އެމް.ޕީ3 ޕްލޭޔަރ އެއްވެސް ހިމެނެއެވެ. އަދި މި ޕްލޭޔަރގައި ހިމެނޭ ލަވަތައް ރިންގްޓޯން ގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. ޓެކްސްޓް މެސެޖް އަދި އެމް.އެމް.އެސް ވެސް ބޭނުންކުރެވޭނެއެވެ. ކޮމްޕިއުޓަރ އާއި ސިންކް ކުރުމަށްޓަކައި ޔޫ.އެސް.ބީ ޕޯރޓްވެސް ހިމެނެއެވެ. ވައިފައި މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމުގެ ޤާބިލްކަންވެސް މި ފޯނުގައިވެއެވެ. މީގެ ފޯނެއް ބޭރުން ގަންނަނަމަ ގާތްގަނޑަކަށް 400 ނުވަތަ 450 އެމެރިކާ ޑޮލަރަށް ލިބޭނެއެވެ. މިއަށްވުރެވެސް ހެޔޮއަގުގައި އޮންލައިން ޝޮޕްތަކުންވެސް ލިބެންހުންނާނެއެވެ. ފޯނު ބައްލަވައިގަންނައިރު، ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރ އިންތޯބައްލަވަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރ ހޯއްދަވާ ރައްކާކުރައްވަންންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެއްވޭގޮތްހެދުމަށް މި ނަމްބަރ ބޭނުންވާނެއެވެ. #06#* (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމަށްފަހު ސެންޑް ކޮށްލެއްވުމުން ފޯނުގެ ސީރިއަލް ނަމްބަރ ފޯނުގެ ސްކްރީނަށް އަރާނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ عبد المعيد حسن, 2009-04-24 04:32:25
ޒަމާނީ ޓެކްނޯލޮޖީއާއި ފަންނީ ދާއިރާގެ ހުނަރުވެރިންނަކީ، ބަހުގެ ޢިލްމުވެރިންނެއް ނޫނެވެ. ފަންނާނުންނާއި ހުނަރުވެރިން ލިއުއްވާ ލިއުންތަކުގައި އިމްލާކުށާއި ޤަޥާޢިދުގެ ކުށް ހުރެދާނެއެވެ. މިފަދަ ކަންކަމަކީ، އެފަދަ ލިއުންތެރިޔަކު ފޯރުކޮށްދެއްވަން ބޭނުންވާ މަޢުލޫމާތާއި އޭނާގެ ޢިލްމީ ޤާބިލުކަމަށް މަލާމާތެއް ރައްދުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު، އެއީ، އޭނާއަށް ސާބަހާއި އައްސަރިބަސް ޙައްޤުވެގެންވާ ކަމެކެވެ.
ޢަބްދުﷲ ފިރާޤު ލިއުއްވާ މަޒުމޫނުތައް ކިތަންމެހައި ވެސް ރަނގަޅެވެ. އޭނާއަށް ޙައްޤުވެގެންވާ، ސާބަހާއި އައްސަރިބަސް ގިނަގުނައެވެ. އަދާކުރަންޖެހޭ ޝުކުރާއި ތަޢުރީފު ވަރަށް ވެސް މަތިވެރިއެވެ. ޝުކުރިއްޔާ! ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |
2- ދިވެހި ލަފުޒު ބޭނުންކުރެއްވޭނެ ތަންތާނގައި ބޭރު ލަފުޒު ބޭނުންކުރައްވައިފައި ހުރިކަން ފާހަގަ ކުރެވޭ. މިސާލަކަށް: ސެންޑް ކޮށްލެއްވުން؛ ރިސީވްކުރުން
3- ދިވެހިވެފައި ހުރި ލަފުޒު އޭގެ އަސްލު ގޮތުގައި ބޭނުންކުރައްވައިފައި އެބަހުރި: މިސާލަކަށް: ނަންބަރުގެ ބަދަލުގައި ނަމްބަރ؛ އިސްކިރީނުގެ ބަދަލުގައި ސްކްރީން.
4- މަސައްކަތްޕުޅު ކުރެއްވި ނަމަ މިއަށް ވުރެ ދިވެހިކޮށް ލިއުއްވުނީސް ކަން ކަށަވަރު. އަދި ދަރަޖަ ވެސް އެއް ދަރަޖައެއް ގައި ބެހެއްޓެވުނީސް.