ފަންވަތް ސައިންސްޓެކް މޮބައިލްފޯން ސެމްސަންގ ބީހޯލްޑް
ބެލި ޢަދަދު: 972
ސެމްސަންގ ބީހޯލްޑް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން
14 މާރޗް 2009، 03:51 ހޮނިހިރު

ޢަބްދުﷲ ފިރާޤު

ސެމްސަންގ ބީހޯލްޑް ފޯނަކީ ބަލާލަންރީތި، ގިނަ ފަންކްޝަންތަކެއް ހިމެނޭ ފޯނެކެވެ. ސެމްސަންގް ބީހޯލްޑްގެ އެސްޕްރެސޯ އަދި ބީހޯލްޑް ރޯސް ވެސް ހުރެއެވެ.

• ސައިޒް: ދިގު: 1.4 އިންޗި، ފުޅާ: 1.2 އިންޗި، ފޯނުގެ ބޯމިން: 0.5 އިންޗި.
• މިފޯނުގައި ބޭނުންކޮށްފައިވަނީ ރިޗާރޖަބްލް 1000 މިލިއެމްޕެއަރގެ ބެޓެރީއެކެވެ. 5 ގަޑިއިރު ވާހަކަދެއްކޭއިރު ސްޓޭންޑްބައި ގޮތުގައި 12 ގަޑިއިރު މިފޯނު ބޭނުންކުރެވެއެވެ.
• 850 MHz, 900 MHz, 1800 MHz, 1900 MHz މި ބޭންޑް (ފްރިކްއެންސީ) ތަކުގައި މި ފޯނު ބޭނުންކުރެވޭނެއެވެ.

• މި ފޯނުގައި ވެބް ބޮރައުޒިންގ ކުރުމުގެ ގިނަގުނަ ފަސޭހަތައްވެސް އެކުލެވިގެންވެއެވެ.
• މިޒަމާނުގެ ހައިސްޕީޑް 3 ޖީ ޑާޓާ ނެޓްވޯރކްގެ ޚިދުމަތަކީވެސް މިފޯނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ.
• މިފޯނުގައި ހިމެނޭ ހައި ރިޒަލޫޝަން 5 މެގަޕިކްސެލް ކެމެރާއަކީ ވެސް މި ފޯނުގެ ރަނގަޅުކަމުގެ މިސާލެކެވެ. މި ކެމެރާއިންނަގާ ފޮޓޯ ހައި ކޮލިޓީގައި ޕްރިންޓްކުރެވޭނެއެވެ. އަދި އީ- މެއިލް މެދުވެރިކޮށް ބޭނުންވާ ފަރާތްތަކަށް މި ފޮޓޯތައް ފޮނުވާލެވޭނެއެވެ.

• ލަވައަޑުއެހުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިފޯނުގައިވާ މިއުޒިކްޕްލޭޔަރ ކަމުދާނެކަމަށް ޤަބޫލު ކުރެވެއެވެ.
• ފޮޓޯނެގުމުގެ އިތުރުން ވީޑިއޯ ކްލިޕްވެސް ނެގޭނެއެވެ.

• ފޯނުގައިވާ ބްލޫޓޫތްގެ އެހީގައި ޕީ. ސީ އާ ޕެއަރ ކުރެވޭނެއެވެ. އަދި ހެޑްސެޓާއިވެސް ޕެއާކުރެވޭނެއެވެ.
• ޓެކްސްޓް މެސެޖާއި، ޕިކްޗަރ މެސެޖްވެސް ފޮނުވޭނެއެވެ.

• މިފޯނުގައިވާ ފަސޭހަ އަނެއް ޚިދުމަތަކީ ވޮއިސްޑައިލިންގ އެވެ. ފަސޭހަކަމާއެކު ބޭނުންފަރާތަކަށް ގުޅާލެވޭނެއެވެ.
• އެޑްރެސް ބުކްގެ ޚިދުމަތާއި، ކަލަންޑަރ އަދި ކަލްކިއުލޭޓަރ ފަންކްޝަންވެސް މިފޯނުގައިވެއެވެ.

• ތާވަލްތަކާ އެއްގޮތައް ކަންތައްތައް ކުރުމަށް ބޭނުންނަމަވެސް މިފޯނު ބޭނުންކުރެވޭނެއެވެ. މި ފޯނުގައިވާ އެލާރމް ރިމައިންޑާރ ގެ އެހީގައެވެ.

• މިފޯނުގައި ބޭނުންކުރާނީ މައިކްރޯ އެސް. ޑީ ކާޑެވެ.
• މިފޯނަށް ހައި ފައި ރިންގްޓޯން އަދި ވޯލްޕޭޕަރ ޑައުންލޯޑްކޮށް ބޭނުންކުރެވޭނެއެވެ.
• ސްޕީކަރ ފޯނުގެ އެހީގައި ހޭންޑްފްރީކޮށް ވާހަކަ ދައްކާލެވޭނެއެވެ.
• އިންޓަނޭޝަލް މާކެޓުން މިވައްތަރުގެ ފޯނެއް ގާތްގަންޑަކަށް 350 އެމެރިކާ ޑޮލަރ (4500 ރުފިޔާ) އަށް ލިބޭނެއެވެ. ނަމަވެސް މި އަގުތަކަކީ ދުވަހުން ދުވަހަށް ބަދަލުވަމުންދާ އެއްޗެކެވެ.
• މިފޯނާއިއެކު ތިރީގައިމިވާތަކެތި ލިބޭނެއެވެ.
• ބެޓެރީ
• ބެޓެރީ ޗާރޖަރ
• ޔޫ. އެސް. ބީ ކޭބަލް
• ސްޓީރިއޯ ހޭންޑްސް ފްރީ ހެޑްސެޓް
• 1 ޖީބީ އެސް. ޑީ ކާޑް

• ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރ އޮތް ތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރ ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރ ބޭނުންވާނެއެވެ. #06#* (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރ ފޯނުގެ ސްކްރީނަށް އަރާނެއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ފޯނުގެ މަޢުލޫމާތު އެއްކުރާމީހެއް...., 2009-03-13 22:45:24
ފޯނުގެ ސައިޒް ލިޔެފަ އިނީ ނުބައިކޮށް ރަނގަޅުގޮތަކީ ދިގު 3.85826 ފުޅާ 2.16535 ބޯމިން 0.44881 އިންޗި
މިލިމީޓަރ އިންނަމަ ދިގު 98 ފުޅާ 55 ބޯމިން 11.4 މމ މަޢުލޫމާތު ނެގީ

http://www.gsmarena.com/samsung_t919_behold-2587.php
...
ލިޔުނީ ފޯނުގެ ސައިޒް ރަނގަޅުނޫން ކަމަށް ބުނި ފަރާތް, 2009-03-14 09:17:22
މިހާރު ޚިޔާލެއްހުށައެޅިޔަސް ނުޖަހަނީ ކީއްވެތޯ؟

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 972
extra avandia and congestive heart failure