މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެލް.ޖީ KC910i ރެނޯރ LG KC910i Renoir |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 16 މާރޗް 2009، 01:25 ހޯމަ | |||
|
ޢަބްދުﷲ ފިރާޤު އެލް.ޖީ ގެ މި އުފެއްދުމަކީ ދާދިފަހުން އެކުންފުނިން ބާޒާރަށް ނެރެފައިވާ ފޯނެކެވެ. މޯބައިލްފޯނުގެ ފަހުގެ ވަސީލަތްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ މިފޯނަކީ އެލް.ޖީ ގެ އުފެއްދުންތައް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފޯނެއްކަމަށް ބެލެވެއެވެ. 2 ޖީ، އަދި 3 ޖީ ނެޓްވޯރކްގައިވެސް އެލް.ޖީ ރެނޯރ ބޭނުންކުރެވޭނެއެވެ.• ނެޓްވޯރކް:- o 2 ޖީ ނެޓްވޯރކް: GSM 900 / 1800 / 1900 o 3 ޖީ ނެޓްވޯރކް: HSDPA 900 / 2100 • އެލް.ޖީ ރެނޯރ ފޯނެއްގެ ބަރުމިނުގައި ހުންނާނީ 114 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 107.8 މިލިމީޓަރެވެ. ފުޅާމިނުގައި 55.9 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 14 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 400 × 240 ޕިކްސެލްސް އެވެ. • ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯން ޑައުންލޯޑްވެސް ކުރެވޭނެއެވެ. • ބޭނުންނަމަ ފޯނުނަންބަރުތައް ރައްކާކުރާއިރު ފޮޓޯއާއިއެކު ނަންބަރުތައް ބެހެއްޓޭނެއެވެ. ފޯނަށް އަންނަ ކޯލް 40، ގުޅާކޯލް 40، އަދި 40 މިސްކޯލް ފޯނުގައި ރައްކާކުރާނެއެވެ. • މިފޯނުގައި 1 ނުވަތަ 2 ގިގަބައިޓް އިންޓާރނަލް މެމޮރީ ހުރެއެވެ. ބޭނުންނަމަ 16 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާރޑް ވެސް ބޭނުން ކުރެވޭނެއެވެ. • GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. 3 ޖީ ނެޓްވޯރކްގައި Mbps7.2 އެވެ. • އެލް.ޖީ ރެނޯރ ފޯނުން ވައި ފައި ގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ 8 މެގަރ ޕިކްސެލް، 2448 × 3264 ޕިކްސެލް ގެ ކެމެރާއެކެވެ. އޮޓޯ އަދި މެނުއަލްކޮށް ފޯކަސްކުރެވޭ މި ކެމެރާގައި ޒެނަން ފްލޭޝް ވެސް ހިމެނެއެވެ. މި ކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. • އެލް.ޖީ ރެނޯރ ފޯނުން އެސް.އެމް.އެސް، އީ.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލްވެސް ފޮނުވޭނެއެވެ. އިންޓަނެޓްގެ ޚިދުމަތްވެސް މިފޯނުން ލިބޭނެއެވެ. • ކަޅުކުލައިގެ އެލް.ޖީގެ މިފޯނުނައި FM ރޭޑިއޯވެސް ހިމެނޭނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ގިނަ ވީޑިއޯ ފޯމެޓްތައް ސަޕޯޓްކުރާ ޕްލޭޔަރެއްވެސް ހިމެނެއެވެ. • ވޯޑް، އެކްސެލް އަދި ޕަވަރޕޮއިންޓް ޑޮކިއުމެންޓްތައްވެސް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. އަދި ހަމަމިއާއި އެކު ޕީ.ޑީ.އެފް ކޮށްހުންނަ ލިޔުންތައްވެސް ބަލާނެވޭނެއެވެ. • މިފޯނަކީ ޓީ.ވީ އާއި ގުޅާލެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. އެހެންކަމުން މިފޯނުން ނަގާ ވީޑިއޯ ސިޓިންގރޫމް ތަކުގައި ތިބެގެން ބަލާލެވުމަކީ ލިބޭނެ ވަރަށްބޮޑު ހިތްހަމަޖެހުމަކަށް ވާނެކަމަށް ބެލެވެއެވެ. • GPS ނެވިގޭޝަން ސިސްޓަމްވެސް މިފޯނުގައިހިމެނެއެވެ. އެހެންކަމުން މިފޯނަށް A-GPS ސަޕޯރޓްކުރާނެއެވެ. • އެލް.ޖީ ރެނޯރ ފޯނުގައި ބޭނުންކޮށްފައިވަނީ 1000 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. ފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 3 ގަޑިއިރެވެ. ނަމަވެސް 264 ގަޑިއިރު ސްޓޭންޑްބައިގައި ބޭނުންކުރެވޭނެއެވެ. • ފޯނު ބައްލަވައިގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަންބަރު އޮތްތޯބައްލަވަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަންބަރު ހޯދާ ރައްކާ ކުރައްވަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެއްސެވުމުން ނުވަތަ ސެންޑް ބަޓަނަށް ފިތައިލެއްވުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ R, 2009-03-16 02:15:07
foanuge agu engen oiy nama mi liun varah furihamavaane. thi dhevvaa mauloomaathu thakah varah bodah shukuriyyaa
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|