މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މޮޓޮރޮލާ A3100 |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 17 މާރޗް 2009، 03:17 އަންގާރަ | |||
|
ޢަބް ދުﷲ ފިރާޤު • މޮޓޮރޮލާގެ މި އުފެއްދުމަކީ 2009 މާރޗް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. 2 ޖީ، އަދި 3 ޖީ ނެޓްވޯރކްގައިވެސް މިފޯނު ބޭނުންކުރެވޭނެއެވެ. މޮޓޮރޮލާގެ މި އުފެއްދުމަކީވެސް ޒަމާނުގެ ފަހުގެ ގޮތްތައް ބޭނުންކުރެވިގެން އުފައްދާފައިވާ ފޯނެކެވެ. މިގޮތުން ޓަޗް އިސްކިރީނާއި، ވައި ފައި ފަދަ ޚިދުމަތްތައް މިފޯނުގައި ހިމެނެއެވެ. • ނެޓްވޯރކް:- • 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 • 3 ޖީ ނެޓްވޯރކް: HSDPA 850 / 900 / 2100 • މިފޯނުގެ ބަރުމިނުގައި ހުންނާނީ 119 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 110 މިލިމީޓަރެވެ. ފުޅާމިނުގައި 59.7 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 13.7 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ރެސިސްޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.8 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 320 × 240 ޕިކްސެލްސް އެވެ. • ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯންވެސް ޑައުންލޯޑް ކުރެވޭނެއެވެ. • އާންމުކޮށް ބަލާއިރު ފޯނު ނަމްބަރުތައް ރައްކާ ކުރާކަށްވަކި މިންވަރެއް ނެތެވެ. އަދި ލިބޭ ފޯންކޯލްތަކާއި އަންނަ ފޯންކޯލްތަކުގެ ރެކޯރޑްސް ވެސް ފޯނު މެމޮރީގައި ހުންނާނެ ވަކިއަދެއް ނެތެވެ. އެހެންކަމުން މި ހުރިހާ މަޢުލޫމާތެއްވެސް ފޯނުން ފޮހެލަންދެން ފޯނުގައި ހުންނާނެކަމަށް ބެލެވެއެވެ. • މިފޯނުގެ ސްޓޯރޭޖް މިންވަރަކީ 250 މެގަބައިޓެވެ. 128 މެގަބައިޓް ރެމް ވެސް މިފޯނުގައިވެއެވެ. މިފޯނަކީ އެކްސްޓާރނަލް ކާޑް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. އެހެންކަމުން 16 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ވެސް ބޭނުން ކުރެވޭނެއެވެ. • GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. 3 ޖީ ނެޓްވޯރކްގައި Mbps7.2 އެވެ. • މޮޓޮރޮލާގެ މިފޯނުން ވައި ފައި ގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް، 1536 × 2048 ޕިކްސެލް ގެ ކެމެރާއެކެވެ. މިކެމެރާއަކީ އޮޓޯ ފޯކަސް ކެމެރާއެކެވެ. • އޮޕަރޭޓިންގ ސިސްޓަމްގެ ގޮތުގައި މިފޯނުގައި ބޭނުންކޮށްފައިވަނީ މައިކްރޯސްފްޓް ވިންޑޯސް މޯބައިލް ޕްރޮފެޝަނަލް 6.1 އެވެ. އެހެންކަމުން މިފޯނަކީ ބޭނުންކުރަން ވަރަށް ފަސޭހަ ފޯނަކަށްވާނެކަމަށް ބެލެވެއެވެ. • 528 މެގަރހާޓްސްގެ ސީ.ޕީ.ޔޫ އެއް ހިމެނޭ މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ފަސޭހަކަމާއިއެކު ލިބޭނެއެވެ. • ކަޅުކުލައިގެ މޮޓޮރޮލާގެ މިފޯނުގައި ރޭޑިއޯގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް އެމް.ޕީ3 ލަވަޖަހާލެވޭ، ގިނަ ވީޑިއޯ ފޯމެޓްތައް ސަޕޯޓްކުރާ ޕްލޭޔަރެއް ހިމެނެއެވެ. • ވޯޑް، އެކްސެލް އަދި ޕަވަރޕޮއިންޓް ޑޮކިއުމެންޓްތައްވެސް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. އަދި ހަމަމިއާއި އެކު ޕީ.ޑީ.އެފް ކޮށްހުންނަ ލިޔުންތައްވެސް ބަލާނެވޭނެއެވެ. • GPS ނެވިގޭޝަން ސިސްޓަމްވެސް މިފޯނުގައިހިމެނެއެވެ. އެހެންކަމުން މިފޯނަށް A-GPS ސަޕޯރޓްކުރާނެއެވެ. • މިފޯނުގައި ވޭނުންކޮށްފައިވަނީ 1170 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. ފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 6 ގަޑި 48 މިނެޓެވެ. ނަމަވެސް 298 ގަޑިއިރު ސްޓޭންޑްބައިގައި ބޭނުންކުރެވޭނެއެވެ. • މިވައްތަރުގެ ފޯނެއްގެ އޮންލައިން ފިހާރައަކުން ގަންނަނަމަ ގާތްގަނޑަކަށް 490 އެމެރިކާ ޑޮލަރު (6،296.5 ރުފިޔާ) އަށް ލިބޭނެއެވެ. ނަމަވެސް އޮންލައިން އަގުތަކަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއްކަން ހަނދުމަފުޅު ބަހައްޓަވަންވާނެއެވެ. • ފޯނު ބައްލަވައިގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަންބަރު އޮތްތޯ ބައްލަވަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަންބަރު ހޯއްދަވައި ރައްކާކުރައްވަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯނު ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަންބަރު ބޭނުންވާނެއެވެ. #06#* (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެއްސެވުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލެއްވުމުން ފޯނުގެ ސީރިއަލް ނަންބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|