މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އޯ2 ގައިޑް - O2 Guide |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 18 މާރޗް 2009، 02:08 ބުދަ | |||
|
ޢަބްދުﷲ ފިރާޤު މިފަހަރު މިބަލާލަނީ އޯ2 ގެ އުފެއްދުމެއް ކަމަށްވާ "އޯ2 ގައިޑް" މި ފޯނަށެވެ. މިފޯނަނީ ދާދި އަވަހަށް ބާޒާރަށް ނުކުންނާނެކަމަށް ބުނެފައިވާ ފޯނެކެވެ. އެހެންކަމުން އޯ2 ގެ ފޯނުތަކަށް ޝަޢުޤުވެރިފަރާތްތަކަށް މީ އުފާވެރި ޚަބަރަކަށް ވާނެކަމަށް އުންމީދު ކުރަމެވެ. އޯ2 ގެ މި އުފެއްދުމަކީވެސް 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.• ނެޓްވޯރކް:- • 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 • 3 ޖީ ނެޓްވޯރކް: HSDPA 2100 • މިފޯނުގެ ބަރުދަނަކީ ބެޓެރިއާއި އެކު 103 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 102 މިލިމީޓަރެވެ. ފުޅާމިނުގައި 53.5 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 14.5 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ރެސިސްޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.8 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 320 × 240 ޕިކްސެލްސް އެވެ. • އޯ2 ގައިޑްގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނާއި، އަދި ވޭވް ފޯމެޓްގެ ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. • އާންމުކޮށް ބަލާއިރު ފޯނު ނަމްބަރުތައް ރައްކާ ކުރާކަށްވަކި މިންވަރެއް ނެތެވެ. އަދި ކުރާ ފޯންކޯލްތަކާއި އަންނަ ފޯންކޯލްތަކުގެ ރެކޯރޑްސް ވެސް ފޯނު މެމޮރީގައި ހުންނާނެ ވަކިއަދެއް ނެތެވެ. އެހެންކަމުން މި ހުރިހާ މަޢުލޫމާތެއްވެސް ފޯނުން ފޮހެލަންދެން ފޯނުގައި ހުންނާނެކަމަށް ބެލެވެއެވެ. އަދި ފޮޓޯއާއި އެކުވެސް ފޯނު ނަންބަރު ރައްކާކުރެވޭނެއެވެ. • މިފޯނުގައި 256 މެގަބައިޓްގެ ރޭމް ހިމެނޭއިރު، 512 މެގަބައިޓްގެ ރޮމް ވެސް ހިމެނެއެވެ. މިފޯނަކީ އެކްސްޓާރނަލް މައިކްރޯ އެސް.ޑީ ކާޑް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިފޯނާއިއެކު 1 ގިގަބައިޓްގެ ކާޑެއްލިބޭނެއެވެ. • GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. • އޯ2 ގެ މިފޯނުން ވައި ފައި ގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، މިނީ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް، 1536 × 2048 ޕިކްސެލް ގެ ކެމެރާއެކެވެ. މި ކެމެރާއިން ވީޑިއޯއެއް ނުކުރެވޭނެއެވެ. • އޮޕަރޭޓިންގ ސިސްޓަމްގެ ގޮތުގައި މިފޯނުގައި ބޭނުންކޮށްފައިވަނީ މައިކްރޯސޮފްޓް ވިންޑޯސް މޯބައިލް ޕްރޮފެޝަނަލް 6.1 އެވެ. އެހެންކަމުން އިންޓަނެޓް އެކްސްޕްލޯރާ، އަދި މެސެންޖަރ ފަދަ ޚިދުމަތްތައް ފަރިތަކަމާއިއެކު ބޭނުންކުރެވޭނެއެވެ. • 528 މެގަރހާޓްސްގެ ސީ.ޕީ.ޔޫ އެއް ހިމެނޭ މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް އަދި އިންސްޓެންޓް މެސޭޖް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ފަސޭހަކަމާއިއެކު ލިބޭނެއެވެ. • އޯ2 ގައިޑްގައި ރޭޑިއޯގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް އެމް.ޕީ3 ލަވަޖަހާލެވޭ ޕްލޭޔަރެއް ހިމެނެއެވެ. • މިފޯނުގައިވާ ޕޮކެޓް އޮފީސް ސޮފްޓްވެއަރގެ އެހީގައި ވޯޑް، އެކްސެލް އަދި ޕަވަރޕޮއިންޓް ޑޮކިއުމެންޓްތައްވެސް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. އަދި ހަމަމިއާއި އެކު ޕީ.ޑީ.އެފް ކޮށްހުންނަ ލިޔުންތައްވެސް ބަލާނެވޭނެއެވެ. • GPS ނެވިގޭޝަން ސިސްޓަމްވެސް މިފޯނުގައިހިމެނެއެވެ. އެހެންކަމުން މިފޯނަށް A-GPS ސަޕޯރޓްކުރާނެއެވެ. • މިފޯނުގައި ވޭނުންކޮށްފައިވަނީ 1110 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. މިފޯނުގެ ކުލައަކީ އަޅިކުލައެވެ. • ފޯނު ބައްލަވައިގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަންބަރު އޮތްތޯބައްލަވަން ވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަންބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. #06#* (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެއްސެވުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލެއްވުމުން ފޯނުގެ ސީރިއަލް ނަންްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|