މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބްލެކްބެރީ ކާރވް 8900 |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 21 މާރޗް 2009، 01:24 ހޮނިހިރު | |||
|
BlackBerry Curve 8900 ޢަބްދުﷲ ފިރާޤް ބްލެކްބެރީ ފޯނަކީ ދުނިޔޭގެ ގިނަ ޤަޢުމުތަކެއްގައި މަޤްބޫލްކަން ހޯދާފައިވާ ފޯނެކެވެ. އެހެންކަމުން މިފަހަރު މި ބަލާލަނީ ބްލެކްބެރީގެ ފަހުގެ އުފެއްދުމެއްކަމަށްވާ "ބްލެކްބެރީ ކާރވް 8900" މި ފޯނަށެވެ. 2008 ޑިސެމްބަރު މަހު ބާޒާރަށް ނެރެފައިވާ މި ފޯނަކީ ހަމައެކަނި 2ޖީ ނެޓްވޯރކްތަކަށް ޙާއްޞަކޮށްގެން އުފައްދާފައިވާ ފޯނެކެވެ. • ނެޓްވޯރކް:- • ނެޓްވޯރކް: GSM 850/ 900 / 1800 / 1900 • މިފޯނުގެ ބަރުމިނުގައި ހުންނާނީ 110 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 109 މިލިމީޓަރެވެ. ފުޅާމިނުގައި 60 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 13.5 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.4 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 360 × 480 ޕިކްސެލްސް އެވެ. • ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯންވެސް ޑައުންލޯޑް ކުރެވޭނެއެވެ. • މިފޯނުގައި އެކްސްޓާރނަލް ކާރޑެއްގެ ގޮތުގައި ބޭނުންކުރާނީ މައިކްރޯ އެސް.ޑީ ކާޑެވެ. 16 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ބޭނުން ކުރެވޭނެއެވެ. • GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. • ބްލެކްބެރީގެ މިފޯނުން ވައި-ފައި ގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، މައިކޮރޯ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް، 1536 × 2048 ޕިކްސެލް ގެ ކެމެރާއެކެވެ. މިކެމެރާއަކީ އޮޓޯ ފޯކަސް ކެމެރާއެކެވެ. • އޮޕަރޭޓިންގ ސިސްޓަމްގެ ގޮތުގައި މިފޯނުގައި ބޭނުންކޮށްފައިވަނީ ބްލެކްބެރީގެ އަމިއްލަ އޯއެސް ކަމަށްވާ "ރިމް ބްލެކްބެރީ އޯ.އެސް 4.6" އެވެ. • 512 މެގަރހާޓްސްގެ ސީ.ޕީ.ޔޫ އެއް ހިމެނޭ މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް އަދި އިންސްޓެންޓް މެސެޖް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. • ކަޅުކުލައިގެ ބްލެކްބެރީ މިފޯނުގައި ރޭޑިއޯގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ގިނަ އޯޑިއޯ ފޯމެޓްތައް ސަޕޯޓްކުރާ ޕްލޭޔަރެއްހިމެނެއެވެ. ހަމަމިއާއި އެކު ގިނަ ވީޑިއޯ ފޯމެޓްތައްވެސް ސަޕޯޓްކުރާނެއެވެ. • GPS ނެވިގޭޝަން ސިސްޓަމްވެސް މިފޯނުގައިހިމެނެއެވެ. އެހެންކަމުން މިފޯނަށް A-GPS ސަޕޯރޓްކުރާނެއެވެ. އަދި ބްލެކްބެރީ މެޕާއި، އޮގަނައިޒަރ ފަދަ ފަސޭހަތައް ވެސް މިފޯނުގައި ހިމެނެއެވެ. • މިފޯނުގައި ވޭނުންކޮށްފައިވަނީ 1400 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. ފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 5 ގަޑި 30 މިނެޓެވެ. ނަމަވެސް 356 ގަޑިއިރު ސްޓޭންޑްބައިގައި ބޭނުންކުރެވޭނެއެވެ. • މިވައްތަރުގެ ފޯނެއް އޮންލައިން ފިހާރައަކުން ގަންނަނަމަ ގާތްގަނޑަކަށް 470 އެމެރިކާ ޑޮލަރު (6039.5 ރުފިޔާ) އަށް ލިބޭނެއެވެ. ނަމަވެސް އޮންލައިން އަގުތަކަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއްކަން ހަނދާންކުރަންވާނެއެވެ. • ފޯނު ބައްލަވައިގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަންބަރު އޮތްތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަންބަރު ހޯއްދަވައި ރައްކާކުރައްވަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯނު ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަންބަރު ބޭނުންވާނެއެވެ. #06#* (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެއްސެވުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލެއްވުމުން ފޯނުގެ ސީރިއަލް ނަންބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|