މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެލް.ޖީ އެރީނާ KM900 |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 22 މާރޗް 2009، 21:05 އާދީއްތަ | |||
|
ޢަބްދުﷲ ފިރާޤު ![]() LG Arena KM900 މިފަހަރު މިބަލާލަނީ އެލް.ޖީ ގެ އުފެއްދުމެއް ކަމަށްވާ "އެލް.ޖީ އެރީނާ" މި ފޯނަށެވެ. މިފޯނަނީ ދާދި އަވަހަށް ބާޒާރަށް ނުކުންނާނެކަމަށް ބުނެފައިވާ ފޯނެކެވެ. 2ޖީ އަދި 3ޖީ ނެޓްވޯރކްގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ އެލް.ޖީ ގެ މި ފޯނަކީ ތަފާތު ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ފޯނެއްކަމަށް ބެލެވެއެވެ. • ނެޓްވޯރކް:- • 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 • 3 ޖީ ނެޓްވޯރކް: HSDPA 2100 • މިފޯނުގެ ބަރުދަނަކީ ބެޓެރިއާއި އެކު 105 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 105.9 މިލިމީޓަރެވެ. ފުޅާމިނުގައި 55.3 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 12 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ކެޕޭސިޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 800 × 480 ޕިކްސެލްސް އެވެ. "މަލްޓި-ޓަޗް އިންޕްޓް" ވެސް މި ފޯނުގައިވެއެވެ. • އެލް.ޖީ އެރީނާގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. ވައިބްރޭޝަން ޚިދުމަތާއި، ސްޕީކަރ ފޯނުގެ ޚިދުމަތްވެސް މިފޯނުގައި ވާނެއެވެ. އަދި ފާހަގަކޮށްލެވޭ އަނެއްސިފައަކީ މިފޯނުގައިވާ 3.5 މިލިމީޓަރު އޯޑިއޯ ޖެކާއި، ފޯނުގައިވާ ޓީ.ވީ އައުޓް އެވެ. • ފޯނަށްއަންނަ އެންމެފަހުގެ 40 ކޯލާއި، ފޯނުންކުރާ 40 ކޯލާއި، މިސްވާ 40 ފޯންކޯލް، ފޯން މެމޮރީގައި ރައްކާކުރާނެއެވެ. ފޮޓޯއާއި އެކު ފޯނު ނަންބަރުތައް ރައްކާ ކުރެވުމަކީވެސް މިފޯނުން ލިބޭނެ ޚިދުމަތެކެވެ. • މިފޯނުގައި 128 މެގަބައިޓްގެ ރޭމް ހިމެނޭއިރު، ފޯނުގެ އިންޓާނަލް މެމޮރީގެ މިންވަރަކީ 8 ގިގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް މައިކްރޯ އެސް.ޑީ ކާޑް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. 16 ގިގަބައިޓާއި ހަމައަށް އެކްސްޓާރނަލް ކާރޑް ބޭނުން ކުރެވޭނެއެވެ. • GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. 3ޖީ ނެޓްވޯރކްގައި ޑާޓާރ ޓްޓާންސްފަރ ރޭޓަކީ 7.2Mbps އެވެ. • އެލް.ޖީ ގެ މިފޯނުން ވައި-ފައި ގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ 5 މެގަރ ޕިކްސެލް، 1944 × 2592 ޕިކްސެލް ގެ ކެމެރާއެކެވެ. އޮޓޯ ފްލޭޝް ހިމެނޭ މި ކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. މީގެ އިތުރުން ވީޑިއޯކޯލް ކެމެރާއެއްވެސް މިފޯނުގައިވެއެވެ. • އެލް.ޖީ ގެ މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް އަދި އިންސްޓެންޓް މެސޭޖް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ފަސޭހަކަމާއިއެކު ލިބޭނެއެވެ. • އެލް.ޖީ އެރީނާ ފޯނުގައި އެފް.އެމް ރޭޑިއޯ ގެ ހިދުމަތް ހިމެނޭއިރު އެފް.އެމް ޓްރާންސްމިޓަރެއްވެސް ވެއެވެ. އަދި ގިނަ އޯޑިއޯ ފޯމެޓާއި ވީޑިއޯ ފޯމެޓް ސަޕޯޓްކުރާ ޕްލޭޔަރެއްވެސް ހިމެނެއެވެ. • GPS ނެވިގޭޝަން ސިސްޓަމްވެސް މިފޯނުގައިހިމެނެއެވެ. އެހެންކަމުން މިފޯނަށް A-GPS ސަޕޯރޓްކުރާނެއެވެ. އަދި މިފޯނުގައިވާ ގޫގުލް މެޕްގެ ހިދުމަތަކީވެސް މިފޯނަށް އިތުރު ދިރުމެއް ގެނުވާނެ ޚިދުމަތެކެވެ. • މިފޯނުން ފަސޭހަކަމާއިއެކު މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލް ފައިލް ބަލާލެވޭނެއެވެ. ހަމަމިއާއިއެކު ޕީ.ޑީ.އެފް ފައިލްވެސް ބަލާލެވޭނެއެވެ. • މިފޯނުގައި ވޭނުންކޮށްފައިވަނީ 1000 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. މިފޯނުގެ ކުލައަކީ ސިލްވަރ ކުލަ އެވެ. ފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 3 ގަޑި 50 މިނެޓެވެ. މިއުޒިކް ޖަހާނަމަވެސް 30 ގަޑިއިރު ބޭނުންކުރެވޭނެކަމަށް ބެލެވޭއިރު ސްޓޭންޑްބައިގައި 300 ގަޑިއިރު ބޭނުންކުރެވޭނެއެވެ. • ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|