މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ނޮކިއާ އީ 75 |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 25 މާރޗް 2009، 01:56 ބުދަ | |||
|
Nokia E75 ޢަބްދުﷲ ފިރާޤް • ނޮކިއާގެ މިފޯނަނީ 2009 މާރޗް މަހު ބާޒާރަށް ނުކުންނާނެ ފެންވަރު ރަނގަޅު ފޯނެކެވެ. ނޮކިއާ އީ75 ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ. • ނެޓްވޯރކް:- • 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 • 3 ޖީ ނެޓްވޯރކް: 2100 / 1900 /HSDPA 900 • މިފޯނުގެ ބަރުދަނަކީ 139 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 111.8 މިލިމީޓަރެވެ. ފުޅާމިނަކީ 50 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 14.4 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ، ކުލަ އިސްކިރީނެކެވެ. އެކަމަކު މީ ޓަޗް އިސްކިރީނެއްނޫނެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.4 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 320 × 240 ޕިކްސެލްސް އެވެ. • ނޮކިއާ އީ75 ފޯނުގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. • އާންމުކޮށް ބަލާއިރު ފޯނުނަންބަރުތައް ރައްކާ ކުރާކަށް ވަކިމިންވަރެއް ނެތެވެ. ފޮޓޯއާއި އެކުވެސް ފޯނު ނަންބަރު ރައްކާކުރެވޭނެއެވެ. 30 ދުވަސް ވަންދެން ފޯންކޯލްތަކުގެ ރެކޯޑްސް ފޯނުގައި ހުންނާނެއެވެ. • މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 50 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް ކާރޑްވެސް ބޭނުންކުރެވޭ ފޯނެކެވެ. މިގޮތުން ބޭނުންކުރެވޭނީ މައިކްރޯ އެސް.ޑީ ކާޑެވެ. 16 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ސަޕޯޓް ކުރާނެއެވެ. އަދި މިފޯނާއި އެކު 4 ގިގަބައިޓްގެ މައިކްރޯ އެސް.ޑީ ކާޑެއްލިބޭނެއެވެ. • ނޮކިއާ އީ75 ގައި ވައި-ފައި ގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، މިނީ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ 3.2 މެގަރ ޕިކްސެލް، 1536 × 2048 ޕިކްސެލް ގެ ކެމެރާއެކެވެ. މި ކެމެރާއިން ވީ.ޖީ.އޭ ކޮށް ވީޑިއޯވެސް ކުރެވޭނެއެވެ. އަދި ހަމަމިއާއިއެކު ވީޑިއޯކޯލް ކެމެރާއެއްވެސް ހިމެނެއެވެ. • ނޮކިއާގެ މިފޯނުގައި ބޭނުންކޮށްފައިވަނީ ސެމްބިއަން އޮޕަރޭޓިންގ ސިސްޓަމެވެ. ފޯނުގެ ސީ.ޕީ.ޔޫ ގެ މިންވަރަކީ 369 މެގަރ ހާރޓްޒް އެވެ. • މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ. • ނޮކިއާ އީ75 ގައި ސްޓީރިއޯ އެފް.އެމް ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ވީޑިއޯވެސް ބަލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ. • މިފޯނުގައި ޖީ.ޕީ.އެސްގެ ޚިދުމަތްވެސް ހިމެނެއެވެ. އެހެންކަމުން މިފޯނަށް އޭ-ޖީ.ޕީ.އެސް ސަޕޯޓް ކުރާނެއެވެ. އަދި ނޮކިއާ މެޕް ގެ ޙިދުމަތްވެސް މިފޯނުން ލިބޭނެއެވެ. • މިފޯނުން 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 5 ގަޑި 20 މިނެޓް އިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 4 ގަޑި 12 މިނެޓް އިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 280 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައި ބޭނުންކުރެވެނީ 264 ގަޑިއިރެވެ. އަދި މިއުޒިކް ޖަހާނަމަ 25 ގަޑިއިރު ބޭނުން ކުރެވޭނެއެވެ. • ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|