ފަންވަތް ސައިންސްޓެކް މޮބައިލްފޯން ތިމާވެއްޓާއި ރަޙްމަތްތެރި ފޯނު
ބެލި ޢަދަދު: 1253
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ތިމާވެއްޓާއި ރަޙްމަތްތެރި ފޯނު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން
29 މާރޗް 2009، 20:24 އާދީއްތަ

ޢަބްދުﷲ ފިރާޤް



ތިމާވެށީގެ މައްސަލަ ތަކަކީ ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓިފައިވާ މައްސަލަ ތަކަކެވެ. އެހެންކަމުން ތިމާވެއްޓާއި ރަޙްމަތްތެރިކޮށް ކަންކަންކޮށް ނިންމާލުމަކީ ދުނިޔޭގެ ވަރަށްގިނަ ބަޔެއްގެ ސަމާލުކަންދޭ ކަމެކެވެ. ޙާއްސަކޮށް ބޮޑެތި އިންޑަސްޓްރީތަކުން މިކަމަށްދޭ ސަމާލުކަން ވަކިން ބޮޑެވެ.

ކަންމިހެން ހުރުމާއުއެކު ފޯނު އުފައްދާ ފަރާތްތަކުންވެސް ތިމާވެއްޓާއި ރަޙްމަތްތެރި ފޯނުތަކެއް އުފެއްދޭތޯ މަސައްކަތް ކުރާތާ ދުވަސްކޮޅެއްވެއްޖެއެވެ. މިގޮތުން ފޯނު އުފައްދާ ބައެއް ކުންފުނިތަކުން މިފަދަ ފޯނު މިހާރުވެސް ބާޒާރަށް ވަނީ ނެރެފައެވެ. މިފަދަ ރަނގަޅު މުޅި މުޖުތަމަޢުއަށް ފައިދާ ކުރާ މަސައްކަތްތަކަކީ ހަމަ ކޮންމެ މީހަކުވެސް ހެޔޮހިތުން ޤަބޫލު ކުރައްޖެހޭނެ ކަމެއްކަމަށް އަޅުގަނޑަށް ވިސްނޭތީ ފަންވަތުގެ ލޮބުވެތި ކިއުންތެރިންނާއި މިވާހަކަ ޙިއްސާކޮށްލާނަމެވެ.

ސެމްސަންގް އިލެކްޓްރޯނިކް ކޮމްޕެނީ ލިމިޓެޑުން ވަނީ ތިމާވެއްޓާއި ރަޙްމަތްތެރި ފޯނު އުފައްދާފައެވެ. މިގޮތުން އެވެރިންގެ ފުރަތަމަ އުފެއްދުމަކީ "ސެމްސަންގް W510" އެވެ. މިފޯނު އުފައްދާފައިވަނީ ބަޔޯ-ޕްލާސްޓިކް ބޭނުންކޮންގެނެވެ. މި ޕްލާސްޓިކް އުފައްދާފައިވަނީ ޒުވާރި ބޭނުންކޮށްގެންނެވެ. އެހެންކަމުން މި ފޯނު އުފެއްދުމަށް އިންސާނުންނަށާއި ތިމާވެއްޓަށްވެސް ގެންލުންދޭ ލެޑް، މާކަރީ ފަދަ އެއްވެސް ކެމިކަލެއް ބޭނުމެއްމުކުރެއެވެ. 

ސެމްސަންގުގެ F268 ފޯނަކީ ފުރަތަމަ ޕީ.ވީ.ސީ ބޭނުން ނުކޮށް އުފައްދާފައިވާ ފޯނެވެ. މިފޯނުގެ ހުރިހާ އެސެސަރީޒް އަދި ޗާރޖަރު ވެސް އުފައްދާފައިވަނީ ހަމަ މިގޮތަށެވެ. އަދި މިފޯނުގެ ޗާރޖަރުގައިވާ ޙާއްޞަ އެލާރމެއްގެ އެހީގައި ފޯނު އެއްކޮށް ޗާރޖްވުމުން އެކަން އަންގައިދެއެވެ. މިކަމުގެ ސަބަބުން ބޭނުމެއްނެތް ގޮތުގައި ހަކަތަ ބޭނުން ކުރެވުން މަދުވާނެއެވެ.

މިހުރިހާކަމަކަށްފަހު ސެމްސަންގ އިން ވަނީ އެހެންފޯނެއްގެ ވާހަކަވެސް ޢިއުލާނު ކޮށްފައެވެ. މިފަހަރުގެ ފޯނަށްދީފައިވާ ނަމަކީ "ސެމްސަންގ E200 އެކޯ" އެވެ. ފޯނުގެ ބޯމިނުގައި 9.9 މިލިމީޓަރު ހުންނަ މިފޯނުގެވެސް ހުރިހާ ކަވަރެއް އުފައްދާނީ ޒުވާރި ފަދަ ތަކެތި ބޭނުންކޮށްގެން އުފައްދާ "ބަޔޯ-ޕްލާސްޓިކް" ބޭނުންކޮށްގެނެވެ.

"ބަޔޯ-ޕްލާސްޓިކް" ބޭނުންކޮށްގެން ފޯނު އުފެއްދުމުން، ފޯނު އުފެއްދުމުގެ މަރުޙަލާއިގައި އަންދާލަންޖެހޭ ތެލުގެ މިންވަރު ވަރަށް ބޮޑުތައް ދަށްކޮށްލެވެއެވެ. ހަމަމިއާއި އެކު ޖައްވުގެ ތެރެއަށް ދޫކޮށްލަންގެހޭ ކާރބަންގެ ބޮޑުބައެއްވެސް ސަލާމަތްކުރެވެއެވެ. E200 އެކޯ ފޯނު އުފައްދަން ބޭނުންކުރާ 1 ޓަނު "ބަޔޯ-ޕްލާސްޓިކް" ގެ ސަބަބުން 2.16 ޓަނު ކާރބަންޑައި އޮކްސައިޑް ޖައްވަށް ބޭރުވުން ސަލާމަތްކޮށްދެއެވެ. އެހެންކަމުން ހަމަ ޔަޤީނުންވެސް މީ ތިމާވެއްޓަށް ކޮށްދެވޭ ވަރަށްބޮޑު ހެޔޮކަމެއްކަމަށްދެކެވެ. ހަމަމިއާއިއެކު މިފޯނު ގެ ފޮށިވެސް އުފައްދާނީ ތިމާވެއްޓާއި ރަޙުމަތްރެރި ކަރުދާހަކުންނެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ މުހައްމަދު ހަސަން, 2009-04-01 13:25:14
މިކަހަލަ ފައިދާ ކުރާ މަޒުމޫނު ހުށައެޅުމުން ވަރަށް ފައިދާކުރެއެވެ
...
ލިޔުނީ ހުސެން , 2009-04-14 14:50:53
ތިމާވެއްޓާއި ރައްތެހި މިފަދަ އިތުރު މޯބައިލްފޯންތަށް ކުރިއަށް އޮތްދުވަސްތަކުގައި ބާޒާރަށް ނެރޭނެކަމަށް ވިސްނެއެވެ. އަދި މި ސަައިޓުގެ އެހީގައި އެ މަައުލޫމާތުތަށް އަޅުގަނޑުމެނަށް އޭގެ އެންމެތާޒާކަންމަތީގައި ލިބޭނެކަމަށް އުންމީދުކުރަމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1253
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone