މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސޮނީ އެރިކްސަން W395 |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 07 އެޕރީލް 2009، 02:07 އަންގާރަ | |||
|
Sony Ericsson C510 ޢަބްދުﷲ ފިރާޤް • މީ ސޮނީ އެރިކްސަންގެ ވަރަށްފަހުގެ އުފެއްދުމެއްކަމަށްވާ "ސޮނީ އެރިކްސަން W395" އެވެ. މިފޯނު ބާޒާރަށް ނެރެފައިވާ 2009 މާރޗް މަހުއެވެ. ސޮނީ އެރިކްސަންގެ މިފޯނަކީ ހަމައެކަނި 2ޖީ ނެޓްވޯރކްތަކުގައި މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިފޯނަކީ މެދުފަންތީގެ މީހުންނަށް އަމާޒު ކޮށްގެން އުފައްދާފައިވާ އަގުހެޔޮ ފޯނެކެވެ. • ނެޓްވޯރކް:- • 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 • މިފޯނުގެ ބަރުދަނަކީ 96 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 96 މިލިމީޓަރެވެ. ފުޅާމިނަކީ 47 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 14.9 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ އިސްކިރީނެކެވެ. އެކަމަކު މީ ޓަޗް އިސްކިރީނެއްނޫނެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 220 × 176 ޕިކްސެލްސް އެވެ. މިފޯނުގެ އިސްކިރީން އުފައްދާފައިވަނީ ކޫރުން ނޭޅޭގޮތަށެވެ. އެހެންކަމުން މި ފޯނަކީ ގެންގުޅެން ފަސޭހަ ފޯނަކަށް ވާނެކަމަށް ބެލެވެއެވެ. • ސޮނީ އެރިކްސަން W395 ގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. • މި ފޯނުގައި 30 ކުރާ ފޯންކޯލާއި، އަންނަ ފޯންކޯލް އަދި މިސްވާފޯންކޯލް ރައްކާކުރެވޭނެއެވެ. ތަފާތު އެތައް މަޢުލޫމަތަކާއިއެކު 1000 ފޯނުނަންބަރު ރައްކާކުރެވޭނެ ކަމަށްވެއެވެ. އަދި ފޮޓޯއާއި އެކުވެސް ފޯނު ނަންބަރު ރައްކާކުރެވޭނެއެވެ. • މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 10 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް "މެމޮރީސްޓިކް" ކާޑް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިގޮތުން 4 ޖީބީއާއި ހަމައަށް ކާޑު ބޭނުންކުރެވޭނެއެވެ. އަދި މި ފޯނާއިއެކު 1 ޖީބީގެ ކާޑެއް ލިބޭނެއެވެ. • GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. • ސޮނީ އެރިކްސަންގެ މިފޯނުގައި ވައި-ފައި ގެ ޚިދުމަތެއްނުވެއެވެ. ނަމަވެސް ބްލޫޓޫތްގެ ޚިދުމަތާއި ޔޫ.އެސް.ބީ ގެ ޚިދުމަތް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ 2.0 މެގަރ ޕިކްސެލް، 1200 × 1600 ޕިކްސެލް ގެ ކެމެރާއެކެވެ. މި ކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. • މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް އަދި އިންސްޓެންޓް މެސޭޖް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ. • ސޮނީ އެރިކްސަން W395 ގައި ސްޓީރިއޯ އެފް.އެމް ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ވީޑިއޯވެސް ބެލާލެވޭ ވޯކްމަން ސީރީޒްގެ ޕްލޭޔަރެއް ހިމެނެއެވެ. • މިފޯނުގައި އޮގަނައިޒަރގެ ޚިދުމަތާއި، ވޮއިސްޑައިލްގެ ޚިދުމަތާއި، ޕޮޓޯ އެޑިޓް ކުރުންފަދަ ބޭނުންތެރި ޚިދުމަތްތައްވެސް ވާނެއެވެ. • މިފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 8 ގަޑިއިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 480 ގަޑިއިރު ބޭނުންކުރެވޭނެއެވެ. އަދި ލަވަޖަހާނަމަ 12 ގަޑި 30 މިނެޓް ބޭނުންކުރެވޭނެއެވެ. • ސޮނީ އެރިކްސަން W395 ފޯނެއް ގާތްގަނޑަކަށް 2500 ރުފިޔާ އާއި 3000 ދެމެދުގެ އަގެއްގައި ލިބޭނެއެވެ. • ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ. a
|
| ހަމަ މި ގަލަމުން |
|---|