މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެލް.ޖީ ޒެނަން |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 17 އެޕރީލް 2009، 03:09 ހުކުރު | |||
|
LG Xenon ޢަބްދުﷲ ފިރާޤް މިފަހަރު މިބަލާލަނީ އެލް.ޖީ ގެ އުފެއްދުމެއް ކަމަށްވާ "އެލް.ޖީ ޒެނަން" މި ފޯނަށެވެ. މިފޯނަނީ މިހިނގާ އެޕްރިލް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. އެލް.ޖީ ގެ މިފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. • ނެޓްވޯރކް:- o 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 o 3 ޖީ ނެޓްވޯރކް: HSDPA 850 / 1900 • މިފޯނުގެ ބަރުދަނަކީ ބެޓެރިއާއި އެކު 108 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 105.5 މިލިމީޓަރެވެ. ފުޅާމިނުގައި 55.5 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 15.8 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.8 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 400 × 240 ޕިކްސެލްސް އެވެ. • އެލް.ޖީ ޒެނަންގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. ވައިބްރޭޝަން ޚިދުމަތާއި، ސްޕީކަރ ފޯނުގެ ޚިދުމަތްވެސް މިފޯނުގައި ވާނެއެވެ. • ފޯނަށްއަންނަ އެންމެފަހުގެ 30 ކޯލާއި، ފޯނުންކުރާ 30 ކޯލާއި، މިސްވާ 30 ފޯންކޯލް، ފޯން މެމޮރީގައި ރައްކާކުރާނެއެވެ. ފޮޓޯއާއި އެކު ފޯނު ނަންބަރުތައް ރައްކާ ކުރެވުމަކީވެސް މިފޯނުން ލިބޭނެ ޚިދުމަތެކެވެ. މިގޮތުން 500 ފޯނު ނަންބަރު ރައްކާ ކުރެވޭނެއެވެ. • މިފޯނުގެ އިންޓާނަލް މެމޮރީގެ މިންވަރަކީ 08 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް މައިކްރޯ އެސް.ޑީ ކާޑް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. 16 ގިގަބައިޓާއި ހަމައަށް އެކްސްޓާރނަލް ކާރޑް ބޭނުން ކުރެވޭނެއެވެ. • GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. 3ޖީ ނެޓްވޯރކްގައި ޑާޓާރ ޓްޓާންސްފަރ ރޭޓަކީ 3.6Mbps އެވެ. • އެލް.ޖީ ގެ މިފޯނުން ވައި-ފައި ގެ ޚިދުމަތެއް ނުލިބޭނެއެވެ. ނަމަވެސް ބްލޫޓޫތްގެ ޚިދުމަތާއި، ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ 2 މެގަރ ޕިކްސެލް، 1200 × 1600 ޕިކްސެލް ގެ ކެމެރާއެކެވެ. އޮޓޯ ފްލޭޝް ހިމެނޭ މި ކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. • އެލް.ޖީ ގެ މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ފަސޭހަކަމާއިއެކު ލިބޭނެއެވެ. • އެލް.ޖީ އެރީނާ ފޯނުގައި އެފް.އެމް ރޭޑިއޯ ގެ ހިދުމަތެއްވެސް ނުހިމެނެއެވެ. ނަމަވެސް ގިނަ އޯޑިއޯ ފޯމެޓާއި ވީޑިއޯ ފޯމެޓް ސަޕޯޓްކުރާ ޕްލޭޔަރެއްވެސް ހިމެނެއެވެ. • GPS ނެވިގޭޝަން ސިސްޓަމްވެސް މިފޯނުގައިހިމެނެއެވެ. އެހެންކަމުން މިފޯނަށް A-GPS ސަޕޯރޓްކުރާނެއެވެ. • މިފޯނުގައި ބޭނުންކޮށްފައިވަނީ 950 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. މިފޯނު ލިބެންހުންނަ ކުލަތަކުގެ ތެރޭގައި ކަޅު، ނޫ އަދި ރަތް ކުލަހިމެނެއެވެ. ފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 4 ގަޑި އިރެވެ. ސްޓޭންޑްބައިގައި 264 ގަޑިއިރު ބޭނުންކުރެވޭނެއެވެ. • ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ފިރާޤް, 2009-04-18 06:09:31
ކިއުންތެރިޔެއް ތިޔަފަދަ ފުރުސަތެއް ދެއްވީތީ ވަރަށް ޝުކުރުވެރިވަމެވެ. ވަރަށްގިނަ ފޯނުތަކުގައި "ރިމައިންޑަރ" ގެ ޚިދުމަތްހިމެނޭނެއެވެ. ނުވަތަ "ކަލަންޑަރު" ގެ ޚިދުމަތް ހިމެނޭނެއެވެ. ފެންވަރު ރަނގަޅު ފޯނެއްގައި މި ޚިދުމަތް އެންމެ ރަނގަޅަށް ހިމެނޭ އެއް ފޯނަކީ އެޕަލް އައި ފޯނެވެ. މިފޯނުގައިވާ ކަލަންޑަރުގެ އެހީގައި ދިގު މުއްދަތަކަށް ނޫނީ އަހަރުތަކަކަށް ވިޔަސް ގަޑިތައް ޝެޑިޔުލްކޮށް، ގަޑިޖެހުމުގެ ކުރިން އެކަން އަންގަދޭނެއެވެ. އަދި ބޭނުންވާ މެސެޖެއް އޮތަސް އިވެންޓް ތެރޭގައި ލިޔެވޭނެއެވެ.
... ލިޔުނީ އަހުމަދު ސަމީޢު 29, 2009-04-20 15:20:43
އަޅުގަނޑު ފިރާގުގެ ފަރާތުން ޖަވާބެއް ބޭނުންވާ މުހިންމު ސުވާލެއް އެބަ އޮތެވެ. މިހާރު މޯބައިލްފޯނުން އިންޓަރ ނެޓަށް ވަދެލުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް ހިތާމައަކީ ފަންވަތް ނުވަތަ ހަވީރު އޮންލައިންފަދަ ދިވެހި ފޮންޓް ބޭނުން ކޮއްފައި ހުންނަ ވެބްސައިޓު ތަކަށް ވަންނައިރު ދިމާވާ ފޮންޓް ނެތުމުން ކިޔަންނޭގޭމަސްސަލައެވެ.މިކަމަށް ރަގަޅު ހައްލެ ޢަބްދުﷲ ފިރާޤް ހޯއްދަވައިދެއްވިދާނެކަމަށް އުންމީދުކުރެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އަޅުގަނޑަކީ، ދާއިމީ ބެހެއް ކާންޖެހޭ މީހެކެވެ. ދުވާލަކު ތިން އިރު ބޭސްކާންޖެހެ އެވެ. ވީމާ، އެ ފަދަ ދިގު މުއްދަތަކަށް ގަޑިތައް ޝެޑިއުލް ކޮށް އެލާމު ކުރެވޭނެ ނިޒާމެއް ހިމެނޭ ރަނގަޅު ފެންވަރެއްގެ ފޯނެއް ވިދާޅުވެ ދެއްވައިފާނު ތޯ އެވެ.