މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ނޮކިއާ 8800 ގޯލްޑް އާރޓް |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 22 އެޕރީލް 2009، 01:59 ބުދަ | |||
|
Nokia 8800 Gold Arte ![]() ޢަބްދުﷲ ފިރާޤް މިފަހަރު ކިއުންތެރިންނާއި ހަމައަށް މިގެނެސްދެނީ ނޮކިއާގެ އެންމެފަހުގެ އެއް އުފެއްދުންކަމަށްވާ ނޮކިއާ 8800 ގޯލްޑް އާރޓް މި ފޯނެވެ. 2009 މާރޗް މަހު ބާޒާރަށް ނެރެފައިވާމިފޯނަކީ ބަލާލަން ރީތި ފެންވަރު ރަނގަޅު އަދި އަގުވެސް ބޮޑު ފޯނެކެވެ. ނޮކިއާ 8800 ގޯލްޑް އާރޓް ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. * ނެޓްވޯރކް:- o 2 ޖީ ނެޓްވޯރކް: GSM 900 / 1800 / 1900 o 3 ޖީ ނެޓްވޯރކް: 2100HSDPA * މިފޯނުގެ ބަރުދަނަކީ 150 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 109 މިލިމީޓަރެވެ. ފުޅާމިނަކީ 45.6 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 14.6 މިލިމީޓަރެވެ. * މިފޯނުގެ އިސްކިރީނަކީ އެންމެފަހުގެ އޯ.އެލް.އީ.ޑީ ކުލަ އިސްކިރީނެކެވެ. އެކަމަކު މީ ޓަޗް އިސްކިރީނެއްނޫނެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 320 × 240 ޕިކްސެލްސް އެވެ. އަދި މިފޯނުގެ އިސްކިރީނަކީ ކޫރުންނޭޅޭގޮތަށް ފަރުމާކުރެވިފައިވާ އިސްކިރީނެކެވެ. * ނޮކިއާ 8800 ގޯލްޑް އާރޓް ފޯނުގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. * މިފޯނުގައި ފޮޓޯއާއިއެކު 1000 ފޯނު ނަންބަރު ރައްކާ ކުރެވޭނެއެވެ. އެންމެފަހުގެ 20 މިސްކޯލް، އަންނަކޯލް އަދި ކުރާކޯލުގެ ރިކޯޑް ތައް ރައްކާކުރާނެއެވެ. * މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 4 ގިގަބައިޓެވެ. އެހެންކަމުން މިފޯނުގައި އެކްސްޓާރނަލް ކާޑް ޖަހާނެ ސްލޮޓެއް ނުހިމެނެއެވެ. * ނޮކިއާ 8800 ގޯލްޑް އާރޓް ގައި ވައި-ފައި ގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ބްލޫޓޫތްގެ ޚިދުމަތާއި، މައިކްރޯ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. * މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް، 1536 × 2048 ޕިކްސެލް، އޮޓޯފޯކަސް ކެމެރާއެކެވެ. މި ކެމެރާއިން ވީ.ޖީ.އޭ ކޮށް ވީޑިއޯވެސް ކުރެވޭނެއެވެ. * މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި މިފޯނުގެ ކުލައަކީ ރަން ކުލައެވެ. * ނޮކިއާ 8800 ގޯލްޑް އާރޓް ގައި ރޭޑިއޯގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ގިނަ ފޯމެޓް ތަކުގެ ލަވަޖަހާލެވޭ، ވީޑިއޯވެސް ބަލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ. * ނޮކިއާގެ ފަހުގެ ފޯނުތަކުގައި ހިމެނޭ ޖީ.ޕީ.އެސް ގެ ޚިދުމަތްވެސް މިފޯނުގައިނުހިމެނެއެވެ. * މިފޯނުގައި ބޭނުންކޮށްފައިވަނީ 1000 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 3 ގަޑި 20 މިނެޓް އިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 2 ގަޑި 45 މިނެޓް އިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 300 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައި ބޭނުންކުރެވެނީ 288 ގަޑިއިރެވެ. * މިފޯނުގެ އަގު މިވަގުތުހުރީ 1210 ޔޫރޯއަށެވެ. މީ ގާތްގަނޑަކަށް 20،500 ދިވެހި ރުފިޔާއެވެ. * ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|