ފަންވަތް ސައިންސްޓެކް މޮބައިލްފޯން މޮޓޮރޮލާ ZN300
ބެލި ޢަދަދު: 912
މޮޓޮރޮލާ ZN300 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން
08 ޖޫން 2009، 00:07 ހޯމަ

Motorola ZN300


ޢަބްދުﷲ ފިރާޤް


މޮޓޮރޮލާގެ މި ފޯނަކީ 2009 މެއި މަހު ބާޒާރަށްނެރެފައިވާ ފޯނެކެވެ. މީ އެންމެ ފަހުގެ ހުރިހާ ޓެކްނޮލޮޖީއެއް ހިމަނައިގެން ނެރެފައިވާ ފޯނެއްނޫނެވެ. ނަމަވެސް އާދައިގެ ފޯނުތަކަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒު ކޮށްގެން ނެރެފައިވާ ފޯނެކެވެ. އެހެންކަމުން މިފޯނު ފަރުމާކުރެވިފައިވަނީވެސް 2 ޖީ ނެޓްވޯރކްތަކަށެވެ.

•    ނެޓްވޯރކް:-

o    ނެޓްވޯރކް:  GSM 850/ 900 / 1800 / 1900  

•    މިފޯނުގެ ބަރުމިނުގައި ހުންނާނީ 103 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 95.6 މިލިމީޓަރެވެ. ފުޅާމިނުގައި 46 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 15 މިލިމީޓަރެވެ.

•    މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.4 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 240 × 320 ޕިކްސެލްސް އެވެ.

•    ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އަދި 3.5 އެމް.އެމް އޯޑިއޯ ޖެކެއް ހިމެނޭނެއެވެ.

•    މިފޯނުގައި އެކްސްޓާރނަލް ކާރޑެއްގެ ގޮތުގައި ބޭނުންކުރާނީ މައިކްރޯ އެސް.ޑީ ކާޑެވެ. 32 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ބޭނުން ކުރެވޭނެއެވެ.  

•    GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ.

•    މޮޓޮރޮލާގެ މިފޯނުގައި ވައި-ފައި ގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ބްލޫޓޫތްގެ ޚިދުމަތާއި، ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ.

•    މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް، 1536 ×  2048 ޕިކްސެލް ގެ ކެމެރާއެކެވެ. މިކެމެރާގައި ފްލޭޝް ވެސް ހިމެނެއެވެ.
 

•    މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް އަދި އިންސްޓެންޓް މެސެޖް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ.

•    މިފޯނުގައި ވޭނުންކޮށްފައިވަނީ 940 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. ފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 7 ގަޑި 30 މިނެޓެވެ. ނަމަވެސް 400 ގަޑިއިރު ސްޓޭންޑްބައިގައި ބޭނުންކުރެވޭނެއެވެ.

•    މިވައްތަރުގެ ފޯނެއް އޮންލައިން ފިހާރައަކުން ގަންނަނަމަ ގާތްގަނޑަކަށް 140 ޔޫރޯ (2500 ރުފިޔާ) އަށް ލިބޭނެއެވެ.  ނަމަވެސް އޮންލައިން އަގުތަކަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއްކަން ހަނދާންކުރަންވާނެއެވެ.  


•    ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ކިޔުންތެރިއެއް , 2009-06-08 03:41:42
އައި ފޯނާއި ބެހޭ މަޢުލޫމާތު ގެނެސް ދެއްވައިފިނަމަ ވަރަށް ރަނގަޅު
...
ލިޔުނީ ކިޔުންތެރިއެއް , 2009-06-08 07:32:48
ތިގެނެސްދެއްވާ މަޢުލޫމާތަށް ވަރަށްބޮޑަށް ޝުކުރިއްޔާ.
...
ލިޔުނީ ފިރާޤް, 2009-06-08 13:01:57
ތިޔަ ދެއްވާ ތަރުޙީބައް ޝކުރުވެރިވަމެވެ. "ކިއުންތެރިއެއް" ތިޔަ އެދިލެއްވިފަދައިން އައި ފޯނާއި ބެހޭ މަޢުލޫމާތު ކޮޅެއް ކައިރި ފުރުސަތެއްގައި ގެނެސްދެވޭތޯ ބަލާނަމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 912
extra avandia and congestive heart failure