ފަންވަތް ސައިންސްޓެކް މޮބައިލްފޯން އެޕަލް އައި ފޯނު - (ދެވަނަ ބައި)
ބެލި ޢަދަދު: 1406
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އެޕަލް އައި ފޯނު - (ދެވަނަ ބައި) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން
15 ޖޫން 2009، 00:03 ހޯމަ

Apple iPhone

ޢަބްދުﷲ ފިރާޤް
    
    ދެވަނަބައި:

މިބައިގައި އަލިއަޅުވާލާނީ އެޕަލް އައިފޯނު ގެންގުޅުމުގައި ވިސްނާލަންޖެހޭ ބައެއް ކަންތައްތަކާއި ބެހޭ ގޮތުންނާއި، މިފޯނުގެ ސޮފްޓްވެއަރ "އަޕްގްރޭޑް" ކުރުމާއި ބެހޭގޮތުންނެވެ.

އެޕަލް އައި ފޯނެއް ގަންނައިރު އެންމެ ފުރަތަމަވެސް ވިސްނާލަންވީ ކަމަކީ ފޯނުގެ "ފާރމްވެއަރ" ގެ ވާރޝަން އާއި މެދުގައެވެ. މިފޯނަކީ ވަކި ޚާއްޞަ ނެޓްވޯރކް ތަކަކަށް އަމާޒް ކުރެވިގެން ނެރެވޭ ފޯނުތަކެއް ކަމުން ރާއްޖޭގެ މި ނެޓްވޯރކް ތަކުގައި މަސައްކަތް ކުރުވުމަކީ މާ ފަސޭހަކަމެއް ނޫނެވެ. 2 ޖީ އައިފޯނެއް ނަމަ އެންމެ ފަހުގެ "ފާރމްވެއަރ 2.2.1" ހުއްޓަސް އެއްވެސް މައްސަލައެއް ދިމަލެއް ނުވާނެއެވެ. ނަމަވެސް 3 ޖީ ފޯނެއްނަމަ  "ފާރމްވެއަރ 2.2.1" ގައި ރާއްޖޭގައި ރޭންޖެއް ނުލިބޭނެއެވެ. އަދި "ބޫޓްލޯޑަރ 5.08" އަށް ވުރެ މަތިނަމަ "ފާރމްވެއަރ" "ޑައުންގްރޭޑް" އެއްވެސް އަދި ކުރެވޭނެ ގޮތެއްނެތެވެ. އެހެންކަމުން 3 ޖީ ފޯނެއްނަމަ "ފާރމްވެއަރ 2.2 އަށްވުރެ މަތި ބޭނުން ނުކުރާށެވެ.

ފާރމްވެއަރ އަޕްގްރޭޑް ކުރާނެގޮތް:

1)    ޔޫ.އެސް.ބީ ކޭބަލް މެދުވެރިކޮށް ފޯނު ކޮމްޕިއުޓަރ އާއި ގުޅާލާށެވެ. އޮޓޮމެޓިކުން "އައިޓިއުން" ނުހުޅުވޭނަމަ "އައިޓިއުން" ހުޅުވާށެވެ.

2)    މިކަންކުރުމުގެ ކުރިން ބޭނުންވާ "ފާރމްވެއަރ" ވާރޝަން ޑައުންލޯޑް ކޮށްފަ ބަހައްޓާށެވެ.

3)    ކޮމްޕިއުޓަރ ކީ ބޯރޑުގެ "ޝިފްޓް ބަޓަނަށް ފިތާލައިގެންހުރެ "އައިޓިއުން" ގައިވާ "ރީސްޓޯ"
ބަޓަނަށް ފިތާލާށެވެ. މިހެންހެދުމުން "ބްރައުޒަރ" އެއް ހުޅުވޭނެއެވެ. މި ބްރައުޒަރގެ އެހީގައި ޑައުންލޯޑްކުރި ފާރމްވެއަރ ވާރޝަން ނަގާށެވެ. މިހެންހެދުމުން ފޯނަށް ބޭނުންވާ ވާރޝަން އެޅޭނެއެވެ.

4)    ވާރޝަން ރީސްޓޯ ކުރުމުގެ ކުރިން ބޭނުން މުހިންމު މަޢުލޫމާތު ނަގާށެވެ. ނޫނީ އައިޓިއުން ގައި ބެކަޕް އެއް ހަދާށެވެ. އެހެންނޫނީ ހުރިހާ ޑާޓާއެއް އަދި ހުރިހާ ކޮންޓެކްޓްސް އެއް ފުހެވޭނެއެވެ.

މިހާރު ހުންނާނީ ސޮފްޓްވެއަރ ވާރޝަން އަޕްގްރޭޑް ކުރެވިފައެވެ. އަދި ފޯނުވެސް އޮންނާނީ ރާއްޖޭގެ ނެޓްވޯކަށް "ލޮކް" ވެފައެވެ. އެހެންކަމުން ފޯނު "އަންލޮކް" ކުރުމަށްޓަކައި "ޖެއިލްބްރޭކް" ކުރަންޖެހޭނެއެވެ. އެހެންކަމުން ދެން މިބަލާލަނީ "ޖެއިލްބްރޭކް" ކުރާނެ ގޮތާއި ބެހޭގޮތުންނެވެ.

ޖެއިލްބްރޭކް ކުރާނެގޮތް:

1)    ޖެއިލްބްރޭކް ކުރުމަށް ތަފާތު "ސޮފްޓްވެއަރ ބޭނުން ކުރެއެވެ. މިތަނުގައި އަޅުގަނޑު ބޭނުން ކުރާނީ "ކުއިކްޕޯން" ކިއާ ސޮފްޓްވެއަރ އެކެވެ.

2)    ކުރިންވެސް ފޯނު ކޮމްޕިއުޓަރ އާއި "ސިންކް" ކުރެއްވި ގޮތަށް ނައްޓާނުލާ ބަހައްޓާށެވެ. ދެން "ކުއިކްޕޯން" ހުޅުވާށެވެ. "ކުއިކްޕޯން" އަކީވެސް ޑައުންލޯޑް ކުރަން ލިބޭ ސޮފްޓްވެއަރ އެކެވެ.

3)    "ކުއިކްޕޯން" ހުޅުވުމުން އޭގެން ހަދަންވީ ގޮތުގެ ފުރިހަމަ މަޢުލޫމާތު ލިބޭނެއެވެ. ދެމުންދާ "އިންސްޓްރަކްޝަން" އާއި އެއްގޮތަށް ކުރިއަށް ގެންދާށެވެ. އޭރުން އެއްވެސް މައްސަލައެއް ދިމާނުވެ ފޯނު ޖެއިލްބްރޭކް ވާނެއެވެ. އަދި ކޮންމެ ނެޓްވޯރކެއްގައިވެސް މަސައްކަތްކުރާނެއެވެ.

އެންމެބޮޑަށް ވިސްނާލަންވީ ކަމަކީ 3 ޖީ ފޯނެއްނަމަ "ފާރމްވެއަރ 2.2.1" އަޕްގްރޭޑް ނުކުރުމަށެވެ. ކުރިންބުނެވުނުހެން ފޯނުގެ "ބޫޓްލޯޑަރ 5.08" އަށްވުރެ މަތިނަމަ ދެން ފޯނުގެ "ފާރމްވެއަރ" "ޑައުންގްރޭޑް" އެއްވެސް ނުކުރެވޭނެއެވެ. އަދި ރޭންޖެއްވެސް ނުލިބޭނެއެވެ. އެހެންކަމުން މިކަމަށް ސަމާލުވާށެވެ. 2 ޖީ ފޯނެއްނަމަ އެއްވެސް މައްސަލައެއް ދިމާއެއްނުވާނެއެވެ.

ފޯނަށް "ކްރެކް" ސޮފްޓްވެއަރ އަޅަން ބޭނުންނަމަ ފޯނު ކުރެކް ވެސް ކުރަންޖެހޭނެއެވެ. އެހެންކަމުން ދެން އަންނަ ބައެއްގައި އައި ފޯނު ކްރެކް ކުރާނެގޮތް ގެނެސްދޭނަމެވެ. އަދި އެކި އެކި ގޭމާއި، މުހިންމް ސޮފްޓްވެއަރ ތަކާއިބެހޭ ގޮތުން މަޢުލޫމާތު ކޮޅެއް ޙިއްސާ ކޮށްލެވޭތޯ ބަލާނަމެވެ.


•    ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ mohamed, 2009-06-14 18:33:52
ithuru liuntha fennane kama ummeedhu kuran
...
ލިޔުނީ ahmed, 2009-06-15 09:16:30
mmm..goaheh nun
...
ލިޔުނީ Linezero, 2009-08-12 21:15:47
miyaku netheinun 3gs jailbreak kuragothei ehen noonas mihaaru beinun kuramun an naani ei mei fahugei 3.0 nuvatha ei gei update 3.0.1 ei ya amudhun quickpwn ei masakathei ves nunkuranei. ei mei fahu gei firmwire jailbreak kurutmatakai eimei redsn0w download kuravaeiegen benun kureivun ma budhiverivaanei.
thi liyun koluves goadhei nun, faadu kiumaki kuri erun =D
...
ލިޔުނީ ފިރާޤް, 2009-08-16 08:35:32
ޚިޔާލަކީ ތަފާތު އެއްޗެކެވެ. ކިއުންތެރިޔާގެ ތިޔަ ކޮމެންޓަށް ވަރަށް ބޮޑަށް ޝުކުރުވެރި ވަމެވެ. ކިއުންތެރިންގެ ތިފަދަ ކޮމެންޓްތަކުން ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް ހިތްވަރު ލިބެއެވެ. އަޅުގަނޑު އައިފޯނުގެ ސިލްސިލާ އެހިސާބަށް ކުރު ކޮށްލީ ހުރިހާ މަޢުލޫމާތެއް ފުރިހަމަވެގެނެއް ނޫނެވެ. އެވަގުތު މަސައްކަތްހުރިގޮތުން ވަގުތު ނުދެވިގެނެވެ. ފަހުގެ އައިފޯން އޯ.އެސް ޖެއިލްބްރޭކް ކުރަން ތަފާތު ސޮފްޓްވެއަރ މިހާރު ބޭނުންކުރެއެވެ. މިގޮތުން ރެޑް ސްނޯ، ޔެލޯ ސްނޯ ފަދަ އެތައް ސްފްޓްވެއަރ އެއް ބޭނުންކުރެއެވެ. އަދި ކްރެކް ކުރުމުގައިވެސް ބޭނުން ކުރަނީ ކުރިއާ ތަފާތު ގޮތްތަކެކެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1406
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone