މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެޕަލް އައި ފޯނު 3ޖީ އެސް |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 21 ޖޫން 2009، 00:18 އާދީއްތަ | |||
|
Apple iPhone 3G S ޢަބްދުﷲ ފިރާޤް އެޕަލް އައި ފޯނަކީ ފޯނުގެ ދުނިޔެއަށް ވަރަށް އާ ކަންތައްތަކެއް ގެނުވައިދިން ފޯނެކެވެ. އާ ޓެކްނޮލޮޖީގެ ފަސޭހަތަކާއިއެކު 2 ޖަނެރޭޝަނެއްގެ ފޯނު ބާޒާރަށް ނެރެފައިވެއެވެ. 2 ޖީ އައި ފޯނާއި، 3 ޖީ އައި ފޯނުވެސް ބާޒާރަށްނެރެ، ވަރަށްގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވެއެވެ. އައިފޯނަށް ޝަޢުޤުވެރިވާ އެންމެހާ ކިއުންތެރިންނަށް ބުނެލަންއޮތީ އުފާވެރި ޚަބަރެއްގެ ވާހަކައެވެ. މި ޖޫން މަހު 19 ވަނަދުވަހު އަނެއްކާވެސް އައިފޯނުގެ ޢާއިލާއަށް ފޯނެއް އިތުރުވާނެ ވާހަކައެވެ. މިފަހަރުގެ ފޯނަށް ދީފައިވާނަމަކީ އައިފޯނު 3ޖީ އެސް. އެވެ. ކުރީގެ 2 މޮޑެލަށްވުރެ ޙިދުމަތްތައް އިތުރުކޮށްގެން ނެރެފައިވާ މިފޯނުގެ އިންޓާނަލް މެމޮރީގެ މިންވަރުވެސް ދެގުނަ ބޮޑުކޮށްފައި ވެއެވެ.• ނެޓްވޯރކް:- o 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 3 ޖީ ނެޓްވޯރކް: HSDPA 850 / 1900 / 2100 • ފޯނުގެ ބަރުމިނުގައި ހުންނާނީ 135 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 115.5 މިލިމީޓަރެވެ. ފުޅާމިނުގައި 62.1 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 12.3 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ކެޕޭސިޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3.5 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 480 × 320 ޕިކްސެލްސް އެވެ. މީގެއިތުރުން މަލްޓިޕަލް ޓަޗް އިމްޕުޓް ފަންކަޝަންވެސް ހިމެނޭނެއެވެ. އޮޓޯ ރޮޓޭޝަން ކުރުމަށްޓަކައި "އެކްސެލެރޯމީޓަރ" ސެންސަރ ވެސް ހިމެނެއެވެ. އަދި އޮޓޯ ޕަވަރ އޮފް ވުމަށްޓައި "ޕްރޮކްސްމިޓީ" ސެންސަރެއްވެސް ހިމެނެއެވެ. ހާއްސަ އަނެއްސިފައަކީ މި ފޯނު ތަކުގެ އިސްކިރީނަކީ ކޫރުން ނޭޅޭގޮތަށް ފަރުމާކުރެވިފައިވާ އިސްކިރީންތަކަކަށްވުމެވެ. • ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އާންމުކޮށް ބަލާއިރު ފޯނު ނަމްބަރުތައް ރައްކާކުރާކަށް ވަކި އަދަދެއްނެތެވެ. އަދި ފޯނު ނަމްބަރުތައް ރައްކާކުރުމުގައި ބޭނުންވާ މަޢުލޫމާތުތައް ބެހެއްޓުމުގައިވެސް ލިމިޓެއްނެތެވެ. އެންމެ ފަހުން ކުރާ 100 ކޯލާއި، "ރިސީވް" އަދި "މިސް" ވާ ފޯންކޯލުގެ އެންމެ ފަހުގެ 100 ނަމްބަރ ފޯނުގައި ރައްކާކުރާނެއެވެ. • މިފޯނުތަކުގައި ހުންނާނީ އިންޓާނަލް މެމޮރީއެވެ. އެހެންކަމުން އެކްސްޓާނަލް ކާޑެއް ބޭނުމެއް ނުކުރެވޭނެއެވެ. އައި ފޯނު 3ޖީ އެސް ގައި ހުންނާނީ 16 ގިގަބައިޓާއި 32 ގިގަބައިޓެވެ. • މި ފޯނުތަކުގައި GPRS ގެ ޚިދުމަތާއި ވައި-ފައިގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި ކޮމްޕިއުޓަރާއި ގުޅާލުމަށް ޔޫ.އެސް.ބީ ވެސް ހިމެނެއެވެ. އެހެން މޮޑެލްތަކާއި ޚިލާފަށް 3ޖީ އެސްގައި ބްލޫޓޫތްގެ ޙިދުމަތްވެސް ހިމެނެއެވެ. މިފޯނުގައިވެސް ޖީ.ޕީ.އެސް ހިދުމަތްވެސް ހިމެނެއެވެ. އެހެންކަމުން A- ޖީ.ޕީ.އެސް ސަޕޯޓް ކުރާނެއެވެ. • މިފޯނުގައި ކެމެރާގެ މިންވަރުވެސް ވަނީ 3.15 މެގަރ ޕިކްސެލް، 1536 × 2048 ޕިކްސެލް އަށް މަތިކޮށްފައެވެ. އަދި މިކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. • އޮޕަރޭޓިންގ ސިސްޓަމްގެ ގޮތުގައި މިފޯނުތަކުގައި ބޭނުންކޮށްފައިވަނީ އެޕަލްގެ އޯ.އެސް ކަމަށްވާ "މެކް އޯ.އެސް" އެވެ. • މިފޯނުތަކުގައިވަނީ ARM Cortex A8 600 MHz, PowerVR SGX graphics ގެ ސީ.ޕީ.ޔޫ އެކެވެ. • މިފޯނުގައި އީ-މެއިލް، އެސް.އެމް.އެސް، ނޯޓްބުކް، އެލާރމް، ޓައިމަރ، ސްޓްޕްވޮޗް ފަދަ ބޭނުންތެރި ޚިދުމަތްތައް ހިމެނެއެވެ. އަދި ފާހަގަކުރެވޭ މުހިންމު އެއްކަމަކީ އެމް.އެމް.އެސް ގެ ހިދުމަތްވެސް ހިމަނާފައިވުމެވެ. • އައިފޯނު 3ޖީ އެސް ގައި، ޑިޖިޓަލް ކޮމްޕަހާއި، ގޫގުލްމެޕާއި، އޯޑިއޯ ވީޑިއޯ ޕްލޭޔަރާއި، ޓީ.ވީ އައުޓް ފަދަ ބޭނުންތެރި ހިދުމަތްތައްވެސް ވެއެވެ. • ފޯނުން ވާހަކަ ދެއްކޭނެކަމަށް ލަފާކުރެވެނީ 5 ގަޑިއިރެވެ. ސްޓޭންޑްބައިގައި 300 ގަޑިއިރު ބޭނުންކުރެވޭއިރު، ލަވަޖަހާނަމަވެސް 12 ގަޑިއިރު ބޭނުންކުރެވޭނެއެވެ. • ކުރިން ނުކުމެފައިވާ އައިފޯނުތަކާއި އަޅާބަލާއިރު މިފޯނުން އެންމެ ފާހަގަ ކުރެވޭ ދެކަމަކީ ބްލޫޓޫތާއި، އެމް.އެމް.އެސްގެ ޚިދުމަތް މިފޯނުގައި ވުމެވެ. މި ދެ ޚިދުމަތަކީ މިޒަމާނުގައި ފޯނުގެންގުޅޭ އެންމެންވެސް ވަރަށް ބޭނުންވާ ދެ ޚިދުމަތެވެ. • ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|