ސައިންސް
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
28 ފެބްރުވަރީ 2010، 00:06 އާދީއްތަ |
އިސްމާޢީލު މުބާރަކު
އަޅުގަނޑުމެން ހަށިގަނޑާއެކު ހޭލާ ތިބޭ ވަގުތުތަކުގައި މި ތިބެނީ ކުރިން ދަންނަވައިލެވުނު، ނިއުޓަންގެ ބިމުގެ ނިޒާމާބެހޭ ޤާނޫނަށް ތަބާވެގެންނެވެ. ނުވަތަ ތަބާވާން ޖެހިފައެވެ. ސަބަބަކީ، އިންސާނާއަކީ، ބިމުން އުފެދުނު އެ ބިމުގެ މުށްވަރެއް ކަމަށް ވުމާއެކު، މި ބިމުގެ މާއްދާއެއް ކަމަށްވާ މި އިންސާނީ ހަށިގަނޑަށް ބިމުގެ ޤާނޫނު ހިނގާނެތީއެވެ. އެހެންނަމަވެސް ހަމަ މި ހަށިގަނޑުގައި މާ މަތީގެ ރޫޙާނީ ކާއިނާތަކުން އައިސް އުޅޭ މީހަކުވަޒަންވެރިވެ އުޅޭކަން، ނުވަތަ އައިސް އުޅޭ ހަކަތައެއް ވާކަން އަޅުގަނޑުމެން ނޫނަސް ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުންވެސް ޤަބޫލު ކުރެއެވެ. ބިމުގެ މަށްޓަށް، ނޫނީ މުރަކަޔަށް ނޫނީ ކިލާފަންޏަށް ވެގެންގޮސް އަލުން ރިސައިކަލްވަނީކަމުގައި ގަބޫލު ކުރި އިނގިރޭސިވިލާތުގެ ސައިންޓިސްޓް ޗާލްސް ޑާވިން އަދުގެ ޒަމާނީ ސައިންސްގެ ކުރި މަތީގައި މި ހާރު ވަނީ ފަޟީޙަތްވެފައެވެ.
|
|
އިތުރަށް...
|
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
20 ފެބްރުވަރީ 2010، 01:32 ހޮނިހިރު |
އިސްމާޢީލު މުބާރަކު
ހުވަފެނާމެދު އެކި ބަސްބަހުން ގިނަގުނަ ތަފާތު ފޮތްތައް ލިޔެވިފައިވެ
އެވެ. ގިނަ ފޮތްތައް ބުނާ ގޮތުން ހުވަފެނަކީ، ސިކުނޑީގައި ހިމެނިފައިވާ، ވިސްނުމަށް
ބޭނުން ކުރާ ބަހުރުވައިން އުފައްދާ ރަމްޒީ ޚުލާޞާއެކެވެ. ތިމާގެ
ދިރިއުޅުމުގައި ދިމާވާ، ހަނދާން ނައްތާލަން އުނދަގޫ ކަންތައްތަކާއި،
ދުވާލުގެ ވަގުތުތަކުގައި ދިމާވާ ކަންތައްތަކުގެ އުސްއަލިތައް ސިކުނޑި
ނަގައިގަނެ އެވެ. އަދި އަމިއްލަޔަށް އެ ކަންކަމުގެ ޚުލާޞާ އެއް
ރާވައިލައެވެ. ދެން ނިދީގައި ހުވަފެނެއްގެ ގޮތުގައި ދައްކަނީއެވެ. ދިވެހިން ބުނެ އުޅޭތީ އަޑު އިވެނީ ހުވަފެނަކީ ބިލާހެއްކަމުގައެވެ. އެހެންކަމަށްވާނަމަ، އެއީ މާ ބޮޑު މާނައެއް ނެތް، ކުޅޭކުޅޭ ފެނުމެކެވެ. މަޖާ ސަމާސާ އެކެވެ. އެކަމަކު ޙަޤީޤީ ބިލާހަކީ، ކޮބައިބާވަ އެވެ؟
|
|
އިތުރަށް...
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
27 ޖެނުވަރީ 2010، 16:08 ބުދަ |
ޢަބްދުﷲ ނަޢީމު އިބްރާހީމް
އެސްޓްރޮލޮޖީއަކީ ނުވަތަ ނުޖޫމީ ޢިލްމަކީ ތަރިތަކުގެ ސަބަބުން ދުނިޔެއަށާއި އެހެނިހެން ތަކެއްޗަށް ކުރާ އަސަރު ދެނެގަތުން ކަމަށް އެ ޢިލްމުގެ އަހުލުވެރިން ބުނެއެވެ. އެކަމަކު ޢާއްމު ގޮތެއްގައި މި ޢިލްމުގެ ބޭނުން ކުރެވެނީ ތަރިތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ކުރާ އަސަރުތައް ބަޔާން ކޮށް ދިނުމުގެ ގޮތުންނެވެ.
|
|
އިތުރަށް...
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
14 ޖެނުވަރީ 2010، 10:56 ބުރާސްފަތި |
ޢަބްދުލްމުޢީދު ޙަސަން
އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަނީ، ދުނިޔޭގެ ވަށައިގެން ހަނދު ދައުރުކޮށް، އަދި އިރުގެ ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީ އެވެ. އެތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަދެ އެވެ. މިހެން ވާއިރު، ހިފަނީ، ހަނދުކޭތަ އެވެ. ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ އެވެ. މިހެންވާއިރު ހިފަނީ އިރުކޭތަ އެވެ.
ކޭތަ ހިފާއިރު، ދެމެދަށް ވަންނަ އެތިން އުފެދޭ ގަދަ ހިޔާގަނޑު އޮންނަނީ، ގޮށްޓެއްގެ ސިފައިގަ އެވެ. އެގޮށީގެ ތެރޭގައި ހިމެނޭ ބައިގައި ހިފާނީ މުޅި ކޭތައެކެވެ. އެ ގޮށީގެ އަރިމަތިން އުފެދޭ މަޑު ހިޔާގަނޑުގެ ތެރޭގައި ހިމެނޭ ބައިގައި ހިފާނީ ފަޅި ކޭތައެކެވެ.
|
|
އިތުރަށް...
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
25 އޮގަސްޓް 2009، 15:20 އަންގާރަ |
ޝާކިރު
ޑީ އެން އޭ ހެކި ހަގީގަތާއި ޚިލާފަށް އުފެއްދިދާނެކަން އިޒުރޭލުގެ ސައިންސް ވެރިންތަކެއް ހާމަކޮށްފިއެވެ. ކުރިމިނަލް ކޭސްތައް ސާބިތުކުރުމުގައި ރަން މަގާމެއް ހޯދާފައިވާ ޑީ އެން އޭ އަގު ވެއްޓި ގެއްލިގެން ދިއައީއެވެ. އިތުބާރު ކުޑަވެގެން ދިއައީއެވެ.
ސައިންޓިސްޓުން ޑީ އެން އޭ އެކުލެވިފައިވާ ލެއާއި ކުޅުގެ ސާންޕަލް ދިން މީހާގެ ސާންޕަލްނޫން މީހެއްގެ ލެއާއި ކުޅު ބޭނުން ކޮށްގެން ހަގީގަތާއި ޚިލާފު އުފެއްދުމެއް އުފެއްދީއެވެ. އެބައިމީހުންނަށް ޑީ އެން އޭ ޕްރޮފައިލް އެކުލެވިފައިވާ ޑާޓާބޭސްއަށް ވަދެވިއްޖެނަމަ، އެބައިމީހުނަށް އެޕްރޮފައިލްއާ މުޅިން އެއްގޮތް ޑީ އެން އޭ ސާމްޕަލް އެމީހާގެ ހަށިގަނޑުގެ ޓިޝިއު އާ ނުލާ އުފެއްދި ދާނެކަންވެސް ހާމަކުރީއެވެ.
|
|
އިތުރަށް...
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
02 ޖުލައި 2009، 00:21 ބުރާސްފަތި |
"ޓްރިޕްލް އިކްލިޕްސް" އެއީ ނުރައްކަލެއް އަންނަ ކަމުގެ ޢަލާމާތެއްތަ؟! ޝާކިރު
ސަައިންޓިސްޓުން ނިންމަނީ އެއީ އިއްތިފާގުން ދިމާވާ ކަމެއް ކަމަށާއި ތަރިތައް ދައުރުވުމުގައި ދިމާވާ ކަމެއް ކަމަށެވެ.
އިންޑިއަން އިންސްޓިޓިއުޓް އޮފް އެސްޓްރޮފިޒިކްސް (އައި. އައި. އޭ) ގެ ސައިންސްވެރިން ބުނަނީ ތިން ކޭތަ ހިފަން މެދުވެރިވަނީ ތަރިތައް ދައުރުވުމުގެ ނިޒާމަށް އަންނަ ބަދަލަކުން ދިމާވާ އިއްތިފާޤެއް ކަމަށެވެ.
2009 ވަނަ އަހަރު ޓްރިޕްލް ކުލިޕް (ތިން ކޭތަ) ހިފާނީ ޖުލައި 7 ގައި ހަނދު ކޭތައެއް، އެއަށްފަހު ޖުލައި 22 ގައި އިރު ކޭތައެއް އަދި އޮގަސްޓް 7 ގައި ހަނދުކޭތަ އެކެވެ. އިތުރު ހަ (ތިން ކޭތަ) 2020 ވަނަ އަހަރަ ހަމައަށް ހިފާނެއެވެ.
|
|
އިތުރަށް...
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
01 މެއި 2009، 20:59 ހުކުރު |
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އޫރު ރޯގާ އަކީ ކޮބާ؟
އޫރު ރޯގާއަކީ، އޫރުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. އޫރުތަކަކަށް މި ބަލި ޖެހުމުން، އެތަކެތީގެ ބަލި ޙާލު ވަރަށް ބޮޑުވެއެވެ. ނަމަވެސް ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ މަރެއް ނުވެއެވެ. ޢާއްމު ގޮތެއްގައި މި ބަލި ފެތުރެނީ ޚަރީފު މޫސުމާއި ފިނި މޫސުމުގައެވެ. ނަމަވެސް، އެ ދެ މޫސުމް ނޫން ދުވަސްތަކެއްގައި ވެސް މި ބަލި ފެތުރުމަކީ ވެދާނެ ކަމެކެވެ.
އޫރު ރޯގާގެ އެތައް ވައްތަރެއް ވެއެވެ. އިންސާނުންނަށް ޖެހޭ ރޯގާގެ ވައިރަހެކޭ އެއްފަދައިން، އޫރު ރޯގާގެ ވައިރަހަކީ ވެސް ދާއިމީ ގޮތެއްގައި އޭގެ ޖެނެޓިކް ޗާޓު ބަދަލުކުރަމުން ގެންދާ އެއްޗެކެވެ.
|
|
އިތުރަށް...
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
07 ޖެނުވަރީ 2009، 01:06 ބުދަ |
|
ޝާކިރު
ބޮއް ކެރެކްޓަރައިޒް ކުރެވެނީ އޭގެ ދިގު ދެ އޮއްޓުފައިންނާއި ކުޑަހަށިގަނޑުންނެވެ. އަތުގެ އިނގިލިތަކުގައި ނުވަތަ ފައިގެ އިނގިލިތަކުގައިވާ ފައިވާންގަނޑުންނެވެ. (މިތަނުގައި ފައިވާންގަނޑު މާނަކުރެވެނީ ބައެއް ދޫނިސޫފާސޫފީގެ ފައިގެ އިނގިލިތައް އެއް އިނގިއްޔާ އަނެއް އިނގިއްޔާ ދެމެދު ގުޅުވާދެވިފައިވާ ތުނި ހަންފަށަށެވެ. މިފަދަ ދޫނީގެ މިސާލަކީ ކުރަންގާއި މާރަނގަ އަދިި އަސްދޫނިފަދަ ދޫނިތަކެވެ). ބޮކަކީ ލޯ ބޭރަށް ނުކުމެފައި ހުރުމާއެކު ނަގޫނުހުންނަ އެއްޗެކެވެ. ބައެއް ބޮކަކީ ފެންފެންގަނޑުގައި އެތަކެތީގެ ޙަޔާތުން ބައެއް ހޭދަކުރާ ފެނާއި ވަރަށް ދޯޅު ދިރިއުޅުމެއް އުޅޭ އެއްޗެކެވެ. އެއްގަމުގައި ފަސޭހައިން ހަރަކާތްތެރިވާ އެއްތަނުން އަނެއްތަނަކަށް ދިއުމަށް ފުމެއުޅޭ ނުވަތަ ތަންތަނަށް އަރާ އެއްޗެކެވެ. |
|
އިތުރަށް...
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
12 ޑިސެމްބަރ 2008، 19:35 ހުކުރު |
ޝާކިރު
 ހުރިހާ ވައްތަރެއްގެ ހަރުފައިގެ މަހަކީ ވެސް ބައެއްމީހުން ކައި އުޅޭ އެއްޗެކެވެ. އެއީ، ވިހަހަރުފައެއް ކަމުގައި ވިއަސް ނުވަތަ ވިހަނޫން ވައްތަރެއްގެ ހަރުފައެއް ކަމުގައި ވިއަސް މަސްކައި އުޅެއެވެ. އެހަރުފައަކީ ކަނޑުގައި ނުވަތަ ފެންފެންގަނޑާއި ކޯރުގައި ނުވަތަ އެއްގަމުގައި އުޅޭ ހަރުފައެއްކަމަށް ވިއަސް ވެހެވެ. ހަރުފައަކީ ޝިކާރަކޮށް އުޅުމާއި ކަތިލުމުގައި ނުރައްކައުތެރި ސޫތްޕެކެވެ. ހަރުފަ ޝިކާރަކޮށް ކަތިލުމުގައި ފަރުވާންތެރިވާން ޖެހޭ ސަބަބަކީ އެ ސޫފި ދަތްއަޅައިފިނަމަ، އެސޫފި ޝިކާރަވުމުގެ ބަދަލުގައި އެސޫފީގެ ޝިކާރައަކަށް ތިމާވެދާނެތީއެވެ.
|
|
އިތުރަށް...
|
|
ސައިންސް ޓެކްނޮލޮޖީ -
ސައިންސް
|
|
09 ޑިސެމްބަރ 2008، 19:11 އަންގާރަ |
ލިޔުނީ: ޝާކިރު

ހަރުފަޔަކީ ބޯދާ ޒަމާނުންފެށިގެން އަދި މިއަދުވެސް ބައެއް މީހުން އަޅުކަންކޮށް އުޅޭ ސޫތްޕެކެވެ. ހަރުފައަކީ މިވަގުތު ދުނިޔޭގައި އުޅޭ އެންމެ ދުވަސްވީ ރެޕްޓައިލްސް އެވެ. ތާރީޚީގޮތުން ޑައިނަސޯރަށްވުރެ މިސޫފިދޮށިކަމަށް ބުނެއެވެ. މި ސޫފި އެނގިފައިވަނީ "ހަރުފަ" އިގެ ނަމުންނެވެ. ހަރުފަ ތަފާތު ދަރިފަސްކޮޅުތަކަށާއި ވަންހަތަކަށް ބެހި ފައިވެއެވެ. 14 ނުވަތަ 15 ދަރިކޮޅުގެ 2400 ވަންހައިގެ ހަރުފަ އުޅެއެވެ. މިސޫފީގެ ދަރިފަސްކޮޅު ބެހިފައިވަނީ ހަމަހަމަ އުޞޫލަކުން ނޫނެވެ. ބައެއް ދަރިކޮޅުގައި އެންމެ ވައްތަރެއްގެ ހަރުފަ އުޅޭއިރު އަނެއް ދަރިކޮޅެއްގައި ވަރަށް ގިނަ ވަންހަތައް ވެއެވެ. ދުނިޔޭގެ އެތަންމިތަނުގައި ވިހައިގެ ބިރުވެރިކަމެއް، އަސަރެއްނެތް 1500 ވަންހައިގެ ހަރުފައުޅެއެވެ. މި ސޫފިތައް ދިރިއުޅެނީ ބިމުގައި ހަރުކޮނެގެންނާއި ގަސްގަހުގައި އަދި ފެންފެންގަނޑުގައެވެ. |
|
އިތުރަށް...
|
|
|
|
|
|
މިވަގުތު ފަންވަތުގައި
މިވަގުތު 36 ކިޔުންތެރިން އޮންލައިން
ފަންވަތުގެ ޖަވާހިރު
''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.'' - މުޙަންމަދު އަމީން-
|
|
|
މެހެމާނުނުންގެ އަދަދު
މިހާތަނަށް : 718189