މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކޭތަ ހިފާ ގޮތް |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |||
| 14 ޖެނުވަރީ 2010، 10:56 ބުރާސްފަތި | |||
|
ޢަބްދުލްމުޢީދު ޙަސަން ކޭތަ ހިފާއިރު، ދެމެދަށް ވަންނަ އެތިން އުފެދޭ ގަދަ ހިޔާގަނޑު އޮންނަނީ، ގޮށްޓެއްގެ ސިފައިގަ އެވެ. އެގޮށީގެ ތެރޭގައި ހިމެނޭ ބައިގައި ހިފާނީ މުޅި ކޭތައެކެވެ. އެ ގޮށީގެ އަރިމަތިން އުފެދޭ މަޑު ހިޔާގަނޑުގެ ތެރޭގައި ހިމެނޭ ބައިގައި ހިފާނީ ފަޅި ކޭތައެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، މުޅި ކޭތައެއް ހިފާނީ، އިރާއި ދުނިޔެއާއި ހަނދު އެއް ރޮނގެއްގެ މަތީގައި ސީދާވުމުންނެވެ. މެދުގައިވަނީ، ދުނިޔެ ކަމަށްވަނީނަމަ، ހިފާނީ ހަނދުކޭތަ އެވެ. މެދުގައިވަނީ، ހަނދު ކަމަށްވަނީނަމަ، ހިފާނީ އިރުކޭތަ އެވެ. ![]() މައިގަނޑު ގޮތެއްގައި ހަނދު ކޭތައިގެ ދެވައްތަރެއް ވެ އެވެ. އެއީ މުޅި ހަނދު ކޭތައާއި ފަޅި ހަނދުކޭތަ އެވެ. މުޅި ހަނދުކޭތަ ހިފާނީ، އިރާއި ހަނދާއި ދެމެދަށް ދުނިޔެ ވަދެ، މި ތިނެތި އެއް ރޮނގެއްގެ މަތީގައި ސީދާވާ އިރުގަ އެވެ. ފަޅި ހަނދު ކޭތަ ހިފާނީ، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަންނައިރު، އުފެދޭ މަޑު ހިޔާގަނޑުގެ ތެރޭގައި ދުނިޔެ އޮންނައިރުގަ އެވެ. މި ދެ ގޮތް ނޫން ގޮތްގޮތަށް ވެސް ހަނދުކޭތަ ހިފަ އެވެ. ![]() އިރު ކޭތައިގެ ތިންވައްތަރު ވެއެވެ. އެއީ، މުޅި އިރު ކޭތައާއި، ފަޅި އިރު ކޭތައާއި، މެދު އިރު ކޭތައެވެ. މުޅި އިރުކޭތަ ހިފާފައިވާއިރު، ފެންނާނީ އިރުގެ ގުރުސް މުޅިން އަނދިރިވެފައިވާ ތަނެވެ. ![]() 15 ޖެނުއަރީ 2010 ގައި ހިފާ އިރުކޭތަ ފެންނާނެ އޭރިއާ ފަޅި އިރުކޭތަ ހިފާފައިވާއިރު، ފެންނާނީ، އިރުގެ ގުރުހުން ބަޔެއް އަނދިރިވެފައިވާ ތަނެވެ. މެދު އިރުކޭތަ ހިފާފައިވާއިރު، ފެންނާނީ، އިރުގެ ގުރުހުގެ މެދު އަނދިރިވެފައި، ގުރުހުގެ ވަށައިގެން އަލިކަން ފެތުރިފައިވާތަނެވެ. އިރުކޭތަ ހިފާފައިވާއިރު، ހަމަލޮލުން ބަލާކަށް ނުވާނެއެވެ. ހަމަލޮލުން ބަލައިފިނަމަ، ލޮލަށް ގެއްލުންވެ، ލޯ އަނދިރިވެދާނެ އެވެ. ކޮންމެ މަހަކު، އިރުކޭތައާއި ހަނދުކޭތަ ނުހިފާނެއެވެ. އެހެނީ ކޭތަހިފާ ގޮތަށް އިރާއި ދުނިޔެއާއި ހަނދު ތަރުތީބުވުމަކީ، ކޮންމެ މަހަކު ވާ ކަމެއް ނޫނެވެ. ހަނދުކޭތަ ހިފާ ވަރަށްވުރެ ގިނައިން އިރުކޭތަ ހިފައެވެ. ނަމަވެސް، އިރުކޭތައަށްވުރެ ގިނައިން ފެންނަނީ ހަނދުކޭތައެވެ. މިކަމުގެ ސަބަބަކީ، ދުނިޔޭގެ ބިމުގެ ވަރަށް ހަނި ހިސާބަކަށް ނޫނީ އިރުކޭތަ ނުފެންނަ ކަމެވެ. އެކަން އެހެންވަނީ، ހަނދުގެ ކުޑަ ކަމާއެކު، ދުނިޔޭގެ ބިމަށް ހަނދުގެ ހިޔަނި އެޅޭ މިންވަރުގެ ކުޑަކަމުންނެވެ. މަޞްދަރުތައް: މައުޤިޢުލް ކައުނު. eclipse.gsfc.nasa.gov portal.unesco.org www.light-weaver.com jrscience.wcp.muohio.edu www.youtube.com
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |