މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހުވަފެނަކީ ސަމާސާ އެއްޗެއް ނޫނެވެ! (01) |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |||
| 20 ފެބްރުވަރީ 2010، 01:32 ހޮނިހިރު | |||
|
އިސްމާޢީލު މުބާރަކު ހުވަފެނާމެދު އެކި ބަސްބަހުން ގިނަގުނަ ތަފާތު ފޮތްތައް ލިޔެވިފައިވެ
އެވެ. ގިނަ ފޮތްތައް ބުނާ ގޮތުން ހުވަފެނަކީ، ސިކުނޑީގައި ހިމެނިފައިވާ، ވިސްނުމަށް
ބޭނުން ކުރާ ބަހުރުވައިން އުފައްދާ ރަމްޒީ ޚުލާޞާއެކެވެ. ތިމާގެ
ދިރިއުޅުމުގައި ދިމާވާ، ހަނދާން ނައްތާލަން އުނދަގޫ ކަންތައްތަކާއި،
ދުވާލުގެ ވަގުތުތަކުގައި ދިމާވާ ކަންތައްތަކުގެ އުސްއަލިތައް ސިކުނޑި
ނަގައިގަނެ އެވެ. އަދި އަމިއްލަޔަށް އެ ކަންކަމުގެ ޚުލާޞާ އެއް
ރާވައިލައެވެ. ދެން ނިދީގައި ހުވަފެނެއްގެ ގޮތުގައި ދައްކަނީއެވެ. ދިވެހިން ބުނެ އުޅޭތީ އަޑު އިވެނީ ހުވަފެނަކީ ބިލާހެއްކަމުގައެވެ. އެހެންކަމަށްވާނަމަ، އެއީ މާ ބޮޑު މާނައެއް ނެތް، ކުޅޭކުޅޭ ފެނުމެކެވެ. މަޖާ ސަމާސާ އެކެވެ. އެކަމަކު ޙަޤީޤީ ބިލާހަކީ، ކޮބައިބާވަ އެވެ؟ ހުވަފެނާ ބެހޭ ގޮތުން ލިޔެވިފައިވާ ގިނަ ފޮތްތަކުގައި ބަޔާންކޮށްފައިވާ ތިޔަރީތަކަކީ، ޚިޔާލުތަކަކީ، މާއްދީ ދުނިޔެއާ ގުޅުންހުރި ވިސްނުމަކަށްވާތީ، ހުވަފެނާ ގުޅުންހުރި ސިއްރުތަކުގެ އެންމެ މުހިންމުބައި އަބަދަށްޓަކައި، އޮޅުންބޮޅުންތަކެއްގެ ތެރޭގައި އޮތުމަށް މަގުފަހިވެ އެވެ. ހުވަފެން ބިލާހަކަށް ވުމުގެ މަގު ހުޅުވި ތަނަވަސްވެގެންދެއެވެ. ހުވަފެނާމެދު ތެދު ވިސްނުމަކުން ވިސްނާނަމަ، އިންސާނާ، އޭނާއާ މެދު ދެކޭގޮތުގެ މާއްދީ ދުނިޔަވީ ތަޞައްވުރުން އެއްފަރާތްވެ ޙަޤީޤަތުގައި ތިމާއަކީ ކާކުތޯ ސުވާލުކޮށް އެކަން ދެނެގަންނަންޖެހެ އެވެ. އަމިއްލަޔަށް ތިމާއަކީ ކާކުކަން ބަލަންޖެހެއެވެ. ތެދުތެދަށް ދަންނަވަންޏާ ކޮންމެ މީހެއްގެ ވެސް ބޭރުފުށުން މި ފެންނަ ޖިސްމާނީ ހަށިގަނޑު ނުވަތަ މީހާގެ ސޫރަ އެއިން އެކުލެވިގެންވާ ކަށްޓާއި މަހާއި، ހަމާއި މިއީ، އޭނާ ލައިގެން ހުންނަ ފޭރާމެކޭ ބުނުން ނޫން އެއްގޮތެއް ވެސް ނެތެވެ. މި ދެންނެވި ޖިސްމާނީ އޮނިގަނޑު އެއީ އޭނާގެ އެތެރޭގައިވާ ''މީހާ'' ނުވަތަ އޭނާގެ ރޫޙު މި މާއްދީ ދުނިޔޭގެ ކާއިނާތަށް އޭނާ ސިފަކޮށް ދިނުމަށް ނެރެފައިވާ ތޮށިގަނޑެކެވެ. އެ ރޫޙުގެ އޮނިގަނޑެވެ. ޙަޤީޤަތަކީ، އިންސާނާއަކީ، ނުވަތަ އަޅުގަނޑުމެން ކޮންމެ މީހަކީ، އަޅުގަނޑުމެންގެ ރޫޙެވެ. ނުވަތަ ކަލާނގެ ޔަދުޤުދުރަތްފުޅުގެ ދަށުގައި މެނުވީ އޭގެ ސިއްރުތައް ޖަމާވެގެން ނުވާ، އޭގެ މައްޗަށް އެހެން އެއްވެސް ފަރާތެއްގެ އާރެއް ބާރެއް ނުފޯރާ އަޅުގަނޑުމެންގެ ފުރާނައެވެ. ހުވަފެނުގެ ޙަޤީޤަތް ބަޔާން ކޮށް ދިނުމަށްޓަކައި މާއްދީ އެތަކެއް ނަޒަރިއްޔާތެއް ލިއެވިފައިވާއިރު ހުރިހާ ނަޒަރިއްޔާތު ތަކެއްގައި ވެސް ހުވަފެނުގެ އަޞްލު ބަޔާން ކޮށްދިނުމަށް ނުކުޅެދިފައި ވަނީ މިހެންވެގެންނެވެ. ކީއްވެގެންތޯއެވެ، ؟ މި ދެންނެވި މާއްދީ ވިސްނުމަކުން ވިސްނާފައި ލިއެފައިވާ ނަޒަރިއްޔާތު ތަކުގައި މާތް ﷲ އިންސާނުން ނެތުމުގެ ތެރޭން މި ދުނިޔެއަށް އުފަން ކުރައްވާފައި ވާ މި ވުޖޫދުގެ އަރަތް އިންސާނާގެ ރޫޙާނީ ދުނިޔެއާ ނުގުޅުވާ ބަޔާން ކޮށްދޭން މަސައްކަތް ކޮށްފައި ވާތީއެވެ. ރޫޙާނިއްޔަތާއި، ރޫޙުގެ ދައުރުން އިންސާނާ ބަރީއަކުރަން މަސައްކަތް ކުރެވިފައިވާތީ އެވެ. ހުވަފެނަކީ މާތްﷲ ގެ އަމުރު ފުޅަށް ދިރިހުރެމެ ފުރާނަޔާއި މަސްގަނޑު ދެތަން ކޮށްލުމުގެ ބާރު ލިބިގެންވާ އެއްޗެކެވެ. ހަމަ އިންސާނާގެ ހިއްސުތައް ނިދާއިރަށް ނުވަތަ މި ދުނިޔޭގެ އިޙްސާސްތަކުން ބޭރުވާ އިރަށް އެތެރޭގައިވާ ''މީހާ'' އޭނާގެ ބޭރުގާވާ ތޮށިގަނޑު (ޖިސްމު) ދޫކޮށްލައެވެ. މި ގޮތަށް ހަށިގަނޑު ދޫކޮށް ދިއުމަށް ތިން ގޮތެއް ވެއެވެ. ފުރަތަމައީ ޤުދުރަތީ ނިންޖަކުން ނިދުމެވެ. ދެވަނަގޮތަކީ ވަކިބާވަތެއްގެ ބާރަކުން ދުނިޔޭގެ ހޭވެރިކަން ފިލުވާލުމެވެ. މި ދެންނެވީ ބޭހެއް ނުވަތަ އިންޖެކްޝަނެއްގެ ވާހަކައެއް ނޫނެވެ. މިސާލަކަށް ހިޕްނޮޓައިޒްކޮށްގެން ނުވަތަ އަންހެނެއްގެ ނުވަތަ ފިރިހެނެއްގެ ލޮލުގައި ހުންނަ އާދަޔާ ޚިލާފު ބާރަކުން ނުވަތަ ކޮންމެސް ކަހަލަ ވަޖިދުވުމަކުންނެވެ. ތިންވަނަ ގޮތަކީ މަރުވުމެވެ. މި ދެންނެވުނު ތިންގޮތުން ކުރެ ދެގޮތުގައި ''އިންސާނާ'' އޭނާގެ ޖިސްމާނީ ހަށިގަނޑު ވަގުތީ ގޮތުން ދޫކޮށްލައެވެ. އެހެންނަމަ ވެސް ތިންވަނަގޮތުގައި އަބަދަށްޓަކައި އެ ހަށިގަނޑު ދޫކޮށް ދެއެވެ. މަރުވުމުގައި ލޯތަކަށް ވަންހަނާގައިވާ ގުޅުމަކުން، އިންސާނާގެ ފުރާނަޔާ މަސްގަނޑާ ގުޅިފާވާ މަކުނުވާ ފަށެއްފަދަ ހިމަ ހިމަ، ރޫޙާނީ ވާފަށެއް ބުރިވެ ކަނޑައިގެންދެއެވެ. އެހެންނަމަވެސް ވަޖިދުވުމުގެ ނިންޖަކުން ނިދީމައި ނުވަތަ ހިޕްނޮޓައިޒްވީމައި އެ ވާފަށަށް ދޫ ލިބިގެން ފުރާނަ މައްޗަށް އަރައިގެން ދިއުމަށް މަގު ފަހިވެ އެވެ. އެ އުދުހިގެންދާ ދިއުމުގައި އޭނާ ބޭނުން ކުރަނީ އޭނާގެ ( އެސްޓްރަލް ބޮޑީ) ނުވަތަ އުޑުތަކުގެ މަތިން އެތަނަކުން އަޅުގަނޑުމެން މި ބިމަށް އައި ސަމާވީ ޢާލަމާއި ގުޅޭ މާއްދާއިން އުފެދިފަވާ އޭނާގެ ރޫޙާނީ ހަށިގަނޑެވެ. ވުމާއެކު އަސްލު މީހާ އެ ވަގުތު ވާނީ އުޑުތަކާއި ގުޅުންހުރި ސަމާވީ ޢާލަމެއްގައެވެ. އަދި އޭނާގެ ހޭވެރިކަން އެ ވަގުތު ހިނގަމުންދާނީ އެ ސަމާވީ ޢާލަމާ ގުޅޭ ރޫޙާނީ ހަށިގަނޑުގައެވެ. އެ ސަމާވީ ޢާލަމާ ގުޅޭ ރޫޙާނީ ހަށިގަނޑު އެވަގުތު އޭނާ ވަށއިގެންވާ ތަންތަނާ މެދު ހޭވެރިކަންވުމުގެ ސަވާރީއަކަށް ނުވަތަ އުޅަނދަކަށް ވެގެންވެއެވެ. އެއީ އޭނާ ހޭލައި ހުންނަ އިރު މި ދުނިޔެއާ މެދު ހޭވެރިކަންވާން އޭނާގެ ޖިސްމާނީ ހަށިގަނޑު ވެހިކަލެއް ނުވަތަ ސަވާރީއެއްގެ ގޮތުގާ ވާ ފަދައިންނެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ޢިލްމުތައް އިސްވެ ދެންނެވި ޢިލްމީ ޙަޤީޤަތަށް ވަރަށް ސާފުކޮށް އިޝާރާތްކުރެ އެވެ. މި ދެންނެވި ބަސްފުޅަކީ، ''ހަމަކަށްވަރުން ތިޔަބައި މީހުން ނިދާ ފަދައިން މަރުގަންނަވާނެ އެވެ. އަދި ނިދިން ހޭލާފަދައިން، މަޙުޝަރު ކުރެއްވޭނެ އެވެ.'' އެނގިވަޑައިގަންނަވާނެ ފަދައިން، ނިންޖަކީ މަރުވުން ފަދަ ކަމެއްކަމުގައި ކީރިތި ޤުރުއާނުގައި ސިފަ ކުރައްވާފައިވެ އެވެ. މި ސަބަބަށްޓަކައި، މުސްލިމު ޢިލްމުވެރިންގެ އަރިހުގައި ނިންޖަށް ދެވިގެންވާ ނަމަކީ، ''ކުޑަ މަރު'' ނޫންތޯ އެވެ؟ އުޑުތަކުގެ ސަމާވީ ޢާލަމުގައި އިންސާނާގެ ރޫޙު ވާހިނދު އޭނާގެ ޖިސްމާނީ ހަށިގަނޑުގެ ހޭވެރިކަން ފިލައިގެންނެއް ނުދާނެއެވެ. ނަމަވެސް ވަގުތީ ހުއްޓުމަކުން ހޭވެރިކަން ވާނީ ހުއްޓިފައެވެ. އެ ހުއްޓިފާވުން ހަމަ މަރުވުން ފަދައެވެ. އެވަގުތު އޭނާގެ ރޫޙު ވާނީ އިސްވެދެންނެވުނު ސަމާވީ ޢާލަމާއި ގުޅޭ މާއްދާއިން ހަށިގަނޑު ލިބިގަނެގެން ހަމަ ހޭ އަރާ ހޭވެރިވެގެންނެވެ. އަޅުގަނޑުމެން ހޭލުމަށްފަހު އެ ހަނދާން ނުހުންނަ ސަބަބަކީ އެ ވަގުތު އަޅުގަނޑުމެންނަށް ބޭނުންކުރެވެނީ އަޅުގަނޑުމެން ހޭލާ ތިބޭ އިރު ބޭނުން ކުރާ ބުއްދިއެއް ނޫނެވެ. ހަށިގަނޑާއެކު ހޭލާތިބޭއިރު އަޅުގަނޑުމެންނަށް ބޭނުން ކުރެވެނީ ހޭ ބުއްދި ނުވަތަ އިނގިރޭސި ބަހުން މިކިޔާ ( ކޮންސިއަސް މައިންޑް) އެވެ. އަދި ނިދުމަށް ފަހު އަޅުގަނޑުމެންނަށް ބޭނުން ކުރެވޭ ބުއްދިޔަށް ހޭ ނެތިފައިވާ ބުއްދިޔޭ ކިއުމަށްވުރެ އަމިއްލަ ހޭވެރިކަމުން ބޭރުގައި ހިނގާ ކަންތައް ގުޅިފާވާ ބުއްދިއޭ ކިއުން މާ ރަނގަޅުކަމަށް ފެނެ އެވެ. ސަބަބަކީ އަޅުގަނޑުމެން ހޭލައި ތިބޭއިރު ވެސް މި ބުއްދިން އަޅުގަނޑުމެންނަށް އިޙްސާސްވެސްނުވެ ބައެއްކަހަލަ މަސައްކަތްތައް ކުރަމުން އެބަދެ އެވެ. މިސާލަކަށް މަގުމަތިން މީހަކު ދިމާވުމުން ވަގުތުން އެއީ ކާކުތޯ ކާކާތޯ ވައްތަރުވަނީ އަޅައި ބެލުމަށްޓަކައި ވަގުތުން ސިކުނޑީގެ ފައިލިންކެބިނެޓްތައް ހޯދަން ފަށައެވެ. ކުޑަކުޑަ މިލިސިކުންތު ކޮޅެއްގެ ތެރޭގައި މާޒީގައި ފެނިފައިވާހާބަޔަކުގެ ފޮޓޯތައް ބެލުމަށްފަހު އެ ފެނުނު މީހަކީ ރަނގަޅު މީހެއްތޯ ނުވަތަ ނުބައި މީހެއްތޯ ކަނޑައަޅަނީ މާޒީގައި އެވައްތަރަށް ހުރި ނުބައި މީހެއްގެ ފޮޓޯ ޔާ އަޅައި ބަލާފައެވެ. ސަބްކޮންސިއަސް މައިންޑުން މިކަން ކުރުމުގެ ތެރޭގައި އެ މީހާގެކަރުގައި ފަށެއް އޮތްތޯ ޓެޓޫ ކޮށްފައިތޯ ހުރީ ކަންފަތުގައި ބޮޅެއްލާފައި ހުރި ތޯ މީން އެއްވެސް ކަމަކީ، އަޅުގަނޑުމެންނަށް އެނގިގެން ގަސްތުގައި ކުރާ ކަންތައް ތަކެއް ނޫނެވެ. އެހެންވެ މި ބުއްދިޔަށް ސަބްކޮންސިއަސް މައިންޑް ކިޔަނީ މި ބުއްދީގެ ވަރުގަދަ ކަމުންނެވެ. ކޮންމެއަކަސް މަސައްކަތުންނަމަ ވެސް މީހަކަށް ނިދީގެތެރެއަށް ހޭލެވިއްޖެނަމަ މި ދެބުއްދި އެއްކޮށްމަސައްކަތް ކުރަންފަށާނެއެވެ. އެއްބުއްދިޔައްވުރެ ދެ ބުއްދި އެއްކޮށް މަސައްކަތް ކުރަން ފަށައިފިނަމަ ބުއްދީގެ ބާރު މާ ގަދަވާނެކަން ތިޔަ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. މި ގޮތައް ދިމާވެއްޖެނަމަ ނިދާފައި އޮތްކޮޓަރީގެތެރޭ ހިނގާ ކަންތައްތައްވެސް ހަމަލޮލަށް ފެންނަހެން ފެންނަމުން ނިދީގެތެރޭންނފެންނަ ކަންތައްތައްވެސް ކޮންޓްރޯލް ކުރެވެން ފަށާނެއެވެ. ނަމަވެސް މީ ދެބަދޭތެރެ ވުމެއްނޫނެވެ. މިގޮތައް ސިކުނޑި ބޭނުން ނުކުރެވޭ ކަމަކީ އަދި މީގެ ނުރައްކާ ކަމަކީ ޙަޤީޤަތަކީ ކޮބައި ކަމެއް ހުވަފެނަކީ ކޮބައި ކަމެއް ނޭނގި ހާސްވެގެން އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓި ނިދީގައި ފެންނަ ކަންތައްތަކަށް ހަށިގަނޑު ރައްދު ޖަވާބު ދީ ގޭގައި ހުރި ޓީވީތަކާ އެއްޗިހި ތަޅައި ހަލާކުކޮށް، މަތިން ފުންމާލަން އުޅެ މިކަހަލަ ކަންތައްތައް ދިމާވެދާނެތީއެވެ. އެހެންވެ މިކަން ކުރަންޏާ ކުރަންޖެހޭނީ ރަނގަޅު އީމާނަކާ އެކީ މިކަމަށް ދުވަސްތަކެއްގެ ތަމްރީން ލިބިގަނެގެންނެވެ. އެހެން ނޫނީ ވާނީ އަލަށް ތުއްތު ކުއްޖެއްގެ ފައި މޫދުގައި ޖެހުނީމައި ވާ ކަހަލަ ގޮތެކެވެ. ބައެއް ކަހަލަ އެލް އެސްޑީ ފަދަ ވަރުގަދަ ޑްރަގް ބޭނުން ކުރުމުން ވެސް މިގޮތަށް ދިމާވާކަމަށް ވެއެވެ. ދަންނަވަން ޖެހެނީ މީ ހަށިގަނޑުގެ ބާރެއް ނޫން ކަމާއި އަދި ފުރާނައިގެ ބާރެއް ކަމެވެ. އެހެންކަމުން ފެނުން ހުންނާނީ ލޮލުގެ ފެނުން ހުންނަހެން 180 ދަރަޖަޔަށް ލިމިޓްވެފައި ( ތްރީ ޑައިމެންޝަނަލް ) ގޮތަކަށް ނޫނެވެ. ދުނިޔެ ލޮލަށް މި ފެންނަނީ ( ކޮންމެ މަންޒަރެއްމެ ދިގުމިން ފުޅާމިން ފުންމިން ހިމެނިގެންނެވެ. ) ތިން ފަރާތްއެކުލެވޭ ތްރީޑީ ގޮތަކަށެވެ. މި ދެންނެވިހެން ދެ ބުއްދި އެއްވެގެން މަސއްކަތް ކުރަންފެށުމުން ވަށައިގެން 360 ދަރަޖައިގައި ދިހަ ފަރާތް އެކުލެވޭ ގޮތަކަށްވެސް ފެނިދާނެއެވެ. ކުއްލިއަކަށް ނޭނގި ހުއްޓާ މިހެން ވެއްޖެނަމަ މީހަކު މޮޔަވާކަށް މާ ގިނަވަގުތެއް ނުނަގާނެއެވެ. ކޮންމެއަކަސް މި އެކާވީސްވަނަ ޤަރުނަށް ދުނިޔެ ހޭލައިގަތުމާއެކު ސައިންޓިސްޓުން ހަށިގނަޑުން ފެންނަން ހުންނަ ކަށްޓާމަހުގެ އޮނިގަނޑު ބޭރަށް ނިކުމެ، ނުވަތަ އޭގެ ފުނަށް ފީނައި ކުއަންޓަމް ތިއަރީ ފަދަ ރޫޙާނިއްޔަތާ f=ma ގުޅޭ ތިއަރީތައް ހޯދަން ފަށައިފިއެވެ. އިސްޙާޤު ނިއުޓަންގެ މަޝްހޫރު ތިއަރީ ''ކޮންމެ އެއްޗެއްގެ ފޯސް ނުވަތަ ބިމަށް ދަމާ ބާރާއި ހެލިފެލިވުމުގެ ބާރު އެއްވަރުވަނީ މާއްދީގޮތުން އެ އެއްޗަކަށް ޖާނުލިބިފައިވާ ކުޑަބޮޑުމިނަކާއެވެ.'' ދުނިޔޭގެ ތަހުޒީބު މި ހިސާބަށް އައުމުގާ މި ތިއަރީ ވަރަށް ބޮޑު ރޯލެއް ކުޅުނެވެ. މި ތިއަރީގައި ބުނާގޮތުން މާއްދީގޮތުން ޖާނު ބޮޑުވި ވަރަކަށް އެ އެއްޗެއްގެ މައްޗަށް ބިމަށްދަމާ ބާރު ގަދަވެ ދުވެލި މަޑުވެއެވެ. މީގެ އަނެއްކޮޅަކީ މާއްދީގޮތުން ޖާނު ކުޑަވުމުން ބިމަށް ދަމާ ބާރު ކުޑަވެ ދުވެލި ހަލުވި ވުމެވެ. މިސާލަކަށް އަލީގައި ހިމެނޭ ކުދިކުދި ޒައްރާތައް ކަމުގައިވާ ( ފޯޓޯންސް ) އަކީ ލުއިކަމުން އޭގެ ބަރުދަން އާދައިގެ ގޮތަކަށް ބެލެވޭ ވަރަށްވުރެ މާލުއި އަދި ކުޑަ އެއްޗެކެވެ. ސައިންޓިސްޓުން މީގެ ބަރުދަން ބަލަނީ އެއްޗިހީގެ އެޓަމިކް ބަރުދަން ބަލަން ހަދާފައި ހުންނަ ޚާއްޞަ އާލާތަކުންނެވެ. ކޮންމެއަކަސް މިހެން މި ވަނީ ނިއުޓަންގެ f=ma އިސާކް ނިއުޓަންގެ މަޝްހޫރު ތިއަރީ ''ކޮންމެ އެއްޗެއްގެ ފޯސް ނުވަތަ ބިމަށް ދަމާ ބާރާއި ހެލިފެލިވުމުގެ ބާރު އެއްވަރުވަނީ މާއްދީގޮތުން އެއެއްޗަކަށް ޖާނުލިބިފާވާ ކުޑަބޮޑުމިނަކާއެވެ.'' މިތިއަރީގައި ބުނާގޮތަށް ވަމުންދާތީއެވެ. އެހެންކަމުން މިއީ، ބަރުދަނާއި ދުވެލި އެކަތި އަނެކައްޗާ ލާމެހިގުޅިފާވާކަން ކަށަވަރު ކޮށްދޭ ގާނޫނެކެވެ. އާދެ ! އަޅުގަނޑުމެން މި ފޮތުގައި ވާހަކަ ދައްކަމުން މިދާ ރޫޙާނިއްޔަތާއި މާއްދިއްޔަތުގެ ތެރެއިން މާއްދިއްޔަތަށް ބާރުދޭ ގާނޫނެކެވެ. އެހެންނަމަވެސް ވަރަށް ދެރައެވެ. ނިއުޓަންގެ މި މާއްދިއްޔަތުގެ ބިމުގެ ގާނޫނު ހިނގަނީ ހަމައެކަނި ބިމަށް އެކަނިކަން ފަހުގެ ހޯދުން ތަކުން ދައްކައިފިއެވެ. ޖައްވަށް މީހުން ދާންފެށުމާއެކު މި ތިޔަރީ ކުށްކަމުގައި ވެއްޖެ އެވެ. ޖައްވުގައި ވާމީހާ އުނަގަނޑުގެ ސައިޒް ބައްތިރީހުން މިންކުރެވޭ އިރު ވެސް، ބަރުދަން އެއްކިލޯޔަށް ވުރެވެސް ލުއިވެދާނެއެވެ. މާއްދީގޮތުން ބިމުގައި ބަރުދަން ލިބިފައި ހުރި ޖާނު ޖައްވުގައި ލުއިވެއްޖެއެވެ. ނިއުޓަންގެ ތިއަރީގައި ދެން ބުނަނީ މާއްދީގޮތުން ޖާނު ކުޑަވުމުން ދުވެލި ހަލުވި ވާކަމަށެވެ. މި ކަމުގެ މިސާލަކީ އަޅުގަނޑު ކުރީގައި ދެންނެވި އަލީގައި ހިމެނޭ ޒައްރާތައް ކަމުގައިވާ ފޯޓޯންސް އެވެ. އާދެ ކުރިން ދެންނެވިހެން ފޯޓޯންސް އަކީ ވަރަށް ލުއި އަދި ވަރަށް ކުދި އެއްޗެއް ކަމުން ވަރަށް ދުވެލި ހަލުވި އެއްޗެކެވެ. އެހެންނަމަވެސް ގްރެވިޓީ ނުވަތަ ބިމަށްދަމާ ބާރު އިންތިހާޔަށް ގަދަވެފައިވާ ތަނެއްގައި މިސާލަކަށް، ދުވަސްވެ ހަލާކުވަމުން ދާ ތަރިއަކާ ދިމާލަށް އަލި އެޅިއްޖެ ނަމަ އެ ތަރިޔާ ދިމާޔަށް، ފޯޓޯންސްތައް ދަމައިގަނެ އެންމެ އަލިކޮޅެއް ވެސް ސަލާމަތްވެގެން ދިޔަކަ ނުދޭނެއެވެ. ވަށައިގެން ބަނޑި ކުރަމުން ވައްކުރަމުންގެނެސް އޭގެތެރެއަށް ހުރިހާ އަލިކަމެއް ދަމައިގަންނާނެއެވެ. ދުވެލި ބާރު ވިއަކަ ނުދޭނެއެވެ. މި ފަދަ ތަންތަނަށް އިނގިރޭސި ބަހުން ( ޑާކް ހޯލް ) އޭ ކިއައެވެ. އެހެންވެ އަޅުގަނޑު ދެންނެވި މި ދެ މި ސާލުންވެސް ނިއުޓަންގެ އެ ތިއަރީއަކީ، މި ބިމުގެ ހުރިހާ ދިމާޔަކަށް ތެދު އެއްޗެއް ކަމުގައި ވިއަސް، މުޅި ކާއިނާތުގެ ނިޒާމަށް ބަލާއިރު، އެއީ މުޅިން ތެދު އެއްޗެއް ނޫންކަން ހާމަ ވެއްޖެއެވެ. (ނުނިމޭ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ sa, 2010-02-20 09:58:54
varah shauguveri liyumeh kurin konmeves varakah mikamaa behey mauloomaath libifai vumun varah shauguverivejje
...
ލިޔުނީ no namES, 2010-02-20 13:32:49
ހުވަފެނަކީ ލޮލަށް ފެންނަ އެއްޗެއް ނޫން. އެހެންވީމަ ލޯފަން ވިޔަސް ފެންނާނެހެން ހީވަނީ.
...
ލިޔުނީ ރިޔާޒް, 2010-02-22 05:00:09
ނިއުޓަންގެ ތިއަރީގައިވަނީ ފޯސް އާ މާސް އާ އެއްވަރު ވާހަކަ. ލިއުން ތެރިޔާ "ފޯސް" ބިމަށް ދަމާ ބާރު ކަމުގައި ތަރުޖަމާ ކޮށްފައިވަނީ ރަނގަޅަކަށް ނޫން. ބިމަށް ދަމާ ބާރަށް އިނގިރޭސި ބަހުން ކިޔަނީ ގްރެވިޓީ. އެއީ މުޅީން ތަފާތު އެއްޗެއް. އެއްޗެއްގެ މާސްގެ ކުޑަމިނަކުން ނުވަތަ ބޮޑު މިނަކުން އެއެއްޗެއް ބިމަށް ދަމާ ބާރަކަށް އެއްވެސް ތަފާތެއް ނާންނާނެ. ކޮންމެ އެއްޗެއްވެސް ބިމަށް ދަމާނީ އެއްވަރަކަށް. މިސާލަކަށް ވައިނެތް ތަނެއްގައި، އެއް ހިސާބަކުން ބިންމައްޗަށް ވައްޓާލާ ކުކުޅުފަތަކާއި ދަގަނޑު ހަންދަރެއް ބިންމަތީގައި އައިސް ޖެހޭނީ އެއްވަގުތެއްގައި. ނަމަވެސް މާސް ބޮޑު އެއްޗެއް ބިންމަތީގައި ޖެހޭލެއް ބާރުވާނެ. ނަމަވެސް އެއީ ފޯސްގެ ސަބަބުން. ސަބަބަކީ މާސްއާ ފޯސް އާ އެއްވަރު ވީމަ. މާސް ބޮޑުވާ ވަރަކަށް ފޯސްވެސް ބޮޑުވާނެ.
...
ލިޔުނީ ޙައްސާން, 2010-02-22 16:01:57
"ނިދާ" މިބަސް އޮތްތަންތަނުގައި އެވާ "އޯވަރލިބް" ގެ ޕޮޕަޕް އިން އަންނަނީ "ނިދާ" ގެ އެހެން މާނައެއް ދޯ؟
...
ލިޔުނީ muaaz, 2010-02-22 18:02:04
ލިއުންތެރިޔާގެ ލިއުމުގަ ފޯސް އަކީ ބިމަށްދަމާ ބާރުކަމުގަ ލިއެވިފާ ވަނީ ނިއުޓަންގެ ފިޒިކްސްގަ " މާސް ނުވަތަ ހަށިގަނޑުހިމެނި އޭގަ އެމުނިއެކުލެވިގެންވާ ހުރިހާ ބައެއް ހިމެނޭ ޖާނުގެ ކުޑަބޮޑުމިން ގެނުވަނީ ހެލިފެލިވުމާ ބަރުދަން ، ކަމުގާ ވެފަ ޙަރަކާތާ ބަރުދަން އެކުވުމުން އަންނަނީ ނުވަތަ ފޯސް އާއި މ÷ޯ×ޝަން ގެނުވަނީ އެތީގެ ގްރެވިޓީ ކަމުގަ ވާތީ ކަމުގަ ވެދާނެއެވެ، އެއީ ހަމަ ނިއުޓަންގެ ތިއަރީގަ ލިއެފާ ވާގޮތެވެ ، ކޮންމެގޮތެއްވިޔަސް ލިއުން ލިއުއްވި ބޭފުޅާގެ އާގިއުމެންޓް ގޯހެއް ނޫން ކަމުގަ ދަންނަވަމެވެ، ނިއުޓަންގެ ފިޒިކްސްގަ ބުނާގޮތުން ބަރުދަން ހުރުމަށް ޖާނު ހުންނަން ޖެހެއެވެ ، ވަށައިގެން މިވާ ހުސްތަނުގަ ލޮލަށް ފެނުމެއްނެތި މިވާ އޮކްސިޖަން ކޮބައިތޯއެވެ، އަތްލެވޭ އެއްޗެއް ކަމުގަ ނުވާ އަލިކަން ކޮބައިތޯއެވެ؟ ނިއުޓަން ގެ އަތްލެވޭ އެއްޗިހީގެ ތިއަރީން އަތް ނުލެވޭ އެއްޗިހީގެ ތިއަރީއަށް ދުނިޔެ ގެނެސް ދިނީ ޖޯޑަން މެކްސްވެލް ކިޔާ ސައިންޓިސްޓެކެވެ، އޭނާގެ އިލެކްޓްރިކްސިޓީ އެންޑް މެގްނެޓިޒްމްގެ އީކުއޭޝަން ގެ ސަބަބުން އިރުން އަންނަ އަލްޓްރަ ވައިލެޓް ރޭޑިއޭޝަން އާއި ރޭޑިއޯ ވޭވް ހޯދުނެވެ
...
ލިޔުނީ Aisha, 2010-02-22 18:44:01
މި ލިއުމާ މެދު ރިޔާޒު ކުރައްވާފާވާ ކޮމެންޓް ރަނގަޅެއް ނޫނެވެ، ލިއުން ރަނގަޅަށް ވިދާޅުވިނަމަ އެއްޗިހީގެ ކުޑަބޮޑުމިނުން ބިމަށްދަމާ ބާރަށް ބަދަލު އަންނަކަން އެނގިވަޑައިގަންނަވާނެއެވެ، ލިއުއްވުމުގާ ވަނީ އައްޔަކީ ލޮލަށްނުފެންނަ ކުދިކުދި ޒައްރާތަކަކުން އުފެދިފަވާ އެއްޗެއްކަމުގައެވެ އިރުން ބިމާ ހަމަޔަށް އަލި ފޯރަނީ 8 މިނެޓުން ކަމުގާ ބުނެވެއެވެ، ކުކުޅުފަތަކާ ދަނގަނޑު ހަނދަރެއް އެއްފަހަރާ އައިސް ބިމުގަ ޖެހުނަސް ހަމަ އެވަގުތު އެއްފަހަރާ ބޮއްކެއް ދިއްލާލައިފިނަމަ އެއްޗިހީގެ މާސްގެ ކުޑަބޮޑުމިނުން މި ބިމުގާ ގްރެވެޓީ ޔަށް ބަދަލު އަންނަކަން އެނގިވަޑައިގަންނަވާނެއެވެ
... ލިޔުނީ ޖ, 2010-04-01 19:10:00
"ދިވެހިން ބުނެ އުޅޭތީ އަޑު އިވެނީ ހުވަފެނަކީ ބިލާހެއްކަމުގައެވެ." މިގޮތަށް ދިވެހިން ބުނެއުޅެނީ ހުވަފެން ފެންނަ މީހާ ހިންހަމަ ޖައްސާދިނުމުގެ މާނައިގަ. ދިވެހިން ހުވަފެނަކީ ބިލާހެއް ކަމަށް ގަބޫލް ކުރާތީކީ ނޫން. ޖުމުލަކޮށް ހުރިހާ ދިވެހިންވެސް ހިތުގެ އަޑިން ހުވަފެނާ ދޭތެރޭ ވިސްނާ.. އަދި ކޮންމެސް ވަރެއްގެ ހަގީގަތެއް ވާކަން ގަބޫލް ކުރޭ. އެއީ މާތް ﷲ ޔޫސުފްގެފާންށް ހުވަފެން ތައުބީރު ކުރުމުގެ މުއުޖިޒާތް ދެއްވިކަން ޖުމުލަކޮށް ހުރިހާދިވެހިންނަށް އެނގޭތީ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|