މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
|
| ޑާރވިންގެ ތިޔަރީ ޗިސްޗިސްވުން |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |
| 08 ޖޫން 2010، 23:49 އަންގާރަ | |
|
އިބްރާހީމު ރަޝީދު މޫސާ އެމެރިކާގެ ކެންޓް ސްޓޭޓް ޔުނިވަރސިޓީ އާއި ކެލިފޯރނިއާ ޔުނިވަރސިޓީގެ އެދުރުންގެ ޓީމެއް ގުޅިގެން ކުރި ޢިލްމީ ދިރާސަތަކެއްގެ ސަބަބުން ޑާރވިންގެ ތިޔަރީ ބާޠިލުކަން ހާމަވެގެން ހިނގައްޖެ އެވެ. ދީނީޢަޤީދާ ހަލާކުކޮށްލުމަށްޓަކައި ޒަޔޮނިސްޓުން ރޭވި ސިއްރު ރޭވުންތަކުގެ ދަށުން ދުނިޔެއަށް މަޝްހޫރުކުރުވި ޑާރވިން އަކީ، މާތްﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވި ޔަހޫދީންގެ ތެރެއިން ބަޔަކު ރާމާމަކުނުތަކަކަށް ބަދަލުކުރައްވާފައިވާތީ، އެ މަލާމާތުން ޔަހޫދީން ސަލާމަތްކުރުމަށްޓަކައި، އިންސާނުންގެ އަޞްލަކީ ރާމާމަކުނުކަމަށް ބުނާ ތިޔަރީއެއް ދުނިޔެއަށް އުފަންކުރުވި މީހާއެވެ. ޗާރލްސް ރޮބަރޓް ޑާރވިން ( 1809 މ – 1882 މ ) އަކީ ޔަހޫދީއެކެވެ. އެ ދުވަސްވަރަކީ އިނގިރޭސިވިލާތުގެ ތަޚްތުގައި ވިކްޓޯރިޔާ އިންނެވިދުވަސްވަރެވެ. އިނގިރޭސި އިސްތިޢުމާރުގެ ޝާނާ ޝަވްކަތު އެންމެ ވަރުގަދަވެފައި އޮތް ދުވަސްވަރެވެ. އިރުނޯއްސޭ ވެރިކަމެއްކުރި ދުވަސްވަރެވެ. އެހެންކަމުން އިސްލާމީ ޤައުމުތައް އަޅުވެތިކޮށް އެ މީހުންގެ ބާރުގެ ދަށުގައިބޭއްވުމަށްޓަކައި އިސްލާމީ ޢަޤީދާއާއި ދީނުގެ ޘަވާބިތުތައް ނައްތައިލުމަށް މަސައްކަތްކުރިދުވަސްވަރެވެ. ޗިމްޕެންޒީ އާއި ގޮރިއްލާ ގިންތީގެ މަކުނުގައި ނަގޫ ނުހުންނާތީއާއި ދެބައިކުޅައެއްބަޔަށް ކޮޅަށް ތެދުވެވޭތީ ކަމަށް ބުނެ އިންސާނާގެ އަޞްލަކީ މަކުނު ކަމަށް ޑާރވިން ފެތުރި ތިޔަރީ ދުނިޔެއަށް ވަރަށްބޮޑަށް މަޝްހޫރުވެ ފެތުރިގެން ދިޔަ އެވެ. މަޝްހޫރުކުރުވުމުގެ ސަބަބުންނެވެ. ޢިލްމީ ބުރަދަނެއް އޮވެގެނެއްނޫނެވެ. ކީރިތިޤުރްއާނުންނާއި އެހެނިހެން ސަމާވީ ދީންތައް ޤަބޫލުކުރާ ގޮތުގައި މާތްﷲ އިންސާނާ ހެއްދެވީ ނެތުމުގެ ތެރެއިންނެވެ. މި އިންސާނާގެ ނަމަކީ އާދަމެވެ. އޭނާއަކީ ޑާރވިންބުނާ ފަދައިން މަކުނުން ތަރައްޤީވި މަޚްލޫޤެއްނޫނެވެ. ތައުރާތު ވެސް ބުނާގޮތުގައި އިންސާނުންގެ ބައްޕައަކީ އާދަމުގެފާނެވެ. މާތްﷲ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ. އެކަލޭގެފާނުގެ ބައިވެރިޔާ ޙައްވާގެފާނު ހެއްދެވީ އާދަމުގެފާނުގެ މޭކަށިފުޅުތަކުގެ ތެރެއިން ކަށިކޮޅަކުންނެވެ. ތައުރާތުގެ ސިފްރުއް ތަކްވީނު ފޮތުގައި، އާދަމުގެފާނު " ޚަލްޤު " ކުރެއްވިކަމަށް އެތައް ފަހަރަކު ތަކުރާރުކޮށް އައިސްފައިވެ އެވެ. އިންޖީލުގައި ހަމަ މި މޭރުމުން އާދަމުގެފާނު ހެއްދެވި ވާހަކަ ( ބަހަށް ބަލައި އިރު އެއްޗަކުން އެއްޗެއް ތަރައްޤީ ވުމާ އެއްޗެއް ހެދުން ވަރަށް ތަފާތު ) އައިސްފައިވެއެވެ. ކެތަލިކް ފައްޅީގައި މިކަމާ ބެހޭ ވަރަށް ތަފްޞީލީ ނަޒަރިއްޔާ އެއް ގެންގުޅޭކަން ފާހަގަކުރެވެ އެވެ. ކީރިތި ޤުރްއާނުގެ އެތައްއެތައް އާޔަތްތަކެއްގައި އާދަމުގެފާނު ހެއްދެވިގޮތުގެ ވާހަކަ، އަދި އެ އަށްފަހު އިންސާނީ ނަސްލު ދެމިގެންދާ ގޮތުގެ ވާހަކަތައް އައިސްފައި އެބަހުއްޓެވެ. މި ވާހަކަތައް ލިޔުމަށް މި މަޤާމު ތަނެއް ނުދެ އެވެ. މި ޒަމާނުގެ ސައެންސް ބުނާގޮތުގައި ރާމާމަކުނަކުން އިންސާނާ ތަރައްޤީވުމަކީ މުސްތަޙީލުކަމެކެވެ. އެއީ ކްރޮމޯޒޯމްގެ ޢަދަދުގެ ގޮތުން މަކުނާ އިންސާނާ ތަފާތުވާތީ އެވެ. އެމެރިކާގެ ކެންޓް ސްޓޭޓް ޔުނިވަރސިޓީ އާއި ކެލިފޯނިއާ ޔުނިވަރސިޓީގެ ސައެންޓިސްޓުންގެ ޓީމްގެ ދިރާސަތައް 15 އަހަރަށް ދެމިގެންގޮސްފައިވެ އެވެ. މި ޓީމުން ހާމަކުރިގޮތުގައި، މީގެ 4.4 މިލިއަން އަހަރުކުރީގެ އިންސާނެއްގެ ހަށިގަނޑުގެ އޮނިގަނޑު އިތިއޯޕިއާ އިން ވަނީ ފެނިފަ އެވެ. މި އިންސާނާ އަށް ދެވިފައިވާ ނަމަކީ " އަރްދީ " އެވެ. މިއީ މިހާތަނަށް ފެނިފައިވާ އިންސާނެއްގެ އެންމެ ގަދީމީ އޮނިގަނޑެވެ. މި ޓީމްގެ ބޭފުޅުން ވިދާޅުވާގޮތުގައި މިއިން އެނގެނީ އިންސާނާ، ޗިމްޕެންޒީ މަކުނާ ވައްތަރުގެ ޙައިވާނަކުން ތަރައްޤީ ވެފައިނުވާ ކަމެވެ. މި ޓީމު ބުނާ ގޮތުގައި، މި ފެނުނު އަރްދީ އިންސާނާ ކަށަވަރުކޮށްދޭ ޙަޤީޤަތަކީ، އިންސާނާއަކީ ޗިމްޕެންޒީ މަކުނުން ތަރައްޤީވި އެއްޗެއް ނޫންކަމެވެ. ސައެންސް މަޖައްލާގައި ޝާއިޢުކުރެއްވި މި ދިރާސާ ބުނާގޮތުގައި އަރްދީ އަކީ އިންސާނާގެ ނަސްލުގައި ހިމެނޭ ދަރިފަސްކޮޅުތަކުން ދަރިފަސްކޮޅެކެވެ. މި ދަރިކޮޅުން އައިސްފައިވާ އެއްވެސް މީހަކީ މަކުނު ޢާއިލާ އާ ގުޅުންހުރި މީހެއްނޫނެވެ. އަރްދީ އަކީ މިހާތަނަށް ހޯދިފައިވާ އެންމެ ޤަދީމީ އިންސާނީ ނަސްލެވެ. މީގެ ކުރިން ހޯދިފައިވާ ލޫސީ ދަރިކޮޅަށް ވުރެ އަރްދީ ދަރިކޮޅު އެއްމިލިއަން އަހަރު ދޮށްޓެވެ. މި ދިރާސާ ބުނާ ގޮތުގައި އަރްދީ އިންސާނާއަކީ ރީއްޗަށް ކޮޅަށްހުރި އިންސާނެކެވެ. މި އިންސާނާގެ އިސްކޮޅު މިހާރުގެ އިންސާނުންގެ އިސްކޮޅާ ދާދި އެއްވަރެވެ. މި ދިރާސާ ބުނާ ގޮތުގައި މި އިންސާނާގެ ޢިލްމީ ނަމަކީ Ardipithecus ramidus އެވެ. އޭނާ އުޅުނީ ޙަބްޝްކަރާ ގަ އެވެ. ކެންޓް ޔުނިވަރސިޓީގެ އެދުރެއްކަމުގައިވާ ސީ އޮވެން ލޯގްވީ ވިދާޅުވާގޮތުގައި އިންސާނާ ތަރައްޤީވެފައިވަނީ މަކުނުން ކަމަށް ހީކުރި ހީކުރުމަކީ ބޮޑުދޮގެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެބޭފުޅުންގެ ދިރާާސާތަކުން ކަށަވަރުކުރެވޭގޮތުގައި ޗިމްޕެންޒީން ނުވަތަ ގޮރިއްލާ އިން އިންސާނަކު ތަރައްްޤީ އެއް ނުވެވޭނެ އެވެ. މި ޓީމްގެ ބޭފުޅުން ސިފަކުރެއްވިގޮތުގައި އެބޭފުޅުންނަށް ފެނިވަޑައިގެންނެވި އަރްދީ ނަސްލުގެ އިންސާނާއަކީ އަންހެނެކެވެ. އޭނަގެ އިސްކޮޅަކީ 120 ސެންޓިމީޓަރެވެ. ނުވަތަ 4 ފޫޓެވެ. ބަރުދަނަކީ 50 ކިލޯގްރާމެވެ. ނުވަތަ 110 ރާތަލެވެ. އޭނާގެ ބޮލުގެ ބައްޓަން މަކުނުގެ ބޮލާ ވައްތަރެވެ. އޭނާގެ ދެފައިގެ އިނގިލިތައް ހުރީ ވަރަށް ފަސޭހައިން ގަހަށް އެރޭގޮތަށެވެ. އެކަމަކު އަތާއި ޅިނދުކަށިގަނޑުހުރިގޮތުން އޭނާއަކީ އާދައިގެ އިންސާނެއް ގޮތަށް، ކޮޅަށް ހުރެގެން ރީއްޗަށް ހިގާއުޅުނު މީހެއްކަން އެނގެ އެވެ. މި ޓީމްގައި ހިމެނިވަޑައިގަންނަވާ، ކެލިފޯރނިއާ ޔުނިވަރސިޓީގެ އެދުރު ޓިމް ވައިޓް ވިދާޅުވިގޮތުގައި، މީހުން ހީކުރާގޮތުގައި ޗިމްޕެންޒީ މާ ބޮޑަކަށް ތަރައްޤީއެއްނުވި އެވެ. އިންސާނާ އާ މަކުނުގެ ގުޅިފައިވާ ކާފައަކީ ޗިމްޕެންޒީ އަކާ ވައްތަރު ޙައިވާނެކެވެ. ބަދަލުވެ ތަރައްޤީވީ އިންސާނާ އެވެ. މި ޓީމްގެ ބޭފުޅުން ވިދާޅުވަގޮތުގައި އެބޭފުޅުންނަށް ފެނިވަޑައިގެން އަރްދީ އިންސާނާގެ ކަށިތައް ދިރާސާކުރުމުން އެނގިވަޑައިގަތީ ޗިމްޕެންޒީގައި ހުންނަ ކަހަލަ ތޫނު ނާބަދަތްތަކެއް މި އިންސާނާ އަށް ލިބިގެން ނުވާކަމެވެ. ހުޅަނގުގެ މީހުން މިހާރު މިވަނީ ޑާރވިން ތިޔަރީ ނުބައިކަން ސާބިތުކޮށްދީފަ އެވެ. އަޅުގަނޑުމެން މުސްލިމުން މި ތިޔަރީ ޤަބޫލުކޮށްގެންނުވާނެ އެވެ. އެއީ ކީރިތިޤުރްއާނާއި މާތްސުންނަތާ އަރާރުންވާތީ އެވެ. އެއީ މާތްﷲ އަށް އީމާންވާމީހުންގެ ޢަޤީދާ ހަލާކުކޮށްލުމަށް ރާވައިފާ ވާ ރޭވުންތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެވެ. އަދި ނަސްލީ އިމްތިޔާޒުގެ އުޞޫލުތައް ވެސް ހިމެނޭ ތިޔަރީއަކަށް ވާތީ އެވެ. ޑަރވިން ގެ ނަޒަރިއްޔާ އަށް ބަލައިގެން ހުޅަނގުގެމީހުން ދަޢުވާކުރާގޮތުގައި އެންމެ މޮޅު ނަސްލަކީ އެމީހުންގެ ދަރިކޮޅުކަމުގައި ބުނާ އާރީ ދަރިކޮޅެވެ. ތަފާތު ޤައުމުތައް އިސްތިޢުމާރުކޮށް އެޤައުމުތަކުގެމީހުން އަޅުންނަށް ހަދައި، ކަޅުމީހުންނަށް ވުރެ ދޮންމީހުން މޮޅުބަޔަކަށް ހެދީ ޑާރވިންގެ މި ތިޔަރީ އެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ ކިޔުންތެރިއެއް, 2010-06-09 05:31:38
ވަރަށް އިލްމީ މުހިންމު މަޢުލޫމާތު ތަކެއް ލިބެނިވި ލިޔުމެއް މިލިޔުމަކީ. އަޅުގަނޑު އުންމީދު ކުރަން މިފަދަ ލިޔުން ތަށް ވީހާވެސް ގިނައިން ކިޔަން ލިބޭނެކަމަށް ... ޝުކުރިއްޔާ މި ލިޔުން ލިޔުއްވި ލިޔުންތެރިޔާއަށް.
...
ލިޔުނީ ޙިލްމީ, 2010-06-09 08:04:54
އިބްރާހީމް ރަ××ޝީދު މޫސާއަށް ވަރަށްއިހްތިރާމް ކުރާޙާލުގައި ދަންނަވަމެވެ. އަޅުގަނޑަކީ 1980ގެ އަހަރުތަކުން ފެށިގެންވެސް އިބްރާހީމް ރަޝީދު މޫސާގެ ހުރިހާލިޔުމެންހެން ޝައުގުވެރިކަމާއިއެކު ކިޔަމުން ގެންދާ މީހަކީމެވެ. ހަމައެހެންމެ އެހައި އިހްތިރާމްވެސްކުރަމުއެވެ. މިއަދުއަޅުގަނޑުބޭނުންވަނީސު
...
ލިޔުނީ ކީމީހެއް, 2010-06-09 14:29:43
ގިނަ ލިޔުން ތަކުން އެނގޭގޮތުގައި ޑާވިން އަކީ ޢީސާއީއެކެވެ. ނުވަތަ އެއްވެސް ދީނެއް ގަބޫލު ނުކުރާމީހެކެވެ.
...
ލިޔުނީ ދިވެހި ލޭނާރޫ, 2010-09-08 06:56:31
ޑާވިން އަކީ ދީނެގަބޫލް ނުކުޜޜމީހެކެވެ. މިލިޔުމުގައި އިވޮލިއުށަން އޭކިޔައިގެން ވަރަށްބޮޑު އޮޅުވާލުން ތަކާއި ދޮގު މައުލޫމާތް އެބަހުޓެވެ.
ޑާވިންގެ ވީކީ ޕޭޖްކީމީހަކަށް ވެސް މިކަން އިނގޭނެއެވެ. ރާއްޖޭގައި އަދިވެސް މި ކިޔަވަދެއެވެ. އަދި މިކިޔަވިދިނުން ހުޓައިފިޔާ އޯލެވެލް އިމްތިހާނުގަ މިބައިން ކުދިންނަށް މާކްސް ނުލިބޭނެއެވެ. މީހުން ދައްކާހާވާހަކެއް ނޫނީ ތަނެއްގަ ލިޔެފަ އޮތް ލިޔުމެއޮ ރަނގަޅެއްނުވެ ހިނގައިދާނެއެވެ. އަމިލްލަޔަށް ދިރާސާ ކުރާއްވާށެވެ. http://en.wikipedia.org/wiki/Charles_Darwin
...
ލިޔުނީ divehiseh mives«, 2010-09-08 07:50:21
"މި ޒަމާނުގެ ސައެންސް ބުނާގޮތުގައި ރާމާމަކުނަކުން އިންސާނާ ތަރައްޤީވުމަކީ މުސްތަޙީލުކަމެކެވެ. އެއީ ކްރޮމޯޒޯމްގެ ޢަދަދުގެ ގޮތުން މަކުނާ އިންސާނާ ތަފާތުވާތީ އެވެ"
އިންސާނާ ތަރައްޤީވުމަކީ މުސްތަޙީލުކަމާއި ކްރޮމޮޒޯމްގެ ޢަދަދުގެ ގޮތުން މަކުނާ އިންސާނާ ތަފާތު ވުމާއި ހުރީ ކޮންގުޅުމެެއް؟ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |
ލިޔުމުގެ ތެރެއިން އައިސްފައިވާ މިޖުމްލައާއި މަޢުޟޫއާއި ފުށުއެރުމެއް ނުވޭ ބާވައެވެ.
ހަމަ ގައިމުވެސް އިންސާނަކާއި މަކުނާ އެއްވެސް ހިސާބަކުން ގުޅިފައި ނުވޭ. އެއީ މުޅިން ތަފާތު ދެ މަޚުލޫޤެއް.