ފަންވަތް ސައިންސްޓެކް ސައިންސް ހަރުފަ މަސް
ބެލި ޢަދަދު: 1868
ހަރުފަ މަސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - ސައިންސް
12 ޑިސެމްބަރ 2008، 19:35 ހުކުރު
ޝާކިރު

ހުރިހާ ވައްތަރެއްގެ ހަރުފައިގެ މަހަކީ ވެސް ބައެއްމީހުން ކައި އުޅޭ އެއްޗެކެވެ. އެއީ، ވިހަހަރުފައެއް ކަމުގައި ވިއަސް ނުވަތަ ވިހަނޫން ވައްތަރެއްގެ ހަރުފައެއް ކަމުގައި ވިއަސް މަސްކައި އުޅެއެވެ. އެހަރުފައަކީ ކަނޑުގައި ނުވަތަ ފެންފެންގަނޑާއި ކޯރުގައި ނުވަތަ އެއްގަމުގައި އުޅޭ ހަރުފައެއްކަމަށް ވިއަސް ވެހެވެ.

ހަރުފައަކީ ޝިކާރަކޮށް އުޅުމާއި ކަތިލުމުގައި ނުރައްކައުތެރި ސޫތްޕެކެވެ. ހަރުފަ ޝިކާރަކޮށް ކަތިލުމުގައި ފަރުވާންތެރިވާން ޖެހޭ ސަބަބަކީ އެ ސޫފި ދަތްއަޅައިފިނަމަ، އެސޫފި ޝިކާރަވުމުގެ ބަދަލުގައި އެސޫފީގެ ޝިކާރައަކަށް ތިމާވެދާނެތީއެވެ.

ހަރުފަ ޝިކާރަކުރަން އެންމެ ރަނގަޅު ވަގުތަކީ ހެދުނުގެ ކުރީކޮޅާއި ހަވީރުގެ ފަހުބައެވެ. ސަބަބަކަށް މެދުވެރިވަނީ ފިނިހޫނުމިން ދަށަށް ދިއުމުން ހަރުފަ ހަރަކާތްތެރިވުން ލަސްވާތީއެވެ. ހަރުފަ ޝިކާރަކުރުމަށް ހަރުފައިގެ ބޮލުގައި ދަނޑިއެއްފަދަ އެއްޗަކުން އަޅައި އޮބާ ހިފަހައްޓާށެވެ. އެ ސޫފިކުރިއަށް ދިއުން މިގޮތުން ހިފެހެއްޓުމަށްފަހު ދެން އެސޮރުގެ ބޮލުގައި ހިފާ ކަނދުރާއިން ބޯ ބުރިކޮށް ވަކިކޮށްލާނީއެވެ. މިކަން ކުރުމުގައި ފަރުވާތެރިވާން ޖެހޭނެއެވެ.

ހަރުފައިގެ ބޯ އެ ސޫފީގެ ހަށިގަނޑާއި ވަކިކޮށްލާފަހުންވެސް ދަތްއަޅައި ހަށިގަނޑުގެ ތެރެއަށް ވިހަ ފޮނުވާލާފާނެއެވެ. ހަރުފައަށް މިކަންކުރެވެނީ، ބައެއްފަހަރު ކުކުޅުހާވެސް ކަތިލުމަށް ފަހު ދޫކޮށްލުމުން ތަންގަނޑަކަށް ހިނގާފައި ދާބީދައިން އޭގެ ރިފްލެކްޝަން އެކްޝަންގެ ތެރެއިން ނެވެ. ހޯނުގެ ނަގޫވެސް ބުރިކޮށްލުމުން އެތައް އިރެއްވަންދެން، އެނަގޫ ހޯނުގައި ހަރުލާހުންނައިރު އެއްފަރާތުން އަނެއްފަރާތައް ހަރަކާތްކުރާފަދައިން ހަރަކާތްކުރެއެވެ.

ހަރުފައިގައި ހިފާނީ ބާރަށެވެ. ހަރުފައިގައި ހިފުމަށް  އެސޫފީގެ ފުރަގަހުން ފުއްކަނދުރާއާ ދިމާމަތިން ޝަހާދަތް އިނގިލި އެސޫފީގެ ބޮލުގެފުއްކިބައިގައި އަޅާ ބާރަށް އޮބާލާށެވެ. އެއީ، އެ ސޫފީގެ ބޯ ފަރާތްފަރާތަށް ޙަރަކާތް ނުކުރެވޭގޮތް ހަދުމަށެވެ. އެއަށްފަހު އެސޫފީގެ ފީކަރުގައި ބާރަށް ހިފާނީއެވެ. ކަރުގައި ހިފާނީ އެސޫފީގެ ދަތްދޮޅީގެ ދަށުން އަތުގެ ބޮޑުވާއިނގިލި އަޅުވައި، މެދުއިނގިލިން، ބޮޑުވާއިނގިލިން ހިފިފަރާތްނޫން އަނެއްފަރާތުން ސޫފީގެ ދޮޅިދަށުން ކަރުގައި ހިފޭގޮތަށެވެ. މިގޮތަށް ހަރުފައިގެ ކަރުގައި ރަނގަޅަށް ބާރަށް ހިފުމަށްފަހު އަވަހަށް ތޫނު އެއްޗަކުން އެސޮރުގެ ބޯބުރިކޮށް ހަށިގަނޑާ ވަކިކޮށްލާނީއެވެ.
ހަރުފައިގެ ބޯ ބުރިކޮށް ވަކިކޮށްލުމަށްފަހު އެސޫފީގެ ބަނޑުފަޅާލާށެވެ. އަދި އެތެރޭގައި ވާތަކެތި ނެރެ އުކާލާ ސާފުކޮށްލާށެވެ. އެއަށްފަހު ވެނަކުންވެސް ހަންދަމާނޭފަދައިން ހަންދަމާލާށެވެ. މިހާރު އޮންނާނީ ރީތި މަސްގަނޑެކެވެ. ބުރިބުރިކޮށްލައިގެން ރޯ ފިލުވައިގެން ފަރިއްކުޅުވާށެވެ. އެއަކު މިހާރު އެއްވެސް ވިހަވުމެއް ނުހުންނާނެއެވެ. ހަރުފައިގެ މަހަކީ އަގުބޮޑު ކެއުމަށް މީރު މަހެކެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ސްލީޕިންގ ބިއުޓީ, 2009-08-08 02:50:05
މިމަޒުމޫނު ލިޔުއްވިބޭފުޅާ ހަރުފަމަސް ފަރީއްކުޅުވިކަމަށް ވަރަށްބޮޑަށް ލަފާކުރެވެއެވެ. ހަރުފަމަސް ފަރީއްކުޅުއްވިންތޯއެވެ. ؟
...
ލިޔުނީ ސަމީޢު, 2009-08-08 02:51:56
ތަޖުރިބާކޮށްލެވޭނީވެސް ރާއްޖޭގައި އުޅޭ ނަމަތާއެވެ.
...
ލިޔުނީ އަޒިޔަދް, 2009-08-12 10:42:20
ހަރުފަ މަހުގެ ފައިދާ އާއި ކެއުމަށް ބޭނުން ކުރުމާމެދު ދެކޭ ގޮތް ހާމަ ކޮށްލި ނަމަ އިތުރަށް ފުރިހަމަ ވާނެކަމަށް ފެނޭ. ދީނީ އަދި މިފަދަ ތަކެތީގެ މަސް ކެއުމުގައި ބޭނުން ކުރާއިރު ދީނީ ގޮތުން ބަލާލުން ވެސް ވަރަށް މުހިއްމު ކަމުގައި ދެކެން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1868
extra avandia and congestive heart failure