މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހަރުފަ މަސް |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |||
| 12 ޑިސެމްބަރ 2008، 19:35 ހުކުރު | |||
|
ޝާކިރު ![]() ހުރިހާ ވައްތަރެއްގެ ހަރުފައިގެ މަހަކީ ވެސް ބައެއްމީހުން ކައި އުޅޭ އެއްޗެކެވެ. އެއީ، ވިހަހަރުފައެއް ކަމުގައި ވިއަސް ނުވަތަ ވިހަނޫން ވައްތަރެއްގެ ހަރުފައެއް ކަމުގައި ވިއަސް މަސްކައި އުޅެއެވެ. އެހަރުފައަކީ ކަނޑުގައި ނުވަތަ ފެންފެންގަނޑާއި ކޯރުގައި ނުވަތަ އެއްގަމުގައި އުޅޭ ހަރުފައެއްކަމަށް ވިއަސް ވެހެވެ. ހަރުފައަކީ ޝިކާރަކޮށް އުޅުމާއި ކަތިލުމުގައި ނުރައްކައުތެރި ސޫތްޕެކެވެ. ހަރުފަ ޝިކާރަކޮށް ކަތިލުމުގައި ފަރުވާންތެރިވާން ޖެހޭ ސަބަބަކީ އެ ސޫފި ދަތްއަޅައިފިނަމަ، އެސޫފި ޝިކާރަވުމުގެ ބަދަލުގައި އެސޫފީގެ ޝިކާރައަކަށް ތިމާވެދާނެތީއެވެ. ހަރުފަ ޝިކާރަކުރަން އެންމެ ރަނގަޅު ވަގުތަކީ ހެދުނުގެ ކުރީކޮޅާއި ހަވީރުގެ ފަހުބައެވެ. ސަބަބަކަށް މެދުވެރިވަނީ ފިނިހޫނުމިން ދަށަށް ދިއުމުން ހަރުފަ ހަރަކާތްތެރިވުން ލަސްވާތީއެވެ. ހަރުފަ ޝިކާރަކުރުމަށް ހަރުފައިގެ ބޮލުގައި ދަނޑިއެއްފަދަ އެއްޗަކުން އަޅައި އޮބާ ހިފަހައްޓާށެވެ. އެ ސޫފިކުރިއަށް ދިއުން މިގޮތުން ހިފެހެއްޓުމަށްފަހު ދެން އެސޮރުގެ ބޮލުގައި ހިފާ ކަނދުރާއިން ބޯ ބުރިކޮށް ވަކިކޮށްލާނީއެވެ. މިކަން ކުރުމުގައި ފަރުވާތެރިވާން ޖެހޭނެއެވެ. ހަރުފައިގެ ބޯ އެ ސޫފީގެ ހަށިގަނޑާއި ވަކިކޮށްލާފަހުންވެސް ދަތްއަޅައި ހަށިގަނޑުގެ ތެރެއަށް ވިހަ ފޮނުވާލާފާނެއެވެ. ހަރުފައަށް މިކަންކުރެވެނީ، ބައެއްފަހަރު ކުކުޅުހާވެސް ކަތިލުމަށް ފަހު ދޫކޮށްލުމުން ތަންގަނޑަކަށް ހިނގާފައި ދާބީދައިން އޭގެ ރިފްލެކްޝަން އެކްޝަންގެ ތެރެއިން ނެވެ. ހޯނުގެ ނަގޫވެސް ބުރިކޮށްލުމުން އެތައް އިރެއްވަންދެން، އެނަގޫ ހޯނުގައި ހަރުލާހުންނައިރު އެއްފަރާތުން އަނެއްފަރާތައް ހަރަކާތްކުރާފަދައިން ހަރަކާތްކުރެއެވެ. ހަރުފައިގައި ހިފާނީ ބާރަށެވެ. ހަރުފައިގައި ހިފުމަށް އެސޫފީގެ ފުރަގަހުން ފުއްކަނދުރާއާ ދިމާމަތިން ޝަހާދަތް އިނގިލި އެސޫފީގެ ބޮލުގެފުއްކިބައިގައި އަޅާ ބާރަށް އޮބާލާށެވެ. އެއީ، އެ ސޫފީގެ ބޯ ފަރާތްފަރާތަށް ޙަރަކާތް ނުކުރެވޭގޮތް ހަދުމަށެވެ. އެއަށްފަހު އެސޫފީގެ ފީކަރުގައި ބާރަށް ހިފާނީއެވެ. ކަރުގައި ހިފާނީ އެސޫފީގެ ދަތްދޮޅީގެ ދަށުން އަތުގެ ބޮޑުވާއިނގިލި އަޅުވައި، މެދުއިނގިލިން، ބޮޑުވާއިނގިލިން ހިފިފަރާތްނޫން އަނެއްފަރާތުން ސޫފީގެ ދޮޅިދަށުން ކަރުގައި ހިފޭގޮތަށެވެ. މިގޮތަށް ހަރުފައިގެ ކަރުގައި ރަނގަޅަށް ބާރަށް ހިފުމަށްފަހު އަވަހަށް ތޫނު އެއްޗަކުން އެސޮރުގެ ބޯބުރިކޮށް ހަށިގަނޑާ ވަކިކޮށްލާނީއެވެ. ހަރުފައިގެ ބޯ ބުރިކޮށް ވަކިކޮށްލުމަށްފަހު އެސޫފީގެ ބަނޑުފަޅާލާށެވެ. އަދި އެތެރޭގައި ވާތަކެތި ނެރެ އުކާލާ ސާފުކޮށްލާށެވެ. އެއަށްފަހު ވެނަކުންވެސް ހަންދަމާނޭފަދައިން ހަންދަމާލާށެވެ. މިހާރު އޮންނާނީ ރީތި މަސްގަނޑެކެވެ. ބުރިބުރިކޮށްލައިގެން ރޯ ފިލުވައިގެން ފަރިއްކުޅުވާށެވެ. އެއަކު މިހާރު އެއްވެސް ވިހަވުމެއް ނުހުންނާނެއެވެ. ހަރުފައިގެ މަހަކީ އަގުބޮޑު ކެއުމަށް މީރު މަހެކެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |