މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އިބިލީހުގެ ލިބާސްލެއްވުން (3) |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |
| 10 އޮގަސްޓް 2011، 00:00 ބުދަ | |
|
އިސްމާޢީލް މުބާރަކު (21 ޖުލައިި 2011، (ބުރާސްފަތި) އާ ގުޅޭ) ސިއްރު ކުރެވިފައިވާ ޙަޤީޤަތް ފޮރުވުމަށްޓަކައި ޙަޤީޤީ މިނިވަންކަން މި ވަނީ ޢާއްމު ކުރެވިފައެވެ. ޙަޤީޤީ މިނިވަންކަމަކީ އެހެން މީހަކާ ނުބެހި ތިމާ ހިތް އެދޭ ހުރިހާ ކަމެއް ކުރުމުގެ އިޚްތިޔާރު ލިބިފައި އޮތުންކަމުގައި ވަނީ ބެލެންފަށައިފައެވެ. އެބޯޝަން (ނުވަތަ ރަޙިމުގައިވާ، އުފެދެމުން އަންނަ ކުއްޖާ ޤަތުލު ކޮށް ވައްޓައިލުން) ވަނީ މުޅި ދުނިޔޭގައި ޢާއްމުވެފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ޢިލްމުވެރިން އެ ވިދާޅުވާ ޖުމްހޫރު ނުވަތަ ގިނަ ޢިލްމުވެރިން އެއްބަސްވާ ގޮތާ ﷲ ނިޔާ ކަނޑައަޅުއްވައިފައިވާ ގޮތާ ޚިލާފު ވީ ނަމަވެސް މިއަދު ގަދަވަނީ އަޅުގަނޑުމެންގެ ބަހެވެ. ޖުމްހޫރުން އެއްބަސްވާ ގޮތުން ބައެއް ޙާލަތްތަކުގައި ބަނޑުގައި އޮންނަ ދަރި ޤަތުލުކުރެވޭނެ އެވެ. މިކަމަށް ޢިލްމުވެރިން ތަފްޞީލް ގެންނަވަނީ ޙަދީސް ޢިލްމާއި ފިޤްހު ޢިލްމުންނެވެ. ބައެއް ޙަދީސް ޢިލްމުވެރިން ވިދާޅުވަނީ ފުރާނަ އަޅުއްވަނީ ސާޅީސް ދުވަސް ފަހުންކަމަށެވެ. އަނެއްބައި ޢިލްމުވެރިން، 4 މަސް ފަހުން ކަމަށެވެ. މިހެންވެ ފުރާނަ އެޅުވުމުގެ ކުރިން ވަކި ޙާލަތެއްގައި އެ ބޯޝަން ހެދޭނެ ކަމަށެވެ. އެހެނަސް އަޅުގަނޑުމެން ހަނދާން ކުރަން ޖެހެނީ އެ ބަނޑުގައިވާ ދަރި ވައްޓައިލުމުގައި އަޅުގަނޑުމެން ކުޅެނީ ފުރާނަޔާ ނޫންކަމެވެ. އަޅުގަނޑުމެންނަށް މި ކުޅެވެނީ މަސް ގަނޑާ އެވެ. އަޅުގަނޑުމެން ބޭނުން ވިޔަސް ފުރާނަޔަކާ ނުކުޅެވޭނެ އެވެ. ދަރި ވައްޓައިލުމަށް ފަހު ވެސް ފުރާނަ ދިރިހުރެއެވެ. ވީމާ މިއީ ފުރާނަ އެޅުވޭތޯ ނުއެޅުވޭތޯ ބަލަންޖެހޭ ކަމެއް ނޫނެވެ. އެހެނަސް މިހިރަމިހިރަ ފެންނަނީ އަޅުގަނޑުމެންގެ ކަރަށް ފެތެމުންދާ އިބިލީހުގެ ލިބާހެވެ. ދަރިން މެރުމާ ބެހޭގޮތުން ކީރތި ޤުރްއާނުގައި އަންގަވައިފައިވާ ބަސްފުޅަށް ވުރެ އެހެން ބަސްތައް މިވަނީ މާ ޒީނަތްތެރިވެފައެވެ. އަންޢާމް ސޫރަތުގެ 140 ވަނަ އާޔަތް ބައްލަވާށެވެ! "قَدْ خَسِرَ الَّذِينَ قَتَلُوا أَوْلَادَهُمْ سَفَهًا بِغَيْرِ عِلْمٍ وَحَرَّمُوا مَا رَزَقَهُمُ اللَّهُ افْتِرَاءً عَلَى اللَّهِ ۚ قَدْ ضَلُّوا وَمَا كَانُوا مُهْتَدِينَ " އެއްވެސް علم އަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރިން قتل ކޮށް، އެއުރެންނަށް اللَّه ދެއްވި ތަކެތި، اللَّه އަށް ދޮގުހެދުމުގެ ގޮތުން، حرام ކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އެއުރެން މަގުފުރެދިއްޖެކަން يقين އެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުވެއެވެ. ޒަމާނީ ޤާނޫނުތަކާއި ވިޔަފާރިއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ޝައިޠާނުން ފަތުރަމުން މިދާ (ވަންވޯލްޑް ގަވަރންމަންޓް ނުވަތަ ނިއު ވޯލް އޯޑަރ) އޭ މިކިޔާ ޝައިޠާނީ ރޭވުމުގެ މަޅީގައި ޖެހި ވަނީ ބަނދެވިފައެވެ. ޢިއްޒަތުއް ނަފްސައް ޓަކައި ބޭރު ފުށް ޒީނަތްތެރިވެގެންވާ ދިރިއުޅުމެއް ހޯދުން އެހެން ހުރިހާ ކަމަކަށް ވުރެ މުހިއްމު ކަމަކަށް މިއަދު ވަނީ ވެފައެވެ. މިކަމުގެ ސަބަބުން އިންސާނާ ހާސްކަމެއްގެ ތެރެއަށް ވެއްޓި އެ ހާސްކަން ފިލުވަން ޝައިޠާނާ ވަނީ ފަސޭހަ މަގުތަކެއް ފަހިކޮށްދީފައެވެ. ގޭމްބްލިންގ (ޖުވާ) ކުޅުމާއި ބަނގުރާ ބުއިމާއި މީހުން އަތުން ފަހުން ދޭގޮތަށް ފައިސާ ނެގުމާއި ލޯނު ނެގުމާއި ފައިސާއަށް ޓަކައި އިންސާނާގެ ކަރާމާތް ކޮންމެ އަގެއްގައި ނަމަވެސް ވިއްކައިލަން މަޖްބޫރުވެ ހުރިހާ ކަމެއްގައި އިންސާނާ މިވަނީ ތަޅުއެޅި ތާށިވެފައެވެ. މިގޮތަށް ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ތެރޭގައި ޝައިޠާނުން ހާލި ހަދައިގެން ތިބެ އިންސާނުން ލައްވައި އިންސާނުންގެ ވިސްނުން ބަދަލުކުރުވަމުން ޤައުމުތަކުގެ ޢިޤްތިޞާދާއި، އިސްތިޤްލާލާއި، އަމިއްލަވަންތަކަމާއި ކުޅެމުންދާ ކަމުގެ ހެކި މިއަދު ޢަރަބި ދުނިޔޭގައި ޔަމަނާއި، ސޫރިޔާ، ލީބިޔާ އަދި މިސްރު، ފަދަ ޤައުމުތަކަށް އަންނަމުންދާ ބަދަލުތަކުން އެކަނި ވެސް ވިސްނަވާ ބޭފުޅަކަށް އެނގިވަޑައިގަންނަވާނެއެވެ. ޙަޤީޤީ ޝައިޠާނާ ނުވަތަ އިބިލީހަކީ ބިމަށް ދިރޭ ރަހަގަނޑެއް ވެއްޓުމުން ވަދެގެން ދާހެން ދިރި ހުރި އިންސާނެއްގެ އެތެރެ ހައްޓަށް ވަދެގެންދެވޭ، ލޮލަށް ނުފެންނަ މީހެކެވެ. ސައިންޓިސްޓުން މިގޮތަށް ގޮތް ނޭނގޭ ބާރުތައް އައިސް ހަށިގަނޑުގެ ތެރެއަށްވަދެ ލެޔާ ގުޅުމަށް ކިޔަނީ "ކުއަންޓަމް އެންޓޭންގްލްމަންޓް" އެވެ. ސައިންސްގެ ގޮތުން މާއްދާ އުފެދިފާވާ ޢަރަގު ކަމުގައި ވާ ނިޓްރޯން، ޕްރޮޓޯން، އިލެކްޓްރޯންސް އެޓޮމްސްތަކުގެ ތެރެއަށް މިކަލޭގެ ވަދެ އަތްގަދަކުރުމުން އޭނާގެ ބާރުތަކާއި އިންސާނާގެ ހަށިގަނޑުގެ އެޓޮމްސްތައް އޮޅުން ސުވާއްޔެއްހެން އޮޅި ލައިމެހޭތީ މި ކަމަށް ކުއަންޓަމް އެންޓޭންގްލްމަންޓް މިނަން ސައިންސްވެރިން ދީފައިވެއެވެ. އޭލިއަންގެ ނަމުގައި އިންސާނުން ލައްވައި ފިލްމުތައް ހަދައިގެން ޝައިޠާނުން އަޅުގަނޑުމެންނަށް އަންގައިދޭން އުޅޭ މެސެޖް ވަރަށް ސާފެވެ. އެހެނަސް ކޯޑްތައް ޑީ ކޯޑް ވަމުންދާނީ ވިސްނާމީހުންނަށެވެ. "އަހަރުމެން ޖިންނި ޝައިޠާނުން އެމެރިކާގެ ތެރޭގައި، އެމެރިކާގެ އެންމެ އިސްވެރިންނާ ގުޅިގެން މިހާރު މި ދަނީ އަހަރުމެންގެ ޤާނޫނުތައް ދުނިޔެއަށް ތަންފީޒުކުރަމުންނެވެ. ހަނގުރާމައިގެ މައިދާންތަކުގައްޔާއި އެހެނިހެން ތަންތަނުގައި އިންސާނުންނާ ދެކޮޅަށް ޖަރީމާ ހިންގާ ތަންތަނުގައްޔާއި އެ މީހުންނާއެކު އިންސާނުންގެ ސިފައިގައި އަހަރުމެން އެބަ ޙަރަކާތްތެރިވަމުވެ. ކަލޭމެން އަދިވެސް ތިޔަ ތިބީ ކަލޭމެންގެ ކާބަފައިން ތިބި ގޮތަށް ﷲ ގެ އިންޒާރަށް ޣާފިލްވެފައެވެ." މިއެވެ. އެމެރިކާގެ އެތެރޭގައި އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ބައިވަރު ޙާދިސާތަކާއި ގޮތް ނޭނގޭ އެތައް ކަމެއް ހިނގާ ތަނެކެވެ. މީގެ ކުރީ ލިޔުމުގައި އަޅުގަނޑު ދެންނެވި ލިޔުންތެރިޔާ (ފެނެމެނޯން ކޮންސްޕިރޭސީ) ލިޔުއްވި ޖިރާޑް، އެމެރިކާގެ އެކި ހިސާބުތަކުގައި މޮޔަވެފައި ރަނގަޅުވެފައި ތިބި މީހުންނާއި މިހާރު ވެސް މޮޔަވަމުންދާ މީހުންނާ ބައްދަލު ކުރިއެވެ. މީގެ ތެރޭގައި 4 އަހަރާއި 5 އަހަރާ ދެމެދުގެ ކުޑަކުދިން ވެސް ހިމެނެއެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ޖިންނި ޝައިޠާނުންނާއި އިނދެގެން ކުދިންވެސް ލިބިފައި ވާކަމަށްވެއެވެ. އެމެރިކާގެ ބައެއް ހިސާބުތަކުގައި ކަރަންޓާއި ދަގަތްފާނުގެ ވަރުގަދަ ބާރުތަކުން އެއްވެސް މީހަކަށް ގާތް ނުވެވޭގޮތަށް ޙިމާޔަތް ކުރެވިފައިވާ ހިސާބުތައް ވެއެވެ. 50 އަހަރުވަންދެން ޖިންނި ޝައިޠާނުންނާއި މުޢާމަލާތް ކޮށްފައި ތިބި މީހުން އެމެރިކާގައި ތިބިކަން ކަށަވަރުވެއެވެ. މިއިން އެއްވެސް މީހެއްގެ ސިކުނޑީގައި އެއްވެސް މައްސަލައެއް ހުރިކަމަކަށް ޑޮކްޓަރުންނަށް ހޯދިފައެއް ނުވެއެވެ. ޖިރާޑް ލިޔުއްވައިފައިވެއެވެ. ކޯއްޗެއްކަން ނޭނގި ޖައްވުން އަންނަ އުދުހޭ އުޅަނދުތަކާއި ގުޅުން ހުރި ބައިވަރު މީހުން އެމެރިކާގައި އެބަ އުޅެއެވެ. އޭގެ ތެރޭގައި ސީ އައި އޭ ގައި މަސައްކަތް ކުރާ ބައެއް މީހުންނާއި ސީ އައި އޭން ވަކިވެފައި ތިބި ބައެއް މީހުން ހިމެނެއެވެ. އެފް ބީ އައި އާއި އެމެރިކާގެ އެހެނިހެން ސިއްރު އިދާރާތަކުގެ ބައެއް މީހުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. މިކަމުގެ ބައިވަރު ހެކިތައް ފެނިފައިވެއެވެ. މިކަން ތެދުކުރުމަށް ރިސާރޗް ހަދާ މީހަކަށް އިތުރަށް ބޭނުން ނުވާ ވަރަށް ހެކި އެބަހުއްޓެވެ. ޖިރާޑް ލިޔުއްވައިފައިވެއެވެ. ޖިންނި ޝައިޠާނުންނާއި 50 އަހަރުވަންދެން އެކިއެކި މުޢާމަލާތު ކުރި އަންހެނަކާ އަހަރެން ބައްދަލު ކުރީމެވެ. އެ އަންހެން މީހާ ކިޔައިދިނެވެ. "އެވެރިންގެ ގައިގައި އަހަރެމެންނާ ވަރަށް ތަފާތު ގޮތެއް ހުރެއެވެ. ލޮލުގެ ނޭފަތާ ދުރަށް ގޮސްފައި ވާ ބައި، ކަޅުވެފައި ފުޅާވެފައި ސިފަ ހުތުރެވެ. އިންސާނުންގެ ލޮލަށްވުރެ ލޯ ބޮޑެވެ. އެ އަންހެން މީހާ ކިޔައިދިނެވެ!! އެންމެ ފުރަތަމަ އެސިފަޔަށް ތިބި އާދަޔާ ޚިލާފް ބައެއް ފެނުމުން ހިތަށް ބިރުވެރި ކަމާއެކީ އުފެދުނު ސުވާލަކީ ތީ ކޮން ބައެއްހޭ؟ މިތަނުގައި ކޮން ކަމެއްހޭ ތިޔަކުރަނީ؟ މި ސުވާލު ބިރުވެރިކަމާއެކީ ހަމަ ހިތުތެރޭގައި އުފެދުނުތަނާހެން ވަގުތުން އޭގެ ޖަވާބު ވެސް ހިތަށް އަތުވެއްޖެއެވެ." އެއަންހެން މީހާ ކިޔައިދިން ގޮތުން އެމީހުންގެ އަނގަޔެއް ބޭރުފުށަށް ފެންނަން ހުއްޓަސް ވާހަކަ ދެއްކުމަކަށް އަނގައެއް ބޭނުމެއް ނުކުރެއެވެ. ކުރެވެނީ އިޙްސާސް އެކެވެ. އެ އިޙްސާސްވަނީ ހިތަށެވެ. ވިސްނައިވަޑައިގަންނަވާށެވެ! މިއީ ހޮޅިވާހަކަ ކަމަށް ނިންމޭކަށް ނެތެވެ. ކިރުދޭ މައިން، ބައެއް ފަހަރު ތުއްތު ދަރިފުޅު ގޭގައި ނިންދަވައިފައި އޮފީހަށް ގޮސް އުޅެނިކޮށް، ކަރު ހިއްކަން ފަށައެވެ. ލަގޮނޑިޔަށް ތަދުވާގޮތްވެއެވެ. ހިތް ނުތަނަވަސް ވާން ފަށައެވެ. މިވީ ކިހިނެއްތޯއެވެ؟ ކެތް ނުވެގެން ދަރިފުޅަށް ކަމެއްވީތޯ ގެއަށް ފޯނުން ގުޅައިލީމަ ގެންގުޅޭމީހާ އުޅެނީ ކުއްޖާ ހުއްޓައިނުލައިގެންނެވެ. ބަނޑުހައިވެގެން ރޮނީއެވެ. ކުއްޖާގެ އިހްސާސް މައިމީހާގެ ހަށިގަނޑާ ހިސާބަށް ފޯރި ކޮންމެސް މު ވާސަލާތީ ލައިނެއް މާތް ﷲ ވަނީ މި ކާއިނާތުގާ ލައްވަވައިފައެވެ. ކޮންމެއަކަސް ޖިރާޑް ލިޔުއްވާފައިވެއެވެ. އެ އަންހެން މީހާ ކިޔައިދިނެވެ. އެ ޖިންނީން ތިމަންނާޔަށް ބުންޏެވެ. "ބިރު ނުގަންނާށެވެ! އަހުރުމެންނަކީ އިންސާނުންނަށް ހެޔޮ އެދޭ ބަޔެކެވެ. އަހަރުމެން ބިމަށް ފައިބައި މި އުޅެނީ އިންސާނުންނަށް އެހީތެރިވުމަށެވެ. އަހަރުމެން ބިމުގެ ވަރަށް އަޑިޔަށް އިންސާނުންނަށް ނުދެވޭ ހިސާބަށް ތޮރުފައިގެން ވަންނަމެވެ. އެ ހިސާބުގައި އުފެދިފައިވާ ހޫނަށް ކެތްކުރުމަކީ އިންސާނުންނަށް ކުޅަދާނަ ކަމެއް ނޫނެވެ. އެކަމަކު އެ ހިސާބުގައި ޖވާހިރުގެ ބަގީޗާތައްވެއެވެ. އަހަރުމެން އެތަނަށް ގޮސް އޭގެން ބައިބައި ވަކި ކުރެވޭތޯ ބަލައި ވަކިކޮށްގެން ޖަވާހިރުގެ އެތެރެ އުފެދިފައިވާ ގޮތް ބެލީމެވެ. އަހަރުމެންނަށް އެ ކަފައިގެން ވަކިކުރަން އެނގިއްޖެ އެވެ. ބިމުގައި މަޢުދަންތަކާއެކު ވިރިކެކިގެން އަލިފާން ފަރުބަދަތަކުގެ ތެރޭން ވަރު އަރައިގެން ނުކުމެ ފެތުރި ގަންނަ ލާވާގެ ފަށަލަތައް އެ ހޫނު މިނުގައި ކެކިކެކި ހުރުމަށް ހަކަތަ އުފައްދާ މާއްދާ އަކީ ބިމުގެ މަދު ކަމުގައިވާ ކްރިސްޓަލް ކަން މިހާރު ސައިންޓިސްޓުންނަށް ވެސް ވަނީ ހޯދިފައެވެ. އަދިވެސް ޖިރާޑް ލޔުއްވައިފައިވެއެވެ. އަހަރުމެން އިންސާނުން އެމީހުން ދެނެގަންނަނީ ކިހިނެއްތޯ އަހަރެން އެ އަންހެން މީހާޔާ ސުވާލު ކުރީމެވެ. އޭނާ ކިޔައިދިނެވ އެ މީހުން ބުނާ ގޮތުން އެއްތަނުން އަނެއް ތަނަށް ގޮސް ޙަރަކާތްތެރިވުމުގައި ރާޅުބާނިތަކެއްހެން އިންސާނުންގެ ވަށައިގެން ދޯދި ތަކެއް ޙަރަކާތް ކުރެއެވެ. މި ދޯދިތައް ތަފާތު ކުލަކުލައިގަ ހުރެއެވެ. ޖިންނި ޝައިޠާނުންގެ ވަށައިގެން ލެވިފައިވާ މިފަދަ ދޯދިތައް ކުލަކުލަޔަށް ބަދަލުނުވެ ވަށައިގެން ލެވިފައިވާ ރާޅުބާނިތަކުގެ ސައިޒް ކުދިވެފައި ދުރަށް ފެތުރިފައިވެއެވެ. ސިފަ ބަދަލު ކުރުމަކުން މި ދޯދިތަކުގައި ހުންނަ ނޫކުލަޔާއި އެ ރާޅުބާނިތައް އަހަރުމެންނަކަށް ބަދަލެއް ނުކުރެވެއެވެ. އިންސާނުންގެ ބައެއް މީހުންގެ ގައިން ވެސް މި ހާރު އަހަރެމެންނަށް މި ބުނާ ދޯދިތައް ބަދަލު ނުވެ ހުއްޓައި އެބަ ފެބެއެވެ. މިހެން މިކަން ވާން ފެށީ އިންސާނުންގެ ބަނޑުން ޖިންނި ޝައިޠާނުންގެ ދަރިން އުފަންވަމުން ދާތީ ކަމަށް ބެލެވެއެވެ. އަހަރުމެން ޖިންނިންނަކީ އަސަރުކުރުން ލައްވައިފައިވާ ބަޔެއް ނޫނެވެ. އެހެންވެ އަހަރުމެން، އަސަރުކުރުމުގެ ރަހަ އިންސާނުންގެ ކިބައިން ސެކަންޑް ހޭންޑްކޮށް ލިބިގަންނަމެވެ. އިންސާނުން ލައްވައި ނުބައި ޢަމަލު ކުރުވައިފައި އޭގެ އަރާމު އަހަރުމެން ލިބިގަންނަމެވެ. މިއީ އިންސާނުންނަށް އެނގިގެން ވާކަމެއް ނޫނެވެ. ------------- މި ލިޔުން: (ނުނިމޭ) ފޮނުވުން: އަލްފާޟިލް އިސްމާޢީލް މުބާރަކު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|