ފަންވަތް ސައިންސްޓެކް ސައިންސް ބޮއް: މަގުބޫލުކަމެއް ނުލިބި ވަކިވެގެންދިޔަ އަވަށްޓެރިއެއް
ބެލި ޢަދަދު: 1698
ބޮއް: މަގުބޫލުކަމެއް ނުލިބި ވަކިވެގެންދިޔަ އަވަށްޓެރިއެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - ސައިންސް
07 ޖެނުވަރީ 2009، 01:06 ބުދަ


 

ޝާކިރު

ބޮއް ކެރެކްޓަރައިޒް ކުރެވެނީ އޭގެ ދިގު ދެ އޮއްޓުފައިންނާއި ކުޑަހަށިގަނޑުންނެވެ. އަތުގެ އިނގިލިތަކުގައި ނުވަތަ ފައިގެ އިނގިލިތަކުގައިވާ ފައިވާންގަނޑުންނެވެ. (މިތަނުގައި ފައިވާންގަނޑު މާނަކުރެވެނީ ބައެއް ދޫނިސޫފާސޫފީގެ ފައިގެ އިނގިލިތައް އެއް އިނގިއްޔާ އަނެއް އިނގިއްޔާ ދެމެދު ގުޅުވާދެވިފައިވާ ތުނި ހަންފަށަށެވެ. މިފަދަ ދޫނީގެ މިސާލަކީ ކުރަންގާއި މާރަނގަ އަދިި އަސްދޫނިފަދަ ދޫނިތަކެވެ). ބޮކަކީ ލޯ ބޭރަށް ނުކުމެފައި ހުރުމާއެކު ނަގޫނުހުންނަ އެއްޗެކެވެ. ބައެއް ބޮކަކީ ފެންފެންގަނޑުގައި އެތަކެތީގެ ޙަޔާތުން ބައެއް ހޭދަކުރާ ފެނާއި ވަރަށް ދޯޅު ދިރިއުޅުމެއް އުޅޭ އެއްޗެކެވެ. އެއްގަމުގައި ފަސޭހައިން ހަރަކާތްތެރިވާ އެއްތަނުން އަނެއްތަނަކަށް ދިއުމަށް ފުމެއުޅޭ ނުވަތަ ތަންތަނަށް އަރާ އެއްޗެކެވެ.


ބޮކުގެ ދަރިމައިވުން

ބޮކަކީ ބިސް އަޅާ ސޫތްޕެކެވެ. ބޮއް ބިސްއަޅަނީ  ހެދިފައި ހުންނަ ފެންފޮދުފޮދަށް ނުވަތަ ފެންފެން ގަނޑަށެވެ. ވިހާފައި ހުންނަ ބޮކުގެ ލާވާ ކަމުގައިވާ އެންމެ ޅަބޮކަށްކިޔަނީ ޓެޑްޕޯލް އެވެ. ޓެޑްޕޯލްގެ ކަރުފަތާއި ކަރުގަނޑު ވެއެވެ.  ޓެޑްޕޯލް އުޅެ ބޮޑުވަނީ ފެނުގައެވެ.

ބޮކުގެ ކޮއްތާއި އަޑު

ބޮއް ކައިއުޅެނީ ބާވަތް ބާވަތުގެ ވާމަކުނާއި ބިމުގައި އުޅޭފަންޏެވެ.  މެއްސާއި ހިންޏާ އަދި ފިނިހައް ފަދަ ތަކެތީގެ މަހެވެ. ބޮއް އެންމެބޮޑަށް ފާހަގަކުރެވެނީ އެ ސޮރުމެން ގޮވާގޮތުންނެވެ. މައިގަނޑުގޮތެއްގައި ބޮއް ފުރާވަރު އުމުރުގައި ރޭގަނޑަށް ނުވަތަ ދުވާލު ވަގުތު ތަކުގައި ފުޅައު ދާއިރާއެއްގައި "ކްރޯކް" ގެ އަޑުން އެގޮވާ އަޑުންނެވެ.

ބޮކުގެވެށްޓާއި، ވައްތަރުތައް

ބޮއް ބައިބައިކުރެވި ބެހެވިފައިވަނީ ޓްރޮޕިކް އިން ފެށިގެން ސަބްއާކްޓިކް ރީޖަންސް އަށެވެ. އެކަމަކު ބޮކުގެގިނަ ވައްތަރުތައް ފެންނަނީ ޓްރޮޕިކަލް ރެއިންފޯރެސްޓް ތަކުންނެވެ. ރެއިންފޯރެސްޓްތަކުގައި 5000 އަށްވުރެ ގިނަވައްތަރުގެ ބޮއް އުޅެއެވެ. މައިބަދައިގެ ބަދަތައް ހުންނަ ދިރޭތަކެތީގެ ތެރެއިން އެންމެބޮޑަށް ބައިވެފައިވާ ވައްތަރަކީ ބޮކުގެ ވައްތަރުތަކެވެ. ބައެއް ވައްތަރުގެ ބޮކުގެ ދަރިފަސްކޮޅު ފާހަގަވެވޭވަރަށް މަދުވެގެން އެބަދެއެވެ. ބޮކާއި ބޮކުގެ ދަރިފަސްކޮޅުގައި ހިމެނޭ ޓޯޑްސްގެ ތަފާތަކީ އޭގެ ސިފައިގައި ހުރިތަފާތެކެވެ.

ޓޯޑްސްގެ ސިފައަށް އައިސްފައިވާ މިބަދަލަކީ އެ ސޮރު ދިރިއުޅޭ މާހައުލަށް އައިސްފައިވާ ބަދަލާއި ގުޅިގެން އައިސްފައިވާ އިއްތިފާގީ ބަދަލެކެވެ. މިބަދަލަށް ސައިންސްވެރިން ދީފައިވާ ނަމަކީ "ކޮންވާޖެންޓް އެޑަޕްޓޭޝަން" އެވެ. ފުރޮގްގެ ތެރެއިން ހޫނު މާހައުލުގައި ދިރިއުޅޭ ބޮކަށް މިކިއަނީ ޓޯޑްސްއެވެ. އެހެންނަމަވެސް މިތަފާތު ކުރުމުގައި އޭގެ ޒާތުގައި އަސްލެއްނެތެވެ. އާންމުނަމެއްގެ ގޮތުގައި ޓޯޑްސް ކިއުމަށް ޚާއްސަވެފައިވާ ދަރިކޮޅަކީ "ބަފޯނައިޑެއި" ނުވަތަ "ޓްރޫ ޓޯޑް" އެވެ. އެކަމަކުވެސް އެހެން ދަރިފަސްކޮLުތަކުގެ ތަފާތު ވައްތަރުތަކުގެ ބޮކަށްވެސް "ޓޯޑްސް" ކިޔައެވެ. އަދި ޓޯޑްސްއާ އެއްވަތަރުގެ ބޮކުގެ ތެރޭގައި ހިމެނޭ ވައްތަރުތަކަކީ "އެޓެލޯޕަސް" އެވެ.

ޓޯޑްސް.

ޓޯޑްސްއަކީ ބޮއްވައްތަރުގެ މުށިވައްތަރަކަށްދާ ފެހިކުލައެއް ހުންނަ ބޮކާއެއްކަހަލަ ކުޑަޖަނަވާރެކެވެ. ޓޯޑްސްގެ ލޯ ބޮޑުވެފައި ފަހަތު ދެފައި ދިގުވާނެެވެ. ފެތުމަށާއި ފުމުމަށް ބޭނުންކުރާނީ މިދެފައެވެ. ޓޯޑްސް  ގެ،  ހަން ބޮކަށްވުރެ ހިކިކުރަކިވެފައި ހަމުގައި ބިހިޖަހާ ފުއްޕާފައި ހުންނަގޮތަށް ހުންނާނީ ކަސްކޮށެވެ. އަދި ފެނުގައި ހޭދަކުރާ ވަގުތު މަދުވާނެއެވެ.  އަހަރެމެން ދިވެހިން "ކަސްބޮއް" ކިޔާ އުޅެނީ  ބޮކުގެ މިވައްތަރަށެވެ.

އަޅުގަނޑުމެންނާއި ބޮކުގެ އަވައްޓެރިކަން

ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރޭގައި މާލޭގެ ބައެއް މަގުމަގުގައި ބޮކަކީ ވަރަށް ގިނަ އެއްޗެކެވެ.  ބައެއް ވަގުތު ވަގުތައް ގޭގެ ފުޅަށްބުޑުން ބޮއްގޮވާ އަޑަކީ އާންމު އަޑެކެވެ. ވާރޭ ފެންފޮދެއް ވެހިއްޖެ ނަމަ ކުދިވެރީން މަގުމައްޗަށް ނިކުމެއް ބޮއް ހިފުމާއި އެ ސޮރުމެންނަށް ގޯނާ ކުރުން އޮންނަނީ ކުޅިވަރަކަށް ވެފައެވެ.

ވާރޭ ވެހިގެން ހެދިފައި ނުހިނދި ހުންނަ ފެންފޮދު ފޮދަށް ބޮއް ބިސްއަޅާފައި ހުންނަ އިރު އެބިސްތައް ފެންނަނީ މަސްލާފައިވާ އިސްބަގުލުފުއްތަކެއް އެއްފުކާޖެހި އަނެއްފުއް ހަރުލާގޮތަށް ދަމާލެވިފައިވާ ރޮއްޖެއް ހެންނެވެ. ގިނަފަހަރަށް ބިސްއެޅުމަށްފަހު ކޮންމެވެސް ސަބަބަކާހުރެ މައިއެތި އެފެންގަނޑުތެރޭ މަރުވަފައި އޮއްވާ ފެނެއެވެ. އަދި ބޮއްފަތި ވިހެއުމަށްފަހު އޭގެ ނަގޫ ނުވެއްޓޭ ކުދި ޅަ ބޮއް މަރުވެފައިވާ މައިއެތީގެ ވަށައިގެން ތިބެގެން މައިއެތީގެ މުޅަ މަސްތައް ކާތަން ބައެއް ފަހަރަށް ފެނިފައި ވެއެވެ.



އެޒަމާނުގައި ގިނަ ކުޑަކުދިންނަށް ޚާއްޞަކޮށް އެކުދިބައެއްގެ ފަރާތުން އުދަގުލެއް ލިބެނީނަމަ އެކުދިބައަކާ ނިސްބަތްކޮށް މި "ބޮއްފަތިވަރު" ނުވަތަ މިވެނި ގެއެއްގެ "ކުދި ބޮއްފަތި" މިފަދަ ގޮތްގޮތަށް ޅަކުދިންނަށް ނިސްބަތްކޮށްް އުޅުނެވެ. '' ވަޅުގައި އޮންނަ ބޮއް ބޯ ވަރެއް ނޭނގޭނެ'' އޭ ބުނެވޭ މިސާލު ބަހެއްވެސް އޮވެއެވެ. ބޮކާ ބެހޭ މި ފަދަ ބުނުންތަކުން  ދެކަމެއް އެނގެއެވެ. އެއްކަމަކީ، އެޒަމާނުގައި މާލޭގައި ދިރިއުޅުނު މީހުންނަށް ބޮއް އާންމުވެފައިވާ މިންވަރެވެ. އެސޮރުމެންގެ ''އަވަށްޓެރިކަން'' ގުޅިފައި އޮތްވަރެވެ.  އަނެއެްކަމަކީ، އެ ސޮރުމެންނާ ދިމާޔަށް ރުހުމުގެ ލޮލަކުން ޝައުޤުވެރި ކަޅިއެއް އެއްލިފައި  ނުވާކަމެވެ.  ޒަމާނާއެކު އަޅުގަނޑުމެންގެ މި އަދުގެ ކުދިންގެ ލޯތަކަށް މާލޭގެ ބޮއްތައް  ގެއްލިގެން އެދިޔައީ އެގޮތުގަ އެވެ.


މަޢުލޫމާތު:"ވިކިޕިޑިއާ ފްރީ އިންސައިކޮލޮޕީޑިއާ"

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ރާމިޒާ, 2009-01-06 20:48:33
ޝާކިރުގެ މި މަޒުމޫނު ކިޔާފައި ޅަ ދުވަސް ހަނދާވީ. އެކަމަކު ތި ހީކުރެއްވި ގޮތަކަށް ނޫން. ހަނދާންވަނީ، މާލޭގެ މަގުތަކުގެ ހަނޑިކަން. ވާރޭވެހުނީމާ އޮންނަ ޗަކަސް ކިސަޑުކަން. ބޮއްތައް ދެކެ ބިރުން އޭރު ދުވަން. ރޭގަނޑުވީމާ އަދި ވަރަށް ބިރުވެރި. ހުދު ހިކަނދިވެސް އެހާ ގިނަ. އެކަމު މިހާރު ދެން ވަރަށް ތަފާތު.
...
ލިޔުނީ ޖަމާލު, 2009-01-07 05:48:08
ރާމިޒާ ތިބުނީ ހަމަ ތެދެކެވެ. މިހާރު މާލެ މިއޮތީ މުޅިން ތަފާތު ތަނަކަށް ވެފައެވެ. މި ތަފާތު އައީ، މީހަކު ތިރީސް އަހަރު ވަންދެން އިޚުލާޞްތެރިކަމާއެކު ކުރި މަސައްކަތުގެ ފޮނި ނަތީޖާއެއްގެ ގޮތުންނެވެ. މާތްﷲ އެމީހަކަށް ދެދުނިޔޭގައި ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.
އުސްތާޛު އާދަމް ނަޞިރު މާލެއާ ބެހޭގޮތުން ލިއުއްވާ ލިއުއްވުންތަކުގައި އެވާ ފޮޓޯތަކަށް ބެލުން ހުއްޓެވެ. އޭރުން ކުރީގެ މާލެ ނުދެކޭ މީހުންނަށް އެ މާލެ ފެންނާނެއެވެ.
...
ލިޔުނީ ސަމީޢު, 2009-05-15 16:00:30
މާޒީ އަކީ ދުވަހަކުވެސް އަނބުރާ ޢިއާދަވާ އެއްޗެއްނޫނެ ބައެއް މީހުން މިބޭކާރު މަސައްކަތްކަތް ކުރާތަން މަދުން ނަމަވެސް ފެނެއެވެ. އެކަން އެހެން ވާންދިމާވަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ . '' މުށުން ދޫވިގުމްރީ'' ދެނެލައްވަން ތޯއެވެ.
...
ލިޔުނީ ސަލާހު, 2009-06-07 21:15:21
ކުށެއް ދައްކަން ހެއްޔެވެ؟
"ބޮކަކީ ބިސް އަޅާ ސޫތްޕެކެވެ. ބޮއް ބިސްއަޅަނީ ހެދިފައި ހުންނަ ފެންފޮދުފޮދަށް ނުވަތަ ފެންފެން ގަނޑަށެވެ."
ރަނގަޅު ކޮއްލަން ވީނޫންހެއްޔެވެ؟

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1698
extra avandia and congestive heart failure