މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޓްރިޕްލް އިކްލިޕްސް |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |||
| 02 ޖުލައި 2009، 00:21 ބުރާސްފަތި | |||
"ޓްރިޕްލް އިކްލިޕްސް" އެއީ ނުރައްކަލެއް އަންނަ ކަމުގެ ޢަލާމާތެއްތަ؟!ޝާކިރު ސަައިންޓިސްޓުން ނިންމަނީ އެއީ އިއްތިފާގުން ދިމާވާ ކަމެއް ކަމަށާއި ތަރިތައް ދައުރުވުމުގައި ދިމާވާ ކަމެއް ކަމަށެވެ.އިންޑިއަން އިންސްޓިޓިއުޓް އޮފް އެސްޓްރޮފިޒިކްސް (އައި. އައި. އޭ) ގެ ސައިންސްވެރިން ބުނަނީ ތިން ކޭތަ ހިފަން މެދުވެރިވަނީ ތަރިތައް ދައުރުވުމުގެ ނިޒާމަށް އަންނަ ބަދަލަކުން ދިމާވާ އިއްތިފާޤެއް ކަމަށެވެ. 2009 ވަނަ އަހަރު ޓްރިޕްލް ކުލިޕް (ތިން ކޭތަ) ހިފާނީ ޖުލައި 7 ގައި ހަނދު ކޭތައެއް، އެއަށްފަހު ޖުލައި 22 ގައި އިރު ކޭތައެއް އަދި އޮގަސްޓް 7 ގައި ހަނދުކޭތަ އެކެވެ. އިތުރު ހަ (ތިން ކޭތަ) 2020 ވަނަ އަހަރަ ހަމައަށް ހިފާނެއެވެ. ރައިޓަރ ޑީ.ކޭ ހާރީ އަދި ޑީ.ކޭ ހެމާ ހާރީ ބަޔާންކުރަނީ މާޒީގައި ހިފައިފާވާ (ތިން ކޭތަ) ހިފުން އިއްތިފާގުން ދިމާވެފައިވަނީ ބިރުވެރި ނާމާން ކަންތަތަކެއް ހިންގި ދުވަސްވަރު ތަކަކާއެވެ. ފުރަތަމަ މިކަހަލަ ކަމެއް ހިނގީ 3067 BCE (Before Common Era) ގައެވެ. މިފަހަރު އިއްތިފާގުން ދިމާވެފައި ވަނީ ކުރުޝެތްރާ (Kurushetra War) ހަނގުރާމައާއެވެ. ދެވަނައަށް 3031BCE ޑްވާ ރަކާ ސިޓީ (city of Dwaraka) ފަނާވުމާއެވެ. "20 ވަނަ ގަރުނުގެ ކުރީ ފަންސާހުގައި 1910 – 1945 ށް ޓްރިޕްލް ކްލިޕްސް ތަކެއް ތަކުރާރުވެފައިވެއެވެ. މިދުވަސްކޮޅު އިއްތިފާގުން ދިމާވެފައިވަނީ ދުނިޔޭގައި ކުރި ބޮޑު ހަނގުރާމައިގެ ދެ ހަނގުރާމައާއެވެ. ދެވަނަ ބޮޑު ހަނގުރާމައގައި ނާޒީން ހިންގި އަނިޔާވެރި އަމަލުތަކާއިި ޖަޕާނަށް އެޓޮމިކް ބޮން އެޅުމާއި އަހަރަމެން ހީކުރަނީ މިކަންކަމާއި ގުޅުމެއް ވާކަމަށެވެ." ހަރީ ޓައިންމްސް އޮފް އިންޑިޔާގައި ބުނެފައިވެއެވެ. މޚިޔާލާ ގުޅޭގޮތުން އައި. އައި. އޭ ގެ ޕްރޮފެސަރ ސިވަރާމް ބުނެފައިވަނީ ޓްރިޕްލް އިކްލިޕްސްގެ ފަހުން ކޮންމެވެސް ކަންތައްތަކެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ކޭތައެއް ހިފުމާ ކަމެއް ހިނގުމާއި ދެމެދު ގުޅުމެއް ވާކަން ސައިންސަކުން ސާބިތެއް ނުވެއެވެ. އެއީ އިއްތިފާގެކެވެ. އަދިވެސް ޕްރޮފެސަރ ސިވަރަމް ބުނެފައިވެއެވެ. ހުކުރު ދުވަހު އެކްސިޑެންޓެއް ހިނގައިފިނަމަ ހުކުރު ދުވަހަކީ އެކްސިޑެންޓްވާ ދުވަހެއް ކަމުގައި އަހަރަމެން ބުނަންވީ ހެއްޔެވެ. ހުކުރު ދުވަހު އެއްޗެހި ނުދުއްވަން އަހަރަމެން ކަނޑަ އަޅަންވީ ހެއްޔެވެ. ހުކުރު ދުވަހު އެކްސިޑެންޓް ވުމަކީ ދިމާވި އިއްތިފާގެވެ. ހުކުރުދުވަހާ އެކުސިޑެންޓްއާ ގުޅުވޭނެ އެއްވެސް އަސްލެއް ނުވެއެވެ. އަހަރެން ރައިޓަރ ބުނި އެއްޗަކަށް ސަމާލުކަމެއް ނުދިނުމަކަށް ނުބުނަމެވެ. ތިއަރީއަކާއި ނުލައި ހަމައެކަނި ތަޖުރިބާގެ މައްޗަށް އެކަން ބިނާކުރާނީ ކިހިނެއްކަމެއް ނުވިސްނެއެވެ. ތަޖުރިބާއިން ކަމެއް ސާބިތުކުރެވުމަކީ ސައިންސާއި ގުޅުމެއް ވާކަމެއް ނޫނެވެ." މި ޓްރިޕްލް އިކްލިޕްސް އިން އެންމެ ފާޅުކަން ބޮޑުކޮށް ފެންނާނީ ޖުލައި 22 ގައި ހިފާ ފުރިަހމަ އިރު ކޭތައެވެ. މިކޭތަވާނީ 21 ވަނަ ގަަރުނުގައި އެންމެ ގިނައިރު ހިފާފައި ހުންން އިރު ކޭތައަށެވެ. މި އިރުކޭތައިގެ ދިގުމިނަކީ 6 މިނެއްޓް 38 ސިކުންތެވެ. އައި.އައި.އޭ. އާ ހަވާލާދީ ޓީއޯއައި (ޓައިމްސް އޮފް އިންޑިއާ) ގައި ލިޔެފައިވަނީ، މި އިރު ކޭތަ ފެންނާނީ އިންޑިއާގެ އިރުމަތީ ބިތަށާއި ޖަޕާނުގެ ބައެއް ރަށްރަށަށާއި ޗައިނާއަށާއި ޕެސިފިކް އޯޝަން އަށެވެ. މިކޭތަ ހިފާނީ އިންޑިއާގެ ހުޅނގު ބިތައް އިރު އެރުމާއެކުގައެވެ. ދަތުރު ކުރާނީ އިންޑިއާގެ އިރުމަތީ ބިތަށެވެ. މިޔަންމާއާއި ޖަޕާނުގެ ކުދިރަށްތައް ހުރަސްކޮށް ޗައިނާމަތީގައި މިކޭތަ ގާތްގަނޑަކަށް ފަސްމިނެއްޓް ވާނެއެވެ. ޕްރޮފްސަރ ސިވަރާމް ފާހަގަކުރާ ގޮތުގައި 1910 ވަނަ އަހަރު ހާލީޒް ކޮމެޓް ފެނުނެވެ. އެއަށްފަހު ދުނިޔެ ބޮޑު ހަނގުރާމައާ ކުރިމަތި ލިޔެވެ. އެކަމަކު 1986 އަހަރު ހެލީޒް ކޮމެޓް ފެނުނެވެ. އެއަށްފަހު ފާހަގަކުރެވޭ ކަމެއް ހިނގާފައެއް ނުވެެވެ. އެހެންވުމުން މިކަން ބަޔާންކޮށްދޭނީ ކިހިނެއްހެއްޔެވެ. އަހަރެން ބުނާނީ ފުރަތަމަކަމަށް އެއީ އިއްތިފާގެއްކަމަށެވެ. އެއީ ކަމެއް ހިނގާފާނެކަމުގެ ނުބައި ފާލެއްކަމުގައި ބުނަން އުދަގުލެވެ. އެސްޓްރޮނޮމިކަލް ކަލްކިއުލޭސަންގެ މައްޗަށް ބިނާކޮށް ކުރިމަގުގެ އަހަރު ތަކުގައި ހަނދާ އިރާ އަދި ބިން ހުންނާނެ ދަރަޖަތައް ރަނގަޅަށް އެގޭނެއެވެ. އެކަމަކު، ޓްރިޕްލް ކްލިޕްސް ތަކުގެ ކުރިން ކުރާނެ ހަނގުރާމްތައް ލަފާކުރެވިދާނެ ހެއްޔެވެ؟" ފުރިހަމަ އިރުކޭތައެއް ބެންގަލޫރަށް ނުފެންނަތާ 200 އަހަރުވެފައިވާ ބެންގަލޫރަށް މިފަހަރުވެސް ފުރިހަމަ އިރުކޭތައެއް ނުފެންނާނެ އެވެ. Art of Living Foundation އިން ޝާއިޢުކުރި ޑީ ކޭ ހާރީ އަދި ޑީ ކޭ ހެމާ ހާރީ މިޒަމާނުގެ ސައިންސާއި ބޯދާ މައުލޫމާތު އެއްކޮށްގެން ލިއެފައިވާ Will History Repeat Itself? Triple Eclipse of 2009. Ominous? Promising?ގައި ހިފާފައިވާ ޓްރިޕްލް ކްލިޕްސް ތަކަކީ ހިގާފައިވާ ނުރަނގަޅު ނާމާން އޮޅުންބޮޅުން ތަކުން ފުރިފައިވާ ކަންތަކަކާއި އިއްތިފާގުން ދިމާވެފައިވިނަމަވެސް 2009 ވަނަ އަހަރު ހިފާ ޓްރިޕްލް އިކްލިޕްސް އަކީ އިންޑިއާ އާއި ދުނިޔޭގައި ހިނގާފާނެ ނުރަނގަޅު ބިރުވެރި ކަންތައްތަކެއް ގެ އިޝާރާތަކަށް ނުވާނެތޯ ބަޙުސްތައް ހުށައަޅާފައި ވެއެވެ. އެބައިމީހުން ތަފާތު މައުޟޫތަކުގެ މައްޗަށް ޖަވާބު ހޯދުމަށް ފުރިހަމައަށް ބަލައިލާފައި ވެއެވެ. (ނިމުނީ) ނޯޓު: މިއީ، މިއަދު ނުކުތް ދަ ޓައިމްސް އޮފް އިންޑިއާ، ބެންގަލޯރ، ވެންސްޑޭ ޖުލައި 1، 2009 ގައ، TNN Prashanth GN ލިޔެފައިވާ އާޓިކަލްގެ ޚުލާއްޞާ ތަރުޖަމާ އެކެވެ. މިއަހަރު 3 ކޭތައެއް ދާދި ގާތްގާތުގައި ހިފާވާހަކަ އޮތުމާއެކު އެކަމުގައި މިތަނުގައި ދިރިއުޅޭ ބައެއް މީހުންގެ އަޤީދާ ހުރިގޮތް މި ލިޔުމުން އެނގުނުމުން ހިއްސާކޮށްލާ ހިވީލެއް ބޮޑުކަމުން ކުރި މަސައްކަތެކެވެ. ފަހަރެއްގައިވެސް މިއީ އަކުރުން އަކުރުން އަކުރަށް ކޮށްފައިވާ މާމޮޅު ތަރުޖަމާއެއް ނޫން އިނގޭތޯއެވެ.
|
| ހަމަ މި ގަލަމުން |
|---|