މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިސްލާމީ އާ އީޖާދެއް: ބުއްދިވެރި މިސްކިތުގެ ނިޒާމު |
|
|
| ސައިންސް ޓެކްނޮލޮޖީ - ޓެކްނޮލޮޖީ | |||
| 06 ފެބްރުވަރީ 2010، 22:22 ހޮނިހިރު | |||
|
ޢަބްދުލްމުޢީދު ޙަސަން ކިންގ ޢަބްދުލްޢަޒީޒު ޔުނިވަރސިޓީގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ، ބުއްދިވެރި މިސްކިތުގެ ނިޒާމެވެ. އެ ނިޒާމު އީޖާދުކުރި ދަރިވަރަކީ، ހާނީ ސިންދީ އެވެ. އޭނާ އުފެއްދި އެ ނިޒާމު މިހާރު ވަނީ، ޖިއްދާގެ މިސްކިތެއްގައި ޤާއިމުކޮށްފަ އެވެ. އެއީ، ޖިއްޖާގެ މަސްޖިދުލް ޖަޒީރާ އެވެ.ހާނީ އީޖާދުކުރި ބުއްދިވެރި މިސްކިތުގެ ނިޒާމު ވެގެން ދިޔައީ ވަރަށް ގިނަ ބަޔެއްގެ މަޤުބޫލުކަން ލިބުނު މޮޅު އެއްޗެއް ކަމުގަ އެވެ. ސުޢޫދީ ޢަރަބިއްޔާގައި މިއަންނަ މަހު ބޭއްވޭ ސައިންޓިފިކް މަހާސިންތާގައި އެ އީޖާދު ބައިވެރިކުރެވޭނެ އެވެ. ހާނީ ބުނާ ގޮތުގައި، ގުރެޖުއޭޝަން ޕްރޮޖެކްޓެއްގެ ގޮތުގައި އޭނާ އެނިޒާމު އީޖާދުކުރީ، މިސްކިތްތަކުގައި ރެޔާއި ދުވާލު ބޭނުންކުރެވޭ ކަރަންޓުގެ ޚަރަދު ކުޑަކުރުމަށްޓަކަ އެވެ. އެ ނިޒާމު ބޭނުންކުރާ މިސްކިތްތައް ކަރަންޓު (ނުވަތަ އިލެކްޓްރިކް ހަކަތަ) ބޭނުންކުރާނީ އެންމެ ޚަރަދު ކުޑަގޮތަށެވެ. ދިއްލަންވީ ބޮކިތަކާއި ޖައްސަންވީ އޭސީތަކާއި ފަންކާތައް ދެނެގަނެ، ބޭނުން ނުވާ ތަކެތި ނިއްވާލާނެ އެވެ. އަދި ސައުންޑު ސިސްޓަމް ވެސް އަމިއްލައަށް ކޮންޓްރޯލް ކުރާނެ އެވެ. ބުއްދިވެރި މިސްކިތުގެ ނިޒާމު މިކަންތައްތައް ކުރާނީ، ނަމާދު ވަގުތުތައް ދެނެގަނެ، އެ ވަގުތުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. ![]() ނިޒާމު ބޭނުންކުރާ ގޮތް، ޔުނިވަރސިޓީގެ މުދީރު އުސާމާ ޠައްޔިބަށް ހާނީ ދައްކައިދެނީ. މިސާލަކަށް: ޢަޞްރު ނަމާދު ވަގުތުގައި، ދިއްލާނީ ކުރީ ސަފުތަކުގެ ބޮކިތަކެވެ. ދުވާލު ހޫނުވާނެތީ ފަންކާތަކުގެ 75 އިންސައްތަ ޖައްސާނެ އެވެ. ބަންގި ގޮވާތާ އެއްގަޑިއިރު ފަހުން، އެ ބޮކިތަކާއި ފަންކާތައް ތަރުތީބުން ނިއްވަން ފަށާނެ އެވެ. ޢިޝާ ނަމާދު ވަގުތުގައި، މިސްކިތުގެ އެތެރެއާއި ބޭރުގެ ހުރިހައި އަލިތަކެއް ދިއްލާނެ އެވެ. އެކަމަކު ރޭނގަނޑު ފިނިވާނެތީ، ޖައްސާނީ ފަންކާތަކުގެ 25 އިންސައްތަ އެވެ. ބަންގި ގޮވާތާ އެއްގަޑިއިރު ފަހުން، އެ ބޮކިތަކާއި ފަންކާތައް ތަރުތީބުން ނިއްވަމުން ގެންދާނެ އެވެ. އޭސީ ކޮށްފައިވާ މިސްކިތްތަކުގެ އޭސީ ޖައްސައި ނިއްވާނީ ވެސް މިސްކިތުގެ ތެރޭގައިވާ ވަޔާއި، ފިނިހޫނުމިން ފަދަ ކަންތައްތަކަށް ބަލައިގެންނެވެ. މިސާލަކަށް މެންދުރު ވަގުތު، މިސްކިތުގެ ތެރޭގައި ބަހައްޓަން ބޭނުންވާ ފިނިހޫނު މިނަކީ، 19 ޑިގުރީ ސަލްސިއަސް ކަމަށްވަނީނަމަ، މެންދުރު ނަމާދަށް ބަންގި ގޮވުމުގެ 25 މިނިޓް ކުރިން އޭސީތައް ޖައްސާނެ އެވެ. އަދި ބަންގި ގޮވާތާ 50 މިނިޓް ފަހުން އޭސީތައް ނިއްވާލާނެ އެވެ. ކޮންމެ ނަމާދު ވަގުތަކަށް ބޭނުންވާ ވަރަށް ބަންގީގެ އަޑާއި އެނޫން އަޑުތައް ބަހައްޓައިދިނުމަކީ ވެސް ބުއްދިވެރި މިސްކިތުގެ ނިޒާމު ކޮށްދޭނެ ކަމެކެވެ. މިސާލަކަށް ފަތިސް ނަމާދު ވަގުތުގައި ވަރަށް ބާރަށް ބަންގި ގޮވާނަމަ، ކުޑަކުދިންނާއި މުސްކުޅިންނަށް އުނދަގޫވެދާނެ އެވެ. އެހެންކަމަށްވަނީނަމަ، ފަތިސް ނަމާދު ވަގުތުގެ ބަންގީގެ އަޑު އުނދަގޫ ނުވާ ވަރަށް ހިފަހައްޓައިދިނުމަކީ އެ ނިޒާމު ކޮށްދޭނެ ކަމެކެވެ. ![]() ބުއްދިވެރި މިސްކިތުގެ ނިޒާމުގެ ކޮންޓްރޯލް ޕެނަލް. ބުއްދިވެރި މިސްކިތުގެ ނިޒާމު ބޭނުންކޮށްގެން ބުއްދިވެރި ކުރެވޭނީ ހަމައެކަނި މިސްކިތްތައްތޯ އެވެ؟ އެ ނިޒާމު އުފެއްދި ފަރާތުން ބުނަނީ، ގެދޮރާއި އޮފީސްތަކުގައި ވެސް އެނިޒާމު ބޭނުންކުރެވިދާނެ ކަމަށެވެ. އެ ނިޒާމު ޤާއިމުކޮށްފައިވާ އޮފީހެއްގެ މުއައްޒަފުން ނަމާދަށް ދާވަގުތު، އޮފީހުގައިވާ ހުރިހައި ބޮކިތަކެއް ނިއްވާލާނެ އެވެ. އަދި އެނޫނަސް މުއައްޒަފުން ނޫޅޭ ވަގުތު ބޭނުންކުރަން ނުޖެހޭ އިލެކްޓްރިކް ހަކަތަ ބޭނުންކުރުން ހުއްޓާލާނެ އެވެ. އެތަކެތި އޮންކުރާނީ، މުއައްޒަފުން ނަމާދުކޮށްގެން އޮފީހަށް އަންނަ ވަގުތުގަ އެވެ. މަޞްދަރު: އައްރިޔާޟު ދުވަހު ނޫސް. (ސުޢޫދީ ޢަރަބިއްޔާ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ނިޔާ, 2010-03-03 11:16:24
އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މިގޮތަށް ބުއްދިވެރި މިސްކިތުގެ ނިޡާމާ ހުރިހާ ކަމެއް ޙަވާލުކުރީމާ ވާނީ ކިހިނެއް ތޯއެވެ؟ މިޘާލަކަށް ނަމާދު ވަގުތުގެ ފަހުން މިސްކިތަށް ދާ މީހުންނަށް ކަރަންޓުގެ އެކިއެކި ވަޞީލަތްތަކުގެ ބޭނުންކުރުމަށް ހުރަހެއް ނޭޅޭނެބާވައެވެ. އަދި މިސްކިތުގައި އިޢްތިކާފު ކުރާމީހުން މިސްކިތުގައި ތިއްބައި ފަންކާތަކާއި ބޮކިތައް ނިއްވައިލީމައި އޭގެ ސަބަބުން ވަރަށްބޮޑު ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ދޮގެއްތޯއެވެ؟ މިކަންތައްތަކަށް ރިޢާޔަތް ކުރެވިފައި ނުވާނަމަ މިނިޡާމަކީ މާ މަޤްބޫލު ނިޡާމަކަށް ނުވާނެކަން ކަށަވަރެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|