ފަންވަތް ސައިންސްޓެކް ޓެކްނޮލޮޖީ ތިމާވެށްޓާ ރައްޓެހި ކާރު: ޣަޒާލު 1
ބެލި ޢަދަދު: 1358
ތިމާވެށްޓާ ރައްޓެހި ކާރު: ޣަޒާލު 1 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - ޓެކްނޮލޮޖީ
16 ޖޫން 2010، 00:49 ބުދަ

ޢަބްދުލްމުޢީދު ޙަސަން


ޣަޒާލު 1 އަކީ ސަޢޫދީން އުފެއްދި ފުރަތަމަ ކާރެވެ. އެކާރު އުފެއްދުމުގެ މަސައްކަތް ކުރެވުނީ، ކިންގ ސަޢޫދު ޔުނިވަރސިޓީގެ ކުއްލިއްޔަތުލް ހަންދަސާގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެއީ، ގަލްފު ޤައުމުތަކުގެ މޫސުމާ ގުޅޭގޮތަށް ފަރުމާކޮށްގެން ހަދާފައިވާ، ތިމާވެށްޓާ ރައްޓެހި ކާރެކެވެ. 14 ޖޫން 2010 ގައި، އެކާރު އިފުތިތާޙުކޮށްދެއްވީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި، އަލްމަލިކު ޢަބްދު ﷲ ބިން އާލު ސަޢޫދު (ޙަފިޡަހު ﷲ) އެވެ.

ޣަޒާލު 1 ގެ މަޝްރޫޢުގައި 55 ދަރިވަރުން ބައިވެރިވެފައިވެ އެވެ. ކާރު އުފެއްދުމަށްޓަކައި އެ ދަރިވަރުންނަށް ބޭނުންވި ފަންނީ އެހީތެރިކަން ދީފައިވަނީ، އިޓަލީވިލާތުގެ ދެ ކުންފުންޏަކުންނެވެ.



ޣަޒާލު 1 ގެ ދިގުމިނަކީ، 4.8 މީޓަރ (16 ފޫޓް) އެވެ. ފުޅާމިނަކީ، 1.9 މީޓަރ (6 ފޫޓް) އެވެ. އެ ކާރު އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ، 2009 ވަނަ އަހަރުގެ އޭޕްރީމަހުގަ އެވެ. އެއީ ތަޢުލީމީ މަޝްރޫޢެއްގެ ތެރެއިން ވުޖޫދަށް އައި ކާރެއް ކަމަށްވިޔަސް، ވިޔަފާރީގެ ގޮތުގައި އޭގެ ބޭނުންކުރުމަށް ރޭވިފައިވެ އެވެ. އެގޮތުން އަހަރަކު ވިހިހާސް ކާރު އުފެއްދުމަށް އެސްޓިމޭޓްކުރެވިފައިވެ އެވެ.



ދުނިޔޭގައިވާ އެންމެ މޮޅު ޔުނިވަރސިޓީތަކުގެ ތެރޭގައި ކިންގ ސަޢޫދު ޔުނިވަރސިޓީ ހިމެނެ އެވެ. އެއީ ސަޢޫދީ ޢަރަބިއްޔާގައި ޤާއިމުކުރެވުނު ފުރަތަމަ ޔުނިވަރސިޓީ އެވެ.


މަޞްދަރުތައް:
ޢާލަމުލް އިބްދާޢު (އިބްދާޢުވަރލްޑް ޑޮޓް ކޮމް).
އައްރިޔާޟު ޑޮޓް ނެޓް.
ކިންގ ސަޢޫދު ޔުނިވަރސިޓީގެ ވެބްސައިޓް.



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ nashwa, 2010-08-11 08:22:33
މި ކާރު ތިމާވެއްޓާ ރައްޓެހިވީ ގޮތެއް ބަޔާންކޮށްދެވިފައެއް ނެތެއް. އެހެންވީމަ މިއީ މޮޅު ލިޔުމެއްކަމަށް ގަބޫލުކުރަން ދަތި.
...
ލިޔުނީ MillieGallagher, 2010-08-11 11:00:07
I will recommend not to hold back until you get enough cash to buy all you need! You can just take the business loans or small business loan and feel yourself free

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1358
extra avandia and congestive heart failure