ފަންވަތް ސައިންސްޓެކް ޓެކްނޮލޮޖީ އިބިލީހުގެ ލިބާސްލެއްވުން: ޝައިޠާނުން އިންސާނުންގެ މައްޗަށް ވެރިވެގަތުން
ބެލި ޢަދަދު: 1768
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އިބިލީހުގެ ލިބާސްލެއްވުން: ޝައިޠާނުން އިންސާނުންގެ މައްޗަށް ވެރިވެގަތުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 14
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - ޓެކްނޮލޮޖީ
13 ޖުލައި 2011، 01:23 ބުދަ

އިސްމާޢީލް މުބާރަކް

1) 1960 ގެ އަހަރުތަކުއްސުރެ ޖިންނި ޝައިޠާނުން (ނުވަތަ ހުޅަނގުގެ މީހުން ބޭނުން ކުރާ ބަހުން ނަމަ " އޭލިއަން") ގެ ޓެކްނޮލޮޖީ އެވެރިން އަތުން ލިބިގަނެގެން  އޭގެ ބޭނުން ކޮށްގެން އެމީހުންނާ އެއްސަފެއްގައި އިންސާނުންގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް އެމެރިކާގައި ކުރެވެމުން ދެއެވެ. އަދި ޖިންނި ޝައިޠާނުންނާ މުޢާމަލާތު ކުރަމުން ގެންދެއެވެ. މި ލިންކުން  މިކަމާ ބެހޭ އިތުރު ބައެއް ޚަބަރު ސާފުވެ ވަޑައިގަންނަވާނެއެވެ.
ފައިބަރް އޮޕްޓިކާއި ލޭޒަރު ފަދަ ކުރި އަރައިފައިވާ ފަންނީ ކުރިއެރުންތައް ހޯދިފަވަނީ 1960 ގެ އަހަރު ތަކުގެ ތެރޭގައި އެމެރިކާގެ ނިއުމެކްސިކޯގެ ރޯޒްވެލް އޭ ކިޔާ ސަރަޙައްދަށް އެމެރިކާއިން އޮޅުމަކުން ޕްލާސްމާ ބަޑި ބޭނުން ކޮށްގެން ވައްޓާލެވުނު ޝައިޠާނީ އެއްޗަކުން ފެނުނު މަޢުލޫމާތަށްފަހު އެވެރިންނާ ކުރެވުނު މުޢާމަލާތުތަކުންކަމުގައި ވެއެވެ.

އިންޓަރނެޓްގައި އަޅުގަނޑުމެން  މި ބޭނުން ކުރާ ތަކެތި މިހާރު އިލެކްޓްރިކް ސިގްނަލްތަކަކަށް ބަދަލުކުރުމަށްފަހު އެއް ގައުމުން އަނެއް ގައުމަށް ފައިބަރ އޮޕްޓިކް ކޭބަލް ބޭނުން ކޮށްގެން މި ފޮނުވައިލަނީ އަލީގެ ހަލުވި މިނުގައެވެ. މީ އެ ރޯޒްވެލް ޙާދިސާޔަށްފަހު އެ ވެރިންގެ ޓެކްނޮލޮޖީ އިންސާނުންނަށް ލިބުނު ފަހުން ފަހިވިމަގެކެވެ.

2 ) އެމެރިކާގެ ބިމުގެ އަޑީގާ ޝައިޠާނުންނާ އިންސާނުންނާ ގުޅިގެން މަސައްކަތް ކުރެވޭގޮތަށް ލުއިފަސޭހަކަންދޭ ވަސީލަތްތައް ހަރުކުރެވިފައިވާ ސަރަޙައްދުތަކެއް ބަލަހައްޓަމުންގެންދެއެވެ. އެތަންތަން ވަނީ އެތައް ހިސާބެއްގެ ދުރުންފެށިގެން ކަށިނަރާއި ކަރަންޓް އާލާތްތަކާއި މި ނޫންވެސް ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ގާޑް ކުރެވިފައެވެ. އެމެރިކާގެ އޭރިޔާ 51 އެއީ މީގެ ސަރަޙައްދެކެވެ.

3) ތަފާތުވައްތަރުގެ ޖިންނި ޝައިޠާނުން އިންސާނުންނާ ލައިމެހިގެން އެބައުޅެއެވެ. މީގެ ތެރެއިން ބައެއް ވައްތަރު މި ބުނާ ބިމު އަޑީގެ ވަސީލަތްތައް އިންސާނުންނަށް ދަނީ ދަސްކޮށްދެމުންނެވެ. ސިކުނޑި، ހަމައިން ނެއްޓުވުމާއި ސިކުނޑީގެ ހުރި ހަނދާންތައް ފޮހެލުންފަދަ ކަންކަން ކުރުން މީގެ ތެރޭގައި ހިމެނެއެވެ.

4) އިންސާނުންގެ މައްޗަށް ވެރިވެގަތުމަށް ކުރާ މި މަސައްކަތުގެ އަސަރު ވަރަށް ފުނަށް ފެތުރިފައިވެއެވެ. މީގެ ތެރޭގައި އިންސާނީ ނަސްލަށް ބަދަލުގެނައުމާއި، އިންސާނުންގެ އަސްލު ވާރުތަކުރަމުން އަންނަ  ޖީނަށް ބަދަލު ގެނައުމާއި، ފަލަކީ ބޮޑެތި ޕްލެނެޓްތަކުން އިންސާނުންނަށް ކުރުވާ އަސަރުތަކަށް ބަދަލު ގެނައުން ހިމެނެއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކަށް މި ޝައިޠާނީ ބައިގަނޑުތައް ފެތުރިފައިވެއެވެ.

މިކަމުގެ ތެރޭގައި ބެކްޓީރިޔާގެ ސަބަބުން ޖަނަވާރަށް ޖެހޭ ބަލި އިންސާނުން ނަށް ޖެހޭގޮތަށް ބަދަލުކުރުމާއި ޤައުމުތަކުގައި އެ ބަލިތައް ފެތުރެންފެށުމުން އެކަމަށް އެހީވުމުގެ ނަމުގައި ގިނަ ދުވަހުން އިންސާނީ ނަސްލު ވާރުތަކުރާ ޖީން އުނިކޮށްލާ ގޮތަށް ތައްޔާރު ކުރެވިފައިވާ ވެކްސިން އެ ޤައުމަކަށް ހަދިޔާކޮށް އިންސާނުންގެ ނަސްލު ޢައިބު ކުރުން ވެސް ހިމެނެއެވެ.

އިންސާނީ ނަސްލާއި  އިންސާނީނުންގެ ޖީނަށް ބަދަލު ގެނުވާކަމުގެ ހެތްކެއްގެ ގޮތުން  ރާއްޖޭގައި ވެސް  އިންސާނުންގެ ބަނޑުން ބޯވަ ފަދަ އެއްޗިހި ފެނުމާއި  ކޯއްޗެއްކަން ވަކިނުވާ ކަހަލަ މަސްގަނޑުގަނޑު ނެގިފައިވާކަން ފާހަގަކުރެވެއެވެ.

5) ފަލަކުގެ އެއްވެސް ތަރިޔަކަށް ނިސްބަތްނުވާ ބައެއް ވައްތަރުގެ ޝައިޠާނުން އިންސާނުންގެ ސިފައިގަ އަޅުގަނޑުމެންގެ ތެރޭގައި ހިނގައިބިނގައިވެ އެބައުޅެއެވެ. މިފަދަ ޝައިތޯނުންނަކީ " މަލްޓި ޑައިމެންޝަނަލް " ނުވަތަ އެއް ޢާލަމަށް ވުރެ ގިނަ ޢާލަމުގައި އެއް ފަހަރާ އުޅުމުގެ ޤާބިލްކަން ލިބިފާ ވާ މަޚްލޫޤުން ކަމުގައި ވާތީ ފެނުމާއެކު ހިޔަންޏެއް ފަދައިން އަނެއް ޢާލަމަށް ދެމިގަނެއެވެ.

6) އެމް ޖޭ 12 ،  ޕީ އައި 40 ، ފަދަ ޖަމާޢަތްތަކަކީ  ކުރިންވެސް މިހާރުވެސް މިފަދަ ކަންކަމުގައި އެމެރިކާ ސަރުކާރުގެ  އެންމެ ބޮޑު ޖާސޫސީ ޖަމާޢަތް ކަމުގައިވާ ސީ އައި އޭ އާއި  އަދި އެމެރިކާގެ ދާޚިލީ ސަލާމަތާ ބެހޭ ތަޙްޤީޤީ އިދާރާ  އެފްބީ އައި އާ ގުޅިގެން އެހީ ލިބިގެން ޙަރަކާތްތެރިވާ ސިއްރު ޖަމާޢަތްތަކެވެ.

7) ޖަނަވާރުންނާއި އިންސާނުންގެ ގުނަވަންތައް ވަކިކޮށްގެން ޝައިތޯނުން ގެ ބޭނުންތަކަށް ގެންދިއުމާ އަދި ޖަނަވާރުންނާ އިންސާނުންގެ ގައިން ލޭ ދަމައިގަތުމަކީ  ޝައިޠާނުން ކުރަމުންދާ ކަމެކެވެ. ރާއްޖޭގެ ވަލުތެރޭންނާ އަތިރިއަތިރިމަތިން  ބައިބައި ނެތިފަ ، ލޯ ބޮއެފަ ، ލޯވަޅު ލޯވަޅު އެޅި އަނދާފަ ހުއްޓާ ފެންނަ ކުކުޅު ހާ ބަކަރި  މަސް ކަހަލަ އެއްޗިއްސަކީ މިވެރިންގެ ޙަމަލާ ކަމުގައި ބެލެވެއެވެ.

މިކަމުގެ ސާބިތު ހެކި ޔޫ ޓިއުބުން ވެސް ފެނިވަޑައިގަންނަވާނެއެވެ.  "ހިޔުމަން މިއުޓިލޭޝަން"  މިހެން ޔޫޓިއުބްގެ ސާރޗް ކުރާ ބައިގައި ޖައްސަވައިފައި ސާރޗް ކުރެއްވުމުން އިންސާނުންގެ ގައިން ލޭ ދަމައިގަނެފައި ވާ ވީ ޑިއޯތައް ފެނިވަޑައިގަންނަވާނެއެވެ. "އެނިމަލް މިއުޓިލޭޝަން" މިހެން ޖައްސަވައިފިނަމަ  ޖަނަވާރުންގެ ގައިން ލޭ ދަމައިގަނެފާވާ ވީޑިއޯ ފެނިވަޑައިގަންނަވާނެއެވެ.

8) މަދުވެގެން  ޖިންނީންގެ ތެރެއިން 70 ވައްތަރެއް ބިމަށް ފައިބައިއުޅޭ ކަން  ސީ އައިއޭ އަށް ހޯދިފައިވެއެވެ.

9)  ޢަރަބީންގެ ޤަދީމީ  ފަންޑިތަ ފޮތްތަކުގައިވެސް ހަމަ މި ގޮތަށް ނަންގަނެވިފާވެއެވެ. "ޝުމޫސުލް އަންވާރް" އޭ ކިޔުނު މަޝްހޫރު  ޖިންނި ފަންޑިތަ ފޮތުގައި  ވެއެވެ. ޖިންނީންގެ ތެރޭގައި ވަނީ 7 ރަސްކަލުންނެއެވެ. އަދި 70 ޤަބީލާއެކެވެ.

10) އިންސާނުން ހޭނައްތައިގެން އެބައިމީހުންގެ މަޤާމްތަކަށް ކޮންމެ ދުވަހަކުމެ އުފުލަމުންގެންދެއެވެ. މިކަމަކީ ނުވާނެ ކަމެއް ކަމުގައި ބައެއް ބޭފުޅުން ހީފުޅުކުރައްވާއިރު މާތް ﷲ އަޅުގަނޑުމެން ނަށް އަންގަވާފައިވަނީ  އިބިލީހާ އޭނާގެ ޤަބީލާގެ މީހުންނަށް ތިޔަބައިމީހުން ފެނެއެވެ. ތިޔަބައިމީހުންނަކަށް އެމީހުންނެއް ނުފެނެއެވެ.

11) އެމެރިކާގައި ހިންގުނު ތަރި ހަނގުރާމައިގެ މަޝްރޫޢު އަކީ އޭގެ ބޭރުފުށް ޢާއްމުންނަށް އެނގިގެން އެތެރެފުށް ޢާއްމުންނަށް ނޭނގި މިފަދަ ކަޅު އަނދިރި މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ކުރިމައްޗަށް ނެރެފަވާ މޮޑެލްތަކެވެ. ނުވަތަ ޢާއްމުންގެ ލޮލުގައި އަޅުވައިފައިވާ އަނދުނެކެވެ.

12) ބިމަށް އިންސާނުން އައީއްސުރެ ޖިންނި ޝައިޠާނުން، އިންސާނުންގެ ދީންދީނުގެ ނިޒާމްގެ މައްޗަށް ބާރު ފޯރުވައިފައިވެއެވެ.

13) ޔޫ އެފް އޯ ގެ ނުވަތަ ކޯއްޗެއްކަން ނޭނގި ޖައްވުން އަންނަ އެއްޗިހި (ފާހަގަ ނުކުރެވޭ އުދުހޭ ތަކެތި) ދިރާސާކުރާ މީހުން އެމެރިކާ ސަރުކާރުން ގެންގޮސް އެމީހުންނާ އެކު މަސައްކަތް ކުރުމަށް ސިއްރު އެއްބަސްވުންތައް އެއްބަސް ކުރުވައިފައިވެއެވެ.

14) މުޅި ދުނިޔެ ޝައިޠާނުން ކޮންޓްރޯލްކުރުމުގެ އުސޫލްގެ ދަށުން ހުރިހާ ވިސްނުމެއް އެއް ވިސްނުމަކަށް ހެދުމާއި އަނިޔާވެރިކަން ނައްތައިލުމުގެ ނަމުގައި މިވެރިންނާ އިދިކޮޅުވާ ބަޔަކާ ހނަގުރާމަކޮށް "ވަން ވޯލްޑް އޯޑަރ" ގެ ނިޒާމް މުޅި ދުނިޔެއަށް ތަޢާރަފް ކުރަމުން އެބަދެއެވެ.

15)  އެމެރިކާގައި ދުނިޔޭގެ މައްޗަށް ބާރު ފޯރުވަން އުފައްދައިފައިވާ ގްރޫޕްތަކާއި  ޖިންނި ޝައިތޯނުންގެ ގްރޫޕްތަކާ ވަނީ ލާމެހިފައެވެ. މީގެ ތެރޭގައި  "ދަ އިލޫމިނަޓީ"  "ބިލްޑަރ ބާޖަސް" "ކައުންސިލް ފޯރ ފޮރިން ރިލޭޝަންސް" "ޓްރީލިޓެރަލް ކަމިޝަންސް" "ސީ އައި އޭ" "އެފް ބީ އައި"   "އެން އެސް އޭ" "އެސް އާރް އޯ" ހިމެނެއެވެ.

1960 ގެ އަހަރުތަކުގެ ތެރޭގައި އުފެދުނު (ސްކަލް އެން ބޯން) މި ސިއްރު ޖަމާޢަތަކީ ތި ހުރިހާ ބޭފުޅުންނަށްވެސް އޭގެ ޚަބަރު އެނގިވަޑައިގެންވާނެ ޖަމާޢަތެކެވެ. އެމެރިކާގެ ބޮޑެތި ވެރިންނާއި ޔޫރަޕްގެ ބައެއް ވެރިން ހިމެނޭ މި ޖަމާޢަތުގައި ޖޯޖް ޑަބްލިޔު ބުޝްއާއި އޭނާގެ ބައްޕަ ބުޝްވެސް ހިމެނެއެވެ.

އެމެރީކާގެ ޔޭލް ޔުނިވަސިޓީގެ ކޭމްޕަސް ގެ ވަކި ހިސާބެއްގައި އާދައިގެ މީހުންނަށް ނުވަދެވޭ ސަރަޙައްދެއް އޮވެއެވެ. މިތަނުގައި  ވަރަށް ބޮޑު ބުދެއް ޝައިޠާނެއްގެ ސިފައިގާ ހަދާފަހުރެއެވެ. މިތަނުގާ ހަނދު މަހުގެ ވަކި ރެއެއްގާ މިހާރުވެސް އެ ބުދުގެ ވަށައިގެން އުއްބައްތި ތަކެއް ރޯކޮށް ބަރަހަނާ ޙާލުގާ އެންމެން އެތަނަށް އެއްވެ ތިބެ އެއްޗިހި ތަކެއް ކިޔުމަށް ފަހު ބަރަހަނާ ޙާލުގާ އަތްފައި ބަނދެ އަނގަ ބަނދު ކޮށްފާ ވާ އިންސާނަކު ހަތަރު މީހަކު ވެގެން ދަމާގެނެސް އޭގެ ކައިރީ ބާއްވާ ކަތިލާފަ އެ ބުދަށް ޤުރްބާން ކުރެއެވެ. މި ޔޭލް ޔުނިވަރސިޓީ އަކީ އެމެރިކާގެ އިސްވެރިއެއްގެ ހުއްދަލިބިގެން ނޫނީ އެތަނަށް ތަޢުލީމް އުނގެނެން ޚުދު އެމެރިކާގެ ރައްޔިތުންނަށްވެސް ވަދެވޭ ތަނެއް ނޫނެވެ.

މި މީހުން ދުނިޔެއަށް ފަތުރަން މަސައްކަތް ކުރާ ނިޒާމު ބިނާވެގެންވަނީ ފިރިހެނުންނާއި ފިރިހެނުން ކައިވެނިކުރުން ހުއްދަ ކުރުވުމާއި ފިރިހެނުންގެ ފިރިހެންވަންތަ ކަމާއި އިންސާނީ ވަންތަކަން ނެތިކޮށްލުމަށް ފަހު ޝައިޠާނުން ދުނިޔޭގެމައްޗަށް ވެރިވެ "ވަން ވޯލްޑް އޯޑަރ" މުޅި ދުނިޔެއަށް ތަންފީޒްކުރުމެވެ.

މިއަހަރު 2011 ގެ ޖޫން މަހު  އ.ދ. މަޖްލިސް އިން ވަނީ 23 ގައުމެއް، 19 ގައުމެއްގެ މައްޗަށް އަޣުލަބިއްޔަތު ހޯދައިގެން ފިރިހެނުންނާއި ފިރިހެނުންނާ ކައިވެނިކުރުމުގެ ޙައްޤު އެއީ އިންސާނީ ޙައްޤެއްކަމުގައި ފާސްކޮށްފައެވެ. މިއީ މި ނިޒާމް ހަލުވިކަމާއެކު މީސްތަކުންނަށް ވާނުވާ ނޭނގި ތިއްބައި ފެތުރެމުންދާ ކަމުގެ ހެތްކެކެވެ. މާތް ކަލާންގެ ރަޙަމަތްފުޅުން ކޮންމެސް ކަމެއް ވެގެން މެނުވީ މި ނިޒާމް ހުއްޓުވޭނެ އެއްވެސް ގޮތެއް ފެންނާކަށްނެތެވެ.

އެންމެ ފަހުން ސްވިޓްޒަލޭންޑްގާ މި އަހަރު 2011 ވަނަ މެއި މަހު ވަރަށް ސިއްރުން ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އިލެކްޓްރޯނިކް އާލަތްތަކަށް ވެސް ނާރާކަހަލަ ވަސީލަތްތައް މެދުވެރިކޮށްގެން މިވެރިން ބޭއްވި ސިއްރު ބައްދަލުވުން ވަނީ ލީކްވެފައެވެ.  މިވެރިން ރާވައި ހިންގަމުން ގެންދާ ކަންތައްތަކުގެ ތެރެއިން މަދު ކަމެއް މި ލީކްވި ޚަބަރުން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ . ތިރީގައި މިވާ ލިންކުން  ނެޓަށް ވަދެ ވަޑައިގެން  ސާޗް ކޮށްލައްވާށެވެ.
 http://www.rumormillnews.com/cgi-bin/forum.cgi?read=209029

ޝައިޠާނުންނަށް އިންސާނުންނާ ކުޅެން އެންމެ ފަސޭހަވަނީ އެކަނިވެރިކަމުގެ އިޙްސާސް ކުރެވޭ ވަގުތުގައެވެ. މިޒަމާނުގެ ސައިންޓިފިކް ބަހުން ދަންނަވާ ނަމަ މިވެރިން މިކަން ދެނެގަންނަނީ (ރިޒޮނެންސް ޓިއުނިން) އޭ ކިޔާ ޓެކްނިކް އެކެއް ބޭނުން ކޮއްގެންނެވެ . އަޅުގަނޑުމެންގެ ހަށިގަނޑަކީ ހިތް ޖަހާ ކޮންމެ ހިތުވިންދަކާއެކު އަޅުގަނޑުމެންނަށް ހަށިގަނޑަށް އިޙްސާސް ނުވިޔަސް ފެން ގަނޑަކަށް ގާ ކޮޅެއް އެއްލުމާއެކު ބާނި އުފެދޭހެން ބާނި އުފެދިގެންދާ  އެއްޗެކެވެ.

 އެހެންކަމުން  ހަމަ މި ގޮތަށް ޝައިތޯނުން އެމީހުން ނުފެނިތިބެ ފޮނުވާ ބާނި އައިސް އަޅުގަނޑުމެންގެ ހަށިގަނޑުން އުފެދޭ ބާނީގެ ތެރެއަށް ވަދެ އަޅުގަނޑުމެންގެ ހިތުގާ ޖަހާ ވިންދާ އެ މީހުން ފޮނުވާ ބާންޏާ ގުޅުވައިލައެވެ.

 ދެ ބާނި އެއް ފްރީކުއެންސީއަކަށް ދިމާވެ މިގޮތަށް ގުޅުވާލުމުން އަޅުގަނޑުމެންގެ އިޙްސާސްތަކާ މިވެރިންނަށް ކުޅެވެއެވެ.  

ވުމާއެކު އިންސާނުން އެކަނިވެރިވެ ހިތާމަވެރިވެފާ ހުންނަ ހުރުމުން މި ބާނިތަކުން ޝައިތޯނާ އެކަން ދެނެގަނެ އަވަސް އަވަހަށް ރިސޮނެންސް ޓިއުނިން ބޭނުން ކޮއްގެން އިންސާނާ އަތުލައިގަނެ އިންސާނާ ހަށިގަނޑުގެ ތަބީޢީ ނިޒާމްގެ މައްޗަށް ވެރިވެގަނެއެވެ.

މަޔަކު އޭނާގެ ތުއްތު ދަރިފުޅުގެ ފުރަތަމަ ފިޔަވަޅު ބިމުގާ އަޅާނެ ދުވަހަކަށް އިންތިޒާރް ކޮށް ކޮށް ހުންނަ ފަދައިން ، ޝައިތޯނާ އިންސާނާ މާޔޫސްވާނެ ދުވަހަކަށް އިންތިޒާރް ކޮށްކޮށް ހުރެއެވެ.

މަލާއިކަތް ބޭކަލުން އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގަންނަވާނެ ވާހަކައިން އުފާވެރި ޚަބަރު ދެއްވި ބަސް ފުޅު ނިކަން ބައްލަވާށެވެ.

 قَالُواْ بَشَّرْنَاكَ بِالْحَقِّ فَلاَ تَكُن مِّنَ الْقَانِطِينَ  (الحجر 55 )  
"އެ މެހުމާނުން ދެންނެވޫއެވެ. ތިމަންމެން ކަލޭގެފާނަށް އުފާވެރިކަމުގެ خبر މިދިނީ، حق ތެދުބަހުންނެވެ. ފަހެ، އުންމީދުކަނޑައިލާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ"!

قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلاَّ الضَّآلُّونَ (الحجر 56 )  
"އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ رحمة އާމެދު، އުންމީދުކަނޑައިލާނީ ފަހެ، ކާކުހެއްޔެވެ؟"
-------------
(ނުނިމޭ)

މި ލިޔުން:
    ފޮނުވުން:    އަލްފާޟިލް އިސްމާޢީލް މުބާރަކް
    އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)Add Comment
...
ލިޔުނީ މުޙައްމަދު, 2011-07-13 06:08:42
އެހާ ފޭރާން ރަނގަޅު ލިއުމެއް ކަމަށް ނުދެކެން......
...
ލިޔުނީ އައިޝާ, 2011-07-13 11:00:30
ވަރަށް ވެސް ޢިބްރަތްތެރި ލިޔުމެއް ވަރަށް ގިނަ މަޢުލޫމާތްތަކެއް ލިވިއްޖެ
ޝުކުރިއްޔާ
...
ލިޔުނީ މުދިމު, 2011-07-13 21:10:58
މީގައި މިވާ މާލޫމާތުތައް ލިބިލެއްވީ ކިހިނެއްކަން ވިދާޅުވެ ދެއްވުން ވަރަށް އެދެވޭ.
...
ލިޔުނީ ކިޔުންތެރިޔާ, 2011-07-14 10:17:58
ލިޔުމުގައި މިވަނީ، ވަރަށް މަދު މައުލޫމާތުކޮޅެއް.. ކޮންމެހެން އަދި ދިރާސާއެއް ކުރުމަށްފަހު ލިޔުން އެދެން. އަދި ސިމްބަލްސްތަކާއި، އެއެއްޗެހީގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރުވެސް ބަޔާންކުރުން މުހިއްމު. ލިޔުއްވި މައުލޫމާތަށްޓަކައި ވެސް ޝުކުރުިއްޔާ!...
...
ލިޔުނީ އިސްމާޢިލް މުބާރަކް, 2011-07-15 10:20:34
އުދަރެސްތަކުންވެސް ﷲ ގެ އާޔަތްތައް ފާޅުކުރަށްވާނެ ކަމުގާ އެކަލާންގެ ވަޢުދު ކުރަށްވާފައިވެއެވެ. މި އަދުގެ ދުނިޔެ އަކީ ޢިލްމާ މަޢުލޫމާތުގެ ވިއުގަ ފުޅާވެ ހޯދަން އުޅޭ މީހަކަށް ކޮންމެ ޢިލްމެއް ކޮންމެ މަޢުލޫމާތެއް ލިބޭނެ މަގު ﷲ ގެ ރަޙަމަތް ވަންތަކަމުން ހުޅުވިފާވާ ދުނިޔެ އެކެވެ. ތި ބޭފުޅުން މި މަޢުލޫމާތު އަޅުގަނޑު ހޯދި މަސްދަރު އެނގިވަޑައިގަންނަވަން ބޭނުންފުޅުވާތީ މި ތަނުގާ ބައެއް ލިނކު އަޅުގަނޑު ފާހަގަ ކޮށްލަދޭނަމެވެ. އާޓިކްލްގެ ކުރި ބައިގަވެސް އަޅުގަނޑު ވާނީ ލިންކެއް ދީފައެވެ..
( http://www.youtube.com/watch?v...r_embedded)
މި ލިންކަކީ މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ ވޮށިންގޓަންގެ ނޭޝަނަލް ޕްރެސް ކްލަބް ގައި ބޭއްވި ޔޫ އެފް އޯ އާ ބެހޭ ޑިސްކްލޯޒަރ ކޮންފެރެންސްގައި ކުރީގެ އެމެރިކާގެ އެއާފޯސް އޮފިސަރަކު ޔޫ އެފްއޯ އެއީ ޙަޤީޤަތެއް ކަމަށްވާހަކަ ދައްކަވާފައިވާ ވީޑިޔޯއެކެވެ.
(http://www.youtube.com/watch?v=EjgNrvwbmII)
މި ލިންކަކީ އަޅުގަނޑު އާޓިކްލްގައި ފާހަގަ ކޮށްފައިވާ ރޯސްވެލް ޙާދިސާޔާ ބެހޭގޮތުން އެމެރިކާގެ އިންޓެލިޖެންސް އޮފިސަރަކު ވާހަކަ ދައްކާފައިވާ ވީޑިއޯ އެކެވެ.
(http://www.latest-ufo-sightings.net/2011/07/alien-spacecrafts-visits-earth-admits.html)
މި ލިންކް އަކީ ޔޫ އެފްއޯ ޙަރަކާތްތަކާ ބެހޭގޮތުން އެންމެ ފަހުގެ އެންމެ ގިނަ ޙަޤީޤަތްތަކެއް އެއްތަނަކުން ލިބޭނެ އެއް ވެބްސައިޓްއެވެ.
އުފާވެރި ދުވަހަކަށް އެދެމުން ވަކިވެލަމެވެ.
...
ލިޔުނީ އިބުރާހިމް މައުމޫން, 2011-07-15 18:05:49
އަސްލު ވަރަށް ލިޔުން ބަރާބަރު.އެކަމަކު މީތެދެށްބާ!

...
ލިޔުނީ ކާޑިނަލް, 2011-07-16 14:05:47
ކުޑައިކޮށް ލިޔުމުގެ ފޭރާން ހެޔޮކޮށްލާ އާރުލާ ގޮތަކަށް ރެފަރެންސް ދީފައިއޮތްނަމަ ރަނގަޅުވާނެކަމަށްފެނޭ!! މިމިހާރު ހީވަނީ ހަމަ ހުސް ހާސަރުތަކެއްހެން
...
ލިޔުނީ ސާރާ, 2011-07-16 15:29:50
މުޙައްމަދާއި މުދިމާއި ކާޑިނަލް އަށް ދަންނަވައިލާން ޖެހެނީ މަޢުލޫމާތު ހޯދި ވަސީލަތްތައް އެހެރީ ލިޔުމުގައި ލިންކް ދީފައި ނޫންތޯ އެވެ؟ ލިޔުން ރަނގަޅަށް ވިދާޅުވެފައި ކޮމެންޓް ކޮށްލެއްވިއްޔާ ވާނީ ކީއްތޯ އެވެ؟
...
ލިޔުނީ މުޙައްމަދު, 2011-07-22 20:28:25
ޔޫ ޓިއުބް ގައި ހުންނަ ގިނަ ވީޑިއޯ އާއި ބައެއް ވެބް ސައިޓް ތަކުގައި ހުންނަ މަޢުލޫމާތު ތަކަކީ އެއްވެސް އަސްލެއް ހަގީގާތެއް އެކުލެވިގެންނުވާ ބުހުތާނެވެ. ވީމާ ރިފަރެންސް ދެއްވާއިރު އެފަދަ އެއްޗެހިން ރިފަރެންސް ނުދެއްވައި ހަގީގީ ޢިލްމުވެރިޔަކުގެ ޢިލްމީ މަސައްކަތަކުން ރިފަރެންސް ދެއްވުމުން މިފަދަ އޮޅުން ބޮޅުން މެދުވެރިނުވެ އޮށްޓަރު ހުރި މަޢުލޫމާތުތަކެއް ލިބިގަނެވޭ ކަމުގެ ހިތްހަމަޖެހުން ކިޔުން ތެރިންނަށް ލިބިގެންދާނެކަމަށް ލިޔުންތެރިޔާއަށް ހަނދާންކޮށް އަރުވަން ބޭނުމެވެ.
...
ލިޔުނީ އިސްމާޢިލް މުބާރަކް, 2011-07-25 20:32:07
ޢަޒީޒް ޖަމާލް އަށް އަޅުގަނޑު ސާބަސް ރައްދު ކުރަމެވެ. އަދި ފަންވަތުގެ ހުރިހާ އެޑިޓަރުންނަށް އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިން ކަމުގާވާ ދާރީ އަށާއި އާދަމް ނަޞީރްއަށް މިނިވަން ދުވަހުގެ ހެޔޮ އެދުންތައް ރައްދު ކުރަމެވެ. ދިވެހި ދަރިން ތިއްބަވާނީ ތިހެންނެވެ، ޙައްޤަށް ނަސްރު ދެއްވާށެވެ، ﷲ މެނުވީ ވާގިދިނުން ޙައްޤުފަރާތެއް ނުވެއެވެ. ﷲ އަށް ނަޞްރުދޭ މީހަކަށް އެކަލާންގެ ނަޞްރުދެއްވާނެއެވެ

ޝުކްރިއްޔާ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1768
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone