މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ނޮކިއާ 6260 ސްލައިޑް |
|
|
| ސައިންސް ޓެކްނޮލޮޖީ - ޓެކްނޮލޮޖީ | |||
| 10 އެޕރީލް 2009، 01:44 ހުކުރު | |||
|
Nokia 6260 Slide ޢަބްދުﷲ ފިރާޤް ނޮކިއާގެ މިފޯނަނީ 2009 އޭޕްރިލް މަހު ބާޒާރަށް ނެރެފައިވާ ފެންވަރު ރަނގަޅު ފޯނެކެވެ. ނޮކިއާ 6260 ސްލައިޑަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން ސްޓީރިއޯ އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ. • ނެޓްވޯރކް:- o 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 o 3 ޖީ ނެޓްވޯރކް: 2100 HSDPA • މިފޯނުގެ ބަރުދަނަކީ 114 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 99.4 މިލިމީޓަރެވެ. ފުޅާމިނަކީ 46.5 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 15.4 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ، ކުލަ އިސްކިރީނެކެވެ. އެކަމަކު މީ ޓަޗް އިސްކިރީނެއްނޫނެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.4 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 480 × 320 ޕިކްސެލްސް އެވެ. • ނޮކިއާ 6260 ސްލައިޑް ފޯނުގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. • މިފޯނުގައި 2000 ފޯނު ނަމްބަރު ފޮޓޯއާއިއެކު ރައްކާކުރެވޭނެއެވެ. އެންމެފަހުގެ 30 ފޯން ކޯލުގެ ހިސްޓްރީ ރައްކާ ކުރުމުގެ ޤާބިލްކަންވެސް މި ފޯނުގައިވެއެވެ. • މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 200 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް މެމޮރީ ކާރޑްވެސް ބޭނުންކުރެވޭ ފޯނެކެވެ. މިގޮތުން ބޭނުންކުރެވޭނީ މައިކްރޯ އެސް.ޑީ ކާޑެވެ. 8 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ސަޕޯޓް ކުރާނެއެވެ. • ނޮކިއާ 6260 ސްލައިޑް ގައި ވައި-ފައި ގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، މައިކްރޯ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ. • މިފޯނުގައިވަނީ ވަރަށްފަހުގެ ހައި ރިޒަލޫޝަން ކެމެރާއެކެވެ. 5 މެގަރ ޕިކްސެލް މިކެމެރާގެ ރިޒަލޫޝަނަކީ 1944 × 2592 ޕިކްސެލެވެ. މި ކެމެރާއިން ވީ.ޖީ.އޭ ކޮށް ވީޑިއޯ ކުރެވޭއިރު އޮޕްޓިކަލް ލެންސާއި، އޮޓޯ ފޯކަސް އަދި ލެޑް ފްލެޝްގެ ޚިދުމަތްވެސް ވާނެއެވެ. އަދި ހަމަމިއާއިއެކު ވީޑިއޯކޯލް ކެމެރާއެއްވެސް ހިމެނެއެވެ. • މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ. • ނޮކިއާ 6260 ސްލައިޑްގައި ސްޓީރިއޯ އެފް.އެމް ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަ އަދި ގިނަ އޯޑިއޯ ފޯމެޓް ގެ ލަވަޖަހާލެވޭ ޕްލޭޔަރެއް ހިމެނެއެވެ. އަދި ވީޑިއޯވެސް ބަލާލެވޭނެއެވެ. • މިފޯނުގައި ޖީ.ޕީ.އެސްގެ ޚިދުމަތްވެސް ހިމެނެއެވެ. އެހެންކަމުން މިފޯނަށް އޭ-ޖީ.ޕީ.އެސް ސަޕޯޓް ކުރާނެއެވެ. އަދި ނޮކިއާ މެޕް ގެ ޙިދުމަތްވެސް މިފޯނުން ލިބޭނެއެވެ. • ޕޮކެޓް އޮފީސް ވެސް މި ފޯނުގައި ވާނެއެވެ. އެހެންކަމުން ވޯޑް، އެކްސެލް އަދި ޕަވަރ ޕޮއިންޓް ފައިލްތައް ބޭނުންކުރެވޭނެއެވެ. އަދި ޕީ.ޑީ.އެފް ފައިލްވެސް ބެލޭނެއެވެ. • މިފޯނުން 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 6 ގަޑިއިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 3 ގަޑިއިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 400 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައި ބޭނުންކުރެވެނީ 288 ގަޑިއިރެވެ. އަދި މިއުޒިކް ޖަހާނަމަ 20 ގަޑިއިރު ބޭނުން ކުރެވޭނެއެވެ. • މިފޯނުގެ އަގު މިވަގުތުހުރީ ގާތްގަނޑަކަށް 5000 ރުފިޔާގައެވެ. • ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|