ފަންވަތް ސައިންސްޓެކް ޓެކްނޮލޮޖީ ވުޟޫކުރާ މެޝިން
ބެލި ޢަދަދު: 2574
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ވުޟޫކުރާ މެޝިން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - ޓެކްނޮލޮޖީ
06 މެއި 2009، 00:15 ބުދަ

ޢަބްދުލްމުޢީދު ޙަސަން



ވުޟޫކުރާ މެޝިނަކީ، އޮސްޓްރޭލިއާގައި އީޖާދުކޮށް، މެލޭޝިއާގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ އެއްޗެކެވެ. މި މެޝިން އެކުލެވިގެންވަނީ، ތިން ބައިންނެވެ. ފުރަތަމަ ބައިން ދޮވެދެނީ، އަނގައާއި މޫނާއި ދެކަންފަތެވެ. ދެވަނަ ބައިން ދޮވެދެނީ، ދެއަތެވެ. ތިންވަނަ ބައިން ދޮވެދެނީ ދެފައިތިލައެވެ. މި ތިންބައި އެއްކޮށް، އެއް މެޝިނެއްގެ ގޮތުގައި އުފެއްދުމަށް، މި މެޝިން އީޖާދުކުރި ކުންފުނިން ވިސްނަމުން ގެންދެއެވެ. މި މެޝިން އުފައްދާ ކުންފުންޏަށް، މިހާތަނަށް 600 އޯޑަރު ލިބިފައިވާ ކަމަށް ވެއެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މެޝިނުން ވުޟޫކުރުމުން، ފެން އިސްރާފެއް ނުވާނެއެވެ. އަދި ވުޟޫކުރަން ހޭދަވާ ވަގުތު އަވަސް ވާނެއެވެ. ތިން މިނެޓަށްވުރެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި މެޝިނުން ވުޟޫކޮށް ނިމޭނެއެވެ. މި މެޝިނުގެ ފެން ބަންދުކޮށް ހުޅުވާ ހަދަނީ، އިންފްރާރެޑް ދޯދީގެ އެހީގައެވެ. އެހެންކަމުން އެޔަކު ބަންދުކުރަން ޖެހޭ އެއްވެސް ފެން އިސްކުރެއް ނުހުންނާނެއެވެ. އެއިން ވުޟޫކުރާއިރު، ފެނުގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.


ވުޟޫކުރުމަށްފަހު، ފެން ހިއްކޭނެ ނިޒާމެއް ވެސް އޭގައި ވެއެވެ. އަދި ވުޟޫކުރަން ނޫން ގޮތެއްގައި ބޭރުވާ ފެން ބޭކާރުވެގެން ދިޔަނުދީ އޭގައި ރައްކާކުރާނެއެވެ.


ވުޟޫކުރާ މެޝިނުން ވުޟޫކުރުމާމެދު ދީނީ ޢިލްމުވެރިންގެ މެދުގައި ވަނީ، ޚިޔާލު ތަފާތުވެފައެވެ. ރަނގަޅަށް ގޮތް ނޭގޭ މިފަދަ އާއީޖާދުތަކާމެދު އަބަދުވެސް ބައެއް ދީނީ ޢިލްމުވެރިން ޝައްކުގެ ނަޒަރުން ބައްލަވައެވެ.


ސުޢޫދީ ޢަރަބިއްޔާގެ ބައެއް ދީނީ ޢިލްމުވެރިން، ދެކެވަޑައިގަންނަވާ ގޮތުގައި، ވުޟޫކުރާއިރު ދޮންނަންޖެހޭ ގުނަވަންތައް ތަރުތީބުން، މުއާލާތްކުރުމާއެކު ދޮވެދޭނަމަ، ވުޟޫކުރާ މެޝިން ބޭނުންކުރުން މަނާކުރަންވީ ސަބަބެއް ނެތެވެ. އެ ބޭކަލުން ވިދާޅުވަނީ، ވުޟޫގެ ޝަރުޠުތަކާއި ވާޖިބުތައް ފުރިހަމަވާން ޖެހޭނެކަމަށެވެ. އެ ބޭކަލުންގެ ނަޒަރުގައި، ތަށްޓަކުން ނުވަތަ އިސްކުރަކުން ނުވަތަ އިލެކްޓްރޯނިކް އާލަތަކުން އޮއްސާ ފެނުން ވުޟޫކުރިޔަސް، ވުޟޫގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތައް ފުރިހަމަވެއްޖެނަމަ، ވުޟޫ ޞައްޙަވާނެއެވެ. އަތްތިލައަށް ފެން އަޅައިގެން، އަތުން ވުޟޫކުރުމަކީ ލާޒިމުކަމެއް ނޫނެވެ. ވުޟޫގެ ގުނަން މަތީގައި ފެން ހިނގުމުން ފުދޭނެއެވެ.


ވުޟޫކުރާއިރު، މޮޅުއިތުރީ، އަތް ގޮށިން ފެން ނަގައިގެން ވުޟޫކުރުން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަދި މެޝިނުން ވުޟޫކުރާ މީހަކު، އެއިން ވުޟޫކޮށްދެނީ ރަނގަޅަށްތޯ ބަލާފައި ނޫނީ، އެއިން ވުޟޫ ނުކުރުމަށް ވެސް އެ ބޭކަލުން އިރުޝާދު ދެއްވާފައި ވެއެވެ.


ވުޟޫކުރާ މެޝިނާ ބެހޭގޮތުން، މިޞްރުގެ ޢިލްމުވެރިއެއް ކަމަށްވާ، ފަޟީލަތުއްޝައިޚު ޢަބްދުލްޚާލިޤު ޙަސަން ޚިޔާލު ފާޅުކުރައްވާފައި ވެއެވެ. އޭނާ ވިދާޅުވެފައި ވަނީ، ވުޟޫ ޞައްޙަވާނެހެން ރަނގަޅަށް އެއިން ވުޟޫކުރެވޭނަމަ، އެ ބޭނުންކުރުމަކީ، މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.


ނަމަވެސް، ވުޟޫކުރާއިރު، ރިޢާޔަތްކުރަންޖެހޭ ރޫޙާނީ ކަންތައްތަކެއް ވާކަން، އޭނާ ފާހަގަކުރެއްވިއެވެ. މެޝިނަކުން ވުޟޫކުރިޔަސް އެކަންތައްތަކަށް ރިޢާޔަތްކުރަން ޖެހޭނެއެވެ. އަދި މެޝިނުން ވުޟޫކުރާ މީހުންނަށް އޭނާ އިލްތިމާސްކުރައްވާފައިވަނީ، ވުޟޫކުރުމަކީ، ޢިބާދާތުގެ ތެރޭގައި ހިމެނޭ ކަމެއްކަން ހަނދާން ނައްތާނުލުމަށާއި، އެއީ ހަމައެކަނި ސާފުތާހިރުވުމުގެ ގޮތުން ދޮވެލެވޭ ގުނަވަންތަކެއް ނޫންކަން ހަނދާނުގައި ބެހއްޓުމަށެވެ. އަދިވެސް އޭނާ ވިދާޅުވެފައި ވެއެވެ. "ވުޟޫކުރާއިރު ދޮންނަ ގުނަވަނުން ފައިބާ ފެންތިކިތަކާއެކު، ވުޟޫކުރާ މީހާގެ ކުށްފާފަތައް ފޮހެވެމުން ދެއެވެ. ވުޟޫކުރާއިރު، މިފަދަ ރޫޙާނީ މަޝާޢިރުތަކަށް ރިޢާޔަތްކުރަން ޖެހޭނެއެވެ."



މަޞްދަރު: އަލްއިޤުތިޞާދު ވެބްސައިޓް


ނޯޓް:
މިއީ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓުން ނަކަލުކޮށްފައިވާ ލިއުމެކެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ސަމީޢު, 2009-05-07 03:39:52
ޥުޟޫކުރުމަކީވެސް ބޮޑުކަމަކަށް ވީތާއެވެ. ދުވުސްކޮޅަކުން ނަމާދުކުރާ މެސިންވެސް ހަދާނެއެވެ. އޭރުން ކަރަންޓް ނެތިގެ ނުވަތަ ޥުޟޫކުރާ މެސިން ވުޟޫނުކުރެވިގެން ޥުޟޫނުރެވުނު މީހުން ނާއި ނަމާދުކުރާ މެސިން ހަލާކުވެގެންނަމާދު ނުކުރެވޭ މީހުން ތިބޭނެއެވެ.
...
ލިޔުނީ mohamed, 2009-05-07 22:46:51
mi machine ga fai dhonna baeh neendhey baa
...
ލިޔުނީ މައުހަދީ, 2009-05-08 11:45:17
މި މެޝިނަކީ ވުޟޫކުރުން ބޮޑުކަމަކަށް ވެގެން އުފެއްދި އެއްޗެއް ކަމަކަށް ނުފެނޭ. މީގެ ބޭނުންތެރިކަން އެގޭނީ ރާއްޛޭން ބޭރުގަ ދުވަސްކޮޅަކު އުޅެލީމަ. ފްލައިޓަ މަތީ މީގެ ބޭނުން ވަރަށްބޮޑު . ހަމަ އެގޮތަށް އޮފީސް ތަކާއި ކުޅިވަރު ސްޓޭޑިޔަމްތަކާއި އެއަރޕޯޓްތަކާއި......... މިއިން ކޮންމެ ތަނެއްގައިވެސް މި މެޝިން ބެހެއްޓުމުން ވަރަށް ބޮޑެތި ފަސޭހަތަސް ލިބޭނެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2574
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone