ފަންވަތް ސިއްހަތު
ސިއްޙަތު
ހަތަރު އަތާއި ހަތަރު ފައި ހުރި ކުއްޖާގެ އެހާރާއި މިހާރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
16 ފެބްރުވަރީ 2010، 22:08 އަންގާރަ

ޢަބްދުލްމުޢީދު ޙަސަން


އެއީ އިންޑިއާގެ ފަޤީރު އަވަށަކަށް އުފަންވި އަންހެން ކުއްޖެކެވެ. އުފަންވި އިރު އެކުއްޖާގެ ހަށިގަނޑުގައި ހަތަރު އަތާއި ހަތަރު ފައި ހުއްޓެވެ. އެކުއްޖާގެ މި ޙާލަތު، ނަހަމަ ގޮތުގައި ބޭނުންކުރުމަށް ބައެއް ފަރާތަކުން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، ޗަރުކޭސް ކުޅޭ ބަޔަކު އެކުއްޖާ ގަންނަން އުޅުނު ކަމެވެ. އަދި އެކުއްޖާއަކީ ކަލާނގެ ވަންތަ ކުއްޖެއް ކަމަށް ވެސް ބައެއް މީހުން ބުނެއުޅުނެވެ. ކޮންމެއަކަސް އެކުއްޖާގެ މަންމައާއި ބައްޕަގެ ފަޤީރު ކަމާއެކު ވެސް، ނަހަމަ ގޮތުގައި އެކުއްޖާގެ ބޭނުންކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް އެ ދެ މީހުންނަކު ނުދިނެވެ.
އިތުރަށް...
 
ހެނދުނުގެ ނާސްތާ ސްކޫލް ކުދިންނަށް ވަރަށް މުހިންމު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
08 ފެބްރުވަރީ 2010، 00:07 ހޯމަ

މުޙަންމަދު ޢަބްދުއްޞަމަދު
 
ދުވަހުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާކަން އެނގިވަޑައިގަންނަވަނީ ކިތައް ބެލެނިވެރިނަށްތޯ އެވެ؟ ހަށިގަނޑަށް ފައިދާހުރި ކާނާއެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެ ހަރަކާތްތައް ރަގަޅަށް ފެށުމަށް ލިބޭ ބާރެކެވެ. ނަމަވެސް ހެނދުނުގެ ނާސްތާއަށް ސަމާލުކަމެއް ނުދެވެއެވެ. ބޮޑެތި މީހުންނާއި ސްކޫލްކުދިންނާއި ބެލެނިވެރިން ވެސް ހެނދުނު ސައި ދޫކޮށްލުން އާދަކޮށްފި އެވެ. ނަމަވެސް ދަރިވަރުންނަށް ހެނދުނު ރަނގަޅު ނާސްތާއެއް ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.
އިތުރަށް...
 
ބޭސްކެއުމަށް ހަނދާންކޮށްދޭ އާ ޖިހާޒެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
22 ޖެނުވަރީ 2010، 10:42 ހުކުރު

ޢަބްދުލްމުޢީދު ޙަސަން


އެ ޖިހާޒު އީޖާދުކުރީ، ސުޢޫދީ ޢަރަބިއްޔާގެ ޖާމިޢަތު ތަބޫކު (ތަބޫކު ޔުނިވަރސިޓީ) ގެ އަންހެން ދަރިވަރެކެވެ. އޭނާގެ ނަމަކީ، ވުޖުދާނުއް ސުފުޔާނީ އެވެ. އޭނާ އުފެއްދި ޖިހާޒު ނުވަތަ އާލަތަކީ، ބޭސް ކެއުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޚާއްޞަކޮށް، ޢުމުރުން ދުވަސްވެފައިވާ މީހުންނާއި، ލިޔަން ކިޔަން ނުދަންނަ މީހުންނާއި، ހަނދާންނެތޭ މީހުންނަށް، އެއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ބޭސް ކާންޖެހޭ ވަގުތާއި، ކާންވީ މިންވަރު، އެއިން އަންގައިދެނީ، އަޑާއި މަންޒަރާއެކުގަ އެވެ. ބަލިމީހާއާ ބެހޭ މަޢުލޫމާތާއި، އޭނާ ކުރިން ބޭނުންކޮށްފައިވާ ބޭސްތަކާއި، މިހާރު ބޭނުންކުރަމުން ގެންދާ ބޭސްތަކުގެ މަޢުލޫމާތު، އޭގައި ޚަޒާނާކުރެވިދާނެ އެވެ. ޑަކުޓަރަށް ދާ ދުވަސްތަކުގެ ތާރީޚާއި ކުރެވޭ ބޭސްފަރުވާގެ ތަފުޞީލުތައް ވެސް އޭގައި ރައްކާކުރެވިދާނެ އެވެ.
އިތުރަށް...
 
ހަކުރުބަލި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
14 ޖުލައި 2009، 00:08 އަންގާރަ


ޢަބްދުލްޙަކީމު ޙުސައިން މަނިކު

ހަކުރުބަލި ބުނީ ޢަބްދުލްޙަކީމު ޙުސައިން މަނިކާ ބައްދަލުވޭތޯ އުޅެންފަށައިފީމެވެ. މާލޭގެ ވަރަށް ގިނަ ބަޔަކު އަތުލައިގެންފީމެވެ. އަދި ރާއްޖެތެރޭގެ ވަރަށް ގިނަ ބަޔަކު އަތުލައިގެންފީމެވެ. އެމީހުންގެ ލަބްލަބާއާއި، ކިޑްނީއަށް ވަދެގެންފީމެވެ. އޭގެތެރޭގައި ސާޅީސް އަހަރަށްވުރެ އުމުރުން ހަގު ގިނަބަޔަކު ހިމެނުނެވެ. އޭގެ ދޮށީމީހުން ވެސް ހިމެނުނެވެ. ވަރަށް ގިނަބަޔަކަށް އަހަރެންނާއި، އެއްބައެއް ނުވެވުނެވެ. އަހަރެންގެ ނަސޭހަތެއް ގަބޫލެއް ނުކުރެވުނެވެ.
އިތުރަށް...
 
އޫރު ރޯގާ- 21 ވަނަ ގަރުނުގެ ބޮޑު ރޯގާއަށް ވެދާނެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
27 މެއި 2009، 01:36 ބުދަ

 މުޙަންމަދު ޢަބްދުއްޞަމަދު /ހއ.އިހަވަންދޫ
 
ދުނިޔޭގައި ދިރިއުޅޭ ތަފާތު ދިރޭ ތަކެތީގެ އާބާދާގައި ތަފާތު ބަލިތައް ފެތުރެއެވެ. އިންސާނުންނާއި ޖަނަވާރުންގެ ތެރޭގައެވެ. ގަސްގަހާގެއްސާއި ދޫނި ސުފާ ސޫފީގެ ތެރޭގައެވެ. ދޫނި ރޯގާގެ ބިރުވެރިކަމަށް ފަހު މިހާރު ކުރިމަތިވެފައި މިވަނީ ސްވައިން ފްލޫ ނުވަތަ އޫރު ރޯގާ އެވެ. މި ރޯގާއަކީ އޫރުގެ އާބާދީ ތެރޭގައި ފެތުރޭ ބައްޔެކެވެ. މިބަލި ޖެހެނީ އޫރުގެ ނޭވާލުމުގެ ނިޒާމަށެވެ. މިއީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިބަލި ޖައްސާ ވައިރަހަށް  ކިޔަނީ " އިންފުލުއެންޒާ ވައިރަސް އޭ " އެވެ. އިންފުލުއެންޒާ ވައިރަސް ޖެހެނީ ދިރޭތަކެތީގެ އެއް ވައްތަރަށެވެ. އެހެނީ، އިންސާނުންނާއި އޫރާއި ، ދޫންޏަށް ޖެހޭ އިންފުލުއެންޒާ ވައިރަސް ތަފާތު ވާނެއެވެ. އެހެން ނަމަވެސް ، ބައެއް ފަހަރު ވައިރަސް ދިރޭ ތަކެތީގެ ގިނަ ވައްތަރުތަކަށް ޖެހިދާނެއެވެ. މިސާލަކަށް ބައެއް ފަހަރު  އޫރަށް ބަލިޖެހެނީ ، ހަމައެކަނި އޫރަށް ބަލިޖައްސާ ވައިރަހުން ނެވެ. އެކަމަކު، އިންސާނުންނާއި ދޫންޏަށް ބަލިޖައްސާ ވައިރަހުން ވެސް އޫރަ ބަލިޖެހިދާނެ އެވެ.
އިތުރަށް...
 
ހިމަބިހި: މައިންނާއި ޅަދަރިންނަށް ހުރި ބޮޑު ބިރެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
20 މެއި 2009، 01:27 ބުދަ

ޝާކިރު

ހިމަބިއްސަކީ ޢާންމުކޮށް ޖާރމެން މީސެލްސް ގެ ނަމުން އެނގި ދެނެވިވާ ރުބެއްލާ ވައިރަސް އިން ޖައްސާ ބަލިމަޑުކަމެކެވެ. މިނަން އައިސްފައިވަނީ ލެޓިން އިންނެވެ. މާނައަކީ 'ކުޑަ ރަތް' އެވެ. ޖާރމަން މީސެލްސް މިބައްޔަށް ކިޔަނީ މިބަލި ފުރަތަމަ ހޯދާފައިވަނީ އަށާރަވަނަ ގަރުނުގެ މެދުތެރޭގައި ޖާރމަންގެ ފިޒިޝަނެއް ވީމައެވެ. ފްރެޑްރިކް ހޮފްމަން  Friedrich Hoffmann 1740 ގައި ފުރަތަމަ ފަހަރަށް ކުލިނިކަލީ ރުބެލްލާ ތަޢާރަފުކުރިއެވެ. އަދި ޑި ބަރގެންde Bergen  1814 ވަނަ އެކަން ކަށަވަރު ކުރިއެވެ. އަދި 1758 ވަނަ އަހަރު އޯރލޯOrlow  މިކަން ކަށަވަރުކޮށްދިނެވެ.
އިތުރަށް...
 
ކުލާހަށް ކަރުބޮލަކު އެޅުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
16 މެއި 2009، 00:05 ހޮނިހިރު

ކުލާހަށް ކަރުބޮލަކު އެޅުން -– ކިހާ ނުރައްކާތެރިކަމެއްބާ؟


އަޙަމަދު ރަޝީދު   އެސްޖެހިގެ    ލ. ފޮނަދޫ
   
ސްކޫލުގެ އޮފީސްތެރޭގައި ޕީ.ޓީ.އޭ އިން ނެރޭ ފާރުނޫސް ފައިނަލް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ފާޑެއްގެ ވަހެއް އައިސް ނޯށުގެ ހިނދުރީތެރެއަށް ވަންނަން ފެށިއެވެ. ޖެހުނު ވަހުގެ ގަދަ ކަމާއި ޒަވިކަމުން މުޅި ހަށިގަނޑަށް އެނގުން ވެގެން ދިޔައެވެ. ބޮލަށް އެނބުރުން އަރާކަހަލަ ގޮތްތަކެއްވެސް ވިއެވެ. އިރުކޮޅެއްފަހުން މުދައްރިސަކު އޮފީހަށް ދުރުވެ މައްސަލަ ހުށަހަޅުއްވައިފި އެވެ. އެ މުދައްރިސު ހުންނެވި ކުލާހަށް ކަރުބޮލަކު އެޅީއެވެ. މިކަމެއް ކުރީ ކޮން ކުއްޖެއް ނުވަތަ ކުދިންތަކެއްކަން ނޭނގުނު ނަމަވެސް މުޅި އެ ހިސާބުގަނޑު އެއްވަސްވެފައިވަނީ ކަރުބޮލަކުގެ ވަހުންނެވެ.
އިތުރަށް...
 
އޫރު ރޯގާ: 11 މެއި 2009 ޕްރިންޓް އީމެއިލް
ސިއްޙަތު - ސިއްޙަތު
11 މެއި 2009، 23:04 ހޯމަ


ޢަބްދުލްމުޢީދު ޙަސަން


ތާރީޚު: 11 މެއި 2009 މ. ގަޑި: 6:00 ޖީއެމްޓީ

މިހާރު، 31 ޤައުމެއްގައި އޫރު ރޯގާ ފެތުރިފައިވާ ކަން، ރަސްމީ ގޮތުން އެ ޤައުމުތަކުން ވަނީ އަންގާފައެވެ. އެ ޤައުމުތަކުގައި މިހާރު އޫރު ރޯގާ ޖެހިފައިވާ މީހުންގެ ޖުމްލައަކީ، 4684 އެވެ.


1. މެކްސިކޯ ގައި 1626 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން 48 މީހުން ވަނީ މަރުވެފައެވެ.


2. ޔޫއެސްއޭ ގައި 2532 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް...
 
މިއަދާ ހަމައަށް އޫރު ރޯގާ ފެތުރިފައިވާ މިންވަރު ޕްރިންޓް އީމެއިލް
ސިއްޙަތު - ސިއްޙަތު
10 މެއި 2009، 21:19 އާދީއްތަ


ޢަބްދުލްމުޢީދު ޙަސަން



ތާރީޚު: 10 މެއި 2009 މ. ގަޑި: 7:30 ޖީއެމްޓީ

މިހާރު، 29 ޤައުމެއްގައި އޫރު ރޯގާ ފެތުރިފައިވާ ކަން، ރަސްމީ ގޮތުން އެ ޤައުމުތަކުން ވަނީ އަންގާފައެވެ. އެ ޤައުމުތަކުގައި މިހާރު އޫރު ރޯގާ ޖެހިފައިވާ މީހުންގެ ޖުމްލައަކީ، 4379 އެވެ.


1. މެކްސިކޯ ގައި 1626 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން 45 މީހުން ވަނީ މަރުވެފައެވެ.


2. ޔޫއެސްއޭ ގައި 2254 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ މަރުވެފައެވެ.


3. ކެނެޑާ ގައި 280 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.

އިތުރަށް...
 
ކެރެޓް ބަކުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
09 މެއި 2009، 01:26 ހޮނިހިރު


ބޭނުންވާތަކެތި

ޖުވައިރިޔާ ވަޖުދީ



3 އިންޗީގެ ކެރެޓްކޮޅެއް ( ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ މުގު

4/1 ޖޯޑު ހަނޑޫ

2/1 މޭޒުމަތީ ސމުސާ މުރނގަ ފަތް
އިތުރަށް...
 
އޫރު ރޯގާ މިހާތަނަށް ފެތުރިފައިވާ މިންވަރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
08 މެއި 2009، 11:44 ހުކުރު


ޢަބްދުލްމުޢީދު ޙަސަން


ތާރީޚު: 7 މެއި 2009 މ. ގަޑި: 6:00 ޖީއެމްޓީ

މިހާރު، 23 ޤައުމެއްގައި އޫރު ރޯގާ ފެތުރިފައިވާ ކަން، ރަސްމީ ގޮތުން އެ ޤައުމުތަކުން ވަނީ އަންގާފައެވެ.

މެކްސިކޯ ގައި 1112 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އޭގެ ތެރެއިން 42 މީހުން ވަނީ މަރުވެފައެވެ.

އިތުރަށް...
 
އޫރު ރޯގާގެ ވަބާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
05 މެއި 2009، 00:53 އަންގާރަ


ޑރ. ޢަބްދުލްހާދީ މިޞްބާޙު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އޫރު ރޯގާއަކީ، ގާތްގަނޑަކަށް މީގެ ސާޅީސް އެއް އަހަރު ކުރިއްސުރެ، ދުނިޔެއާ ކުރިމަތިވި މިފަދަ ފުރަތަމަ ވަބާ ކަމަށް ވެދާނެއެވެ. 1968 ވަނަ އަހަރު، "ހޮންކޮންގ ރޯގާ" ގެ ވަބާ ދުނިޔެއަށް ފެތުރުނެވެ. އެފަހަރު، އެ ރޯގާގެ ޝިކާރައަކަށްވެ، ދުނިޔެއިން އެއް މިލިޔަން މީހުން މަރުވިއެވެ. ނަމަވެސް، މިހާރުގެ މީޑިއާއިން ބިރުވެރިކަން ފެތުރޭ ފަދައިން އޭރަކު ނުފެތުރެއެވެ. މިހާރު މިވަނީ، އިންޓަރނެޓާއި ސެޓެލައިޓާއި ޓީވީގެ ޒަރީއާއިން މުޅި ދުނިޔެ ކުޑަކުޑަ އަވަށަކަށް ވެފައެވެ.


މި ފޮޅުވަތްތަކުގައި އަޅުގަނޑު ބަލައިލާނީ، އޫރު ރޯގާއާމެދު ޢާއްމުންގެ ހިތުގައި އުފެދިފައިވާ ބައެއް ސުއާލުތަކަށް، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، ޖަވާބުދެވޭތޯއެވެ.

އިތުރަށް...
 
ގާތުން ކިރުދިނުމުގެ ފައިދާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
05 އެޕރީލް 2009، 01:48 އާދީއްތަ

މިއީ އިސްލާމީ ނޫހަކުން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.

މުޙަންމަދު ވަޙީދު- މަޑުލު

ﷲ ސުބުޙާނަހޫ ވަތަޢާލާ ހައްދަވާފައިވާ ކޮންމެ އެއްޗަކީ، ކޮންމެ މަޚްލޫޤަކީ ވަރަށް ފުރިހަމައަށް ހައްދަވާފައިވާ އެއްޗެކެވެ. އެކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާގެއެވެ. އެކަލާނގެ ހައްދަވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ އެ އެއްޗެއް އެއަށްވުރެ މޮޅުކުރުމަށް އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެހައި ފުރިހަމަކޮށެވެ. އެކަލާނގެ ކުޅަދުންވަންތަ ވެރިކަމާއެވެ.
އިތުރަށް...
 
މަންޒިލްމަޤުޞޫދު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
16 ޖެނުވަރީ 2009، 02:32 ހުކުރު


ޢަބްދުލްމުޢީދު ޙަސަން

މި މަޒުމޫނު ބިނާކޮށްފައިވަނީ، ޑރ. ޔޫސުފުލްބަދުރު އިންޞާފުކުރައްވާފައިވާ މައުޟޫޢެއްގެ މައްޗަށެވެ. އެ މައުޟޫޢުގެ ނަމަކީ، "މި ޙަޔާތުގައި ތިބާގެ ލަނޑުދަނޑިއަކީ ކޮބާ؟" މިއެވެ. މަޒުމޫނު ވިދާޅުވާން ފެށުމުގެ ކުރިން، މި ސުއާލަށް، ތިބާ ދެއްވާ ޖަވާބު، ކަރުދާސްކޮޅެއްގައި ނޯޓުކޮށްލެއްވުމަށް އޭނާ ވަރަށް ބޮޑަށް އެދިވަޑައިގެންފައި ވެއެވެ.


ވާހަކަ 1

އެއްދުވަހަކު، ޑރ. ޔޫސުފުލްބަދުރުގެ އަރިހަށް، މުސްކުޅި އަންހެނަކު ދިޔައެވެ. އެކަނބުލޭގެ ޢުމުރަކީ ފަންސާސް އަހަރެވެ. އެކަނބުލޭގެ ފިރިމީހާ އޭރު އޮތީ ހިތުގެ ބައްޔަކަށް ޝިފާ ނުލިބި، މަރަށް ހާޒިރުވެފައެވެ. އެކަނބުލޭގެއަށް ލިބިފައިވި މުއްސަނދިކަން ނެތިދިޔައީ، ފިރިމީހާއަށް ބޭސްފަރުވާ ކުރުމަށްޓަކައި ހޭދަކުރުމުގެ ސަބަބުންނެވެ. އެކަނބުލޭގެ، ޑރ. ޔޫސުފުލްބަދުރުގެ އަރިހުގައި ދެންނެވިއެވެ. "ތިމަންނައަކީ މާތް ﷲ އަށް އީމާންވާ މުސްލިމަކީމެވެ. އެހެން މީހުންގެ ޚިދުމަތުގައި ތިމަންނަގެ ޢުމުރު ހޭދަކުރީމެވެ. ތިމަންނަ ކުށެއް ނުކުރާޙާލު، ތިމަންނައާ މި ހުރިހާ މުޞީބާތްތަކެއް ކުރިމަތިވަނީ ކީއްވެގެންތޯއެވެ؟"

އިތުރަށް...
 
މާމުއިން ފަރުވާ ހޯއްދަވާ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
15 ޖެނުވަރީ 2009، 23:13 ބުރާސްފަތި


ލިއުއްވީ: ޢަބްދުއްދާއިމް އަލްކުޙައިލް
ތަރުޖަމާ: މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް


އަޅުގަނޑުމެން އެންމެންވެސް މާމުއިގެ ފައިދާއާއި އޭގައި މާތްﷲ ލައްވާފައިވާ ބަލިތައް ފަސޭހަވާނޭ ގަދަފަދަ ޢަޖައިބު ކުރުވަނިވި، ބާރާއި ބެހޭގޮތުން އަޑުއަހާ، ކިޔާ ހަދާފައިވާނޭކަން ކަށަވަރެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކުނޫނީ އޭނާގެ ބައްޔަށްކުރާ ހުރިހާ ފަރުވާއެއް މާމުއިން ކުރާކަށް ނުވިސްނައެވެ.

ސަބަބަކީ، ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކާ ޚިލާފަށް މާމުޔަށް ލިބިފައިވާ ޢަޖާއިބު ކުރުވަނިވި ޝިފާގެ ބާރާ ބެހޭގޮތުން ހުޅަނގުގެ ޢިލްމުވެރިން ހޯއްދަވާފައިވާ ހޯއްދެވުންތައް އަޅުގަނޑުމެނަށް އެނގިފައި ނުވާތީއެވެ.

އިތުރަށް...
 
ޚުންސާގެ ޖިންސު ކަނޑައަޅާ ގޮތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
04 ޖެނުވަރީ 2009، 20:33 އާދީއްތަ


ޢަބްދުލްމުޢީދު ޙަސަން


ޚުންސާއަކީ ކޮބާ؟
ޚުންސާއަކީ، ފިރިހެނެއްކަން ނުވަތަ އަންހެނެއްކަން ނޭގޭ މީހާއެވެ. ބައެއް ފަހަރު، އޭނާގެ ހަށިގަނޑުގައި، ދެ ޖިންސްގެ ދެ ގުނަވަން ވާނެއެވެ. އެއީ ފިރިހެން ހަށްޓާއި އަންހެން ހަށްޓެވެ. އަދި ބައެއްފަހަރު، އޭނާގެ ހަށިގަނޑުގައި ދެ ޖިންސުންކުރެ ޖިންސެއްގެ ޖިންސީ ގުނަވަން ބޭރުން ނުފެންނާނެއެވެ.

ފިޤުހުވެރިންގެ އަރިހުގައި ޚުންސާގެ ޖިންސް
އިސްލާމީ ފިޤުހުވެރިން، (ކުރީގައި) ޚުންސާއެއްގެ ޖިންސް ކަނޑައަޅުއްވަނީ، އޭނާ ކުޑަކަމުދާ ގޮތުގެ މައްޗަށް ބިނާކުރައްވައިގެންނެވެ. އެއްގޮތަށްވުރެ ގިނަ ގޮތަށް ޚުންސާއަކު، ކުޑަކަމު ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތްތަކަކީ:

އިތުރަށް...
 
މި އަދު ވެސް ފަސްހާސް ކުޑަ ކުދިން މަރުވާނެ އެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
23 ޑިސެމްބަރ 2008، 10:26 އަންގާރަ

އަޙްމަދު ރިޟްވާނު ވަޙީދު

ކޮންމެ އަޅެއްގެ ވެސް ރިޒުޤަކީ ﷲގެ މިންވަރުފުޅާއި އިރާދަފުޅުގެ މައްޗަށް ހުއްޓިފައިވާ އެއްޗެކެވެ. އެކަމަކު ރިޒުޤު ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ ހަމަ ކޮންމެހެން ވާޖިބުކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވާތީ އަޑު އަހަމެވެ. މި ކާއިނާތުގައި ލައްވާފައިވާހާ ތަކެއްޗަކީ އިންސާނާއަށްޓަކައި ލައްވާފައިވާ ތަކެތި ކަމަށްވާތީއެވެ.
ކަންމިހެން އޮތްކަމުގައި ވިޔަސް، އިލާހީ ދެއްވުންތައް ލިބިގަނެވެނީ އެކި މީހުންނަށް އެކި މިންވަރަށެވެ. އެކަމުގެ ޙިކުމަތް ދެނެވޮޑިގެންވާނީ މާތްﷲ އެވެ. ކިތަންމެ ބައިވަރެއް ދެއްވިޔަސް، އިސްރާފުކުރުން އޮތީ ގަދަ އަމުރުފުޅުން ޙަރާމް ކުރައްވާފައެވެ.
އަޅުގަނޑުމެންނަށް އޮތީ ވިސްނުމެވެ. ފިކުރުކުރުމެވެ. ޝުކުރު ކުރުމެވެ. މި މަޒުމޫނުގައި ހަމަ އެކަނި ފެންފޮދަކާ މެދު ވިސްނާލަމާތޯއެވެ؟
އިތުރަށް...
 
މައިމީހާގެ ބަނޑުން ބޭރަށް އަތްނެރެ ޑަކުޓަރުގެ އިނގިލީގައި ހިފި ކުއްޖާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 10
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
16 ޑިސެމްބަރ 2008، 20:26 އަންގާރަ

ފޮނުވީ: އެމް

ސެމްއީލް އެލެގްޒެންޑަރ، އުފަންވުމުގެ ކުރިން އޭނާއަށް ފަރުވާއެއް ދޭން ޖެހުނެވެ. އޭރު އޭނާގެ މަންމަ ޖޫލީގެ ބަނޑަށް އެކާވީސް ހަފުތާ މުޅިން ނުފުރެއެވެ. ނަމަވެސް ޖޫލީގެ ބަނޑުން އޭނާ ބޭރަށް ނެރެފިނަމަ މަރުވެދާނެއެވެ. އެހެންވެ، އޭނާއަށް ފަރުވާ ދޭންޖެހެނީ، ޖޫލީގެ ރަޙިމުގައި އޭނާ ބާއްވައިގެންނެވެ. މިކަން މިގޮތަށް ކުރުމަށް ނިންމެވީ، ޑަކުޓަރު ޔޫސުފު ބުރޫނަރއެވެ.

ޑަކުޓަރުގެ ނިންމެވުމާމެދު، ޖޫލީ އެއްބަސްވިއެވެ. ޖޫލީއަކީ ހޮސްޕިޓަލުގެ ވިއްސުމާ ބެހޭ ބައިގައި މަސައްކަތްކުރާ ނަރުހެކެވެ. މައިމީހާގެ ބަނޑުތެރޭގައި ބާއްވައިގެން ދަރިފުޅަށް ފަރުވާ ދިނުމުގައި، ޑަކުޓަރު ޔޫސުފުގެ މޮޅުކަމާއި ކުޅަދާނަކަން އޭނާ ރަނގަޅަށް ދަނެއެވެ. ކުރިންވެސް ޑަކުޓަރު ޔޫސުފު ވަނީ، އެފަދަ އެތައް އޮޕަރޭޝަނެއް ކުރައްވާފައެވެ.
އިތުރަށް...
 
ބަލިވެއިން ފިރިމީހާގެ ބަލިވެއިނުމާއި ވިހެއުން ކާމިޔާބު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
11 ޑިސެމްބަރ 2008، 15:39 ބުރާސްފަތި

ފޮނުވީ: އެމް

އޭނާގެ ދަރިފުޅު ވިހޭކަމަށް ވަނީ، 13 ނޮވެމްބަރ 2008 ގައެވެ. އޭނާއަކީ، ކުރިން އަންހެނެކެވެ. ދެން ފިރިހެނަކަށް ބަދަލުވިއެވެ. ދެން އަންހެނަކާ އިނެވެ. އެއަށްފަހު، އެދެމަފިރިންނަށް އެނގުނު ގޮތުގައި، ބަލިވެ އިނުމާއި ވިހެއުމުގެ ކުޅަދާނަކަން އަނބިމީހާގެ ކިބައިގައި ނެތެވެ.

ބަލިވެ އިނުމަށް ފިރިމީހާ އެދުނީ މިހެންވެގެންނެވެ. މިވަރުގެ ބޮޑު ގުރުބާނެއް އޭނާވީ، އޭނާގެ އަނބިމީހާއަށް އުފާވެރިކަން ލިއްބައިދިނުމަށްޓަކައެވެ. އޭނާގެ ބަނޑުގައި ދަރިފުޅު އަށަގެންނެވުނީ، ޓެސްޓް ޓިއުބްގެ އެހީގައެވެ. މިކަން ކާމިޔާބުވެ، އޭނާ ވިހެއީ އަންހެން ކުއްޖެކެވެ.

މިހިރީ، މިޒަމާނުގެ އާ ކަންތައްތަކެވެ. ކޮންމެ ކޮންމެ މީހަކު މިކަހަލަ ތަޖުރިބާތައް ކުރާކަށް ނުވާނެއެވެ.






އިތުރު ފޮޓޯތައް














ޙަވާލާ:
News of The World
you tube

 
ގަހަކަށް ބަދަލުވަމުން ދިޔަ ދީދީގެ ބައްޔަށް ޝިފާއެއް ވިއެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
27 ނޮވެމްބަރ 2008، 21:17 ބުރާސްފަތި


ފޮނުވީ: އެމް

ގަހަކަށް ބަދަލުވާން ފެށުމުގެ ކުރިން، ދީދީއަކީ، ޞިއްޙަތު ސަލާމަތުން ހުރި ޒުވާނެކެވެ. ގަހަކަށް ބަދަލުވުމުގެ ބަލި، އޭނާއަށް ޖެހުނީ، އޭނާގެ ޢުމުރުން 14 އަހަރުގައި ކަކުލަށް ލިބުނު އަނިޔާއަކާ ވިދިގެންނެވެ. ދީދީއަށް ޖެހުނު ބަލީގައި ވާގޮތަކީ، ހަށިގަނޑުގެ އެތަން މިތަނުން މޫފެޅުމެވެ. އެއީ ގަސްގަހާގެހިން ފަލާކަހަލަ މުލެވެ. އެ ބަލީގައި އެންމެ ގިނައިން މޫފަޅާފައިވަނީ، ދީދީގެ ހަތަރެސް ފައިންނެވެ. އެހެންކަމުން، އެއްޗެހީގައި ހިފައި އުޅުންވަނީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށް ވެފައެވެ.

އިތުރަށް...
 


ސަފްހާ 1 ގެ 2

މިވަގުތު ފަންވަތުގައި

މިވަގުތު 72 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު


''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.''
- މުޙަންމަދު އަމީން-

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 713463