ފަންވަތް ސިއްހަތު ބޭސްކެއުމަށް ހަނދާންކޮށްދޭ އާ ޖިހާޒެއް
ބެލި ޢަދަދު: 1238
ބޭސްކެއުމަށް ހަނދާންކޮށްދޭ އާ ޖިހާޒެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
22 ޖެނުވަރީ 2010، 10:42 ހުކުރު

ޢަބްދުލްމުޢީދު ޙަސަން


އެ ޖިހާޒު އީޖާދުކުރީ، ސުޢޫދީ ޢަރަބިއްޔާގެ ޖާމިޢަތު ތަބޫކު (ތަބޫކު ޔުނިވަރސިޓީ) ގެ އަންހެން ދަރިވަރެކެވެ. އޭނާގެ ނަމަކީ، ވުޖުދާނުއް ސުފުޔާނީ އެވެ. އޭނާ އުފެއްދި ޖިހާޒު ނުވަތަ އާލަތަކީ، ބޭސް ކެއުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޚާއްޞަކޮށް، ޢުމުރުން ދުވަސްވެފައިވާ މީހުންނާއި، ލިޔަން ކިޔަން ނުދަންނަ މީހުންނާއި، ހަނދާންނެތޭ މީހުންނަށް، އެއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ބޭސް ކާންޖެހޭ ވަގުތާއި، ކާންވީ މިންވަރު، އެއިން އަންގައިދެނީ، އަޑާއި މަންޒަރާއެކުގަ އެވެ. ބަލިމީހާއާ ބެހޭ މަޢުލޫމާތާއި، އޭނާ ކުރިން ބޭނުންކޮށްފައިވާ ބޭސްތަކާއި، މިހާރު ބޭނުންކުރަމުން ގެންދާ ބޭސްތަކުގެ މަޢުލޫމާތު، އޭގައި ޚަޒާނާކުރެވިދާނެ އެވެ. ޑަކުޓަރަށް ދާ ދުވަސްތަކުގެ ތާރީޚާއި ކުރެވޭ ބޭސްފަރުވާގެ ތަފުޞީލުތައް ވެސް އޭގައި ރައްކާކުރެވިދާނެ އެވެ.

އެ ޖިހާޒާ ބެހޭ ގޮތުން އިސްލާމްއޮންލައިނަށް މަޢުލޫމާތު ދެމުން، ވުޖުދާން ބުނެފައިވަނީ، ބޭހާ ބެހޭ މަޢުލޫމާތު އެއަށް އެންޓަރކުރާނީ، ބޭސްވިއްކާ ފިހާރައިން ކަމަށެވެ. ބޭސް ގަނެގެން ގެއަށް އައުމަށްފަހު، ބޭސް ކާންވީ އިރުވަރުތަކާއި، ކާންވީ މިންވަރު، އެއިން އަންގައިދެމުން ގެންދާނެ ކަމަށެވެ. އަދި އެ ޖިހާޒު ގެންގުޅޭ ބަލި މީހަކަށް ބޭސް ކާންދިނުމުގެ ކަންތައްތައް ބަލަހައްޓަން މީހަކު ހުންނަން ނުޖެހޭނެ ކަމަށެވެ.

އެއީ، އާދައިގެ މޮބައިލް ފޯނެއްވަރުވާ ޖިހާޒެކެވެ. އެއަށް، މަޢުލޫމާތު އެންޓަރކުރަނީ، އޭގެ އެއްފަރާތުގައިވާ ޔޫއެސްބީ ޕޯޓަކުންނެވެ. ބޭސްފުޅިތަކާއި ބޭހުގެ ފޮޓޯތައް ވެސް އޭގައި ރައްކާކުރެވެ އެވެ. ލިޔަންކިޔަން ނުދަންނަ މީހުންނަށް އޭގެ ބޭނުންކުރުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ސަބަބަކީ، އޭގައިވާ މަޢުލޫމާތު ފޮޓޯއިން ވެސް ގެނެސްދޭތީ އެވެ.

އެއީ، ވުޖުދާން އީޖާދުކުރި މުޅިން އާ ޖިހާޒެކެވެ.

ރަސްމީކޮށް އެ ޖިހާޒު ދައްކާލުން އޮންނާނީ، މިއަންނަ މާޗް މަހުގައެވެ.

ތަބޫކު ޔުނިވަރސިޓީން އުފެއްދި އާ އީޖާދެއްގެ ގޮތުގައި، އެ ޖިހާޒު ރަޖިސްޓަރީ ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް އެ ޔުނިވަރސިޓީން، އިސްލާމްއޮންލައިނަށް މަޢުލޫމާތު ދީފައިވެ އެވެ.


މަޞްދަރު:
އިސްލާމްއޮންލައިން ޑޮޓް ނެޓް.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ނިޔާ, 2010-02-28 07:05:07
މިއީ ވަރަށް ފުރިހަމަ އީޖާދަކަށް ވެގެންދާނެ އީޖާދެއް... މިފަދަ އީޖާދުތައް ކުރުމުގައި އިސްލާމީ ދަރިވަރުން ކުރިއަރައިގެން ހިނގައްޖެނަމަ އަނެއްކާވެސް އިސްލާމީ ދުނިޔޭގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފަށާނެ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫން...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1238
extra avandia and congestive heart failure