ފަންވަތް ސިއްހަތު ހަތަރު އަތާއި ހަތަރު ފައި ހުރި ކުއްޖާގެ އެހާރާއި މިހާރު
ބެލި ޢަދަދު: 4666
ހަތަރު އަތާއި ހަތަރު ފައި ހުރި ކުއްޖާގެ އެހާރާއި މިހާރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
16 ފެބްރުވަރީ 2010، 22:08 އަންގާރަ

ޢަބްދުލްމުޢީދު ޙަސަން


އެއީ އިންޑިއާގެ ފަޤީރު އަވަށަކަށް އުފަންވި އަންހެން ކުއްޖެކެވެ. އުފަންވި އިރު އެކުއްޖާގެ ހަށިގަނޑުގައި ހަތަރު އަތާއި ހަތަރު ފައި ހުއްޓެވެ. އެކުއްޖާގެ މި ޙާލަތު، ނަހަމަ ގޮތުގައި ބޭނުންކުރުމަށް ބައެއް ފަރާތަކުން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، ޗަރުކޭސް ކުޅޭ ބަޔަކު އެކުއްޖާ ގަންނަން އުޅުނު ކަމެވެ. އަދި އެކުއްޖާއަކީ ކަލާނގެ ވަންތަ ކުއްޖެއް ކަމަށް ވެސް ބައެއް މީހުން ބުނެއުޅުނެވެ. ކޮންމެއަކަސް އެކުއްޖާގެ މަންމައާއި ބައްޕަގެ ފަޤީރު ކަމާއެކު ވެސް، ނަހަމަ ގޮތުގައި އެކުއްޖާގެ ބޭނުންކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް އެ ދެ މީހުންނަކު ނުދިނެވެ.

ކުއްޖާގެ މަންމަ ބުނާ ގޮތުގައި ބަލިވެއިންއިރު، ނުރައްކާތެރި ކަމަށް ބެލެވޭ ބޭހެއް އޭނާ ބޭނުމެއް ނުކުރެ އެވެ. ނަމަވެސް ބޮލުގެ ރިހުމަށާއި ފިނިން ސަލާމަތްވުމަށްޓަކައި ބައެއް ބޭސްތައް ބޭނުންކުރި ކަމަށް އޭނާ ބުނެ އެވެ.


ކުރީގެ ޙާލަތު: ކުރިން އޭނާގެ ހަށިގަނޑުގައި ހަތަރު އަތާއި ހަތަރު ފައި ވި އެވެ.

ފޮޓޯއިން ފެންނަ ފަދައިން ކުއްޖާގެ ހަށިގަނޑުގައި ފައިތައް ވަނީ ދެ އަރިކަށްޓާވީ ފަރާތުގަ އެވެ. އެހެން ކަމުން ހިނގާބިގާ އުޅުމަށް އެއިން އެއްވެސް ފަޔެއް ބޭނުމެއް ނުކުރެވެ އެވެ.


އެތެރެހަށި ހުރި ގޮތް.

އެ ކުއްޖާގެ ޢުމުރުން ދެ އަހަރު ވެފައި ވަނިކޮށް، އިތުރު ފައިތައް ހަށިގަނޑުން ވަކިކުރުމަށްޓަކައި އޮޕަރޭޝަނެއް ކުރެވުނެވެ. 30 ޑަކުޓަރުންގެ ޓީމަކުން ކުރި އެ އޮޕަރޭޝަނުގައި، 40 ގަޑިއިރު ހޭދަވި އެވެ. އެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާގެ އެހީ ދީފައިވަނީ ހެޔޮއެދޭ ފަރާތަކުންނެވެ. ޑަކުޓަރުންނާ ކުރިމަތިވި ގޮންޖެހުންތަކުގެ ތެރޭގައި، ކުއްޖާގެ ހަށިގަނޑުގައިވާ ދެ މައިބަދައާއި ދެ މޭގަނޑާއި ދެ މަޢިދާއާއި ހަތަރު ކިޑްނީ ހިމެނެ އެވެ.


މިހާރުގެ ޙާލަތު: މިހާރު އޭނާގެ ހަށިގަނޑުގައިވަނީ ދެ އަތާއި ދެފަޔެވެ.

ޑަކުޓަރުންގެ ކާމިޔާބު އޮޕަރޭޝަނަށްފަހު، މިހާރު އެ ކުއްޖާގެ ހަށިގަނޑުގައިވަނީ، ދެ އަތާއި ދެ ފަޔެވެ. އެހެން ކުދިންނެކޭ އެއްފަދައިން މިހާރު އޭނާ ހިނގާބިގާ އުޅެ އެވެ.


އެހެން ކުއްޖަކާއެކު ކުޅެނީ.


ސްކޫލަށް ދަނީ.





މަޞްދަރުތައް:
އަލްމުލްތަޤައްތަރުބަވީ.
މުންތަދަޔާތު ޤަލްބީ.
ޝަބަކަތު ޤަޠަރު.
ސާޙާތު ތަބޫކު.

ޔޫޓިއުބް.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ naxu, 2010-08-06 07:46:48
varah furihama

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 4666
extra avandia and congestive heart failure