މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެއްމާބަނޑު 5 ކުދިންގެ ސިއްރަކީ ބޭހެކެވެ. |
|
|
| ސިއްޙަތު - ސިއްޙަތު | |||
| 16 މެއި 2010، 11:59 އާދީއްތަ | |||
|
ޢަބްދުލްމުޢީދު ޙަސަން ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ޔަމަނުކަރައިގެ އަންހެނަކު، އެއްމާބަނޑު 5 ކުދިން ވިހައިފި އެވެ. އެއީ ދެ އަންހެން ކުދިންނާއި ތިން ފިރިހެން ކުދިންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ހޮސްޕިޓަލެއްގައި އެ ފަސް ކުދިން ދުނިޔޭގެ އަލިކަން ދުށީ، ސިޒޭރިއަނަކަށްފަހުގަ އެވެ. ދޮޅުގަނޑިއެއް ހައިއިރު ހޭދަވި އެ ސިޒޭރިއަން ހެދުމުގައި އިސްވެ ހުންނެވީ، ޑރ. މުޙައްމަދު ބިން ޙަސަނެވެ. އޭނާ ވިދާޅުވާ ގޮތުގައި، ފަސްކުދިންނާއި އެ ކުދިންގެ މަންމަގެ ޙާލު ރަނގަޅެވެ. ކުދިންގެ ބަރުދަން ހުރީ، 800 ގްރާމާއި 900 ގްރާމާ ދެމެދުގަ އެވެ. އެކުދިންގެ ހެދިބޮޑުވުން ފުރިހަމަވުމަށްޓަކައި ދެމަސް ދުވަހުގެ މުއްދަތަށް ހޮސްޕިޓަލުން ޚާއްޞަ ފަރުވާ ދޭންޖެހެ އެވެ.ޑރ. މުޙައްމަދު ވިދާޅުވީ، އެއްފަހަރާ 5 ކުދިން އަށަގަތުމަށް މެދުވެރިވި ސަބަބަކީ، ކުދިންގެ މަންމަ ބޭނުންކުރި ދަރިން ހޯދުމަށް އެހީވެދޭ ބޭހެކެވެ. އިތުބާރު ހުރި ޑަކުޓަރެއްގެ އިރުޝާދާ ނުލައި އެފަދަ ބޭސްތައް ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން މީހާގެ ފުރާނައަށް ނުރައްކާވެދެ އެވެ. ![]() ކުދިންގެ ބައްޕަ ބުނެފައިވެ އެވެ. "އެއްފަހަރާ 5 ކުދިން ލިބުމުން، އަޅުގަނޑު މިހިރީ، އުފާވެރިކަމުގެ ކުންނަށް ވާޞިލުވެފަ އެވެ. އެއްފަހަރާ މި އަގުބޮޑު ހަދިޔާ ދެއްވި ކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ." ނަމަވެސް ކުދިންގެ މަންމަގެ ވިސްނުން ހުރީ އެހެން ގޮތަކަށެވެ. ކުދިންނަށް އެސްފީނާ ޖެހިދާނެތީ އޭނާ ކަންބޮޑުވެ އެވެ. އަދި އެއަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވަނީ، ކުދިންގެ ބައްޕައަށް ލިބޭ މުސާރައިން ދެކޮޅު ނުޖެއްސިދާނެތީ އެވެ. "އެންމެ ދެ ހާސް ރިޔާލައިން ފަސް ކުދިންނާއި ޢާއިލާގެ އެހެނިހެން ޚަރަދުތައް ބެލެހެއްޓޭނީ ކިހިނަކުން ހެއްޔެވެ؟" ކުދިންގެ ބައްޕައަށް ލިބޭ އާމުދަނީ، ދެހާސް ރިޔާލަށްވުރެ އިތުރެއް ނޫނެވެ. މަޞްދަރު: އައްރިޔާޟު ދުވަހުނޫސް.
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |