ފަންވަތް ސިއްހަތު ހަތަރު ދުވަހުގެ ކުއްޖެއްގެ ބަނޑުތެރޭގައި ތިން ކުދިން
ބެލި ޢަދަދު: 4654
ހަތަރު ދުވަހުގެ ކުއްޖެއްގެ ބަނޑުތެރޭގައި ތިން ކުދިން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 14
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
19 ޖޫން 2010، 17:29 ހޮނިހިރު

ޢަބްދުލްމުޢީދު ޙަސަން


އެ ތިންކުދިން އޮތީ، ޢުމުރުން އެންމެ ހަތަރު ދުވަސްވީ ފިރިހެން ކުޑަކުއްޖެއްގެ ބަނޑުތެރޭގަ އެވެ. އެ ކުއްޖާގެ ބަނޑުތެރޭން އެ ތިންކުދިން ނެރުނީ ޖޯޑްންގެ ޑަކުޓަރުންގެ ޓީމަކުންނެވެ. އެޓީމުން ހާމަކުރި ގޮތުގައި އެއީ ކާމިޔާބު އޮޕަރޭޝަނެކެވެ. އެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. ނާޖިޙު ވިދާޅުވީ، އޭގެ ތެރެއިން ފުރަތަމަ ކުއްޖާ އޮތީ ބޮޑުވެ ފުރާފުރިހަމަވެފައި ކަމަށެވެ. ދެވަނަ ކުއްޖާ އޮތީ މުޅިން ފުރިހަމަ ނުވެ އެވެ. ތިންވަނަ ކުއްޖާ އޮތީ ހެދިބޮޑުވުމުގެ މަރްޙަލާގަ އެވެ.

ކުޑަކުއްޖާގެ ބަނޑުތެރޭން ނެގި ތިން ކުދިންނަކީ ވެސް ތިން ފިރިހެން ކުދިންނެވެ. އެތިން ކުދިން ނެގުމަށްޓަކައި ކުރި އޮޕަރޭޝަން ކާމިޔާބު ނުވެދާނެތީ ގިނަ ބަޔަކު ކަންބޮޑުވި އެވެ. އޭގެ ތެރޭގައި ކުއްޖާގެ މަންމައާއި ބައްޕައާއި ޑަކުޓަރުންގެ ޓީމު ވެސް ހިމެނެ އެވެ. އެކުއްޖާގެ ބަނޑުގައި ދުޅަވެފައިވާ ތަނަކީ، ކެންސަރު ނޫންކަމާއި އެއީ އިތުރު ތިންކުދިންކަން އެނގުނީ ވިހެއުމަށްފަހު ކުރި ތަޙުލީލުތަކުންނެވެ.

ކުއްޖާގެ މަންމަ ހީކުރީ، އޭނާގެ ބަނޑުގައި ދުޅަވެފައިވާ ތަނަކީ، ކެންސަރު ކަމަށެވެ. އަދި ވިހެއުމުގެ ތެރޭގައި އޭނާއަށް ކެންސަރު ޖެހިދާނެތީ ވެސް އޭނާ ބިރުގަތެވެ. ނަމަވެސް އެއީ އޭނާގެ ބަނޑުތެރޭގައި އޮތް އިތުރު ތިންކުދިންކަން އެނގުމުން އެއީ ކެންސަރު ނޫންކަން އެނގި ހިތްހަމަޖެހުނެވެ.

ޑރ. ނާޖިޙު ވިދާޅުވީ، ކުޑަކުއްޖެއްގެ ބަނޑުތެރޭގައި އިތުރު ކުދިން ޤަރާރުވުމަކީ، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ފެނިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މި ޙާލަތުގައި ފެނުނު ތަފާތަކީ، އެއް ކުއްޖެއްގެ ބަނޑުތެރޭގައި އިތުރު ތިންކުދިން ޤަރާރުވި ކަމެވެ.


މަޞްދަރު:
ވަކާލަތުލް މިލައްފު ޕްރެސް.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ logic, 2010-06-22 15:37:57
please, would you kindly check your information sources? How the heck can children grow in a boy? How can children grow in the stomach, eh? Males don't have wombs!! -l
...
ލިޔުނީ anonymous, 2010-06-23 05:11:38
hama vedhaane kameh aee. Allah ge kulhadhunvanthakan nikan dhekiba
...
ލިޔުނީ angel, 2010-08-21 21:45:33
i agree with anonymous
...
ލިޔުނީ ކައުސަރު, 2010-09-28 15:39:10
ލިޔުންތަކަށް ރެފަރެންސް ދެވޭނަމަ ހާދަ ރަނގަޅުވީހެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 4654
extra avandia and congestive heart failure