މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މައިމީހާގެ ބަނޑުން ބޭރަށް އަތްނެރެ ޑަކުޓަރުގެ އިނގިލީގައި ހިފި ކުއްޖާ |
|
|
| ސިއްޙަތު - ސިއްޙަތު | |||
| 16 ޑިސެމްބަރ 2008، 20:26 އަންގާރަ | |||
|
ފޮނުވީ: އެމް ސެމްއީލް އެލެގްޒެންޑަރ، އުފަންވުމުގެ ކުރިން އޭނާއަށް ފަރުވާއެއް ދޭން ޖެހުނެވެ. އޭރު އޭނާގެ މަންމަ ޖޫލީގެ ބަނޑަށް އެކާވީސް ހަފުތާ މުޅިން ނުފުރެއެވެ. ނަމަވެސް ޖޫލީގެ ބަނޑުން އޭނާ ބޭރަށް ނެރެފިނަމަ މަރުވެދާނެއެވެ. އެހެންވެ، އޭނާއަށް ފަރުވާ ދޭންޖެހެނީ، ޖޫލީގެ ރަޙިމުގައި އޭނާ ބާއްވައިގެންނެވެ. މިކަން މިގޮތަށް ކުރުމަށް ނިންމެވީ، ޑަކުޓަރު ޔޫސުފު ބުރޫނަރއެވެ.ޑަކުޓަރުގެ ނިންމެވުމާމެދު، ޖޫލީ އެއްބަސްވިއެވެ. ޖޫލީއަކީ ހޮސްޕިޓަލުގެ ވިއްސުމާ ބެހޭ ބައިގައި މަސައްކަތްކުރާ ނަރުހެކެވެ. މައިމީހާގެ ބަނޑުތެރޭގައި ބާއްވައިގެން ދަރިފުޅަށް ފަރުވާ ދިނުމުގައި، ޑަކުޓަރު ޔޫސުފުގެ މޮޅުކަމާއި ކުޅަދާނަކަން އޭނާ ރަނގަޅަށް ދަނެއެވެ. ކުރިންވެސް ޑަކުޓަރު ޔޫސުފު ވަނީ، އެފަދަ އެތައް އޮޕަރޭޝަނެއް ކުރައްވާފައެވެ. ބަނޑުތެރޭގައި އޮތް ބޭބީއަށް ފަރުވާދިނުމަށް ބޭނުންވާ ވަރުގެ ތަންކޮޅެއް، މައިމީހާގެ ރަޙިމުން ފަޅާލެވުނެވެ. އެހިސާބަށް ވާސިލުވުމަށްޓަކައި މައިމީހާގެ ބަނޑުން ވެސް ތަނެއް ފަޅާލަން ޖެހުނެވެ. ކޮންމެއަކަސް އެންމެ މުހިންމު ހާދިސާ ހިނގީ، ފަރުވާ ދިނުމަށްފަހު، ރަޙިމު އޮންނަންވީ ތަނުގައި އެ ބާއްވަން އުޅެނިކޮށްނެވެ. ރަހިމުން ފަޅާލެވުނު ތަނުން، ބޭބީގެ ކުޑަކުޑަ އަތް ނެރެ، ޑަކުޓަރުގެ އަތުގެ އިނގިލީގައި ހިފާލިއެވެ.އެ ހިނދުކޮޅު ސިފަކޮށްދެއްވަމުން ޑަކުޓަރު ޔޫސުފު ވިދާޅުވެފައި ވެއެވެ. "އެއީ އަޅުގަނޑުގެ ޙަޔާތުގައި ހިނގި އެންމެ އަސަރުކުރުވަނިވި ހިނދުކޮޅެވެ. އެހިނދުކޮޅުގައި އަޅުގަނޑު ގަނޑުވިއެވެ. ހުރިތަނުގައި ހުރިގޮތަށް ހުއްޓި، ކުރާނެ އެއްވެސް ކަމެއް ނޭގިފައި ހުރެވުނެވެ. އިނގިލި ހަރަކާތްކޮށްލަން ވެސް އަޅުގަނޑަކަށް ނޭގުނެވެ. އަޅުގަނޑުގެ އަތްފައި މުޅިން ގަނޑުވިހެން ހީވިއެވެ." އެ ހިނދުކޮޅު ފާއިތުވެގެން ނުދަނީސް، އަވަސް އަވަހަށް އެ މަންޒަރު ފޮޓޯ ނެގުނެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ނެރޭ އެކިއެކި ނޫސްތަކުގައި އެ ފޮޓޯ ޝާއިޢުކުރެވުނެވެ. "އުންމީދީ އަތުގެ ވެރިޔާ" ގެ ނަމުގައެވެ. ނޫސްވެރިން ސިފަކުރިގޮތުގައި، ބޭބީ އަތްނެރެ ޑަކުޓަރުގެ އިނގިލީގައި ހިފީ، ޑަކުޓަރަށް ޝުކުރު އަދާކުރުމަށްޓަކައެވެ. ޑަކުޓަރާ ސަލާމްކޮށް، ތިމަންނަ ސަލާމަތްކޮށްދެއްވީތީ ޝުކުރިއްޔާއޭ ބުނުމުގެ ގޮތުންނެވެ.ޖޫލީ ބުނެފައިވެއެވެ. "އަޅުގަނޑަށް އެފޮޓޯ ފެނުމުން އެތައް ދުވަހެއް ވަންދެން ރުއީމެވެ. މާބަނޑުވުމާއި ވިހެއުމަކީ، ވަރުބަލިވުމާއި ނުކުޅެދުންތެރިވުން ނޫންކަން އެ ފޮޓޯއިން އަޅުގަނޑަށް އެނގުނެވެ. އެކަމަކު، އެއީ ބަލިކަށި ނިކަމެތި އެހެން ނަފުސަކަށް ދިރުމާއި ޙިމާޔަތް ދިނުމަށްޓަކައި ކުރެވޭ ކަމެކެވެ." މިދެންނެވީ، 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގާދިޔަ ހާދިސާއެއްގެ ވާހަކައެވެ. އެއީ މުޅިން ކާމިޔާބު އޮޕަރޭޝަނެއް ކަމުގައިވިއެވެ. މިހާރު ސެމްއީލަކީ، ބޮޑުވަމުން އަންނަ ކުއްޖެކެވެ. އޭނާގެ ސިއްޙަތު ރަނގަޅެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|