މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ގާތުން ކިރުދިނުމުގެ ފައިދާ |
|
|
| ސިއްޙަތު - ސިއްޙަތު | |||
| 05 އެޕރީލް 2009، 01:48 އާދީއްތަ | |||
މިއީ އިސްލާމީ ނޫހަކުން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ. މުޙަންމަދު ވަޙީދު- މަޑުލު ﷲ ސުބުޙާނަހޫ ވަތަޢާލާ ހައްދަވާފައިވާ ކޮންމެ އެއްޗަކީ، ކޮންމެ މަޚްލޫޤަކީ ވަރަށް ފުރިހަމައަށް ހައްދަވާފައިވާ އެއްޗެކެވެ. އެކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާގެއެވެ. އެކަލާނގެ ހައްދަވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ އެ އެއްޗެއް އެއަށްވުރެ މޮޅުކުރުމަށް އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެހައި ފުރިހަމަކޮށެވެ. އެކަލާނގެ ކުޅަދުންވަންތަ ވެރިކަމާއެވެ. ދަރިފުޅަށްޓަކައި މައިމީހާގައި ލައްވާފައިވާ ކިރަކީ ކުޑަކުއްޖާއަށް އެންމެ ފައިދާހުރި ކާނާއެވެ. އެކިރުގައި އެކުލެވެނީ ކުޑަކުއްޖާއަށް ކާނާގެ ގޮތުން ބޭނުންވާނެ ހުރިހައި އެއްޗިއްސެވެ. އެ އެއްޗެހި ހިމަނުއްވާފައިވަނީ އުނި އިތުރެއް ނުވާނެހައި ފުރިހަމައަށެވެ. ދިރުންހުރި ބައިލޮޖިކަލް ކިރެވެ. އެކިރުގައި އެކުލެވޭ އެއްބާވަތަކީ ލެކްޓޯފެރީންނެވެ. އެއީ ދަގަނޑުގެ ބައި ހިމެނޭ އެއްޗެކެވެ. ނުރައްކާތެރި ބެކްޓީރިޔާ ތަކުން ކުޑަކުއްޖާގެ ހަށިގަނޑު ސަލާމަތްކުރުމަށް ލެކްޓޯފެރީން އެހީވެދެއެވެ. އަދި ސަރުބީއާއި ހަޖަމްކޮށްދިނުމަށް މައިމީހާގެ ކިރުގައި އެކުލެވޭ "ލައިޕާސަސް" ކިޔާ މާއްދާ އެހީތެރިވެދެއެވެ. އަދި މައިމީހާގެ ކިރުގައި ހަށިގަނޑު ބޮޑުވުމަށާއި ކަށިތައް އުފެދުމަށް އެހީވެދޭ މާއްދާތައް އެކުލެވެއެވެ. މައިމީހާ ކައިބޮއި އުޅޭ އެއްޗެހި ބަދަލުވަމުން ދިޔަދިޔަހެން ކިރުގެ ރަހައަށް ބަދަލުއާދެއެވެ. އެހެންކަމުން ކުޑަދަރިފުޅު އެއްރަހައަކަށް ފޫހިވާކަށް ނުޖެހެއެވެ. ދަރިފުޅު ބޮޑުވަމުން ދިޔަދިޔަހެން އެ އަންނަ ބަދަލާ ގުޅިގެން މައިމީހާގެ ކިރުގައި އެކުލެވޭ ބައިތައްވެސް ކުޑަކުއްޖާގެ ހަށިގަނޑުގެ ތަރައްޤީއާއި ގުޅޭގޮތުން ބަދަލުވަމުން ދެއެވެ. މައިމީހާގެ ކިރަކީ ކުޑަދަރިފުޅަށްލިބޭ ފުރަތަމަ ދިފާޢީ ވެކްސިންއެވެ. ބަލިބަލިން ދިފާޢުވުމުގެ ބާރު ކިރުގައި ހިމެނެއެވެ. ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކުން ކުޑަދަރިފުޅު ސަލާމަތްކޮށްދެއެވެ. އަދި ހަޖަމް ކުރުމުގެ ނިޒާމަށްޖެހޭ ބަލިތަކުންވެސް ދިފާޢުކޮށްދެއެވެ. ހަށިގަނޑުގެ ދިފާޢީ ބާރު ހަރުދަނާކޮށްދީ ވަރުގަދަކޮށްދިނުމުގައި މައިމީހާގެ ކިރު އަދާކޮށްދެނީ ވަރަށްވެސް މުޙިންމު ރޯލެކެވެ. މައިމީހާގެ ގާތުން ކިރުދޭ ކުދިން: 1. ބަލިވާލެއް މަދެވެ. ބޮޑެތި ބަލިތައް ޖެހުން ދުރު 2. ހޮސްޕިޓަލުގައި ބާއްވަންޖެހޭ ވަރުވާނީ ވަރަށް މަދުންނެވެ. އަދި ޅަފަތުގައި މަރުވުން މަދު 3. ބޭރަށް ހިންގުން ދުރު 4. ބަނޑުގައި ގޭސް އުފެދުމާއި ހަޖަމް ނުބައިވުން ދުރު 5. ކުޑަކަމުދާ ނިޒާމަށްޖެހޭ ބަލިތައް މަދު 6. ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތައް ދުރުކޮށްދޭ 7. ކަންފަތަށް ޖެހޭބަލިތައް މަދު 8. އެލާރޖީން ދުރުކޮށްދޭ 9. ނިއުމޯނިއާ ޖެހޭލެއް މަދު 10. ބޮޑަށް ފަލަވުމުން ދުރުކޮށްދޭ 11. ދަސްކުރުމުގެ ބާރު ގަދަވެ، ބަސްއަހާ ކުއްޖަކަށްވޭ ބުއްފުޅިދޭ ކުދިން: 1. ހަކުރުބަލިޖެހުމާއި ގާތްކުރާނެ ކުދިންނަށް ވެއެވެ. 2. ވެކްސިނާ ދެކޮޅު މަސައްކަތްކުރާ އެންޓިބޮޑީޒް އުފެދެއެވެ. 3. ކަންފަތުގެ ބަލިތައް ޖެހޭލެއް އާއްމުވެއެވެ. ކުޑަކުދިންނަށް ދޭންހުންނަ ކިރުގެ ބާވަތްތަކަކީ ބޭސްޖަހައިފައި ހުންނަ ދަނޑުތަ ކުން ވިނަކައި ހަދާ ގެރިބަކަރީގެ ކިރުން އުފައްދާ ބާވަތްތަކެވެ. އެހެންވުމުން ފުޅިދިނުމުން ކުޑަކުދިންނަށް ނޭގޭޒާތުގެ ބަލިބަލި ފޮށިގަތުން ގާތެވެ. އެހެންނަމަވެސް މައިމީހާގެ ކިރަކީ ކުޑަދަރިފުޅަށްޓަކައި ﷲ މައިމީހާގެ ހަށިގަނޑުގައި ލައްވާފައިވާ ޚާއްސަ ކާނާއެކެވެ. ގާތުން ކިރުދިނުމުގައި މައިންނަށް ލިބޭފައިދާ ތަކުގެ ތެރޭގައި: 1. ދެމައިންގެ ކުލުނު ބޮޑުވެއެވެ. 2. މައިމީހާގެ ރަހިމު އަވަހަށް ހަމަޖެހުމަކަށް ދިއުމަށް އެހީވެދެއެވެ. 3. ވިހެއުމާ ގުޅިގެން ފަލަވާ ފަލަވުން ކޮންޓްރޯލް ކޮށްދެއެވެ. 4. ބުއްފުޅި ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތާ ޚަރަދުން ސަލާމަތްވެއެވެ. 5. ޤުދުރަތީ ދޭތެރެ ދުރުކުރުމަކަށް ވެއެވެ. 6. އޯވަރީ އާއި ބްރަސްޓް ކެންސަރުން ދުރުކޮށްދެއެވެ. 7. ކަށިފީވުމުން ދުރުކޮށްދެއެވެ. 8. ކުރޮނިކް ހެޕަޓައިޓިސް ޖެހުމުން ދުރުކޮށްދެއެވެ.
|
| ހަމަ މި ގަލަމުން |
|---|