|
ޢަބްދުލްމުޢީދު ޙަސަން
ތާރީޚު: 10 މެއި 2009 މ. ގަޑި: 7:30 ޖީއެމްޓީ
މިހާރު، 29 ޤައުމެއްގައި އޫރު ރޯގާ ފެތުރިފައިވާ ކަން، ރަސްމީ ގޮތުން އެ ޤައުމުތަކުން ވަނީ އަންގާފައެވެ. އެ ޤައުމުތަކުގައި މިހާރު އޫރު ރޯގާ ޖެހިފައިވާ މީހުންގެ ޖުމްލައަކީ، 4379 އެވެ.
1. މެކްސިކޯ ގައި 1626 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން 45 މީހުން ވަނީ މަރުވެފައެވެ.
2. ޔޫއެސްއޭ ގައި 2254 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ މަރުވެފައެވެ.
3. ކެނެޑާ ގައި 280 މީހުންނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.
މިހާތަނަށް އޫރު ރޯގާ ޖެހިފައިވާ މީހުން ތިބިކަމަށް ތަޙުލީލުތަކުން ދައްކާ އިތުރު ޤައުތަކާއި އެ ޤައުމުތަކުގައި ތިބި ބަލި މީހުންގެ ޢަދަދު ތިރީގައި މިވަނީއެވެ. މިއިން ޤައުމަކުން މި ބަލި ޖެހިގެން މީހަކު މަރުވިކަން އެނގިފައެއް ނެތެވެ. 1. އާޖެންޓީނާ، ބަލިމީހުންގެ ޢަދަދު: 1 2. އޮސްޓްރޭލިއާ، ބަލިމީހުންގެ ޢަދަދު: 1 3. އޮސްޓްރިއާ، ބަލިމީހުންގެ ޢަދަދު: 1 4. ބްރެޒިލް، ބަލިމީހުންގެ ޢަދަދު: 6 5. އިދާރީ ގޮތުން ޗައިނާގެ ދަށުގައިވާ ހޮންގކޮންގ ގެ ސަރަޙައްދު، ބަލިމީހުންގެ ޢަދަދު: 1 6. ކޮލަމްބިއާ، ބަލިމީހުންގެ ޢަދަދު: 1 7. ޑެންމާރކް، ބަލިމީހުންގެ ޢަދަދު: 1 8. ކޮސްޓަރިކާ، ބަލިމީހުންގެ ޢަދަދު: 1 9. އެލް ސަލްވަޑޯ، ބަލިމީހުންގެ ޢަދަދު: 2 10. ފަރަންސޭސިވިލާތް، ބަލިމީހުންގެ ޢަދަދު: 12 11. ޖަރުމަނުވިލާތް، ބަލިމީހުންގެ ޢަދަދު: 11 12. ގޯތިމާލާ، ބަލިމީހުންގެ ޢަދަދު: 1 13. އަޔަލޭންޑް، ބަލިމީހުންގެ ޢަދަދު: 1 14. އިސްރާއީލު، ބަލިމީހުންގެ ޢަދަދު: 7 15. އިޓަލީވިލާތް، ބަލިމީހުންގެ ޢަދަދު: 9 16. ޖަޕާން، ބަލިމީހުންގެ ޢަދަދު: 4 17. ހޮލެންޑް، ބަލިމީހުންގެ ޢަދަދު: 3 18. ނިއުޒިލޭންޑް، ބަލިމީހުންގެ ޢަދަދު: 7 19. ޕެނަމާ، ބަލިމީހުންގެ ޢަދަދު: 3 20. ޕޮލެންޑް، ބަލިމީހުންގެ ޢަދަދު: 1 21. ފުށެތިކާލު (ޕޯޗުގަލް)، ބަލިމީހުންގެ ޢަދަދު: 1 22. ރިޕްބްލިކް އޮފް ކޮރެއާ، ބަލިމީހުންގެ ޢަދަދު: 3 23. ސްޕޭން، ބަލިމީހުންގެ ޢަދަދު: 93 24. ސްވިޑްން، ބަލިމީހުންގެ ޢަދަދު: 1 25. ސްވިޒްލޭންޑް، ބަލިމީހުންގެ ޢަދަދު: 1 26. އިނގިރޭސިވިލާތް، ބަލިމީހުންގެ ޢަދަދު: 39
A/H1N1 ގިންތީގެ ވައިރަހުގެ ސަބަބުން ފެތުރެމުންދާ އޫރު ރޯގާއިން ސަލާމަތްވުމަށްޓަކައި، ދަތުރު ފަތުރުކުރުމަށް އެއްވެސް ކަހަލަ ހުރަހެއް އެޅުމަކީ ޑަބުލިޔުއެޗްއޯ އިން އިރުޝާދުދޭ ކަމެއް ނޫނެވެ.
އެފަރާތުން އިރުޝާދުދެނީ، ބަލި ޖެހިފައިވާ މީހުންނަށް ދަތުރުފަތުރު ކުރެވިދާނެކަމަށެވެ. އަދި ދަތުރުވެރިންގެ ތެރެއިން ބަލީގެ ޢަލާމާތްތައް ފާޅުވާ މީހުން އެކަށީގެންވާ ފަރުވާ ހޯދަން ޖެހޭނެ ކަމަށެވެ.
އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް، ޑަބްލިޔުއެޗްއޯގެ ވެބްސައިޓުގައި ޝާއިޢުކުރަމުން ގެންދާނެ ކަމަށް އެފަރާތުން ހާމަކޮށްފައި ވެއެވެ.
މަޞްދަރު: ޑަބްލިޔުއެޗްއޯގެ ވެބްސައިޓް
|