|
ޢަބްދުލްމުޢީދު ޙަސަން
ތާރީޚު: 11 މެއި 2009 މ. ގަޑި: 6:00 ޖީއެމްޓީ
މިހާރު، 31 ޤައުމެއްގައި އޫރު ރޯގާ ފެތުރިފައިވާ ކަން، ރަސްމީ ގޮތުން އެ ޤައުމުތަކުން ވަނީ އަންގާފައެވެ. އެ ޤައުމުތަކުގައި މިހާރު އޫރު ރޯގާ ޖެހިފައިވާ މީހުންގެ ޖުމްލައަކީ، 4684 އެވެ. 1. މެކްސިކޯ ގައި 1626 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން 48 މީހުން ވަނީ މަރުވެފައެވެ.
2. ޔޫއެސްއޭ ގައި 2532 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ.
3. ކެނެޑާ ގައި 284 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. 4. ކޮސްޓަރިކާ ގައި 8 މީހުނަށް އޫރު ރޯގާ ޖެހިފައިވާ ކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެތެރެއިން އެކަކު ވަނީ މަރުވެފައެވެ.
މިހާތަނަށް އޫރު ރޯގާ ޖެހިފައިވާ މީހުން ތިބިކަމަށް ތަޙުލީލުތަކުން ދައްކާ އިތުރު ޤައުތަކާއި އެ ޤައުމުތަކުގައި ތިބި ބަލި މީހުންގެ ޢަދަދު ތިރީގައި މިވަނީއެވެ. މިއިން ޤައުމަކުން މި ބަލި ޖެހިގެން މީހަކު މަރުވިކަން އެނގިފައެއް ނެތެވެ.
1. އާޖެންޓީނާ: 1 2. އޮސްޓްރޭލިއާ: 1 3. އޮސްޓްރިއާ: 1 4. ބްރެޒިލް: 8 5. ޗައިނާ: 2 6. އިދާރީ ގޮތުން ޗައިނާގެ ދަށުގައިވާ ހޮންގކޮންގ ގެ ސަރަޙައްދު: 1 7. ކޮލަމްބިއާ: 3 8. ޑެންމާރކް: 1 9. އެލް ސަލްވަޑޯ: 4 10. ފަރަންސޭސިވިލާތް: 13 11. ޖަރުމަނުވިލާތް: 11 12. ގޯތިމާލާ: 1 13. އަޔަލޭންޑް: 1 14. އިސްރާއީލު: 7 15. އިޓަލީވިލާތް: 9 16. ޖަޕާން: 4 17. ހޮލެންޑް: 3 18. ނިއުޒިލޭންޑް: 7 19. ނޯވޭ: 2 20. ޕެނަމާ: 15 21. ޕޮލެންޑް: 1 22. ފުށެތިކާލު (ޕޯޗުގަލް): 1 23. ރިޕްބްލިކް އޮފް ކޮރެއާ: 3 24. ސްޕޭން: 95 25. ސްވިޑްން: 2 26. ސްވިޒްލޭންޑް: 1 27. އިނގިރޭސިވިލާތް: 47
A/H1N1 ގިންތީގެ ވައިރަހުގެ ސަބަބުން ފެތުރެމުންދާ އޫރު ރޯގާއިން ސަލާމަތްވުމަށްޓަކައި، ދަތުރު ފަތުރުކުރުމަށް އެއްވެސް ކަހަލަ ހުރަހެއް އެޅުމަކީ ޑަބުލިޔުއެޗްއޯ އިން އިރުޝާދުދޭ ކަމެއް ނޫނެވެ.
އެފަރާތުން އިރުޝާދުދެނީ، ބަލި ޖެހިފައިވާ މީހުންނަށް ދަތުރުފަތުރު ކުރެވިދާނެކަމަށެވެ. އަދި ދަތުރުވެރިންގެ ތެރެއިން ބަލީގެ ޢަލާމާތްތައް ފާޅުވާ މީހުން އެކަށީގެންވާ ފަރުވާ ހޯދަން ޖެހޭނެ ކަމަށެވެ.
މިޞްރުގައި އޫރު ރޯގާ ޖެހުނުކަމަށް ޝައްކުކުރެވުނު ބަޔަކު ވަނީ، ތަޙުލީލުކުރެވިފައެވެ. އެއީ މިޞްރުގެ 5 މީހަކާއި އިނގިރޭސިވިލާތުގެ 6 މީހަކާއި ސްޕޭންގެ އެކެކެވެ. ތަޙުލީލުތަކުން ދެއްކީ، އެއިން އެއްވެސް މީހަކަށް އޫރު ރޯގާ ޖެހިފައި ނުވާ ކަމަށެވެ.
ރޯގާ ޖެހިފައިވާ 500 އޫރު، ކެނެޑާގައި ވަނީ ނައްތާލެވިފައެވެ.
އޫރު ރޯގާ ފެތުރެން ފެށުމާ ވިދިގެން، މިޞްރުގައި ވެސް ވަނީ، އޫރުތައް ނައްތާލުމުގެ މަސައްކަތް ހިންގާފައެވެ. ބައެއް ފަރާތްތަކުން ވަނީ، މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، މިޞްރަށް ފިއްތުންތައް ކުރިމަތިކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް މިޞްރުގައި އޫރުތައް ނައްތާލީ، އޭގެ ސަބަބުން ހަމައެކަނި އޫރު ރޯގާ ފެތުރިދާނެތީއެއް ނޫނެވެ. އެކަމަކު މިޞްރުގައި އޫރު ދިރިއުޅޭ ތަންތަން ހަޑިމުޑުދާރުކަމުން، އެހެން ބަލިތައް ވެސް ފެތުރިދާނެތީއެވެ.
މަޞްދަރުތައް: 1. ޑަބްލިޔުއެޗްއޯގެ ވެބްސައިޓް. 2. މިޞްރުގެ އަލްއަހުރާމް ނޫސް.
|