މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދަރިއަކު ވިހެއިފަހުން ފިރިހެނަކަށް ބަދަލުވި އަންހެނެއްގެ ވާހަކަ |
|
|
| ސިއްޙަތު - ސިއްޙަތު | |
| 24 ނޮވެމްބަރ 2008، 16:23 ހޯމަ | |
|
ދެން ވީގޮތެއް ބަލަންވެގެން އޭނާ ޑަކުޓަރުންނަށް ދެއްކިއެވެ. ޑަކުޓަރުން އިރުޝާދުދެއްވީ ހޯމޯން ޓެސްޓްކުރުމަށެވެ. ދެން ހޯމޯން ތަޙުލީލުކުރުމުން އެނގުނީ އޭނާގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އިތުރުވެފައިވާ ކަމެވެ. އަދި އޭރު އޭނާގެ އަޑުވަނީ، ބަރުވެ ފިރިހެން އަޑަކަށް ބަދަލުވާން ފަށާފައެވެ. އަދި ބަނޑާއި މޫނާއި ދެފައިގައި އިސްތަށި ފެޅުން ފަދަ ފިރިހެން ސިފަތައް އޭނާގެ ކިބައިން ފާޅުވާން ފެށިއެވެ. މަޑުމަޑުން އޭނާގެ އަންހެން ވަންތަކަން ނިވާވަމުން ދިޔައިރު، ފިރިހެން ހަށި ފާޅުވަމުން ދިޔައެވެ. ކުރީގެ އަރުވާ، މިހާރުގެ އިލްޔާސް ބުނެފައިވެއެވެ. "އަޅުގަނޑަށް މިބަދަލުތައް އަންނަމުން ދިޔައިރު، ވަރަށް ބޮޑަށް ކަންބޮޑުވެ ދެރަވިއެވެ. އެއްގޮތަކަށް ވެސް ގެއިން ނުނުކުމެ ދެ ހަފުތާވަންދެން ހުރީމެވެ. ދެން ޢަދަނުގެ ޑަކުޓަރެއްގެ ގާތަށް ދިޔައީމެވެ. އެއީ ޑަކުޓަރު ޙުސައިނުލްކާފެވެ. އޭނާ އަޅުގަނޑު ބެއްލެވުމަށްފަހު، ވިދާޅުވީ، އަންހެން ހެދުން ލައިގެން އުޅުން ހުއްޓާލައި، ފިރިހެން ހެދުން ލުމަށެވެ. ދެން ގެއަށް އައިސް އަހަރެން ފިރިހެން ހެދުން ލީމެވެ. ނަމަވެސް އަވަށްޓެރިންނަށްވީ އެކަން މާ ބޮޑު ކަމަކަށެވެ. ބައެއް އަވަށްޓެރިން އަޅުގަނޑު މަރާލާނެ ކަމުގެ އިންޒާރުވެސް ދިނެވެ. ފިރިހެން ހެދުން ލުމަށްފަހު، ކުރީގެ ހުރިހައި އަންހެން ރަޙުމަތްތެރިންނާއެކު ކުރިން އޮންނަ ގުޅުން ކަނޑާލަން ޖެހުނެވެ. އަދި އޭރު އަދާކުރަމުން ގެންދިޔަ ވަޒީފާ ވެސް ދޫކޮށްލަން ޖެހުނެވެ."
ގަހަކަށް ބަދަލުވި ޒުވާނާގެ ވާހަކަ އަޑުއައްސަވާފައިވާނަމަ، މިހާދިސާއިން އިތުރު ޢިބްރަތް ޙާޞިލުކުރެއްވޭނެއެވެ. ކިތަންމެ ކުޑަ ހާނިކައެއް ލިބިވަޑައިގަތަސް ޑަކުޓަރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވައިގެން ބޭސްކުރެއްވުމުގެ މުހިންމުކަން މިފަދަ ހާދިސާތަކުން އެނގެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (11)
![]()
...
ލިޔުނީ ނީލަމް, 2008-11-30 02:47:13
އިލްޔާހަށް ބަދަލުވި އަރުވާ އަށް އަންހެނަކާ ކައިވެނި ކުރެވިދާނެތަ؟ އޭނާ އަންހެނަކާ ކައިވެނި ކޮށްފިއްޔާ ނުބައި ގުޅުމަކަށް ނުވާނެތަ؟
...
ލިޔުނީ އަޙްމަދު, 2008-12-02 04:48:07
ސުބްޙާނަﷲ... ހާދަ ލަދުގެ ބައި ކުޑަ މީހުންވެސް އުޅެޔޭ ދޯ...! އަޅުގަނޑު މިހެން މި ދަންނަވަނީކީ ލިޔުންތެރިޔާއަށް ނުވަތަ އަރްޥާ (މިހާރު އިލްޔާސް) އަކަށް ނޫނެވ. ނަމަވެސް މި ލިޔުން ކިޔުމަށްފަހު މި ލިޔުމަށް އާޑަ ވިދާޅުވާފައިވާ މީހުންނަށެވެވެ...
...
ލިޔުނީ އުންމީދު, 2008-12-02 04:52:46
އަހުމަދު އެވެ. ކަންބޮޑުވެ ނުލައްވާށެވެ. މިއީ ރަންރީދޫ ކުލައިގެ ޒަމާނެވެ. މިޒަމާނުގައި ހުރިހާ ވައްތަރެއްގެ މީހުން އުޅޭނެއެވެ.
...
ލިޔުނީ ޝާމިލާ, 2009-03-16 09:42:50
ސުބުހާނަﷲ!!! ތިޔަފަދަ މުއުޖިޒާތްތަކާއި މެދު ތިފަދަ ގޮތަށް ޚިޔާލް ނުދެއްވާ؟ ކީރިތި ﷲ ކޮންމެކަމަކަށް ވާށޭ ވަހީކުރެއްވިޔަސް އެކަމެއްވާނެކަން ތިޔަ އެންމެހައި ބޭފުޅުންނަށްވެސް އެގިވަޑައި ނުގަންނަވަނީތޯ؟ މިފަދަ މުއުޖިޒާތްތަކުންވެސް އަޅުގަނޑުމެން އެންމެން އިބްރަތްލިބި ގަނެ އާޚިރަތުގެ އަޒަބުން ސަލާތްވުމަށް މަސައްކަތް ކުރަމާތޯ؟ އަޅުގަނޑުމެންފަދަ އެންމެހައި ބަލިކަށި އިންސާނުން ދުނިޔެއާއި އާޚިރަތުގެ އަޒާބުން ސަލާމަތް ކުރައްވާދޭވެ. އާމީން.
...
ލިޔުނީ ¨§ª, 2009-03-18 15:29:00
މިކަހަލަ ލިޔުންތަކުގެ ސައްހަކަން ބަލަން ވަރަށް ގިނަ ބަޔަކު ބޭނުންވާނެ. ސަބަބަކީ، މިހާރުގެ ނޫސްވެރިކަމުގައި މަކަރާއި އޮޅުވާލުމުގެ މިފަދަ އާދަޔާ ޚިލާފު ޚަބަރުތައް ގިނަކަން. އެހެންވީމާ މިފަދަ މައުލޫމާތު ހޯދި ފޮތެއް ނުވަތަ އިންޓަނެޓް ސައިޓެއް ލިޔެލުން ބުއްދިވެރި. އޭރުން މައުލޫމާތުގެ ސައްހަކަން ކިޔުންތެރިން ވަޒަންކުރަން ފަސޭހަވާނެ. ފުރިހަމައަށް ހަވާލާދީފާ ހުންނަ ލިޔުން ނޫނީ މިހާރު ގަބޫލުކުރަން ދަތިވޭ. ހަމަ ތެދެއް.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|