ފަންވަތް ސިއްހަތު ހަކުރުބަލި
ބެލި ޢަދަދު: 1534
ހަކުރުބަލި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސިއްޙަތު - ސިއްޙަތު
14 ޖުލައި 2009، 00:08 އަންގާރަ


ޢަބްދުލްޙަކީމު ޙުސައިން މަނިކު

ހަކުރުބަލި ބުނީ ޢަބްދުލްޙަކީމު ޙުސައިން މަނިކާ ބައްދަލުވޭތޯ އުޅެންފަށައިފީމެވެ. މާލޭގެ ވަރަށް ގިނަ ބަޔަކު އަތުލައިގެންފީމެވެ. އަދި ރާއްޖެތެރޭގެ ވަރަށް ގިނަ ބަޔަކު އަތުލައިގެންފީމެވެ. އެމީހުންގެ ލަބްލަބާއާއި، ކިޑްނީއަށް ވަދެގެންފީމެވެ. އޭގެތެރޭގައި ސާޅީސް އަހަރަށްވުރެ އުމުރުން ހަގު ގިނަބަޔަކު ހިމެނުނެވެ. އޭގެ ދޮށީމީހުން ވެސް ހިމެނުނެވެ. ވަރަށް ގިނަބަޔަކަށް އަހަރެންނާއި، އެއްބައެއް ނުވެވުނެވެ. އަހަރެންގެ ނަސޭހަތެއް ގަބޫލެއް ނުކުރެވުނެވެ.

ހަކުރުބަލި ބުނީ އަހަންނަކީ، މީހުންގެ އުޅުން ރަނގަޅު ކުރުމަށާއި، ކެތްތެރިކަން އިތުރުކުރުމަށާއި، އަދިވެސް އިތުރު އެހެން ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތްކުރާ މީހެކެވެ. އަހަންނާއެކުގައި އުޅެވޭނީ ވަރަށް އަޚުލާޤު މާތް މީހަކަށެވެ. އެ ގޮތަކީ އަހަންނާއި ގުޅިއްޖެއްޔާ އެމީހަކަށް ޖެހޭނީ ވަރަށް މޮޅަށް ސެލްފް ކޮންޓްރޯލު ކުރާށެވެ.

އިންސާނުންނަކީ އެންމެ މާތް މަޚުލޫޤުންނެވެ.  ޢިލްމުވެރިން ކިޔަނީ އިންސާނުންނަށް އަޝްރަފުލްމަޚުލޫޤާތި މިހެންނެވެ. އަދި ޙައިވާނުއްނާޠިޤުންނަކީ ވެސް އިންސާނުންނެވެ. އެހެން ހައިވާނުތަކާ ޚިލާފަށް ބުއްދީގެ ބޮޑު ނިޢުމަތް ދެއްވާފައިވަނީ ވެސް އިންސާނުންނަށެވެ. އެންމެ މާތް ހައިވާނަކީ ވެސް އިންސާނާ އެވެ.  ކާބޯތަކެތީގެ ތެރެއިން ވަރަށް ރަނގަޅު އެއްޗެތިތަކެއް އިންސާނާއަށް ދެއްވައިފައިވެ އެވެ. އެއީ ލޮނު ރަހަޔާއި ފޮނިރަހަލާ އެއްޗިއްސެވެ. އަދި ފެންރަހަޔާއި، ކުޅިރަހަލާ އެއްޗިއްސެވެ. ފޮނި ރަހައަކީ އިންސާނުންނަށް ވަރަށް މީރު ރަހައެކެވެ. އަހަންނާއެކު އުޅެއްޖެއްޔާ އެ މީހަކަށް އުޅެވޭނީ ކެތްތެރިކަމުގެ މާތް އުސޫލަށް އަމަލު ކޮށްގެންނެވެ. ފޮނި އެއްޗެއްސާއި މުޅީންވަކިވެގެންނެވެ.

ހަކުރުބަލި ބުނީ މި ދުނިޔޭގެ ހަމަ އެއްވެސް ރާއްޖެޔެއްގައި އަހަރެން ނޫޅެއެއް ނުހުންނާނެ އެވެ. ހުރިހާ ތަނެއްގެ އިންސާނުން ވެސް އަހަރެން އަތުލައިގަންނަމެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. އެކަމަކު އަހަރެންގެ އިރުޝާދާއި، އެއްގޮތަށް ޢަމަލުކުރަނީ ހާހަކުން އެންމެ މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަހަރެން ދައްކާމަގުން ނުހިނގާ މީހުންގެ މަރުބައްޔަކަށް ވެސް އަހަރެން ފުދެ އެވެ.

ނަތީޖާތައް ވަރަށް ނުބައިވާނެ އެވެ. ގައިން ދިލަނަގާތީވެ ފެނަށް އެރި އޮންނަ ވަރު ވެސް ވާނެ އެވެ. ކޯމާ ވެސް ޖެހޭނެ އެވެ. ގަނޑު ވެސް ނަގާނެ އެވެ. އަދި މި ނޫން ވެސް އެތައް ނަތީޖާއެއް ނިކުންނާނެ އެވެ. އެކަމަކު މިއީ އަހަރެންގެ ކުށެއް ނޫނެވެ. އެމީހުން ސެލްފް ކޮންޓްރޯލު ނުކުރުމުން ވާގޮތެވެ. ތިމާ އަމިއްލަޔަށް ތިމާޔަށް އެހީ ނުވިއްޔާ، ﷲގެ އެހީފުޅެއް ވެސް ނުލިބޭނެ ކަމަށް އިސްލާމުންގެ އެންމެ މާތް ފޮތުގައި އަންގަވާފައި ވެއެވެ. ކެތްތެރިންނާއެކުގައިކަން ﷲވަނީ އެ ފޮތުގައި ވަނީ އަންގަވައިފަ އެވެ. އެއީ އެންމެ ފަހުން ﷲ ބާވާލެއްވި ފޮތެވެ. އެ ފޮތް ރައްކާތެރި ކުރައްވަނީ ﷲ އެވެ. އެ ފޮތް އައުމަށް ފަހު އޭގެ ކުރީ ބާވާލެއްވިހައި ފޮތްތައް މަންސޫޚު ވެސް ވީ އެވެ.

ޢަބްދުލް ޙަކީމު ޙުސައިންމަނިކާ އަހަރެންނަށް ގުޅައިލެވުނީ އުމުރުން އަށްޑިހަ ހަތަރު އަހަރުވީ ފަހުންނެވެ. ވަރަށް ބުނާބަސް އަހައެވެ. އެހެންކަމުން ލަބްލަބާގައި އަހަރެން ހާއްޔެއް ހެދީ އެވެ. ގުރުދާޔަށް ވަދެވޭނެ ގޮތެއް ނުވި އެވެ. އަހަރެންގެ އިރުޝާދުތަކަށް އަމަލު ކުރަނީ ވަރަށް މޮޅަށެވެ. ހަނޑޫ އެއްގޮތަކަށް ނުކަ އެވެ. ކަނީ މަޑުކުރި ތަރުކާރީއާއި ކަނޑުމަހާއި ފަރުމަހެވެ. ޤަވާޢިދުން ބޭސްކައެވެ. އެ ބޭހަކީ، އަހަރެން ވަރަށް ދެރަކޮށްލާ ބޭހެކެވެ. ނަމަކީ ޑައިމަކްރޯން އެވެ. އަދި ފާގަ ވެސް ކައެވެ. އެއީ އަހަރެން ވަރަށް ބިރުގަންނަ އެއްޗެކެވެ. ފާގައިގެ ނަންކިޔާ އަޑު އިވުނަސް ބުޅަލެއް ގޮވާލާ އަޑު އިވުނީމާ މީދަލެއް ބިރުގަންނަ ވަރަށް އަހަރެން ބިރުގަނެއެވެ. ފުރަތަމަ އަހަރެން ކަލޭގެ ހަށިގަނޑަށް ވަންކަން އެނގިފައި އޮންނާނެ ތާރީޚަކީ،  1999 ޖުލައި 05ގަ އެވެ.  އެކަމަކު ދުވަހަކު ވެސް އެ ދުވަހަށްފަހުން، އަހަންނަށް ކާމިޔާބުވާނެ ގޮތެއް ނުވި އެވެ. އަބަދުވެސް ހުންނަން ޖެހެނީ ބިރުގެންފަ އެވެ. ހިތަށް އަރަނީ ބައެއް ފަހަރަށް ދޫކޮށްލާފައި ހިނގައިދާނަމެވެ.

ހަކުރުބަލި ބުނީ އަހަރެންނަކީ، ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. ކެވޭ އެއްޗަކުން އުފެދޭ ބައްޔެކެވެ. ވަރަށް މީރު ގުލްކޯޒު ދަޅުތަކެއް ލިބިގެން ކޮންމެ ދުވަހަކު އޭގެ ފަނިތައްޓެއް ބުއީ އެވެ. މި ކަމުން ހުޅުވުނު ކުޑަކުޑަ ދޮރަކުން އަހަރެން ވަނީ އެވެ. ފުރަތަމަ ލަބުލަބާ އަށެވެ. އެހާތަނުން ކަލޭ އަހަރެން ތާށި ކޮށްލީ އެވެ. ހަށިގަނޑަށް ވެރިވެވޭނެ ގޮތެއް ނެތުނީ އެވެ. އަހަރެންގެ ނަޞީޙަތަކީ ޢުމުރުން ތިހައި ދުވަސްވެފައި ހުރި އިރު ތިޔަ ގޮތަށް އުޅުމަށެވެ. ފޮނި އެއްޗެތި ނުކެޔަސް ކާނެ ބައިވަރު އެއްޗެތި ހުންނާނެ އެވެ. ކެތްތެރިކަން ޚިޔާރުކުރާށެވެ.

ﷲގެ ފޮތުގައި  ވަރުގަދަޔަށް ހިފަހައްޓާށެވެ. މުޙައްމަދުގެފާނުގެ ސުންނަތުގައި ހަމައެހާމެ ވަރުގަދަޔަށް ހިފަހައްޓާށެވެ. ﷲގެ ނަން ހަނދާން ކުރާށެވެ.

ޢަބްދުލްޙަކީމު ޙުސައިންމަނިކު (2006) ޖަމާޢަތުގެ ޚަބަރު (330) ތަޢުލީމު ކުރިއަރުވާ މަރުކަޒު، މާލެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ސަމީޢު, 2009-07-17 00:24:38
އެންމެތިރީ ފޮޅުވަތުގައި [ﷲގެ ނަން ] އިސްލާހުކޮއްލެއްވުން އެދެމެވެ. ލަފާކުރެވެނި ޓައިޕް ކުރިއިރު ދިމާވެފައިވާކަމެއްކަމަށް ! ރަނގަޅު ގޮތަކީ ﷲ ގެ ނަންފުޅު ނުވަތަ އިސްމުފުޅު
...
ލިޔުނީ shifooo, 2009-07-21 04:37:46
sameeu bunihen alhugandah vess ehme faahaga kurevuny enme thiree folhuvathuga evaa kusheve. ehkuh rangalhu kohlanikon miliyun varah furihama vaaneeve. alhuganduge uhmeedhaky mikahala mauloomaathun furigenvaa liyun adhivess ginain himanaane kamugaeve
...
ލިޔުނީ އައްޔަ/ މަތިއުތުރު, 2010-06-21 07:08:46
ސަމީޢު އަދި ޝިފޫ ފާހަގަ ކޮށްފައިވާ ތަން ރަނގަޅުކޮށްފައިނުވާތީ ސައިޓް ބަލަހައްޓާ މީހުންނަށް އަދިވެސް " ﷲ ގެ ނަން " އޮތްތަން ﷲ ގެ ނަންފުޅު ނުވަތަ އިސްމު ފުޅަށް ބަދަލުކޮށްދެއްވުން އެދެމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1534
extra avandia and congestive heart failure