ފަންވަތް ސުފުރާ ފިހުނު ބަނބުކެޔޮ
ބެލި ޢަދަދު: 1249
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ފިހުނު ބަނބުކެޔޮ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ސުފުރާ
05 ޑިސެމްބަރ 2008، 00:56 ހުކުރު

     ބޭނުންވާތަކެތި
 
1- ދަރު އުނދުނެއް، ނުވަތަ އުނދުނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބިމުގެ ފަސް ހިކިތަނެއް.
2- ހިކި 4 އުނބު،  ނުވަތަ ހެޔޮވަރު 4 ކާށީގެ ހިކި ބޮނބި.
3- ބަނބުކޭލެއް. (ހެޔޮ ވަރަށް ފުށްއަރާލާފައިވާ، ނުވަތަ ފާވެފައިވާ)
4- ވަޅިއެއް
5- ފަތް ހިނގުލެއް (ދޮންކެޔޮ ފަތެއްގެ ފަހަތުގައި)
6- އަލިފާން.


ތައްޔާރުކުރައްވާނެ ގޮތް

ހ- ފުރަތަމަ 2 ކާށީގެ ބޮނބި،  ނުވަތަ ދެ އުނބު، އުނދުނު ތެރޭގައި އަންދާލާށެވެ! ދެން އެވަގުތުގެ ތެރޭގައި ބަނބުކެޔޮ ރީތި ކޮށް މަށާލާށެވެ. ދެން ކެޔޮ މެދުން ފަޅާލައިފައި ކަރުގަނޑު ނަގައި އެއްލައިލާށެވެ. އަދި ކޭލުގެ ކޮންމެ ފަޅިއެއް ދެފަޅިއަށް ބައިކޮށްލާށެވެ. އޭރުން ބަނބު ކެޔޮ އޮންނާނީ ހަތަރު ފޮއްޗަށެވެ.

މިހާރު ރޯކޮށްފައިވާ ބޮނބިތައް އަނދައިފާނެކަމަށް ބަލަމާހިނގާށެވެ. ދެން އަޅިތައް ރަނގަޅަށް އުނދުނުތެރެއަށް، އަތް އަތަށް ޖައްސައި ހެޔޮވަރުކޮށްލާށެވެ. އެއަށް ފަހު ކެޔޮ ފޮތިތައް ބަންޑުން އުނދުނުތެރޭގައި އަތުރާލާށެވެ. ދެން ކެޔޮފޮތިތަކުގެ މަތީގައި ފަތް ހިނގޫ ބާއްވާލާށެވެ. ބޭނުމަކީ، އަޅި ހޭކުނަ ނުދިނުމެވެ. ބޭނުންނަމަ ދަށުގައިވެސް ފަތްހިނގުލެއް ބޭައްވިދާނެއެވެ. އެކަމަކު ގިނަމީހުނަށް މީރީ އަޅީގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ހުރީމައެވެ.

ކޮންމެއަކަސް ދެން ބާކީ ހުރި ބޮނބިތައް ފަތްގަނޑުމައްޗަށް އަޅާލާށެވެ. އެކަމަކު ފަތްގަނޑު މައްޗަށް ބައި އިންޗިއަށް އަޅި އަޅާލައިފައެވެ. އޭގެ ފަހުން ބޮނބިތައް އަޅާފައި  އަންދާލާށެވެ. އަނ ދާނިމުނީމާ އަޅިތައް ކަހާލާފައި، ފަތްގަނޑުތައް ނަގާށެވެ. މިހާރު އެެދުވާވަހުން ކުޅުދިޔާވާނެއެވެ. އުނދުނުގައި އެހެރީ ދިވެހި ފިހުނު ބަނބުކޭލެވެ. އެކުވެރީންނާއި އާއިލާޔާއެކު ފަރީއްކުޅުއްވާށެވެ.


 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ކޭމާޓު, 2008-12-04 18:02:07
ސުރުހި ފެންނައިރަށް ވެސް ކާހިތްވެއްޖެ.
...
ލިޔުނީ ސްލީޕިންގ ބިއުޓީ, 2009-08-03 17:03:18
ބަނބުކެޔޮ ފިހަން އެންމެ ރަގަޅުގޮތް ''ޖާހިލުކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރާންވެސް ޖެހިދާކަމެކޭ'' ޖައްސވާލިޔުއްވާފައިވާ މަޒުމޫނުގައި އެބައޮތެވެ. އަދި އެއީ ފުއައްމުލަކުގައި ފުރަތަމަ ބަނބުކެޔޮ ފިހުނުވެސް ގޮތެވެ. ބަނބު ކެޔޮދޮންވާމޫސުމުގައި ބަނބުކެޔޮގަސްދަށުގައި އަލިފާންގަޑެއް ޖަހައިގެން އިންނާށެވެ އޭރުން ހުންނާ ބަނުކެޔޮ ފިހެވިފައެވެ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1249
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone