ފަންވަތް ސުފުރާ މޮޑުނު އަހިވައް
ބެލި ޢަދަދު: 1819
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މޮޑުނު އަހިވައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ސުފުރާ
19 ޑިސެމްބަރ 2008، 20:59 ހުކުރު

ފޮނުވީ: އާނަ
 

މިއީ ދަތުރު ގޮސް އުޅޭ އިރު ތައްޔާރު ކޮށްލެވި ދާނެ މީރު މަޖަލެކެވެ.

ފަޅޯ މަޖާ ކަހަލަ ދަތުރު މަޖަލެކެވެ.  އަނގަޔަށް މީރު ވާނެއެވެ.

ޞިއްޙަތަށް ރަނގަޅުވާނެއެވެ. ޚާއްޞަކޮށް ޗުއްޓީ ތެރޭގައި އަތޮޅުތަކުގެ
ރަށްރަށަށް ގޮސް ކުރާ ދަތުރުގައި އަހިވަށް ހޯދަން ފަސޭހަވާނެއެވެ.

ރަށްރަށުގެ ވަލުތެރެއާއި، ހޭޅިފަށުގައި އަހިގަސް ވަރަށް ގިނަވާނެއެވެ.


އެހެންވީމާ، އަހިވައްކޮޅެއް ހޯދައިގެން މޮޑެލަމާ ހިންގަވާށެވެ!

ބޭނުންވާ ތަކެތި:

އަށެއްކަ އަހިވައް (ރަނގަޅަށް ފާވެފައިވާ)
ހެޔޮވަރު ގަބުޅިއެއްގެ ހުނި
ބައިލާހި ދޯބުރާލި ހަކުރު/ ދިވެހި ހަކުރު

ތައްޔާރު ކުރައްވާނެ ގޮތް:

އަހިވައްތައް  ސާފު ފެންފޮދަކުން ދޮވެލައްވާށެވެ! ފެނުތެރޭގައި އަތްޕުޅުން ވައްތައް ސާފު ކޮށްލައްވާއިރު މާ ބާރަށް އޮއްބަވައި ނުހައްދަވާށެވެ! ފަހަރެއްގައި ވަކެއް ފަޅައިގެން ދޮތް މެދުވެރި ވެދާނެއެވެ.

ވައްތައް ދޮވެލެއްވުމަށްފަހު، ފުލުގައި ވިދު އަޅާފައިވާ ހެޔޮވަރު ހުސްތައްޓަކަށް ނަގައި އިރުކޮޅަކު ބަހައްޓަވާ ލައްވާށެވެ. ފެންފޮދު ފައިބައި ހުސްވަންދެންނެވެ. ރީތިކޮށް ވައްތައް ހިކެންދެންނެވެ. ދެން ހެޔޮވަރުގެ އެހެންތަށްޓެއްގައި ވައްތައް މޮޑެލައްވާށެވެ.  ގަބުޅި ހުނިކޮޅާއި ހަކުރު އަޅުއްވައިގެން ރަނގަޅަށް އެއްކޮށްލައްވާށެވެ.  އަތްޕުޅަށް ލައްވާނެ ރަބަރު އަންގިއެއް އޮތްނަމަ ވަރަށް މުހިންމެވެ.

މިހާރު ތިޔަ ހުރީ، މީރު މޮޑުނު އަހިވަކެވެ. ފަރީއްކުޅުއްވަން ވަރަށް މީރުވާނެއެވެ. އެކަމަކު،  އަހިވައް މޮޑުއްވި ބޭފުޅަކު އަހިވައް މޮޑުއްވީ އަންގި ނުލައްވައިކަމަށް ވަނީނަމަ، އެ މޮޑުއްވި ބޭފުޅަކާއި، އަތްޕުޅުން ފަރީއްކުޅުއްވި ނަމަ، އަތްޕުޅުން ފަރީއްކުޅުއްވި ބޭފުޅުން، އަތްޕުޅުގައި ހިފައިފައިވާ ވަސް ފިލުއްވައިލައްވަން ކުޑަ ހިތްވަރެއް ކޮށްލައްވަން ޖެހޭނެއެވެ.



އިތުރު އެހީ:

                               އަހިވައް ފާ ކުރުން

އަހިވައް ފާކުރުމަށް ޓަކާ ހޯދަނީ ކިރުއަހިވަކެވެ.
ކިރު އަހިވަކަކީ، ރަނގަޅަށް ހަރުވެ، ދޮންވާން ތައްޔާރުވެފައިވާތީ، ކިރުކުލަ އަރާފައިވާ އަހިވަކެވެ.



ބޭނުންވާ ޢަދަދަށް އަހިވައް ހޯދުމަށް ފަހު، ބިންމަތީގައި ކުޑަ ކުޑަ ވަޅުގަނޑެއް ކޮންނާށެވެ. މި ވަޅުގަނޑު ކޮންނަންވާނީ، ބައި ފޫޓަށްވުރެ ތިލަ ނުވާހައި ފުނުގައެވެ. އެހެންނޫނީ، އަހިވައްތައް ފާ ވެގަންނަ އިރު އޭގެ ވަސް ފެތުރި، ހޭޅިފަށުގައި އުޅޭ ކުކުޅުހާ އައިސް ވަޅުގަނޑު ހާވައިގެން އަހިވައްތަކަށް ހަމަލާ ދީފާނެއެވެ.

ވަޅުގަނޑު ކޮނުމަށްފަހު، އަހިފަތް ކޮޅެއް، އަޅާށެވެ. އޭގެ މަތީ ވައްތައް ބަހައްޓާއެވެ. އޭގެ މަތީގައި އަހިފަތްކޮޅަކާއި މަގޫފަތްކޮޅެއް ބަހައްޓާށެވެ. އަހިވައްތަކުގައި ވެލި ނުޖެހޭ ގޮތަށް ފަތުން ޙިމާޔަތް ދޭށެވެ. ދެން އޭގެ މައްޗަށް ފަސް އަޅާށެވެ. ވަޅުލެވުނު ތަން ފާހަގަ ކުރަންވާނެއެވެ.  ދުވާލެއްގެ ހަވީރުގެ ވަގުތުގައި އަހިވައް ފާކުރަން ލީނަމަ، އަނެއް ދޫކޮށްލާފައި، ދެން އަލިވިލޭ ދުވަހުގެ ހެނދުނު 10 ޖަހާލާހައި އިރު، އަހިވައްވަޅު ކޮނެލާށެވެ. ވައްތައް ހުންނާނީ ރަނގަޅަށް ފާވެފައެވެ.



                              އަހިވަކާބެހޭ އާންމު ބައެއް މަޢުލޫމާތު

އަހިވަކުގެ ޢިލްމީ ނަމަކީ މޮރިންޑާ ސިޓްރިފޯލިއާ އެވެ. އަހިވަކަށް ކިޔާ ނަންތަކުގެ ތެރޭގައި 'ގްރޭޓް މޮރިންޑާ'، 'އިންޑިއަން މަލްބެރީ'، އަދި 'ބީޗް މަލްބެރީ' ފަދަ ނަންތައް ހިމެނެއެވެ. ހިންދީ ބަހުން އަހިވަކަށް ކިޔަނީ 'އާޗް' އެވެ. މެލޭޝިޔާ ބަހުން ކިޔަނީ 'މެންގުކުޑޫ' އެވެ. އަދި ހަވާއީ ބަހުން ކިޔަނީ 'ނޮނީ' އެވެ. ޢާންމު ގޮތެއްގައި އަހިވައް ހެދެނީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކަމަށް ވިޔަސް މިއަދު ފްރެންޗް ޕޮލީނީޝިއާ ގެ ރަށްތަކާއި ވެސްޓް އިންޑީޒް ގައި ވެސް އަހިވައް ހައްދައެވެ.
އަހިވައް އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި ހެދޭ ކާއެއްޗެކެވެ. ބައެއް ގައުމު ތަކުގައި މޭވާއެއްގެ ގޮތުގައި ބެލެވިފައިވާ އެއްޗެއް ވެސް މެއެވެ. އަހިވައް ހެދެނީ ބޯ ޖަންގަލި ތަކުގައިކަން ފާހަގަ ކުރެވެއެވެ. ހަމަމިހެން އައްސޭރި ފަށުގެ ހިސާބު ތަކާއި ހޫނު ގައުމުތަކުގައި ވެސް އަހިވައް ހެދޭކަން ފާހަގަ ކުރެވެއެވެ.



އަހިވަށް ގަސް ހެދިބޮޑުވެ މޭވާ އެޅުމަށް ނަގަނީ 18 މަސް ދުވަހެވެ. މަހެއްގެ ތެރޭގައި 8-4 ކިލޯގެ އަހިވައް ދޮންވެ ފައްކާވެއެވެ. 9 މީޓަރުގެ އުސްމިނަށް ވެސް އަހިވައް ގަސް ހެދޭކަން ފާހަގަކުރެވެއެވެ. އަހިވައް ގަހުގެ ފަތަކީ ގަދަ ފެހި ކުލައަށް ހުންނަ ފަތެކެވެ. ފަތުގައި ހުންނަ ނާރުތައް ވަރަށް ރީތިކޮށް އެގެން ހުރެއެވެ.
މުޅި އަހަރުގެ ތެރޭގައި މޭވާ އަޅާކަމަށް ފާހަގަ ކުރެވޭ އަހިވައް ގަހުގެ މާ ހުންނަނީ ކުދިކުދިކޮށް ހުދުކުލައިގައެވެ. އަހިވައް ހުންނަނީ ކުކުޅު ބިސް ބައްޓަމަށެވެ. 7-4 ސެންޓިމީޓަރު އާދައިގެ އަހިވަކެއްގެ ބޮޑު މިނުގައި ހުރެއެވެ.

ޞިއްޙީ ފައިދާ:

އަހިވަކުގެ ޞިއްޙީ ފައިދާ ވަރަށް ގިނައެވެ. ގޭސްޓްރިކް މައްސަލަތަކާއި، ހަކުރާއި، ނޭވާހިއްލުމާއި، ޕްރެޝަރގެ މައްސަލަތަކަށް އަހިވަކުން ފަރުވާ ލިބޭކަމަށްވެއެވެ. ކެންސަރާއި، ބައެއްކަހަލަ އިންފެކްޝަން މައްސަލަތަކަށް ފަރުވާ ދިނުމުގައި އަހިވަކުން އެހީ ލިބިގަންނަކަމަށްވެއެވެ. ކުރީ ޒަމާނުގައި މީހުން އަހިވައް އިހުމާލު ކޮށްލާފައިވަނީ އޭގެ ވަސް ނުބައިކަމުންނެވެ. އެހެންނަމަވެސް މިހާރު އަހިވަކުން، ހަމުގެ ބަލިތަކަށް ބޭނުންވާ ކްރީމްތައްވެސް އުފައްދައެވެ. އަހިވަކު ޖޫސްވެސް އުފައްދައެވެ. އޭގެ ޞިއްޙީ ފައިދާތައް ބޮޑުކަމުންނެވެ. އޭން ލިބިދޭ ފަރުވާ ގިނަކަމުންނެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ރަޝީދާ, 2008-12-19 14:49:47
އާނަ ލިޔެދީފާނަންތަ ކުޅިމަސްހަދާގޮތާއި މާނިޔަމަސް ފިހޭގޮތް
...
ލިޔުނީ މުލޮކިބަހުން, 2008-12-20 07:30:46
ކާށިމޭރޭ ލޮނާޔާ ވަދެގަބިޅި ހިންޏާޔާ އަހިކޭލޭ އޮށާޔާ އެޑެގެން މެޑެގެން ކާކަލް ކާކަލް ހީވާނީ ކުމަކަލް ކުމަކަލް ހެން!
...
ލިޔުނީ ޖަމީލު, 2008-12-21 03:38:39
އާނަ، ތިގެނެސްދެއްވީ ހަމައެކަނި އަހިވަށް މޮޑޭ ގޮތެއް ނޫނެވެ. މިލިއުން ކިޔާލުމުން، ކުރިން އަހިވަކާބެހޭގޮތުން ނޭގޭ ކިތަންމެ އެއްޗެއް އެނގިއްޖެއެވެ.
...
ލިޔުނީ މުނިޔާ, 2010-11-04 05:26:03
ކިހާ ވަރެއްގެ ހޯދުންތަކެއް ހޯދުމަށް ފަހުގައިތޯ އަހިވަކާބެހޭ މަޢުލޫމާތު ގެނެސްދެއްވީ؟ އަހިވަށް ފާކުރާނެ އިތުރުގޮތެއް ބުނެދީފާނަން. އެއީ އަޅުގަނޑުމެން ކުޑައިރު ފާކުރަނީ ބޮނބި ގަނޑު ގަނޑަށް ލައި ބަންދު ކޮށްގެން. މީގައި ޝަރުބަތު ހަދާނެގޮތް ގެނެސްދެއްވުންވެސް ރަނގަޅުވާނެ. މަޝަހޫރު ހަކީމީ ބޭސްވެރިއެއްވެސް އަޅުގަނޑުގާތު ވިދާޅުވި އައްސި ބައްޔަށްވެސް ވަރަށް މޮޅުއެއްޗެކޭ އަހިވަކަކީ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1819
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone