މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބަކުން ބަކުން-01 |
|
|
| ދިވެހި - ސުފުރާ | |||
| 11 އެޕރީލް 2009، 04:04 ހޮނިހިރު | |||
|
ތުއްތު ކުދިންގެ ކާނާ ޖުވައިރިޔާ ވަޖުދީ ފަންވަތުގެ ޚާއްޞަ ނޯޓު: {ޖުވަައިރިޔާ ވަޖުދީއަކީ، ފަންވަތު އާއިލާގެ ތެރެއަށް އަލަށް ހިމެނި ވަޑައިގަތް މެމްބަރެކެވެ. ފަންވަތުގެ ފަރާތުން އޭނާއަށް މަރުޙަބާ ދަންނަވަމު އެވެ. ޖުވައިރިޔާ (ޖުވޭ) ފަދަ ކާތަކެތި ތައްޔާރު ކުރުމުގެ ދާއިރާގައި ކުޅަ ދާނަ ބޭފުޅެއްގެ އެހީގައި ''ފަންވަތު ސުފުރާ'' މުއްދަނދިވާޏެ ގޮތް ވުމަކީ ކިޔުންތެރިންނަށް ވެސް ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލަކަށް ނޫނީ ނުވާނެ އެވެ. އެހެންކަމުން ކިޔުންތެރިންނާއި، ފަންވަތުގެ އެހެނިހެން ލިޔުންތެރީންގެ ނަމުގައި ޖުވައިރިޔާ ވަޖުދީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.} މިފޮތުގައި މިލިޔަނީ 6 މަހާއި 1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑުު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެއެވެ. މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީއެވެ. ޗިސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ. ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ. 2 މާރޗް 2009 ޝުކުރިއްޔާޖުވޭރިޔާ ވަޖުދީ ބަރަބޯ ބަކުން ބޭނުންވާ ތަކެތި 4/1 ޖޯޑު ހަނޑޫ (ދޮވެފައި) 1 އިންޗީގެ 2 ބަރަބޯ ކޮޅު ކޮށާފައި 3 ފެހި ތޮޅި ( ގްރީން ބީންސް) ކުދި ކުދިކޮށް ކޮށާފައި 1 އަލުވި ( ކުޑަ ކުޑަ) ކުދިކޮށް ކޮށާފައި 2 އިންޗީގެ ކުކުޅު މަސްކޮޅެއް ( ހިމުންކޮށް ކޮށާފައި) ތައްޔާރުކުރާނެގޮތް ކުޑަ ކުޑަ ތެއްޔަކަށް ފެންފޮދެއް އަޅާފައި ކައްކަން އުދާލާފައި ކެކިގަތުމުން ހުރިހާ ބާވަތްތައް އެއްކޮށް އަޅާފައި ރޯފިލަންދެން ކައްކާށެވެ. ( ފެން އަޅާނީ ފެން ގިނަ ނުވެ ރޯފިލާވަރަށެވެ. ) ދެން ބޭބީ ފްޑް މިކްސަރުން ފުނޑު ކޮށްފައި ތުއްތު ދަރިފުޅަށް ކާންދޭށެވެ. ( މުގުރާއިރު ހިކޭ ގޮތްވާނަމަ މިނެރަލް ވޯޓަރ ފޮދެއް ނުވަތަ ކެއްކި ފެން ފޮދެއް އަޅާފައި ސަމުސަލުން ފަސޭހައިން ކާންދެވޭވަރަށް ބަހައްޓާށެވެ. • ބާކީ ހުރިނަމަ ފުޅި އަކަށް ނުވަތަ މަތި ޖެހި އެއްޗަކަށް އަޅާފައި ފްރިޖްގައި ބަހައްޓާށެވެ.
|
| ހަމަ މި ގަލަމުން |
|---|