މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބިންބި ބަކުން |
|
|
| ދިވެހި - ސުފުރާ | |||
| 20 ޖުލައި 2009، 01:35 ހޯމަ | |||
|
ތުއްތުކުދިންގެ ކާނާ ބޭނުންވާތަކެތި ޖުވައިރިޔާ ވަޖުދީ 2/1 ޖޯޑު ބިންބި2 މޭޒުމަތީ ސަމުސާ ކުކުޅު މަސް ނުވަތަ ކަނޑުމަސް ( ހިމުންކޮށް ކޮށާފައިހުރި) 2/1 ޖޯޑު ކާށި ބޯކިރު ތައްޔާރުކުރާނެގޮތް ކުޑަތެއްޔަކަށް ބިންބި ކޮޅު ފެން ފޮދެއްގައި ގިރާފައި މަސްކޮޅު އަޅާފައި ކައްކަން އުދާލާށެވެ. ކެކި ރޯފިލުމުންކިރު ފޮދު އެއްކޮށްފައި އޮލަމިން ހެޔޮވަރުކޮށްފައި ކުޑަކޮށް ކެކިލަންދެން ބަހައްޓާފައި އުނދުންމަތިން ބާލާށެވެ.ދެން މިކްސަރުން މަސްކޮޅު ހިމުން ވަންގިރާފައި ތުއްތުު ދަރިފުޅަށް ކާންދޭށެވެ. ބަކުން ބަކުން ތުއްތު ކުދިންގެ ކާނާ މިފޮތުގައި މިލިޔަނީ 6 މަހާއި 1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑުު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެއެވެ. މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީއެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ. ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ. 2 މާރޗް 2009 ޝުކުރިއްޔާ ޖުވޭރިޔާ ވަޖުދީ
|
| ހަމަ މި ގަލަމުން |
|---|