ވަޔަލެސް އިސްޕީކަރު
ޢަބްދުﷲ ފިރާޤް
![](images/stories/99_photo/wireless-speakers.jpg)
މި ވަޔަލެސް އިސްޕީކަރަކީ ކޮންމެތަނެއްގައިވެސް ބަހައްޓައިގެން ބޭނުންކުރެވިދާނެ އެއްޗެކެވެ. ސިޓިންގރޫމުގެ އަޑު ރަނގަޅުކޮށްލަން މުޅިތަނުގައި ނަރުއަޅައިގެން އުޅުމުގެ އުނދަގޫ އުފުލުމުގެ ބޭނުމެއް މިހާރަކުނެތެވެ. ބޭނުން ދިމާޔަކު އިސްޕީކަރު ބަހައްޓައިގެން ބޭނުންގޮތަކަށް މިއުޒިކުގެއަޑު ހަމަކުރަންވީއެވެ.
100 މީޓަރަށް ވަރަށް ސާފުކޮން ވަރަށްފުރިހަމަކޮށް އަޑު ފޮނުވުމުގެ ޤާބިލުކަން ލިބިފައިވާ މި އިސްޕީކަރުތައް ލަވަޖަހާ ވަރަށްގިނަ އާލަތްތަކާއި ގުޅާލެވޭނެއެވެ. ލަވަޖަހަން ބޭނުންކުރާ ލަވަޖަހާ ސެޓް ނުވަތަ ރޭޑިއޯ ވިޔަސް ހަމަރަނގަޅުވާނެއެވެ. ގެންގުޅޭ އައިޕޮޑު ވިޔަސް ނުވަތަ އެމް.ޕީ3 ޕްލޭޔަރުކަމަށްވިޔަސް ހަމަ ރަނގަޅުވާނެއެވެ. އަދި ޓީ.ވީ ވިޔަސް ގޭމް ކުޅެން ގެންގުޅޭ އާލާތެއްވިޔަސް ހަމަ މިކަންއޮތީ މިހެނެވެ. ކުރަންޖެހޭހާވެސް ކަމަކީ އިސްޕީކަރުތަކާއި އެކު ލިބޭ ޓްރާންސްމިޓަރު ގުޅާލުމެވެ. ދެން ބޭނުންވާތަނެގައި އިސްޕީކަރުތައް އަތުރާލުމެވެމެވެ.
މި ވައްތަރުގެ އިސްޕީކަރު ސިސްޓަމާއި އެކު އިސްޕީކަރުތަކަށް އަޑު ފޮނުވުމަށް ޓްރާންސްމިޓަރެއްވާނެއެވެ. މި ޓްރާންސްމިޓަރަކީވެސް ވަރަށް ކުޑަ އެއްޗެކެވެ. މިޓްރާންސްމިޓަރުގެ އެހީގައި އަޑުތައް އިސްޕީކަރުތަކަށް ފޮނުވާލަދެއެވެ. އަޑު ފޮނުވާލަން ބޭނުންކުރާ އާލާތާއި ޓްރާންސްމިޓަރު ގުޅާލުމަށް ތަފާތު އޯޑިއޯ ކަނެކްޓަރުވެސް ލިބޭނެއެވެ.
މީގެއިސްޕީކަރެއްގެ އުސްމިނަކީ 23.5 ސެންޓިމީޓަރެވެ. ފުޅާމިނުގައި ހުންނާނީ 19 ސެންޓިމީޓަރެވެ. ބޯމިނަކީ 8 ސެންޓިމީޓަރެވެ. އިސްޕީކަރުގައި ޕަވަރ ސްވިޗަކާއި، ވޮލިއުމް ސްވިޗެއްވެސް ހިމެނެއެވެ.
އުންމީދު ކުރެވޭގޮތުގައި މި އުފެއްދުމަކީވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށް އިތުރު ގިނަގުނަ ފަސޭހަތަކެއް ގެނުވާނެ އުފެއްދުމެކެވެ.